ނޭނގެއެވެ. (11) – މަންމަ ހުރި ނަމަ

ކިޔާފައިވާ ޢަދަދު: 2946

މަންމަ ހުރި ނަމަ

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އާންމު ގޮތެއްގައި އިސްކޫލަށް ގޮސްއައިސްވާ މަގުމަތީގައި އަހަންނަށް ވަރަށް ގިނަ ޚިޔާލުކުރެވެއެވެ. މިއަދަކުވެސް ވަކި ތަފާތެއް ނެތެވެ. އަހަރުމެން ދެ ކުދީންގެ އަތުގައި ހިފައިގެން އިސްކޫލަށް ގެންދާއިރު، ޒީނަތުގެ ދަބަސް އޮންނާނީ ޒަމީރާގެ ކޮނޑުގައެވެ. އަހަރެންގެ ދަބަސް އޮންނަނީ އަހަރެންގެ ކޮނޑުގައެވެ. 
 

ނޭނގެއެވެ. (10) – ކަލެއަށް ކުރާނީ ހަމަ އަސަރެވެ.

ކިޔާފައިވާ ޢަދަދު: 3892

ކަލެއަށް ކުރާނީ ހަމަ އަސަރެވެ.

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ބައްޕަ އޮފީހަށް ދާން ހިނގައިގަތުމުން، އެތަން ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި އަހަރެން ގެއަށް ވަދެއްޖައީމެވެ. އަހަރެން ރަނގަޅު ވާހަކަ ބައްޕަ ބުނުމުން ހާދަ އުފަލެއް ވެއްޖެއެވެ. ދެން ބަދިގެއަށް ވަދެ، ތެލިތަށި ދޮވެލާފައި، އިއްޔެގެ ބަނަހަކާއެކު ސައިތަށްޓެއް ބޯލައިގެން، އެނދުތައް ތަންމަތި އަޅާލާފައި، ކުނިވެސް ކަހައިލައިފީމެވެ. އެއަށްފަހު، ހަނޑޫކޮޅު ހޮވައި ނިންމައިލިއިރު ދޮންމަންމަ ހުނި ގާނައިފައި ހުއްޓެވެ. މެންދުރަށް ކައްކާނީ ދޮންމަންމައެވެ. އޭރު އަހަންނަށް އޮންނަނީ އަތްގާތްކޮށްދިނުމާއި، ކުނިކަހައި ފޮޅައި ސާފުކުރުމާއި، ތެލިތަށި ދޮވުމާއި، ކުނި އުކުމެވެ. ގޭތެރޭގައި މިހެން ހުރި ކުދިކުދި މަސައްކަތްތައް ކޮށް ނިންމާލެވުނު އިރު އިސްކޫލަށް ދާންވީ ވަގުތު އައިސް ކުޑަތަންވެއްޖެއެވެ. 
 

ދަތުރުނާމާ

ކިޔާފައިވާ ޢަދަދު: 4014
ޢާއިޝަތު ނާޖީ
ދުވަސްވަރަކީ 1979 ވަނަ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. އޭރު ރަށުގައި ކިޔެވެން އޮތް އެންމެ މަތީ ގްރޭޑް(ގުރޭޑް 6) ނިމުމުން ކުރާނެ ކަމެއް ނޭނގިފައި ހުއްޓާ،އަޅުގަނޑުގެ މަންމަ އަށް ލިބުނީ ބައްޕަ މާލޭގައި ވަޒީފާގައި ހުރެ ފޮނުވި ސިޓީއެކެވެ.އޭގައި ވަނީ އަޅުގަނޑު ކިޔަވަން މާލެ ގެންދިޔުމުގެ ހުރިހައި ކަމެއް ހަމަޖެހިފައިވާ ވާހަކައާއި އެންމެ އަވަހަށް ފުރާ ބޯޓަކުން މާލެ ފޮނުވުމަށް އެދިފައެވެ. 

ސަންޑޭ (11)

ކިޔާފައިވާ ޢަދަދު: 2638
މޫސާ ޞާޢިދު
( 28 މާރިޗު 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ހިތްހަމަނުޖެހިފައި އިނީ އަހަރެން އެކަންޏެއް ނޫން. ޒުހުރާ ނިކަން ދެކެބަލަ ނަދުހާގެ މޫނު…ނަދުހާގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ފިޔަވައި އިތުރު ކަމެއް އެބަފެނޭތަ؟” ދަލޭކަ ކަރުނުން ފުރިފައިވާ ނަދުހާގެ ލޮލަށް ސީދާ ބަލައިލަމުން ބުންޏެވެ. 

