އިބްރާހީމުގެ ހުވަފެން (3)

ކިޔާފައިވާ ޢަދަދު: 1029
އަޙްމަދު ޝިޔާމް
ހަފުލާގެ ފަހުގަޑީގައި އޮތީ ދެފަރާތުގެ އާއިލާ މީހުން ކެއުމާ ފޮޓޯ ނެގުމެވެ. ހުރިހާ ކަމެއް ނިމުނުތަނާހެން ކުއްލިއަކަށް މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ. ހަރުގެ ތެރޭގައި ތިބި މީހުން ވެސް ބޭރަށް ނުކުމެވޭތޯ މަސައްކަތް ފަށައި ފިއެވެ. އަލިކަމަކަށް މިހާރު ފެންނަން ހުރީ ހަރުގެއަށް ވަންނަން އަންނަ މަގުގައި ހުރި ފާނޫޒު ތަކެވެ. ތެޔޮ ހުސްވަމުންދާތީ، އޭގެ އަލިކަންވެސް ހުރީ ފަނޑުވާން ފަށައިފައެވެ. މިރެއަކީ މުޙައްރަމް މަހުގެ 15 ވިލޭރޭ ކަމަށް ވިއަސް އުޑުމަތި ބަނަވަމުން ދާތީ ބިމަށް ފޯރަނީ މިލަހަނދުވަރެކެވެ.
  

އެރޭގެ އެންމެ ފަހުދަތުރު

ކިޔާފައިވާ ޢަދަދު: 1878
ލިޔުނީ: ނިއުޔޯކު ޓެކްސީދުއްވާމީހެއް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ  
“އެރޭ އަހަރެންގެ ކުލީކާރުގައި ސެންޓަރުން އެންގި އެޑުރެހަށް ގޮސް ކުލީކާރު އަތުވެއްޖެކަން އަންގައިލުމުގެ ގޮތުން، ކާރުގައި އިނދެ ދެތިންފަހަރު ބަރުގަނު އަޅައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުފެނުމުން މި ދަތުރު ‘ނުނަގައި’ ގެއަށް ދާންވެސް ހިތަށް އެރިއެވެ. މިއީ އަހަރެންގެ ދަންފަޅީގެ އެންމެ ފަހު ދަތުރެވެ. ވެފައިވާ ވަރުބަލިން އެހެން ހިތަށް އެރިނަމަވެސް، ކާރުން ފައިބައިގެންގޮސް އެގޭ ދޮރުގައި ޓަކި ޖަހާލައިފީމެވެ.
 

އެރޭގެ އެންމެ ފަހު ދަތުރު

ކިޔާފައިވާ ޢަދަދު: 1746
ލިޔުނީ: ނިއުޔޯކު ޓެކްސީދުއްވާމީހެއް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ 
”  އެރޭ އަހަރެންގެ ކުލީކާރުގައި ސެންޓަރުން އެންގި އެޑުރެހަށް ގޮސް ކުލީކާރު އަތުވެއްޖެކަން އަންގައިލުމުގެ ގޮތުން، ކާރުގައި އިނދެ ދެތިންފަހަރު ބަރުގަނު އަޅައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުފެނުމުން މި ދަތުރު ‘ނުނަގައި’ ގެއަށް ދާންވެސް ހިތަށް އެރިއެވެ. މިއީ އަހަރެންގެ ދަންފަޅީގެ އެންމެ ފަހު ދަތުރެވެ. ވެފައިވާ ވަރުބަލިން އެހެން ހިތަށް އެރިނަމަވެސް، ކާރުން ފައިބައިގެންގޮސް އެގޭ ދޮރުގައި ޓަކި ޖަހާލައިފީމެވެ.

އިބްރާހީމުގެ ހުވަފެން (2)

ކިޔާފައިވާ ޢަދަދު: 1220

އަޙްމަދު ޝިޔާމް

އިބްރާހީމާއެކު ސިއްރުން މަގޫފަލުގައި އަދި ވަލުތެރޭގައި ބައްދަލު ކުރި ހަނދާންތައް އާވާން ފެށިއެވެ. އިބްރާހީމް، ހަލީމާގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ދެމީހުންގެ ދިރި އުޅުން އާރާސްތު ކުރާނެ ގޮތުގެ ޚިޔާލީ ފޮލާ ކައްކަމުންދިޔަ ގޮތުގެ ހަނދާން ތަކެވެ. ހަނދުވަރީ ރޭރޭ ހުސްފަޔާ ގޮނޑުދޮށުގައި، ދޮންވެލިގަނޑުގައި އަތުގުޅައިލައިގެން ހިނގި ހަނދާން ތަކެވެ. މަގޫގަސް ތަކުގެ ތެރޭގައި ފިލާ ތިބެ ބައްދަލު ކުރި ފޮނި ދުވަސް ތަކެވެ. ބޯކެޔޮގަސް ތަކާ އުނިމާ ގަސްތަކުގެ މަލުންދުވި މީރުވަހުން  ދެމީހުންގެ ލޯބި އޭގެ އެންމެ ފުންމިނަށް ފީނި ހަވީރު ގެ އުފާވެރި ކަމެވެ. 

