ޕަންޑިތާއި މުއްސަނދިމީހާ

ކިޔާފައިވާ ޢަދަދު: 350

  ޕަންޑިތާއި މުއްސަނދިމީހާ ތަރުޖަމާ: މުޙައްމަދު ދީދީ (ހިތްފަހި)  އިންޑިޔާގެ ރަށެއްގައި ޕަންޑިތަކު (ހިންދީ ދީނުގެ ޢިލްމުވެރިއެއް) އުޅުނެވެ. އޭނާއަކީ ހިންދީ ދީނުގެ ފޮތްތައް ވަރަށް ރަނގަޅަށް ދަސްކޮށްގެން ހުރި ވަރަށްބޮޑު ޢިލްމުވެރިއެކެވެ. އެދީނުގެ ހުރިހާ ކަމެއް އެ ޕަންޑިތު ދަނެއެވެ. އެކަމަކު އޭނާއަކީ ފަޤީރެކެވެ.  އޭނާގެ ގެދޮރެއް ނުހުރެއެވެ. ކާނެ އެއްޗެއްވެސް ލިބެނީ ވަރަށް އުނދަގުލުންނެވެ. ލައިގެން ހުންނަ ހެދުންވެސް ވަނީ އެތަންމިތަނުން ވީދި ހަލާކުވެފައެވެ.  ޕަންޑިތު ކާނެ އެއްޗެއް ހޯދަނީ ސަލާން ޖަހައިގެންނެވެ. އޭނާ ކޮންމެ ދުވަހަކުވެސް އެއްގެއިން އަނެއްގެއަށް…

“ކަން ކޮންމެ ގޮތަކަށް ވިޔަސް ބުނާ ބަސް ދެރަ ނުކުރާތި!”

ކިޔާފައިވާ ޢަދަދު: 410

“ކަން ކޮންމެ ގޮތަކަށް ވިޔަސް ބުނާ ބަސް ދެރަ ނުކުރާތި!” ކެލާ ޢަލީ އިބްރާހީމް މަނިކު އަލްއުސްތާޛު ޢަލީ އިބްރާހީމް މަނިކު (ނުވަތަ ކެލާ އަލިބެ) ލިޔުންތެރިއެކެވެ.ޅެންވެރިއެކެވެ. އަދި ތަފާތު އަދަބީ ހަރަކާތްތަކުގައި އިސް ނަންގަވައިގެ އުޅުއްވާފައިވާ ބޭފުޅެކެވެ. އަލިބެގެ ޚިދުމަތުގެ ދާއިރާއަށް ބަލައިލާއިރު، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހއ.އަތޮޅުގެ މެންބަރުކަން ކުރެއްވުމާއި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒާއި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ ކަރުކަޒުގެ ތަފާތު މަގާމުތައް…

އާދަޔާ ޚިލާފު ހުވަފެނެއް

ކިޔާފައިވާ ޢަދަދު: 369

އާދަޔާ ޚިލާފު ހުވަފެނެއް ޢަބްދުﷲ ޞާދިޤު ކުރިނބީ ހާޖީ ދޯނީގައި އެދަތުރު މާލޭން ފުރައިގެން ނޮޅިވަރަންފަރަށް ދެވުނީ، ގާތްގަނޑަކަށް އަށެއްކަ ދުވަހުންނެވެ.އެއީ ވައިދަތިކަމުންނާއި، ދެވޭ ނުދެވޭ ތަނެއް ނޭނގޭ ކަމުންނެވެ. އެއްފަހަރަކު ދޮރުކަނޑުން ނިކުމެވިފައި ހުއްޓާވެސް ފެނުނެވެ. ދެން އަވަސް އަވަހަށް ތެޅިފޮޅި ގަނެގެން ދޯނި އަނބުރާލާފައި އައިސް ގޮއިދުއަށް ވަނީއެވެ. މިއީވެސް ދިމާވީ ގޮތެކެވެ. މިކަހަލަ އެތައް ކަމެކެވެ. ކޮންމެއަކަސް އެރޭ އެރަށުގައި ތިބެފައި ފަތިހު ފުރައިގެން ނޮޅިވަރަންފަރަށް ދިޔައީއެވެ. މިއީ، ގާތްގަނޑަކަށް މީގެ ވިއްސަކަށް…

ފަހު ފަނަރަ (2)

