ނޭނގެއެވެ. (2) – ތަގޭ އައްޕަ ކޮބައިހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 2798

ތަގޭ އައްޕަ ކޮބައިހެއްޔެވެ؟

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އަނެއްކާވެސް އަހަރެންގެ އުމުރުން 3 އަހަރު ފުރުމުގެ ކުރީގެ ހަނދާނެކެވެ. އާނއެކެވެ. ހަމަ ހަނދާނެކެވެ. އޭރުވެސް އުޅެނީ މަންމަ ދިރިއުޅޭ ރަށުގައެވެ. މަންމަ ގާތުގައެވެ. ބައްޕަ ފެންނަ ހަނދާނެއް ނުވެއެވެ. ބޮޑެތި މީހުން ތިބެގެން ކުޑަކުދީންނާ ދިމާކޮށް، ހާރުވައި، ރޮއްވައިހެދުމަކީ އެއީ އާދައިގެ ކަމެކެވެ. އެހެރަފެންނަ ކަންކަމަކީ އެއްގޮތަކަށްވެސް ކުޑަކުދީންނަށް “އަނިޔާ”ކުރުންކަމަކަށް އެވެރިންނެއް ނުދެކެތެވެ. އެހެރަ ހުންނަނީ ހަމަ ހިތްއުހައުކޮށްލައި، މަޖާކޮށްލުމަށް ކޮއްލާ ކަންކަމެކެވެ. އެހެން ނޫންނަމަ އެކަމަކާ ނުއެއް ހޭނެތާއެވެ. އަދި ކޮންމެވެސް ބަޔަކު އެކަން ހުއްޓުވަންވެސް އުޅޭނެތާއެވެ.
 

ނޭނގެއެވެ. (1) – ބޮޑު ބޭބެ

ކިޔާފައިވާ ޢަދަދު: 3071

ބޮޑު ބޭބެ

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އެއީ އަހަރެންގެ މަންމަ ދިރިއުޅޭ ރަށެވެ. ތަނަކީ ވަކަށްދޮށެވެ. އަހަރެން އިނީ ބިންމަތީގައި ކުޅޭށެވެ. އޭރު އަހަރެންގެ އުމުރުން 3 އަހަރެއް ނުފުރެއެވެ. އެހާ ތުއްތު އުމުރުގައި ހިނގާ ކަންކަން ހަނދާން ނުހުންނާނެކަމަށް މީހުން ބުނެއުޅޭ ދޯއެވެ؟ މީހުން އެހެން ބުންޏަސް ނުބުންޏަސް ވާނީ ކީއްހެއްޔެވެ؟ އުމުރުން 3 އަހަރު ފުރުމުގެ ކުރީން ހިނގާދިއަ ބައެއް ކަންކަން ހަމަ ގައިމުވެސް އަހަރެން ހަނދާންހުރެއެވެ. މިއީ އޭގެ ތެރެއިން އެންމެ ދުރު ހަނދާނެވެ. 
 

ސަންޑޭ (8)

ކިޔާފައިވާ ޢަދަދު: 2861
މޫސާ ޞާޢިދު
( 7 މާރިޗު 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ބައްޕާ…..މަންމާ…ކިހިނެއްތަ ވެގެން މިއުޅެނީ؟ ކީއްވެތަ ކުއްލިއަކަށް އަފްޒަލްގެ ޚިޔާލު ބަދަލުވީ.” ޝިޒްނާ ރޮއިރޮއިފައި، އޭނާގެ މަންމައާއި ބައްޕަކުރެން އެއްސެވެ. 
ދަރިފުޅާ، ބައްޕައާ ތިޔަސުވާލު ނުކުރޭ. ބައްޕަ މޮޔަވެދާނެ. ފަހުން ބައްޕަ، ހުރިހާ ކަމެއްވެސް ދަރިފުޅަށް އޮޅުންފިލުވައިދޭނަން.” ޒުބޭރު ޙަޤީޤަތް ހާމަކުރަން ކިތަންމެ ބޭނުންވިނަމަވެސް އޭނާ ފަސްޖެހެއެވެ. ހީވާކަހަލައެވެ. ޙަޤީޤަތް ހާމަކުރުމަށް ހިތްއެދި، އަނގަ ހުޅުވާލާއިރަށް ދޫބަންދުވަނީއެވެ. ނޫނީ ޙަޤީޤަތް ހާމަކުރުމަށް އޭނާ ޖެހިލުންވެ ނުކެރޭންޖެހޭ ސަބަބެއްވާތީ އޭނާ މަޑުޖެހެނީއެވެ.
 

