ނޭނގެއެވެ. (12) – ޖަވާހިރެއް ފަދަ ފޮނިތޮށިކޮޅު

ކިޔާފައިވާ ޢަދަދު: 2587

ޖަވާހިރެއް ފަދަ ފޮނިތޮށިކޮޅު

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ފަހުން އެނގުނު ގޮތުގައި ކޮންމެވެސް ކަމެއް ދިމާވެގެން ޒީނަތު ގޮވައިގެން ޒަމީރާ ރަށަށް ބަދަލުވަނީއެވެ. ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އެ ދުވަހުން ފެށިގެން އަހަރެން އިސްކޫލަށް ދަނީ އެކަނިކަމެވެ. 
 

ސަންޑޭ (12)

ކިޔާފައިވާ ޢަދަދު: 2197
މޫސާ ޞާޢިދު
( 5 އޭޕްރިލް 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނަދޫ އަހަރެންގެ މިދެއަތުގެ ޙިމާޔަތަށް ނިކަން އައިސްބަލަ…..އަހަރެން ނަދޫދެކެ ހާދަ ލޯބިވެޔޭ….ގާތަށް އައިސް ނަދޫގެ މޫނު، އަހަރެންގެ މޭގައި ޖައްސާލަބަލަ.” ނަދުލާގެ ލޮލުން ކަރުނަ ފޭދެން ފަށައިފިއެވެ. 
 
“އަހަރެން މިހުރި މަގާމަށް އެހެން މީހަކު ހޯދާ ނަވާލް….ތިވިސްނާ ނަޒަރުން އަހަންނަކަށް ނަވާލާ ދިމާއަށް ބަލައިވެސްނުލެވޭނެ…..” ނަދުހާގެ ދެލޯވެސް ކަރުނައިން ތެމިއްޖެއެވެ.
 

ނޭނގެއެވެ. (11) – މަންމަ ހުރި ނަމަ

ކިޔާފައިވާ ޢަދަދު: 2882

މަންމަ ހުރި ނަމަ

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އާންމު ގޮތެއްގައި އިސްކޫލަށް ގޮސްއައިސްވާ މަގުމަތީގައި އަހަންނަށް ވަރަށް ގިނަ ޚިޔާލުކުރެވެއެވެ. މިއަދަކުވެސް ވަކި ތަފާތެއް ނެތެވެ. އަހަރުމެން ދެ ކުދީންގެ އަތުގައި ހިފައިގެން އިސްކޫލަށް ގެންދާއިރު، ޒީނަތުގެ ދަބަސް އޮންނާނީ ޒަމީރާގެ ކޮނޑުގައެވެ. އަހަރެންގެ ދަބަސް އޮންނަނީ އަހަރެންގެ ކޮނޑުގައެވެ. 
 

ނޭނގެއެވެ. (10) – ކަލެއަށް ކުރާނީ ހަމަ އަސަރެވެ.

ކިޔާފައިވާ ޢަދަދު: 3836

ކަލެއަށް ކުރާނީ ހަމަ އަސަރެވެ.

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ބައްޕަ އޮފީހަށް ދާން ހިނގައިގަތުމުން، އެތަން ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި އަހަރެން ގެއަށް ވަދެއްޖައީމެވެ. އަހަރެން ރަނގަޅު ވާހަކަ ބައްޕަ ބުނުމުން ހާދަ އުފަލެއް ވެއްޖެއެވެ. ދެން ބަދިގެއަށް ވަދެ، ތެލިތަށި ދޮވެލާފައި، އިއްޔެގެ ބަނަހަކާއެކު ސައިތަށްޓެއް ބޯލައިގެން، އެނދުތައް ތަންމަތި އަޅާލާފައި، ކުނިވެސް ކަހައިލައިފީމެވެ. އެއަށްފަހު، ހަނޑޫކޮޅު ހޮވައި ނިންމައިލިއިރު ދޮންމަންމަ ހުނި ގާނައިފައި ހުއްޓެވެ. މެންދުރަށް ކައްކާނީ ދޮންމަންމައެވެ. އޭރު އަހަންނަށް އޮންނަނީ އަތްގާތްކޮށްދިނުމާއި، ކުނިކަހައި ފޮޅައި ސާފުކުރުމާއި، ތެލިތަށި ދޮވުމާއި، ކުނި އުކުމެވެ. ގޭތެރޭގައި މިހެން ހުރި ކުދިކުދި މަސައްކަތްތައް ކޮށް ނިންމާލެވުނު އިރު އިސްކޫލަށް ދާންވީ ވަގުތު އައިސް ކުޑަތަންވެއްޖެއެވެ. 
 