އެތަނާއި މިތަނުން ކުދިވާހަކަ(63)

ކިޔާފައިވާ ޢަދަދު: 1350

އެތާ މަތީގައިވެސް މަގެއް އޮވެދާނެ!

ޢައްބާސް އިބްރާހީމް
 
މަގުމަތީގައި ލާނެތްކަންތައްތައްކުރަން އުޅުނު ކުދީންތަކަކަށް މުއްލާ ނަޞީރުއްދީނު ފެނިއްޖެއެވެ. އެކުދީން ގަސްދުކުރީ މުއްލާގެ ފައިވާން އޭނާއަށް ނޭނގޭނެ ގޮތަކުން އަތުލާށެވެ. 
 
އެކުދީން މުއްލާއަށް ގޮވައިލައިފިއެވެ. އަދި ކައިރީގައިހުރި ގަހެއް ދައްކައިފައި ބުންޏެވެ. ” އެއްވެސް މީހަކަސް އެ ގަހަކަށް ނޭރޭނެއެވެ.”
 

އިބްރާހީމުގެ ހުވަފެން (1)

ކިޔާފައިވާ ޢަދަދު: 1179

އަޙްމަދު ޝިޔާމް
އިބްރާހީމާ ….އިބްރާހީމާ އަވަހަށް ތެދުވޭ އެއޮއްގެން ދޯނި ފުރަނީ މިދަތުރު ނުދެވިއްޖެއްޔާ ދެން ތިލޯތްބެއް ނުލިބޭނެ ….އިބްރާހީމާ….
       
އެއީ އަންހެނެއްގެ އަޑެކެވެ. 
       

ހިތް ހިތަކަށް…6

ކިޔާފައިވާ ޢަދަދު: 1204

 

އިބުރާހިމް ހުސެން މަނިކު  

“ކުނާ ނުވިޔާ ނަމަ އަހަރެންގެ މަސައްކަތަކީ ފަންގި ވިނުން. ނޫންނަމަ ސަޓާ ވިޔުން. އެއީ އަދި ވެސް ރިސޯޓުތަކުން ބޭނުންވާ އަދި ދަތިކަމެއްނެތި ވިކޭ އެއްޗިއްސަށް ވާތީ” ލުއްލު އަހަންނަށް އަރި މޫނު ދީގެން ހުރެ އަނެއްކާވެސް އަތުގައި އޮތް ފެންދޭ އެތިގަނޑުން ގަސްމުށިތަކަށް ފެންދޭން ފެށިއެވެ. އިސްތަށިގަނޑު މިއަދު ހުރީ މައްޗަށް ފުނާއަޅައި ފުރަގަހަށް ރީއްޗަށް ނައިބޮއްޔަކަށް ހުޅިޖަހައިފައެވެ. ކަޅުކަނޑިކީގެ މައްޗަށް ފަސްބައި ހުރި ކުރުހެދުން ހިމަ ހިމަ އުނގަނޑުގައި ހިފާލައިފައި ހުއްޓެވެ. ހެދުމުގެ ރަތް ގަސްތަކުގެ ފެއްސާ އެޅިފައި ހުއްޓެވެ. އަހަރެން އަހައިލީމެވެ.