ކިޔާފައިވާ ޢަދަދު: 285

ފަހު ފަނަރަ (2) އިބްރާހީމް ހުސެން މަނިކު އަނެއް ދުވަހު ހެނދުނުކޮޅުގެ ވަގުތެކެވެ. ފޯނު ޕީޕީ އަޅަން ފެށުމުން އާދިލާ ބަލައިލިއިރު އެއީ ނަސީމުގެ ކޯލެކެވެ. އާދިލާގެ ހިތުގެ ރާގަށް ފުނައެއް އިތުރު ވިއެވެ. ހިނިމޫނުވެފައި ހުރެ، ހަލުއި ފިޔަވަޅުތަކެއް އަޅަމުން، ބަދިގެއިން ބޭރަށް ކާން ތިބޭ ބަޔަށް ނިކުމެވުނެވެ. ކާމޭޒުމަތީ ބޭއްވިފައި އޮތް ތާޒާ މާބޮނޑީގައި ފިރުމައިލެވުނެވެ. ސެލޯފޭނު ކަރުދާހުގެ ގޮއްޓަކަށް ލައިފައި އޮތް ކުލަކުލައިގެ މާބޮނޑިއެވެ. ފޮނުވި މީހަކު އެނގެންނެތް ސިއްރުން ފުރިގެންވާ ހަދިޔާއެވެ.…

ފަހު ފަނަރަ (1)

ކިޔާފައިވާ ޢަދަދު: 300

ފަހު ފަނަރަ (1) -އިބްރާހީމް ހުސެން މަނިކު- ތޮށިގަނޑު މަތީ އިން އާދިލާ ކޮޅުކޮޅަށް ބަލައިލިއެވެ. ތަނުގެ ފަނޑު އަލީގައި ލޯކުނާކޮށްލައި އަތުކުރީ ގަޑިއަށް ވެސް ބަލައިލިއެވެ. އިރާދަން ނިމުމަކަށް އަންނަނީއެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. ބަލިފިލުވާލެވިއްޖެއެވެ. ފިނިކޮށްލެވިއްޖެއެވެ. ގެއާ ދިމާއަށް ބަހައްޓަން ވީތާއެވެ! ދުރުން ގުގުމާލައިފައި ފަޒާގެ ތެރެޔަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭ، ރަތް އަލިން ސިގުނަލް ދެމުން ގާތްވަމުން ތިރިވަމުން ތިރިވަމުން ހުޅުލޭ ދެކުނުން ރަންވޭކޮޅަށް ޖައްސަން އައި ބޯޓަށް ބަލަހައްޓައިގެން އިނދެވުނެވެ. މިއަތަށް…

ހޫނުއުޅާ (2)

ކިޔާފައިވާ ޢަދަދު: 351

ހޫނުއުޅާ (2) އިބްރާހީމް ހުސެން މަނިކު ސަޔަށް ފަހު، ލީނާ ނިކުތީ ރަށު ތެރޭ ބުރެއް ޖަހައިލާށެވެ. މިހާރު ރަށް މިއޮތް ގޮތުގެ ތަސްވީރެއް ހިތުގައި ކުރަހާލައި ރައްކާކުރަން ބޭނުންވެފައި ހުރީތީއެވެ. ކުޅިހިއްކައި، ކަނޑޫރަނޑޫފާ ނެތިކޮށްލައި، ރަށުގެ ބޮޑު ވާ އޮތް ފަޅީގައި އައު ސަރަހައްދީ އެއާޕޯރޓެއް ހަދަން ހަމަޖެހިފައި އޮތުމާއެކު މި ރީތި ރަށްފުށު ރަށް އޭގެ ވަންތަ ގޮތުގައި އޮތުމުގެ ދުވަސް ހަމަވެއްޖެއޭ ހިތައެވެ. މަދުރަސާއާ އިންވެގެން އޮތް ބަށިކޯޓާ އަރާ ހަމަވެއްޖެއެވެ. އޭރު…

ހޫނުއުޅާ (1)

ކިޔާފައިވާ ޢަދަދު: 344

ހޫނުއުޅާ (1) އިބްރާހީމް ހުސެން މަނިކު ކޮޓަރީގައި ޓަކިދިން އަޑާއި ދޮރުހުޅުވުމާ ދިޔައީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ލީނާ ބަލައިލިއިރު މަތިހަށި ނަގައިފައި ވަދެގެން މިހިރަ އަންނަނީ އޭނާގެ ދޮންމަންމަ މަލީހާއެވެ. ލީނާ އަށް އެ ވަގުތު އިނދެވުނީ އެނދުގެ ބޯލާކޮޅުގެ ކޮޅުފިލާގަނޑުގައި ލެނގިލައިގެން އެނދުމައްޗަށް ފައިދަމައިލައިގެން އަތް އުރައިލައިގެންނެވެ. އެއް އަތު މުށުގައި އޮތީ މަޑު ފިޔާތޮށި ކުލައިގެ ފޯނެވެ. ބިތްދޮށް ފަރާތުގައި އައު އުރަ ލެއްވުމަށް އުރަދަމައިގެންފައި ކަންނެޔޮ އޮތެވެ. ކައިރީގައި، ކިޔަން ގެންގުޅުނު…

“ނުބީހެންޏާ ކަނޑާ ހަމަ” އަށް 40 އަހަރު: މިވަރެއް ނެތް؟!