ނޭނގެއެވެ. (9) – ބަނޑު ހުސްކޮށްލެވުމުގެ ހިތްހަމަޖެހުން

ކިޔާފައިވާ ޢަދަދު: 2657

ބަނޑު ހުސްކޮށްލެވުމުގެ ހިތްހަމަޖެހުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ކޮންމެއަކަސް މިހެން ފިކުރުކުރާން އޮއްވައި ނިދިފައި ހޭލެވުނުއިރު ފަތިސްވެއްޖެއެވެ. މުނީ ސްކޫލަށް ދަނީ ހެނދުނުއެވެ. އޭނާ އޭރު ތެދުވެގެން އުޅެއެވެ. އައިސާދީވެސް ކޮޓަރިތެރޭގައި އުޅެއެވެ. އަހަރެން ހޭލައިގެން ބަލައިލުމާއެކު، “ދެން އަވަހަށް ގެއަށް ދާށޭ، އެހެން ނޫނީ ދޮންމަންމަ އަނެއްކާވެސް ރުޅިއަތުވެދާނޭ” އޭނާ އެހެން ބުނީމާ އަވަހަށް ތެދުވެގެން، އެގެއިން ނުކުމެގެން ގެއަށް ގޮސް ވަންއިރު، އެއްވެސް މީހަކު އަހަރެން ނެތިގެން އުޅޭ ފާޑެއް ނުޖަހައެވެ. ނަސީބެއްތާއެވެ. 
 

ނޭނގެއެވެ. (8) – މަގުމަތީގައި ބަރަހަނާކުރުން

ކިޔާފައިވާ ޢަދަދު: 3058

މަގުމަތީގައި ބަރަހަނާކުރުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
 
ދޮންމަންމަގެ އަތްދަށުން ސަލާމަތްވެގެން ދުވެފައި ނުކުމެވިއްޖެއެވެ. އެކަމަކު އަހަރެންގެ ފަހަތުން އޭނާވެސް ދުވެފައި ނުކުމެއްޖެއެވެ. އެނުކުތް ގޮތަށް ނުކުމެ، އަހަރެންގެ ކަނދުރާއާ ދިމާއިން ހެދުމުގެ ކަރުވަޅުގައި ހިފައިގެން ގެންގޮސް ކޮޓަރިތެރެއަށް ކޮއްޕާލައިފިއެވެ. “އަހަރެން ބުނީ މި ގޮރު ގޮދަޑިގަނޑު ހިފައިގެން މިގެއިން ނުކުންނާށޭ” ކިޔާފައި އަނެއްކާވެސް ބޮލުގެ ފުއްކިބައިގައި އެތިފަހަރެއް އަޅާލައިފިއެވެ. ވީ ތަދުން ބޮނދަމުން ކަހަލަ ގޮތަކަށް ގޮސް އަހަރެންގެ އެނދުގައި އޮންނަ ތުނި އިސްޕެންޖު ގޮދަޑި އެނދުން ބާލައިގެން ދަމައިކޫއްތަމުން ކޮޓަރިން ނެރެގެން ގޭގެ ދޮރާށިން ނުކުމެވުމާ ދެމެދު ވީހައި ވަގުތެއްގައި ބަވައިނަގަމުން، ދޭތެރެދޭތެރެއިން އަހަރެންގެ ގައިގެ ކޮންމެވެސް ތަނެއްގައި ބޮނޑިއެއްވެސް އަޅަމުން ދޮންމަންމަވެސް ހުރެގެން އާދެއެވެ. 
 

ނޭނގެއެވެ. (7) – ތަންމައްޗަށް ހީސްލެވުން

ކިޔާފައިވާ ޢަދަދު: 3057

ތަންމައްޗަށް ހީސްލެވުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
މާދަމާ ވާނޭ ގޮތަކާމެދު ފިކުރުކުރާން އޮއްވައި އަހަންނަށް ނިދިއްޖެއެވެ. މިހެން އޮއްވައި ބިރުވެރި ހުވަފެނެއް ފެނިގެން ރޮއިހަޅޭއްލަވަމުން ދެތިން ފަހަރަކު ތެދުވެވުނެވެ. ކޮންމެ ފަހަރަކުވެސް ދޮންމަންމަ ވަރަށް ރުޅިއައިސްގެން އައިސް އަހަރެންގެ މޫނުމައްޗަށް ފެންއެއްޗެއް ޖަހާފައި، “ކިހާބޮޑު އާފާތެއްހޭ، މި ބަލާވެރިކަމާ ހެދި މިގޭގައި އިންސާނަކަށް ލޮލުފިޔައެއްވެސް ޖަހާލެވޭވަރެއް ނޫނޭ”، ކިޔައި އެތިވަރު ގޮވަމުން ހިނގައިދެއެވެ. އެގޭގައި ކޮޓަރިތައް ބައިކޮށްފައި ހުންނަނީ ފްލައިވުޑު ބިތުންނެވެ. މަތި ހުންނަނީ ނުބައްދައެވެ. އެހެން ހުންނައިރު އިރުއިރުކޮޅުން އަހަރެން ހަޅޭއްލަވަންޏާ އެހެން މީހަކަށް ނިދޭނީވެސް ކިހިނެއްހެއްޔެވެ؟
 

ސަންޑޭ (10)

ކިޔާފައިވާ ޢަދަދު: 3054
މޫސާ ޞާޢިދު
(25 މާރިޗު 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނޫން…ނޫން….ތިހެން ނުބުނޭ ބައްޕާ….” ޝިޒްނާ މަންމަގެ ގައިން ދޫކޮށްލުމަށްފަހު، ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝިޒްނާގެ ފަހަތުން ފަރީދާއާއި ޒުބޭރުވެސް އެކޮޓަރިއަށް ވަދެއްޖެއެވެ. 
 
