އަސަރު (12)

ކިޔާފައިވާ ޢަދަދު: 3446
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް  
(7 ފެބުރުވަރީ 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ތަންކޮޅެއް އެއްގަމުގައި އަލިފާންގަނޑެއް އަންދަމުންދެއެވެ. އޭރު އެންމެންވެސް ތިބީ އަލިފާންގަނޑު ވަށާލައިގެންނެވެ. ސޭންޑްވިޗްސްއާއި ޓޯސްޓް ކަމުންދަނީ އެ އަލިފާންގަނޑުން ހޫނު ކޮށްގެންނެވެ….. ރާޖްގެ ތަށީގައި އޮތް ޓޯސްޓް ގެއްލުނު އިރެއްވެސް ނޭނގުނެވެ. ކޮންމެވެސް މީހަކު، އެ ޓޯސްޓް ނަގައިފިއެވެ. ނަމަވެސް ރާޖް އެކަމެއް ނުދެނެ ހުއްޓެވެ. އަދި އެއްވެސް ޚިޔާލެއްނެތި ޓޯސްޓް ނެގުމަށްޓަކައި އޭނާގެ އަތް ތަށީގެ ތެރެއަށް ކޮއްޕާލައިފިއެވެ. ކުއްލިއަކަށް ކައިރީގައި ތިބި ހުރިހާ އަންހެން ކުދިންތައް ހޭން ފަށައިފިއެވެ. އަދި އޭގެތެރެއިން ވަކިން ރީތި އަޑެއް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވެން ފަށައިފިއެވެ. އެއީ ޝީލްގެ އަޑެވެ. އޭނާގެ ހުނުމުގެ އަޑެވެ. އެއާއެކު ކަރުކެހުމާއި ކެއްސުމުގެ އަޑުވެސް އާދެއެވެ. ޝީލްގެ އަތުގައިހުރި ސައިޖޯޑުވެސް ބަހައްޓާފައި ލިބާހުގެ ކަންގަނޑުން މޫނު ނިވާކޮށްލައިގެން ތެދުވެއްޖެއެވެ.
 

މަގޭ ހިތް ރޮނީއްޔޭ

ކިޔާފައިވާ ޢަދަދު: 2289
މަރިޔަމް ސަނާ
ބަދިގެތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅެފައިވެސް ފޯނަށް މެސެޖެއް އައުމުން އަވަސްއަވަހަށް ބަލާލީ އެއީ ނަޝީދުގެ މެސެޖެއްކަން ޔަގީންވާތީއެވެ. 
 
“ބޭރަށް ނުކުމެބަލަ! ވަރަށް ބަނަ. . . ހީވަނީ ވާރޭ ވެހެންއުޅޭހެން. . .” 
 
މެސެޖް ކިޔައިލުމަށްފަހު އަހަރެން އަތްމަތި އަވަސްކޮށްލީމެވެ. ސިންކުގައި ހުރި ތަށިތައް ދޮވެލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޯތިތެރެއަށް ނުކުތީމެވެ. އޭރު އުޑުމައްޗަށް ޖަމާވަމުންއައި ކަޅުވިލާތަކުން މުޅި އުދަރެސް ވަނީ ބައްދައިލައިފައެވެ. ދެ ގޭގެ އިން ވަކިކުރަން ތެޅިގަލުން ރާނައިފައިވާ ތިރި ފާރުމަތީގައި ނަޝީދު އިނީ އޭނާގެ ގެއަށް ކުރިމަތިވާ ގޮތަށެވެ. ނުސިހޭނެކަން އެނގޭ އިރު ވެސް އަހަރެން ނަޝީދުގެ ފުރަގަހުގައި ހުއްޓުމަށްފަހު މަޑުމަޑުން ހަޅޭއްލަވައިގަތީމެވެ. އޭނާ ހެމުން އަހަރެންގެ އަތުގައި ހިފައި، ފާރުމަތީގައި ބޭންދިއެވެ. 
 

