ފެށުން

ކިޔާފައިވާ ޢަދަދު: 4692
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
ކެވިންގެ ދުވަހުގެ މަސައްކަތް އަހަރެން ދިޔައީ ފަރުވާތެރިކަމާއި އެކު ބަލަމުންނެވެ. ފޮޓޯ ނެގުމުގެ ދާއިރާގައި އޭނާއަކީ ކޮންފެންވަރެއްގެ މީހެއްކަން އަހަންނަށް ސާފެވެ. ކޮންމެ ފޮޓޯއަކީވެސް ވަރަށް ވިސްނައިގެން އޭނާ ނަގާފައިވާ، އެހާ ބޭނުންތެރި ފޮޓޯއެކެވެ. ފޮޓޯ ބަލަމުން އަހަރެން ދިޔައިރު ކެވިން ވެސް ކައިރީގައި ހުރެގެން އެކި ފޮޓޯތަކާއި ގުޅުންހުރި އެކި އެއްޗެހި ކިޔައިދެމުން ދިޔައެވެ.
 

ސަންޑޭ (19)

ކިޔާފައިވާ ޢަދަދު: 3172
މޫސާ ޞާޢިދު
( 8 މެއި 2015 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 “ދަރިފުޅާ….ޙަޤީޤަތުގައި ދަރިފުޅަކީ މުނާޒްގެ އަތްނބެއް. ބަނޑުގައި އޮތީ މުނާޒްގެ ދަރިއެއް….އެކުއްޖާ އުފަންވިޔަސް، އިންސާނުންގެ ތެރެއަކު ނޫޅެވޭނެ. ދަރިފުޅުވެސް ރަނގަޅީ އޭނައާއެކު ދިޔައްޔާ…..” މިފަހަރުވެސް ދަލޭކަ ވާހަކަ ދެއްކީ މުނާޒްގެ ކޮޅަށް ބުރަވެ ހުރެއެވެ. 
 
“ހޫނ….ތިކަމެއް ނުވާނެ. އަހަންނަށް ޖިންނިއަކާއެކު ނޫޅެވޭނެ. ތިގޮތަށް މުނާޒްގެ ދިފާޢުގައި ވާހަކަ ދައްކަންޏާ މިތަނުންދޭ.” ނަދުހާ ދުރަށް ޖެހިލިއެވެ.
 

ނޭނގެއެވެ. (14) – އޮށްވަޅުގޮނޑި

ކިޔާފައިވާ ޢަދަދު: 2094

އޮށްވަޅުގޮނޑި

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
މުންނާއާއެކު ރަށަށް ދާން ކިތަންމެ ބޭނުންވެފައި ހުއްޓަސް، ބައްޕަގެ ގާތުގައި އެވާހަކަ ބުނަން ނުކެރިފައި ހުއްޓައި، މާ ގިނަ ދުވަހެއް ނުވެ މުންނާ ފުރައިގެން ރަށަށް ހިނގައްޖެއެވެ. މުންނާ ފުރި ރެއާ ވިދިގެން އައި ރޭ އަހަންނާއެކު އޮށްވަޅުގޮނޑި ކުޅޭނޭ މީހަކު ނެތެވެ. މުންނާ ނެތުމުން އެކަމާ ނުހަނު ދެރަވެފައި ހުރެގެން އޮށްވަޅުގޮނޑި ނަގައިގެން އައިސް އެނދުމަތީގައި ބަހައްޓައިގެން، ވަޅުތަކަށް މަދޮށި ހަމަކޮށްގެން، މުންނާ ދަސްކޮށްދިން ގޮތަށް ނުހިނދި، ނުހުއްޓި ކުޅެވޭތޯ ބަލައިލާނަމޭ ހިތައި، ހިލަހިލައި އިންދައި ދޮންމަންމަ އަތުވެއްޖެއެވެ. 