ދަތުރުނާމާ

ކިޔާފައިވާ ޢަދަދު: 3865
ޢާއިޝަތު ނާޖީ
ދުވަސްވަރަކީ 1979 ވަނަ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. އޭރު ރަށުގައި ކިޔެވެން އޮތް އެންމެ މަތީ ގްރޭޑް(ގުރޭޑް 6) ނިމުމުން ކުރާނެ ކަމެއް ނޭނގިފައި ހުއްޓާ،އަޅުގަނޑުގެ މަންމަ އަށް ލިބުނީ ބައްޕަ މާލޭގައި ވަޒީފާގައި ހުރެ ފޮނުވި ސިޓީއެކެވެ.އޭގައި ވަނީ އަޅުގަނޑު ކިޔަވަން މާލެ ގެންދިޔުމުގެ ހުރިހައި ކަމެއް ހަމަޖެހިފައިވާ ވާހަކައާއި އެންމެ އަވަހަށް ފުރާ ބޯޓަކުން މާލެ ފޮނުވުމަށް އެދިފައެވެ. 

ސަންޑޭ (11)

ކިޔާފައިވާ ޢަދަދު: 2540
މޫސާ ޞާޢިދު
( 28 މާރިޗު 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ހިތްހަމަނުޖެހިފައި އިނީ އަހަރެން އެކަންޏެއް ނޫން. ޒުހުރާ ނިކަން ދެކެބަލަ ނަދުހާގެ މޫނު…ނަދުހާގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ފިޔަވައި އިތުރު ކަމެއް އެބަފެނޭތަ؟” ދަލޭކަ ކަރުނުން ފުރިފައިވާ ނަދުހާގެ ލޮލަށް ސީދާ ބަލައިލަމުން ބުންޏެވެ. 

ނޭނގެއެވެ. (9) – ބަނޑު ހުސްކޮށްލެވުމުގެ ހިތްހަމަޖެހުން

ކިޔާފައިވާ ޢަދަދު: 2570

ބަނޑު ހުސްކޮށްލެވުމުގެ ހިތްހަމަޖެހުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ކޮންމެއަކަސް މިހެން ފިކުރުކުރާން އޮއްވައި ނިދިފައި ހޭލެވުނުއިރު ފަތިސްވެއްޖެއެވެ. މުނީ ސްކޫލަށް ދަނީ ހެނދުނުއެވެ. އޭނާ އޭރު ތެދުވެގެން އުޅެއެވެ. އައިސާދީވެސް ކޮޓަރިތެރޭގައި އުޅެއެވެ. އަހަރެން ހޭލައިގެން ބަލައިލުމާއެކު، “ދެން އަވަހަށް ގެއަށް ދާށޭ، އެހެން ނޫނީ ދޮންމަންމަ އަނެއްކާވެސް ރުޅިއަތުވެދާނޭ” އޭނާ އެހެން ބުނީމާ އަވަހަށް ތެދުވެގެން، އެގެއިން ނުކުމެގެން ގެއަށް ގޮސް ވަންއިރު، އެއްވެސް މީހަކު އަހަރެން ނެތިގެން އުޅޭ ފާޑެއް ނުޖަހައެވެ. ނަސީބެއްތާއެވެ. 
 