އަސަރު (10)

ކިޔާފައިވާ ޢަދަދު: 3465
 
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް
(22 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭނާގެ ވަށައިގެން “މިނިވަން” ޖިސްމުތަކެއް ތުނިތުނި ހިޔަނިތަކެއްގެ ތެރެއަށް ގެނބިގެން ތިބި ހެންނެވެ. ނަމަވެސް އޭނާއަށް އިނދެވުނީ އެޖިސްމުތަކާއި ވަރަށް ދުރުގައި ހެންނެވެ. ވަރަށް ދުރުގައި އެކަނިމާއެކަނި ހެންނެވެ. އަދި އޭނާ އެ އެކަނިވެރިކަމުގެ މައްޗަށް ހިތަމާކޮށް ގިސްލަމުން ގެންދާ ކަމުގައެވެ. 

އިންދިރާސް

ކިޔާފައިވާ ޢަދަދު: 2364
މަރިޔަމް ސަނާ، ށ. މިލަންދޫ
މިއީ ދުނިޔެއެވެ. ކިތަންމެ ކުޑަހެން ހީވިޔަސް ބޮޑު ތަނެކެވެ. ފަންސަވީސް އަހަރު ދުނިޔޭގައި ހޭދަކުރެވުނުއިރު ފެނުނީ ދުނިޔޭގެ ކުޑަ މިންވަރެކެވެ. ކުރެވުނު ތަޖުރިބާ އާއި އެނގުނު ކަންކަންމަދެވެ. އެކަން އިހުސާސް ކުރެވެނީ ކުރިން ނޭނގޭ އާކަމެއް ނުވަތަ އާތަޖުރިބާއެއް ކުރެވުމުންނެވެ. 
 

އަސަރު (9)

ކިޔާފައިވާ ޢަދަދު: 3360

ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް

(28 ޑިސެންބަރު 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެމީހުންގެ މަޝްވަރާއާއިއެކު ޑަކްޓަރ ސޯނީއޭ ކިޔާ މީހަކު ލައްވާ ޤަވާޢިދުން ބޭސް ފަރުވާ ކުރަންފެށިއެވެ. ޑަކްޓަރ ސޯނީ ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު ގެޔަށް އައިސް މަންމަގެ ޙާލު ބަލާ ހަދައެވެ. މަންމަޔަށް ބޭސްދީ ހަދަނީ ޚުދު ރާޖްގެ އަތުންނެވެ.
ވޭތުވެގެން އެދިޔަ ދިހަދުވަހާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގައި ހުރިހައި ހިނދުކޮޅެއްގައި އޭނާ ދެކެމުން ދިޔައީ މަންމަގެ އުދާސްވެފައިވާ މޫނެވެ. ބަލިކަށިވެފައިވާ ހަށިގަނޑެވެ. ވަރުދެރަވެފައިވާ ޖިސްމެވެ. އެކަމަށްޓަކައި ޚުދު އޭނާ އެވަނީ އުދާސްވެފައެވެ. ހާސްވެފައެވެ. ވަރުބަލިވެފައެވެ. ތުނބުޅިވަނީ ދިގުވެފައެވެ. ބޯވެސްވަނީ ދިގުވެފައެވެ. ހެދުންވެސްވަނީ އެއްވެސް ކަހަލަ ތަރުތީބެއް ނެތިފައެވެ………

އަސަރު (8)

ކިޔާފައިވާ ޢަދަދު: 3826
 
ތަރުޖަމާ: ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް  
(25 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭނާއަށް ހޭލެވުނުއިރު ވަނީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެނދުގައި އޭނާއަށް އޮވެވުނީ ބަންޑުން ކަހަލަ ގޮތަކަށެވެ. އެއްއަތް އޮތީ އެދުން ބޭރަށް އެލިފައެވެ.
ފުރޮޅިލެވޭތޯ އުޅުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާއަށް އެނގުނީ އޭނާ ކައިރީގައި ކާމިނީ އޮތްކަމެވެ. މަގުއޮޅިފައިވާ ދަތުރުވެރިއަކު ގަހެއްގެ ދަށުގައި އެއްވެސް ފިކުރެއްނެތި ނިދައިލައިފައި އޮންނާނެހެން ނިދައިފައި ކާމިނީ އޮތެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ހެދުމުގެ ތަރުތީބުވަނީ ގެއްލިފައެވެ.
 