ހުނި ބިލެތް (3)

ކިޔާފައިވާ ޢަދަދު: 1475
               
އިބުރާހިމް ހުސެން މަނިކު
 
(7 މެއި 2015 ގައި ޝާއިޢު ކުރި މި ވާހަކައިގެ ދެވަނަ ބަޔާ ގުޅޭ) 

 

ނާސިހާ ބައްޕަ ދަރިފުޅު އަތުގައި ހިފައިގެން ގެޔަށް ވަދެ ކުރި ފޯނަށް ފުލުސް ޖީޕު އައީ އަލާއުއްދީނު ވޮށްގަނޑު އުނގުޅައިލީމާ ޖިންނި އަންނަހެންނޭ ހީވިއެވެ. އަހަރެން އޮބައިގަނެގެން ޖީޕަށް އަރުވައިގެން ފުލުސް އޮފީހަށް ގެންދިޔައީ މަންޒަރު ބަލާންތިބި މީހުންނަށް ކުށްވެރިޔަކީ އަހަރެން ކަމަށް ހީވާ ފަދަ ގޮތަކަށެވެ. ޝިޔާޒު ހުރީ ވީއްލިފައެވެ. އޭނާ ހާޒިރުކުރެވުނީ އަހަރެން ކުރި ޝަކުވާއާ ވިދިގެން ފަހުން ފޯނުކޮށްގެންނެވެ. އޭނާޔާއެކު ނާސިހާ ވެސް އެތަނަށް ހާޒިރުކުރެވުނެވެ. 

މިނިކާވަގެއްގެ ނަރުވާ

ކިޔާފައިވާ ޢަދަދު: 2540
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޗައިނާގެ ކޮންމެވެސް ހިސާބެއްގައި ޔުން އޮކް ނަމަކަށް ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ފިރިމީހާއާއި އެކު މި ދެމަފިރިން އައީ ވަރަށް ރީތި ދިރިއުޅުމެއް އުޅެމުންނެވެ. އޯގާވެރިކަމާއި ލޯތްބާއި ހިތްހަމަޖެހުމާއި އެކީ މި ދެމަފިރިން ދިރިއުޅުމުގެ ތެރޭގައި ފިރިމާހާ ހަނގުރާމައަކަށް ދާންޖެހިއްޖެއެވެ. ހަނގުރާމަ ނިންމާފައި އައި އިރު ކުރީގެ ހިތްހެޔޮ ކަމާއި އޯގާވެރިކަމާއި އަޅައިލުމެއް އޭނާގެ ކިބަޔަކު ނެތެވެ. ރުޅި ގަދަވެ ރުންކުރު ކަމުން، ފިރިމީހާ އާއި އަނގައިން ބުނާނޭ ގޮތެއްވެސް ޔުން އޮކް އަކަށް ނޭނގުނެވެ. އެކީގައި މިހާރު އުޅެން ޖެހިފައިވާ މީހާ އަކީ ކުރީގެ ފިރިމީހާއޭ ބުނަންވެސް ދައްޗެވެ. މިހާރު މިހުރީ އޭނާގެ ހިޔަނިން ކުޑަ މިންވަރެކެވެ! މި ރުޅިގަދަ މީހާއާއި އެކީގައި އެއް ގެއެއްގައި އުޅެން ޔުން އޮކް ބިރުގަންނަ ހިސާބަށް ކަންތައް ހިނގައްޖެއެވެ!
 

ސަންޑޭ (18)

ކިޔާފައިވާ ޢަދަދު: 1856

މޫސާ ޞާޢިދު
(30 އެޕުރީލު 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަހަރެންގެ އަތްނބެއްގެ ގޮތުގައި މިގެޔަކުން ނުނިކުމެވޭނެ. މާނައަކީ….” ނަވާލަށް ޖުމްލަ ފުރިހަމަވުމުގެ ކުރިން ޒިލާ ގެއިން ބޭރަށް ނުކުތެވެ. ފަހަތުން ގޮސް ނަވާލް، ޒިލާ ހިފެހެއްޓުމަށްފަހު އެތެރެއަށް ވެއްދީ ގަދަކަމުންނެވެ.