ނޭނގެއެވެ. (8) – މަގުމަތީގައި ބަރަހަނާކުރުން

ކިޔާފައިވާ ޢަދަދު: 2984

މަގުމަތީގައި ބަރަހަނާކުރުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
 
ދޮންމަންމަގެ އަތްދަށުން ސަލާމަތްވެގެން ދުވެފައި ނުކުމެވިއްޖެއެވެ. އެކަމަކު އަހަރެންގެ ފަހަތުން އޭނާވެސް ދުވެފައި ނުކުމެއްޖެއެވެ. އެނުކުތް ގޮތަށް ނުކުމެ، އަހަރެންގެ ކަނދުރާއާ ދިމާއިން ހެދުމުގެ ކަރުވަޅުގައި ހިފައިގެން ގެންގޮސް ކޮޓަރިތެރެއަށް ކޮއްޕާލައިފިއެވެ. “އަހަރެން ބުނީ މި ގޮރު ގޮދަޑިގަނޑު ހިފައިގެން މިގެއިން ނުކުންނާށޭ” ކިޔާފައި އަނެއްކާވެސް ބޮލުގެ ފުއްކިބައިގައި އެތިފަހަރެއް އަޅާލައިފިއެވެ. ވީ ތަދުން ބޮނދަމުން ކަހަލަ ގޮތަކަށް ގޮސް އަހަރެންގެ އެނދުގައި އޮންނަ ތުނި އިސްޕެންޖު ގޮދަޑި އެނދުން ބާލައިގެން ދަމައިކޫއްތަމުން ކޮޓަރިން ނެރެގެން ގޭގެ ދޮރާށިން ނުކުމެވުމާ ދެމެދު ވީހައި ވަގުތެއްގައި ބަވައިނަގަމުން، ދޭތެރެދޭތެރެއިން އަހަރެންގެ ގައިގެ ކޮންމެވެސް ތަނެއްގައި ބޮނޑިއެއްވެސް އަޅަމުން ދޮންމަންމަވެސް ހުރެގެން އާދެއެވެ. 
 

ނޭނގެއެވެ. (7) – ތަންމައްޗަށް ހީސްލެވުން

ކިޔާފައިވާ ޢަދަދު: 2989

ތަންމައްޗަށް ހީސްލެވުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
މާދަމާ ވާނޭ ގޮތަކާމެދު ފިކުރުކުރާން އޮއްވައި އަހަންނަށް ނިދިއްޖެއެވެ. މިހެން އޮއްވައި ބިރުވެރި ހުވަފެނެއް ފެނިގެން ރޮއިހަޅޭއްލަވަމުން ދެތިން ފަހަރަކު ތެދުވެވުނެވެ. ކޮންމެ ފަހަރަކުވެސް ދޮންމަންމަ ވަރަށް ރުޅިއައިސްގެން އައިސް އަހަރެންގެ މޫނުމައްޗަށް ފެންއެއްޗެއް ޖަހާފައި، “ކިހާބޮޑު އާފާތެއްހޭ، މި ބަލާވެރިކަމާ ހެދި މިގޭގައި އިންސާނަކަށް ލޮލުފިޔައެއްވެސް ޖަހާލެވޭވަރެއް ނޫނޭ”، ކިޔައި އެތިވަރު ގޮވަމުން ހިނގައިދެއެވެ. އެގޭގައި ކޮޓަރިތައް ބައިކޮށްފައި ހުންނަނީ ފްލައިވުޑު ބިތުންނެވެ. މަތި ހުންނަނީ ނުބައްދައެވެ. އެހެން ހުންނައިރު އިރުއިރުކޮޅުން އަހަރެން ހަޅޭއްލަވަންޏާ އެހެން މީހަކަށް ނިދޭނީވެސް ކިހިނެއްހެއްޔެވެ؟
 

ސަންޑޭ (10)

ކިޔާފައިވާ ޢަދަދު: 2971
މޫސާ ޞާޢިދު
(25 މާރިޗު 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނޫން…ނޫން….ތިހެން ނުބުނޭ ބައްޕާ….” ޝިޒްނާ މަންމަގެ ގައިން ދޫކޮށްލުމަށްފަހު، ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝިޒްނާގެ ފަހަތުން ފަރީދާއާއި ޒުބޭރުވެސް އެކޮޓަރިއަށް ވަދެއްޖެއެވެ. 
 
“ދަރިފުޅާ…..މަންމައަށް މަޢާފްކުރޭ. ދަރިފުޅުގެ ބައްޕައަކީ ޒުބޭރެއް ނޫން….ފަހުން މަންމަ ދަރިފުޅުގެ ޙަޤީޤީ ބައްޕަ ދަރިފުޅަށް ދައްކާނަން. މިހާރު މިވާހަކަ ދަރިފުޅު ގާތު ބުނަން މިޖެހުނީވެސް ދަރިފުޅުގެ އުފަލަށްޓަކައި، ދަރިފުޅާއި އަފްޒަލްގެ ކައިވެންޏަށް ހުރަހެއް ނެތްކަން ހާމަކުރުމުގެ ގޮތުން.” ފަރީދާގެ ދެލޮލުންވެސް ކަރުނަ އޮހެމުންދިޔައެވެ. އޭރު ޒުބޭރުގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.