ދެ ފޫހި

ކިޔާފައިވާ ޢަދަދު: 2177
ޢާއިޝަތު ނާޖީ
ޖެހިގެން އިން ގޮނޑީގައި އިށީންނަމުން   ހީނލާފައި، ” ހައި.. ހަވް އާ ޔޫ؟ ”  އަހަރެން ގާތު ދުވަހަކުވެސް މީގެ ކުރިން ދެކެފައިނުވާ ވަރުގެ ފަލަ، އަންހެނަކު އަހައިލިއެވެ.  ގަދަކަމުން ކަހަލަ ގޮތަކަށް ގޮނޑިއަށް ފެތިގަނެ، މި މީހާ އަށް ގޮނޑީގައި އިށީނދެ ހަމަ ޖެހިލެވުނީ އަހަރެންގެ ގޮޑިންވެސް ބައެއް ހިފައިގެންނެވެ. ގޮނޑީގެ އަތްގަނޑުގައި ޢޭނާގެ އެތުގެ އަތްފަދަ އަތް ބާއްވާލިއެވެ. އެ އަންހެންމީހާއަށް ހަމަޖެހިލެވުނު އިރު ދެން އެތާނގައި އަހަންނަށް ނޭވާލެވޭވަރުވެސް ނުވިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ކުޑަ ދޮރާދިމާއަށް އެނބުރި ބޭރަށް ބަލަން އިނީމެވެ. 
 

ސަންޑޭ (7)

ކިޔާފައިވާ ޢަދަދު: 2917
މޫސާ ޞާޢިދު
( 7 މާރިޗު 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަރީނާއާއި ފާއިޒު މިހާރު ދިރިއުޅުން މަތިން ފޫހިވެފައިވާ ކަހަލައެވެ. އެމީހުންގެ ހުރިހާ އުންމީދުތަކާ ގުޅިފައިވާ ދަރިފުޅުގެ ސަބަބުން އެމީހުންގެ ހިތް މިއަދުވަނީ ބަލިކަށިވެފައެވެ. ނަވާލްގެ ޙާލަތު މިހާރު ކުރިއަށްވުރެ ގޯހެވެ. މިހާރު އޭނާ ހަމަޖެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ހިލިހިލާޖަހައި ބަނދެފައި ނުބާއްވާނަމަ، އޭނާ މައިތިރި ކުރެވޭނެ އެއްގޮތެއްވެސް ނޯވެއެވެ. މިހާރު އޭނާގެ ކުރީގެ ރައްޓެހިންނަކަށްވެސް އޭނާއެއް ނުފެނެއެވެ. ކިރިޔާވެސް ގާތްކަމެއް ބާއްވާ މީހަކީ އަފްޒަލެވެ. މިހާރު އަފްޒަލަށްވެސް ނަވާލް ދެކިލަން އެގެއަށް އާދެވެނީ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. 
 

ފުއްޓަރު އަތިރި

ކިޔާފައިވާ ޢަދަދު: 3829

ކުރުވާހަކަ:

ފުއްޓަރު އަތިރި

ޙަސަން ޝާކިރު މުޙައްމަދު 
ދުނިޔޭގައި އިންސާނުންގެ ޙަޔާތް ލައްވާފައިވަނީ، ތަފާތު ބަދަލުތަކާއެކުގައެވެ. ކުރިމަތިވާ ކޮންމެކަމަކީވެސް ޙަޔާތުގެ ތަޖުރިބާއެކެވެ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައް އާދެއެވެ. މަޖާ ދުވަސްތަކާއި އެކަނިވެރި ދުވަސްތައްވެސް އާދެއެވެ. 
 

ސަންޑޭ (6)

ކިޔާފައިވާ ޢަދަދު: 2981
މޫސާ ޞާޢިދު
( 2 މާރޗް 2015 (ހޯމަ)ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ދަރިފުޅާ؟” ނަވާލް ބޮޑުކޮޓަރީގެ ވަށައިގެން ދުވެ އެނބުރެން ފެށުމުން، ފާއިޒް ނަވާލްގެ އަތުގައި ހިފެހެއްޓިއެވެ. 
 
“ގައިގަ އަތްނުލާތި….ބުނަން ވާހަކައެއް، ބައްޕަ ނަދުހާޔާ އިނދޭ…..އަހަންނެއް ނީންނާނަން….” ފާއިޒަށް ނަވާލްގެ އަޑު ތަފާތު ކަމުގައި އިޙްސާސްނުވި ކަމުގައިވިޔަސް، އޭނާގެ އަޑުވެސްވަނީ ބަދަލުވެފައެވެ. ހީވަނީ އަންހެން އަޑަކާއި ފިރިހެން އަޑެއް އެކުވެގެން އަންނަހެންނެވެ.
 