ހުނި ބިލެތް (2)

ކިޔާފައިވާ ޢަދަދު: 1363
                
އިބްރާހީމް ޙުސައިން މަނިކު
 
(3 މެއި 2015 ގައި ޝާއިޢު ކުރި މި ވާހަކައިގެ ފުރަތަމަ ބަޔާ ގުޅޭ) 
 
އަހަރެން އަހައިފައިވާ ގޮތުގައި ނާސިހާ ދިރިއުޅެމުން އައީ ބޭރު މީހަކާ އިނދެގެން ބޭރުގައެވެ. މިވަގުތު ކައިރީގައި ހަމަ ގައިމުވެސް ބޭރު މީހަކު ނެތެވެ. ހައްތާ ވެސް ތިބީ ދިވެހީންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ރާއްޖެ އައިކަމަށް ވާނީ ދާދި މިދާކަށް ދުވަހުއެވެ. ރާއްޖޭގެ ނޫހަކަށް ޝައުގެވެރިވާނީ ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްލީމާ ކަމަށް ފެނެއެވެ. އަހަރެން ދެކި އުޅުނު އިރު އެއީ ނޫކަށިފުރައިގެ ކުއްޖެކެވެ. އޭރު މަށަށް އެންމެ ރީތި ވަރަށް ވުރެ ތުންޏެވެ. މިހާރު އެހެރީ ރޫފަޖެހި އެންމެ ރީތި ވަރަށް ބޮނޑިމަސްކޮންނެވެ. ހޯއްދުން ހެޔޮ ހައްޓެކެވެ. ހެޔޮވަރު އިސްކޮޅެއް ވެސް ހުރީތީ ލައިގެން ހުރި ފާސްކުރި ހެދުމަށް ހުރިހައި ގޮތަކުން ވެސް ފާޑެވެ.ބޮޑެތި ހުދު މާތަކެއް ޖެހި ވެސްނޫކުލައިގެ ހެދުމެކެވެ.

ހުނި ބިލެތް (1)

ކިޔާފައިވާ ޢަދަދު: 1503
                
އިބްރާހީމް ޙުސައިން މަނިކު
ހުޅުވިފައި އޮތް ބޮޑު ފޮތް މައުރަޒުން ނިކުމެވުނީ އެތަނުން މަށާ ބައްދަލުކުރި ދުވަސްވީ އެކުވެރިއެއްކަމުގައިވާ ސާދާތާއެކުގައެވެ. ދުވަސްވީ އެކުވެރިއެކޭ ބުނުމަށް ވުރެ ހަގީގަތާ ގާތްކުރާނީ ދުވަސްވީ ދެކެ ފަރިތަ މީހެކޭ ބުނިއްޔާކަން ނޭނގެއެވެ. އޭނާ އަކީ ނޫހެއްގެ މުހައްރިރެކެވެ. އަހަންނަކީ ވާދަވެރި ނޫހެއްގެ މުރާސިލެކެވެ. އެހެނަސް ވާދަވެރިކަމެއް އަހަރެމެން ދެމީހުން ދެމެދަކު ނެތެވެ. ވާދަވެރި ރޫހެއް އޮތް ނަމަ އޮތީ ލޯ ހުޅުވާލަނިވި ލިޔުންތައް ލިޔެ، ކިޔުންތެރީންނަށް ގެނެސްދިނުމުގެ ގޮތުންނެވެ.