މުށުންދޫވި ގުމްރީ

ކިޔާފައިވާ ޢަދަދު: 1297
 ލިޔުނީ: އަޙްމަދު ނާާފިޢު/ބ.ދަރަވަންދޫ
”ފެންމީރުވި ރީތިރަށޭމީ ރޫޚްވަނީ ތިނަދޫގައޭ” މިލަވަ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކޮންމެ ފަހަރަކު ގުމްރީ ނެތުމުން ކުރެވޭ ފުން އިޚްސާސްތައް އަހަރެންނަށް ކުރުވައެވެ. އެއީ އަހަރެންގެ މަލެއްފަދަ އެ ގުމްރީއަށް އެންމެ ރީތި ލަވައެވެ. އަހަރެންނަކީ ފެންމީރުވި އެ ހިތްގައިމު ތިނަދުއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ގުމްރީ އަކީވެސް ތިނަދޫ އަށް އުފަން ފެންމީރު ކުރި ރުކެކެވެ. ގެވެށި އަންހެނެކެވެ. މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލް މިސާލެކެވެ. ނަމަވެސް މިއަދު އެ އެ ގުމްރީ ވަނީ އަހަރެންގެ އަތުން ބީވެފައެވެ. އެއީ އަހަރެންނަށް އެޅުނު ޅަ އެއްޗެކެވެ. އަހަރެންގެ ހިތަށް ވެރިވި ރުޅިވެރިކަމާއި ވަސްވާސްތަކަކުންނެވެ. ދިރިއުޅުމުގައި ގުމްރީ އަކީ ހަމަ ރަން މުތެކެވެ. ނަމަވެސް އެރަން މުތް އަހަރެންގެ އަތުން މިއަދު މިވަނީ ފަސްއަޅާ ފޮރުވާލާފައެވެ. އަހަރެންގެ ކުށުން އަހަރެމެން ދެމަފިރިންނަށް ލިބިފައިވާ ތުއްތު މަޢުޞޫމް ދަރިފުޅު މިއަދު މިވަނީ މަންމަ އެއްގެ ލޯބިން މަޙްރޫމް ވެފައެވެ. 
 

އެތަނާއި މިތަނުން ކުދިވާހަކަ- 62

ކިޔާފައިވާ ޢަދަދު: 1500

އެތަނާއި މިތަނުން ކުދިވާހަކަ- 62

ފަންސާސް އަހަރުގެ ކަމޭހިތުން

ޢައްބާސް އިބްރާހީމް
 
ޢުމުރުން ދުވަސްވީ ދެމަފިރިއަކު އެމީހުންގެ ކައިވެންޏަށް ފަންސާސް އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަ ކުރަމުން ދިޔައެވެ. 
 
ހެނދުނު ސައިބޯން އިނދެފައި އަންހެން މީހާގެ ހިތަށް އެރިއެވެ. ” ފަންސާސް އަހަރު ވެގެން މިދިޔައީ، ކޮންމެ ދުވަހަކުވެސް ބަނަހުގެ މަތީގައި އޮންނަބައި އަހަރެން ނަގާފައި އަނެއްބައި ފިރިމީހާއަށް ދީގެންނެވެ. މިއަދު އަހަރެން އެބައި ނަގާފައި މަތީބައި ފިރިމީހާއަށް ދޭނީއެވެ.”

ހިތް ހިތަކަށް…(5)

ކިޔާފައިވާ ޢަދަދު: 1564
-އިބުރާހިމް ހުސެން މަނިކު-
(28 ޖޫން 2015 (އާދފީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދަތުރު ނިމުމަކަށް އައިސް އެނބުރި ރަށަށް އާދެވިގެން އުފާކުރި ހަމަ އެކަނި މީހަކީ އަހަންނެވެ. އެހެން މީހުން ތިބީ ބޮޑު މަޖާގަނޑެއް ކަހަލަ ޗުއްޓީގެ ދުވަސްކޮޅު ދިޔަލެއް އަވަސްކަމުން ޝަކުވާމަތީގައެވެ. ބިނދެވުނު މަދުތަކާއި ބޭވުނު މަސްތަކާއި ނުބެވި ބުޅި ކަނޑައިލައިފައި ނުވަތަ ތަލި ކަހާލައިފައި ދިޔަ ބޮޑެތި މަސްތަކުގެ ވާހަކައިން ބޮޑުކަނޑާށެވެ. ރަށަށް ފޯރީ ހޮނިހިރު ދުވަހުގެ ހަވީރުގެ ހިޔާ ރަށުތެރެޔަށް ޖެހެމުން ދަނިކޮންނެވެ. ފާލަން މައްޗަށް ފައިބައިގެން ގަމުތެރެޔަށް އަރައިގެން ދަނިކޮށް އަހަންނާ ލައިގަތީ ކުނާވިޔުނު ކުއްޖާ ގާތުގައި ހުއްޓިގެން ހުރި ދުވަހު އެތާ ދާދި ކައިރީގައި ފަންގިވިޔަން އިން މުސްކުޅިފުރައިގެ ދައިތައަކާއެވެ. އަހަރެން އެދައިތަ ކުރެން އަހައިލީމެވެ.