“ދަރިފުޅާ…..މަންމައަށް މަޢާފްކުރޭ. ދަރިފުޅުގެ ބައްޕައަކީ ޒުބޭރެއް ނޫން….ފަހުން މަންމަ ދަރިފުޅުގެ ޙަޤީޤީ ބައްޕަ ދަރިފުޅަށް ދައްކާނަން. މިހާރު މިވާހަކަ ދަރިފުޅު ގާތު ބުނަން މިޖެހުނީވެސް ދަރިފުޅުގެ އުފަލަށްޓަކައި، ދަރިފުޅާއި އަފްޒަލްގެ ކައިވެންޏަށް ހުރަހެއް ނެތްކަން ހާމަކުރުމުގެ ގޮތުން.” ފަރީދާގެ ދެލޮލުންވެސް ކަރުނަ އޮހެމުންދިޔައެވެ. އޭރު ޒުބޭރުގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. 
 

ނޭނގެއެވެ. (6) – ބައްޕަގެ ނަސޭހަތް

ކިޔާފައިވާ ޢަދަދު: 3061

ބައްޕަގެ ނަސޭހަތް

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އެހެން މަގުމަތީގައި އުޅެނިކޮށް ބާރަށް ރޮވެން ފަށައިފިއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުން ބަލައިވެސް ހަދައެވެ. އަޅައެއްނުލައެވެ. ކޮންމެވެސް ގެއަކަށް ވަންނާނީއޭ ހިތައި، އެދިޔަ ގޮތަށް ގޮސް ގެއަކަށް ވަދެއްޖައީމެވެ. އެގޭގައި ވަރަށް ގިނަ މީހުން އުޅެއެވެ. އެއީ ކޮން ގެއެއްކަމެއް މިހާރަކު އަހަންނަކަށް ނޭނގެއެވެ. އަހަރެން އެގޭގައި ބަހައްޓައިދިނުމަށް އެދި، ގިސްލައިރޮއި އާދޭސްވެސްކޮށްފީމެވެ. ދޮންމަންމަ އަހަންނަށް ކުރާ އަނިޔާގެ ވާހަކަ ކިޔައިދެމުންގެންދިޔައިރު އެތަނުން އެކަކުގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. އަހަންނަށްވުރެ ބާރަށް އޭނާ ނޯށްވެސްދަމައެވެ. އަހަންނަކީ ކޮން ގެއެއްގެ ކާކުގެ ދަރިއެއްތޯ އެމީހުން ސާފުކުރިއެވެ. ބައްޕައަކީ އެމީހުންވެސް ދަންނަ މަޝްހޫރު މީހެއްކަމަށްވިއެވެ. ދެން އެމީހުން އަހަންނަށް ކާންހަދައިދިނުމުން، ދުވަހަކުވެސް ކާއެއްޗެއް ނުދެކޭ ކުއްޖަކު ފަދައިން ތަނެއްދޮރެއް ނުބަލައި ދިންހައި އެއްޗެއް ކައިހުސްކޮށްލާފައި، އަތުގެ އިނގިލިތަކާއި ތަށިވެސް ލޮއި ސާފުކޮށްލައިފީމެވެ. އެތަން ބަލަން ހުރެފައި، “އެކުއްޖާފަކީރު އެހުންނަނީ ކާންވެސް ނުދީ ބަނޑަށް ބަހައްޓާފައޭ’ އެކަކު ބުންޏެވެ. އިރުކޮޅެއް ނުވެ ބައްޕަ އައިސް އަހަރެން ގޮވައިގެން އެގެއިން ނުކުމެއްޖެއެވެ. އެގޭ މީހުންނާ މާގިނަ ވާހަކަތަކެއް ދައްކާކަށް ނުހަދައެވެ. އެމީހުން ދެކެވެސް ރުޅިއައިސްފައި ހުރި ކަހަލައެވެ.
 

ސަންޑޭ (9)

ކިޔާފައިވާ ޢަދަދު: 3125
މޫސާ ޞާޢިދު
( 17 މާރިޗު 2015 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަހަރެން އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނޫން. އަހަންނަށް ކާންދޭން ބޭނުމިއްޔާ، އަހަރެންގެ އުފާތަކަށް ހުރަސްއަޅާ ސަބަބު އޮޅުންފިލުވައިދީ…..” ޝިޒްނާ ރޮއިރޮއިފައި ވާހަކަ ދެއްކީ، އޭނާގެ މަންމައާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ޝިޒްނާގެ ކޮޓަރީގައެވެ. ޝިޒްނާގެ މަންމަ އެކޮޓަރިއަށް އައިސް ހުރީ ޝިޒްނާއަށް ޖޫސް ތަށްޓެއް ހިފައިގެންނެވެ.