އެތަނާއި މިތަނުން ކުދިވާހަކަ- 62

ކިޔާފައިވާ ޢަދަދު: 1399

އެތަނާއި މިތަނުން ކުދިވާހަކަ- 62

ފަންސާސް އަހަރުގެ ކަމޭހިތުން

ޢައްބާސް އިބްރާހީމް
 
ޢުމުރުން ދުވަސްވީ ދެމަފިރިއަކު އެމީހުންގެ ކައިވެންޏަށް ފަންސާސް އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަ ކުރަމުން ދިޔައެވެ. 
 
ހެނދުނު ސައިބޯން އިނދެފައި އަންހެން މީހާގެ ހިތަށް އެރިއެވެ. ” ފަންސާސް އަހަރު ވެގެން މިދިޔައީ، ކޮންމެ ދުވަހަކުވެސް ބަނަހުގެ މަތީގައި އޮންނަބައި އަހަރެން ނަގާފައި އަނެއްބައި ފިރިމީހާއަށް ދީގެންނެވެ. މިއަދު އަހަރެން އެބައި ނަގާފައި މަތީބައި ފިރިމީހާއަށް ދޭނީއެވެ.”

ހިތް ހިތަކަށް…(5)

ކިޔާފައިވާ ޢަދަދު: 1484
-އިބުރާހިމް ހުސެން މަނިކު-
(28 ޖޫން 2015 (އާދފީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދަތުރު ނިމުމަކަށް އައިސް އެނބުރި ރަށަށް އާދެވިގެން އުފާކުރި ހަމަ އެކަނި މީހަކީ އަހަންނެވެ. އެހެން މީހުން ތިބީ ބޮޑު މަޖާގަނޑެއް ކަހަލަ ޗުއްޓީގެ ދުވަސްކޮޅު ދިޔަލެއް އަވަސްކަމުން ޝަކުވާމަތީގައެވެ. ބިނދެވުނު މަދުތަކާއި ބޭވުނު މަސްތަކާއި ނުބެވި ބުޅި ކަނޑައިލައިފައި ނުވަތަ ތަލި ކަހާލައިފައި ދިޔަ ބޮޑެތި މަސްތަކުގެ ވާހަކައިން ބޮޑުކަނޑާށެވެ. ރަށަށް ފޯރީ ހޮނިހިރު ދުވަހުގެ ހަވީރުގެ ހިޔާ ރަށުތެރެޔަށް ޖެހެމުން ދަނިކޮންނެވެ. ފާލަން މައްޗަށް ފައިބައިގެން ގަމުތެރެޔަށް އަރައިގެން ދަނިކޮށް އަހަންނާ ލައިގަތީ ކުނާވިޔުނު ކުއްޖާ ގާތުގައި ހުއްޓިގެން ހުރި ދުވަހު އެތާ ދާދި ކައިރީގައި ފަންގިވިޔަން އިން މުސްކުޅިފުރައިގެ ދައިތައަކާއެވެ. އަހަރެން އެދައިތަ ކުރެން އަހައިލީމެވެ.
 

ޙާތިމް ޠާއީ ގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1639
އަޙްމަދް ސަމީރު ޢަލީ
މުސްލިމުން ކުރި ހަނގުރާމައެއްގައި އަސީރުވި މީހުން ތިބި ހިސާބެއްގެ ކައިރިން ކީރިތި ރަސޫލާ (صلى الله عليه وسلم) ހުރަސްކުރެއްވި ހިނދު، ހަނގުރާމައިގައި ހައްޔަރުކުރެވިފައި އިން އަންހެނަކު މާތް ނަބިއްޔާ އަށް މުޚާތަބު ކުރައްވައި ދެންނެވިއެވެ. ” އޭތް މުޙައްމަދުގެ ފާނެވެ! ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީނަމަ، އަޅުގަނޑު މިނިވަންކޮށް ދޫކޮށްދެއްވާށެވެ!

ހިތް ހިތަކަށް… (4)