ސަހަރާ

ކިޔާފައިވާ ޢަދަދު: 3896

އަޅުގަނޑުގެ ފުރަތަމަ ކުރުވާހަކަ:

ސަހަރާ

ޙަސަން ޝާކިރު މުޙައްމަދު

އެގޭ ދައްތަ ކުއްލިއަކަށް ނިޔާވުމަކީ، އަހަންނަށް ލިބުނު ކުއްލި ސިހުމެކެވެ. ކުރި ފުން އަސަރެކެވެ. އެގޭ ދައްތައަކީ، އެފަދަ ދެވަނައެއް ނެތް ހެޔޮ ދައްތައެކެވެ. އަހަރެމެންގެ މަންމަ ނިޔާވީ ފަހުން އެގޭ ދައްތަ ކުރިއްސުރެ ބާއްވަމުން ގެންދިޔަ ހެޔޮކަމަށްވަނީ، އެތައް ގުނައެއް އިތުރު ވެފައެވެ. އެގޭ ދައްތަ ކޮންމެ ދުވަހަކުވެސް ތިން އަހަރު ފަހަރު އަހަރެމެން ގެއަށް ވަންނާނެއެވެ. އަހަރެމެން ނަމާދު ކުރޭތޯ ސުވާލު ކުރާނެއެވެ. ކައިފިންތޯ އަހާނެއެވެ. ރޭގަނޑު 10 ޖަހާކަންހާއިރު އައިސް ދޮންބެ ކޮބައިތޯވެސް އަހާނެވެ. އަހަރެމެން 3 ކުދިން ބަސް އަހައިގެން ރީތިކޮށް އުޅޭތީ ވަރަށް އުފާވާކަމަށާއި އަހަރެންމެންނަށް ރަނގަޅުގޮތް ވުމަށް އެދޭ ވާހަކަ އަބަދުވެސް ދައްކާނެއެވެ.

ސަންޑޭ (5)

ކިޔާފައިވާ ޢަދަދު: 3010
މޫސާ ޞާޢިދު
(27 ފެބުރުވަރީ 2015 (ހުކުރު)ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޓެރަސްމަތީގައި ނަދުހާހުރީ މުނާޒްގެ އިންތިޒާރުގައެވެ. މިހާރު އޭނާ އެގޮތަށް އިންތިޒާރުގައި ހުންނަތާ ބައިގަޑިއެއްހާއިރުވީއެވެ. އަދިވެސް މުނާޒެއް ނާދެއެވެ. 
 
“ވަރަށް ގިނައިރުވެއްޖެތަ ހުންނަތާ؟” ނަދުހާ ސިއްސައިގެން ދިޔައީ އޭނާއާ ދާދިގާތުން އިވުނު މުނާޒުގެ އަޑުންނެވެ. ނަދުހާ އެއަޑު އިވުނު ދިމާއަށް އެނބުރުނެވެ. ހިނިއައިސްފައި ހުރީ މުނާޒެވެ. 
 

ސަންޑޭ (4)

ކިޔާފައިވާ ޢަދަދު: 3041
މޫސާ ޞާޢިދު
(22 ފެބުރުވަރީ 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިހާރުވެސް ޝަކީބާއި ޒުހުރާގެ ހުރިހާ މުދަލަކާއި ފައިސާއަކީ ނަދުހާއަށްޓަކައި އެއްކުރެވިފައިވާ ނަދުހާގެ މިލްކެވެ. އެމީހުން ނެތް ދުނިޔެއެއްގައި އެއެއްޗެއްސަށް ބާރު ހިންގާކަށް އިތުރު އެހެން ފަރާތެއް ނާންނާނެއެވެ. ނަމަވެސް އެއީ ނަދުހާ ފަޚްރުވެރިވާ ކަމެއް ނޫނެވެ. އޭނާއަކަށް މުދަލާއި ފައިސާއެއް މުހިންމެއް ނޫނެވެ. އޭނާ ލޯބިކުރަނީވެސް އާދައިގެ ދިރިއުޅުމަށެވެ. މަންމައާއި ބައްޕަ ޗުއްޓީ ދުވަސްދުވަހު ރިސޯޓަށްގޮސް ރިސޯޓުގައި ވަގުތު ހޭދަކުރިޔަސް އޭނާ ރިސޯޓަށްދާހިތެއް ނުވެއެވެ. މިހާރު އޭނާ ބޭނުންވަނީ މުނާޒާ ކައިވެނިކޮށްގެން އެކަހެރި (މީހުންމަދު މާޙައުލެއްގައި) ދިރިއުޅުމެއް އުޅޭށެވެ. އެއީ މުނާޒްވެސް އެދޭގޮތެވެ. ނަމަވެސް، ނަދުހާގެ މައިންބަފައިންނާ ދެކޮޅުހަދައި އެކަނިވެރިވިޔަ ނުދިނުމަކަށް އޭނާ ބާރެއް ނާޅައެވެ. ހީވާކަހަލައެވެ. ނަދުހާ ނަވާލާ އިނަސް އޭނާއަށް ވަރިހަމައެވެ. އޭނާއަށް އެޅޭނެ ހުރަހެއްނެތެވެ. ކޮންމެ މީހަކާ ނަދުހާ ކައިވެނިކުރި ކަމުގައިވިޔަސް، އޭނާ ބޭނުން ހިނދެއްގައި ނަދުހާއާ ބައްދަލުކުރާނެއެވެ.