ހުނި ބިލެތް

ކިޔާފައިވާ ޢަދަދު: 305
                
އިބްރާހީމް ޙުސައިން މަނިކު
ހުޅުވިފައި އޮތް ބޮޑު ފޮތް މައުރަޒުން ނިކުމެވުނީ އެތަނުން މަށާ ބައްދަލުކުރި ދުވަސްވީ އެކުވެރިއެއްކަމުގައިވާ ސާދާތާއެކުގައެވެ. ދުވަސްވީ އެކުވެރިއެކޭ ބުނުމަށް ވުރެ ހަގީގަތާ ގާތްކުރާނީ ދުވަސްވީ ދެކެ ފަރިތަ މީހެކޭ ބުނިއްޔާކަން ނޭނގެއެވެ. އޭނާ އަކީ ނޫހެއްގެ މުހައްރިރެކެވެ. އަހަންނަކީ ވާދަވެރި ނޫހެއްގެ މުރާސިލެކެވެ. އެހެނަސް ވާދަވެރިކަމެއް އަހަރެމެން ދެމީހުން ދެމެދަކު ނެތެވެ. ވާދަވެރި ރޫހެއް އޮތް ނަމަ އޮތީ ލޯ ހުޅުވާލަނިވި ލިޔުންތައް ލިޔެ، ކިޔުންތެރީންނަށް ގެނެސްދިނުމުގެ ގޮތުންނެވެ. އޭނާގެ މޮޅު ލިޔުމެއް މަޒުމޫނެއް ނުވަތަ މުހައްރިރުގެ ބަހެއް އެނޫހުގައި ޖަހައިފިއްޔާ އަހަރެން އެލިޔުމެއްކީ ދޮންމަތީގައި ހިތުގެ ހޫނުކަމާއެކު އޭނާއަށް ފޯނުކޮށް ތާރީފުކޮށް ތަހުނިޔާކިޔާ ހަދަމެވެ. އެގޮތުން ސާދާތު ގަޔާވާ ލިޔުމެއް އަހަރެމެންގެ ނޫހުގައި އަހަރެން ލިޔެފި ނަމަ އޭނާ ވެސް މަށަށް ފޯނުކޮށް ތަހުނިޔާކިޔާ އުޅެއެވެ. އަހަރެން އޭނާ އަށް ކިޔާ ތަހުނިޔާ އިޚުލާސްތެރި ނަމަވެސް އޭނާގެ ތަހުނިޔާ މަށަށް އަބަދު ވެސް ސިފަވާން އުޅެނީ އިރަށް ދޮންވީ އާވި އަނބަކާއެވެ. ކައިލާން މާކަ ދެރައެއް ނޫނެވެ. އަނބުގައި ހުންނަން ޖެހޭ ވަންތަކަމާމެދު ނުވިސްނާ ނަމައެވެ. އަނބުގައި ހުރި ހުތް މިލަފޮނި އާވި ރަހަ އެއީ ރަހަކަމަށް ދެކޭ ނަމައެވެ. އަހަންނަކީ އޭނާޔަށް ލިބިފައިއޮތް ކަހަލަ “ރިހި ދުލެއް” ނޫނީ “ރަންގަލަމެއް” ލިބިފައި އޮތް މީހެއްކަމަށް ނުދެކޭ އިރު ވެސް އަދަބު ސަދަބު ނިޔާކުރާ ގޮތުން މިކޮޅުން ކީ ތަހުނިޔާއަކަށް އެކޮޅުން ތަހުނިޔާއެއް ކިޔަނީ ކަމަށް ވެދާނެއެވެ. އަހަރެން މަގެއް މަތީން ދިމާވެއްޖެއްޔާ އޭނާ ހިނިތުންވެ ނިތް އަރުވައިލާނެއެވެ. ނުވަތަ ސަލާމަށް އަތް އުފުލައިލާނެއެވެ. ނަމުން ގޮވާލާ ހުއްޓި ވާހަކަ ދައްކާލުމެއް ފޯނުން ނަމަވެސް ޚިޔާލު ބަދަލުކޮށްލާ ހެދުމެއް ވަރަށް ނޯވެއެވެ. އެހެންކަމުން އެއީ މަގޭ ރައްޓެހި ރަހުމަތްތެރިއެކޭ ބުނަން ދައްޗެވެ.
 

ސަންޑޭ (17)

ކިޔާފައިވާ ޢަދަދު: 1269
މޫސާ ޞާޢިދު

( 30 އެޕުރީލު 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނަވާލް ވިސްނައިލިއެވެ. “ނަދުހާ ބަދަލުވީ ހެއްޔެވެ؟ މިހާރު ނަދުހާގެ މަޤްޞަދަކީ، އޭނާގެ ޙަޔާތަށް އައުން ބާވައެވެ. ނޫނީ އަފްޒަލް ބުނިހެން ބަދުނާމުން މިންޖުވުމަށް މަސައްކަތް ކުރަނީ ނޫންބާވައޭ.” މިފަދަ މަސްހުނި ޚިޔާލުތަކެއްގައި ހުރެފައި، ނަވާލް ބޭނުންވީ ނަދުހާގެ ޙަޤީޤީ މަޤްޞަދު ދެނެގަންނާށެވެ.
އޭނާ ނަދުހާއަށް ގުޅިއެވެ. ފޯނު ރިންގްވާން ފެށުމާއެކު ނަދުހާ އުފަލުން ވަރެއްނެތެވެ.