ކިޔާފައިވާ ޢަދަދު: 1056

-އިބުރާހިމް ހުސެން މަނިކު-

(24  ޖޫން 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަށާއި މަލަކާ އެކުވެވޭނެ ހުރިހައި މިނިވަންކަމެއް ގޭތެރޭގައި އޮންނަނީ ދެވިފައެވެ. ވަރަށް ގިނަރޭރޭ ވަރަށް ދަންވަންދެން ދެމީހުން އެކަނި މާ އެކަނި ޖޯލިފަތީގައި ވާހަކަދައްކަން ތިބެމެވެ. އަދި ބައެއް ރޭރޭ ނިކުމެ އަތިރިމަތީ ޖައްސާލައިގެން ރާޅުތަކުގެ ހަމަ ހިމޭން ރާގުތައް އަހާލަން ވެސް ތިބެމެވެ. މިގޮތުން މިރޭ ވެސް ތިބީ އަތިރިމަތީގައެވެ. ކުކުޅުބިސްބުރުގެ ހަނދު މެދުއުޑުގައި ދެވިލާކޮޅު ދެމެދުގައި ހުއްޓިލައިގެން ހުއްޓެވެ. ދީފައިވާ ހަނދުވަރުގައި މަލަކާގެ އަތުގައި ހުރި އުޅަޔާއި އިނގިލީގައި އޮތް އަނގޮޓިއަށް ތަރި އޮހިފައި އޮތް ކަހަލައެވެ. ޒުވާން މޫނުވެސް މިހަނދުވަރުގައި ވަކީން މޫރިތިވެފައި ލޯތްބެވެ.
 

ތިބާ ނުރުހޭކަމެއް، ލާބަހުރިކަމަކަށް ވެދާނެއެވެ!

ކިޔާފައިވާ ޢަދަދު: 1663
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


މުތަރުޖިމުގެ ނޯޓެއް: މިއީ އިޖުތިމާއީ ވިޔުގަތަކުގައި ދައުރުވާ، ވަރަށް އަސަރުގަދަ ވާހަކައެކެވެ. ލިޔެފައިވަނީ މިސްރުގެ ޒުވާން ފިރިހެނެއްކަން ވާހަކައިން ދޭހަވެއެވެ. ވާހަކަ ލިޔެފައިވަނީ ‘ފޮތު އަރަބި’ ބަހަކުން ނޫނެވެ. އަޑުއަހަން ތިބި ބަޔަކަށް މިސްރު ޒުވާނަކު  ވާހަކައެއް އަނގަބަހުން ކިޔައިދޭ ބީދައިންނެވެ! އޭނާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ!


ދެބެންގެ ވާހަކައެއް

ކިޔާފައިވާ ޢަދަދު: 1685
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޖެހިޖެހިގެން އޮތް ބޮޑު ދެ ދަނޑުގައި ގޮވާންހައްދައި އުޅުނު އެއްބަނޑު އެއްބަފާ ދެބެންގެ މެދުގައި މައްސަލަތަކެއްޖެހި އެކަކު އަނެކަކާ ދިމާއަށް ބުނަންނުވާ ބަސްބަހުން ބުނެ މޫނުކެނޑިއްޖެއެވެ! މިހެން މި ދިމާވީ ޖެހިގެން އޮތް ދެ ދަނޑުގައި  އެކަކު އަނެކަކު ބޭނުންވި އެއްޗެއް ބޭނުންކޮށްލަން ދީ، މީހުންނަށް ޖެހިއްޖެ ހިނދެއްގައި އެކަކުގެ މަޖޫރީން އަނެކާގެ ދަނޑުގައި ކުރަން ހުރި ކަންކަން ކޮށްދީ، މިހެން ސާޅީހަކަށް އަހަރު އުޅުނު ފަހުންނެވެ! ދިމާވި ކަމަކާ ހުރެ އެ ރީތި އުޅުމާއި ގުޅުން ދެމީހުންމެ ހަނދާންނައްތާލައި،  ‘ ބޮލަށް އިބިލީސް ސަވާރުވެއްޖެ’ އެވެ!
 

ހިތް ހިތަކަށް… (3)

ކިޔާފައިވާ ޢަދަދު: 1109
-އިބުރާހިމް ހުސެން މަނިކު- 
(22 ޖެނުއަރީ 2015 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ) 
މަލަކާ ލޮލަށް ވެރިވެގެން ދިޔަ ލާނެތް ވިދުވަރުން އަހަރެން ބުނި އެއްޗެއް އޭނާޔަށް މޭރުންވީ މުޅިން ތަފާތު ގޮތަކަށްކަން އެނގުނެވެ. ބުނެލާ ކަހަލައެވެ. މަގޭ ދަށުފޭރާން ލަދަކަށް ނުވާނެތާއެވެ. ތިޔައީ މަގޭ ވާން އުޅޭ ފިރިމީހާއެވެ. ހިތުގައި ހިނގަމުން ދިޔަ ޝުއޫރުތަކުން ހެވި މަޖާވެފައި ހުރި މޫނުމަތީން ފެނިފެނި ހުރީ ކުޑާއިރުވެސް އެމޫނުން ފެންނަން ހުންނަ ޖެހިލުން ކުޑަގޮތެވެ. މަޖާ މައްޗަށް މަޖާ އެރީ ޖެހިގެން ހުރި ގޭގެ ރެޑިއޯއިން އަންނާން ފެށި ލަވަޔަކުންނެވެ. 
   