އަސަރު (7)

ކިޔާފައިވާ ޢަދަދު: 3591
ތަރުޖަމާ: ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް 

(11 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ. އަދި މިކަންތައް ކުރާނޭ ގޮތަކާއިމެދު ވިސްނަން ފަށައިފިއެވެ. ކާމިނީ ގާތު މިވާހަކަ ނުބުނެ އަދި އޭނާގެ ރުހުން ނުހޯދާ ހިނގައްޖެނަމަ އެކަމަކީ އޭނާގެ މުޅި އުމުރުގައިވެސް އޭނާޔަށް މަޢާފު ނުދެވޭފަދަ ގޯހަކަށް ނޫނީ ނުވާނެއެވެ. އަދި އޭރުން ކާމިނީ އޭނާއާމެދު ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ ކާމިނީ މިހާރުވަނީ އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ވެދިނުމަށް ވަޢުދުވެފައެވެ.

އަސަރު (6)

ކިޔާފައިވާ ޢަދަދު: 3839

ތަރުޖަމާ:
ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް 

(11 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭގެ ފަހުންވެސް ވަރަށް ގިނައިރު ވަންދެން އެކޮޓަރި ތެރޭގައި ވިސްނަމުން ގެންދެވުނީ ކާމިނީގެ އަޑުގައިވާ ޝޯޚާއި މެދުގައެވެ. އޭނާގެ ރީތިކަމާއި މެދުގައެވެ.
އަނެއްދުވަހު ރާޖް، އިންދިރާގެ ބާރތުޑޭގެ މުނާސަބަތުގައި ދޭނޭ ހަދިޔާއެއް ގަތުމަށްޓަކައި ދެހްރާދޫންއަށް ދިޔައެވެ. އޭނާއާއިއެކު ކާމިނީވެސް ގެންދިޔައެވެ. ޝޮޕިންގަށްފަހު ރާޖް ކާމިނީ ގޮވައިގެން ދިޔައީ “ކްވެލިޓީ” އޭކިޔާ ރެސްޓްރޯންއަށެވެ.

އަސަރު (5)

ކިޔާފައިވާ ޢަދަދު: 3805

ތަރުޖަމާ: ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް 
(6 ޑިސެންބަރު 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ސޯފާގައި އޮތްގޮތަށް އޮއްވާ އޭނާއަށް ނިދިއްޖެއެވެ. އަދި ހުވަފެނުގެ ދުނިޔެއަކަށް ހިނގައްޖެއެވެ. އެދުނިޔެއިން އޭނާއަށް ފެންނަމުންދަނީ ކާމިނީ އޭނާގެ އަލަތު އަނތްބަކަށް ވެގެން ދިޔަތަނެވެ.
އެރޭ އޭނާ ކާމިނީ ގޮތައިގެން “ޑީކެފޭ” އަށް ދިޔައެވެ.

ދިރިއުޅުން

ކިޔާފައިވާ ޢަދަދު: 2661
ލިޔުނީ: ޢާއިޝަތު ނާޖީ، ނާޖީގެ

ގުރޫޕްސްޓަޑީ ހެދުމަށްފަހު މާޒިނަށް ގެޔަށް ދެވުނުއިރު މެންދަމުން އަނބުރައި ދޭއް ޖެހަނީއެވެ. އަންހެނުން ސަމީނާ ސޯފާގައި  ހަމަނުޖެހި ،އުނދަގޫ ގޮތަކަށް ނިދިފައި އޮތެވެ. އެއް އަތުގައި ޓީވީގެ ރިމޯޓްވެސް އޮތެވެ. ސަމީނާގެ އަތުގައި އޮތް ރިމޯޓް  މާޒިން މަޑުމަޑުން އަތުލުމަށްފަހު ބާއްވާލިއެވެ. ސަމީނާއަށް ގޮވާލާނަމޭ ހިތަށް އަރައި މަޑުމަޑުން އަތުގައި ހިފައި މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ސަމީނާ އޮތީ ފުން ނިންޖެއްގެތެރޭ ކަމުގައި ވިޔަސް މޫނުމަތިން ފާޅުވަމުން ދިޔައީ ވަރުބަލިކަމާއި ލޮޑުކަމުގެ އަސަރެވެ. އެހެންކަމުންސަމީނާއަށް ގޮވާލަން ހިތަށް އަރާފައިވެސް މާޒިނަށް ގޮވާލާކަށް ނުކެރުނެވެ.