ކިޔާފައިވާ ޢަދަދު: 210

“ނުބީހެންޏާ ކަނޑާ ހަމަ” އަށް 40 އަހަރު: މިވަރެއް ނެތް؟! މުޙައްމަދު ޙަމްދޫން     ހަނދުވަރީގެ ހުސެއިން މަނިކާއި ޝަރީފާ މަނިކެގެ އިހުސާންތެރިކަމެވެ. ހުނިގޮނޑިފިލާގޭ އާދަމް މަނިކުގެ ރަހުމެއް ނެތް ކަމާއި އަމިއްލަ އެދުމެވެ. އޭނާގެ ދަލުގައި ޖެހުނު އައިސާފުޅުގެ ބަދުނަސީބެވެ. އެ އެންމެންގެ ދިރިއުޅުން ގުޅިލާމެހި އެއް އޮޑިއެއްގައި ކުރަން ޖެހުނު ދަތުރެވެ. ގަދަ ކަނޑެއް ހުރަސްކުރުމަށް ފަހު އެންމެ ފަހުން ފައްސިޔައިގައި، އަމާން ބަނދަރަކަށް ލަފަން ކުރި މަސައްކަތުގައި، ދެންމެ ދެންމެ ބީހިދާނެ…

ކިހިނެއް ހިތުން ފިލާނީ…

ކިޔާފައިވާ ޢަދަދު: 384

ކިހިނެއް ހިތުން ފިލާނީ… އިބްރާހީމް ހުސެން މަނިކު ބަދިގެ ފަރާތުގައި އުޅެފައި އަނެއް ފަރާތަށް، ގޭ ބޮޑުކޮޓަރި ހުރަސްކުރީމެވެ. މަރުމަރުހިލަޖެހި ތަޅުން މަތީގައި ފަންކާއެއް މަރާމާތުކުރުމުގެ މަސައްކަތަށް އިސް އޮބާލައިގެން މަގޭ ބަފައިބެ އިނެވެ. ހުޅުވާލައިފައި ހުރި ކުޑަދޮރުން މެންދުރުގެ އުޖާލާ އަލިކަން ވަދެފައި ހުއްޓެވެ. މަގުމަތީގެ އަޑުބަޑުގެ ތެރެއިން ފުރޭނިގެން، ކިޔާނުކިޔާ އެއްޗެއް ސާފުނުވާ ކަހަލަ ގޮތަކަށް، ދުރުން ވަޔާ ލަވައެއް އިވިއިވި ހުއްޓެވެ. މަގޭ ހިތް މަގޭ ކަންފަތްދޮށުގައި އެލަވަ ކިޔައިލިއެވެ. އަހަރެން ކޮޓަރިއަށް…

ފޯނު ނަންބަރު

ކިޔާފައިވާ ޢަދަދު: 281

ފޯނު ނަންބަރު މުޙައްމަދު ޤާސިމް ބާވެފައި ހުރި ވޭވް 100 ގެ ސައިކަލުގައި އަމީނީމަގުން އިރަށް މަޑު ދުވެއްޔެއްގައި އަހަރެން ދިޔައީ، އަހަނދޭއާއެކު ކޮފީއަކަށެވެ. އޭރު ހަވީރު ހަތަރެއްޖަހައި ބޮޑުވެއްޖެއެވެ. އިރުއޮއްސުމުގެ ކުރީން އަންނާނޭ ވާހަކަ އަންހެނުން ގާތު ބުނީ، ކޮންމެހެން އެކަމަށް ނިޔަތްގަނެފައެއް ނޫނެވެ. އެ ވަގުތަށް އޭނާގެ ހިތްހަމަޖައްސައިލަ ދިނުމަށެވެ. ތަންކޮޅަކަށް ދިޔަތަނާ ކުއްލިއަކަށް ލޮލުގައި އަޅައިގަތީ، އަހަންނަށްވުރެ ތަންކޮޅެއް ކުރީން ހިނގާފައި ދިޔަ ދިޔޯއެއްގެ ފަރި ހިނގުމުގައެވެ. އަންހެންވަންތަ ބައްޓަމަކަށް ކިއްސަރު ޖެހިފައިވާ…