ނުދަންނަ މީހަކު ދިން ނޫޑުލިސް ތަށި

ކިޔާފައިވާ ޢަދަދު: 1370
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
 

މިއީ އިންޓަނެޓުގައި ދައުރުވަމުންދާ ވާހަކައެކެވެ. މި ވާހަކައިގެ އަސްލަކީ ވިއެޓްނާމުން އައިސްފައިވާ ވާހަކައެއްކަމަށް ބައެއް ސައިޓުތަކުގައި ބުނެއެވެ. ނަމަވެސް އަޞްލު ވާހަކަ ލިޔުނު ލިޔުންތެރިޔަކު އެނގޭ ގޮތެއް ނުވިއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ.


އާދައިގެ މަތީން މިއަދުވެސް މަރްޔަމް އޭނާގެ މަންމައާ ޒުވާބުކޮށްފައި، މަންމަ ދެކެ ރުޅިއައިސްގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ. މިހެން ނުކުމެގެން އުޅެނިކޮށް، މަގުމަތީގައި ކުޑަ ކަޑައެއް ހަދައިގެން ނޫޑުލިސް ވިއްކާން އިން މީހަކާ ދިމާވެއްޖެއެވެ. ކޮންމެވެސް ވަރެއްގެ ކިއުއެއް ވެސް އެތަނުގައި އޮތެވެ. ތާޒާ ނޫޑުލީހުގެ މީރު ވަހުން މުޅި ސަރަޙައްދު އޮތީ އެއްވަސް ވެފައެވެ. މަރްޔަމްގެ ބަނޑު ހީވީ ފުރިއަރައިދާނެހެންނެވެ. ނޫޑުލިސްކޮޅެއް ލިބޭނެ ނަމައޭ ހިތަށް އެރިއެވެ. އެކަމަކު މަރްޔަމްގެ އަތުގައި ލާރިއެއް ނެތެވެ.

ހިތް ހިތަކަށް… (2)

ކިޔާފައިވާ ޢަދަދު: 1045
-އިބުރާހިމް ހުސެން މަނިކު- 
(19 ޖޫން 2015 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަލަކާ ލަދުރަކި ގޮތަކަށް ހިނިތުންވެލައިފައި އިސްޖަހައިލިއެވެ. އަހަރެން މިރަށަށް އަންނަން ޖެހުނު މަގުސަދު މަށަށް އެނގޭ ފަދައިން މަލަކާއަށް ވެސް އެނގޭ ކަހަލައެވެ. މަންމަ މިރަށުގައި ހުރި އިރު އެވާހަކައެއް މޮހޮންމަދުބެޔާއި ފަހަރިދައިތައާ ދައްކައި ދެމަފިރީން މެދުވެރިކޮށް މަލަކާއާ ވެސް އޮތީ ދައްކާފައި ކަން މަލަކާ މަށަށް ބަލައިލި ގޮތުން ވިސްނުނެވެ. 

ހައްތަހައި ވެސް ފިލާވަޅު

ކިޔާފައިވާ ޢަދަދު: 1224

ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ތޯމަސް އަލްވާ އެޑިސަންއަކީ އެމެރިކާއަށް ނިސްބަތްވި މަޝްހޫރު އީޖާދުވެރިއެކެވެ. އޭނާ އީޖާދުކުރި އެއްޗެހި ބައިވަރެވެ. “ފޯނޯގްރާފް”އާއި “މޯޝަން ކެމެރާ” ވެސް އީޖާދުކުރީ އޭނާއެވެ. ތިޔަ ކުދީން ތަންތަން އަލިކުރަން ތިޔަ ދިއްލާ ބޮކި ވެސް އީޖާދުކުރީ އޭނާއެވެ. ބޮކި އީޖާދުކުރަން އޭނާ ކުރި މަސައްކަތުގެ ތެރޭގައި، އެކި ކަހަލަ މަޢުދަނުން ނަރު ހަދައިގެން ބޮކީގެ “ފިލަމެންޓް”ގެ ގޮތުގައި ބޭނުންކޮށްގެން، ބޮކި ދިއްލޭތޯ އޭނާ ވަރަށް ދުވަސްވާންދެން މަސައްކަތް ކުރިއެވެ. އޭނާ ހިތްހަމަޖެހޭ ވަރުގެ އަލިކަމެއް ބޮކިން ލިބުނީ އެކަމަށްޓަކައި އެތައް ދުވަހެއް ވާންދެން ކުރި ބުރަ މަސައްކަތުންނެވެ. މި ކުރި މަސައްކަތުގައި ދެ ހާހެއްހައި މަޢުދަން ޓެސްޓު ކުރެވުނު އިރު ވެސް، އޭގެ ތެރެއިން އެއްވެސް އެއްޗެއް އެހައި ރަނގަޅަކަށް މަސައްކަތެއް ނުކުރިއެވެ. ނަމަވެސް އޭނާ ފޫއްސެއް ނުވެއެވެ. މަސައްކަތް ހުއްޓައެއް ނުލައެވެ.