ސާހިބާ (41)

ކިޔާފައިވާ ޢަދަދު: 3812
ފާޠިމަތު ނަހުލާ
(14 އޮކްޓޫބަރު 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަންހެން ކުއްޖަކަށޭ….؟” ވަރަށް ނޭނގޭ ކަމަށް ހަދާފައި މަރީ އެހިއެވެ.
“އާނ! ނުދެނަހުރިންތަ؟” ފާއިޒާ އެވާހަކަ ކިޔައިދޭހިތުން އުޅޭ ކަހަލައެވެ.
“އާނ….އަޑެއް ނާހަން!” މަރީ ވަރަށް ޝައުޤުވެރިވެފައި އިނދެ ބުނާފަދަ ގޮތަކަށް ބުންޏެވެ.

ސާހިބާ (40)

ކިޔާފައިވާ ޢަދަދު: 3839
ފާޠިމަތު ނަހުލާ
(13 އޮކްޓޫބަރު 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ގަޑިން 9 ޖެހިއިރު ފިޔާޒާ ހުރީ ފަހުމީ އޮފީހުގައެވެ. ފިޔާޒާ އޮފީހަށް އައިއިރު، ފަހުމީ އޮފީހުގައި އިނެވެ.
“ގަޑިއަށް ވަރަށް ބަރާބަރު!” ގަޑީގެ ބޮޑުކަށި ބަރާބަރު ބާރައިގައިވާ ތަން ފެނިފައި، ފަހުމީ ބުންޏެވެ. އެއީ އޭނާ އަންހެނަކަށް ތަޢުރީފު ކުރި ފުރަތަމަ ފަހަރެވެ. ފިޔާޒާ ލަދުން ހުރެ އެތެރެއަށް ވަދެ އިށީނެވެ.
“އަޅުގަނޑުގެ ވަޒީފާއަކީ ކޮބައިތޯ؟” ފިޔާޒާ އަހައިލިއެވެ.

ސާހިބާ (39)

ކިޔާފައިވާ ޢަދަދު: 3685
ފާޠިމަތު ނަހުލާ
(12 އޮކްޓޫބަރު 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“މީހަކާ ރައްޓެހިވެގެންނޭ!” އެ ޚަބަރުވީ މީނާއަށް ބޮޑު ޚަބަރަކަށެވެ.ޝަހުދުގެ އަންހެނުން ބޭވަފާތެރިވި ވާހަކަ ބުނީމާ، މީނާ އިނީ ޙައިރާންވެގެން ގޮސް ހަދާނެ ގޮތެއް ނޭނގިފައެވެ. ޝަހުދު ފަދަ ފިރިހެނެއްގެ އަންހެނުން ބޭވަފާތެރިވީތީއެވެ. ޝަހުދު ފިޔާޒާދެކެ ލޯބިވާވަރު މީނާއަށް އިޙްސާސް ކުރެވެއެވެ. އަދި ފިޔާޒާއަށްޓަކައި ޝަހުދު ވީ މަތިވެރި ޤުރްބާނީ މީނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

ސާހިބާ (38)

ކިޔާފައިވާ ޢަދަދު: 3784
ފާޠިމަތު ނަހުލާ
(9 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ޝަހުދު ފިޔާޒާއަކާ ބައްދަލެއް ނުވޭތަ؟” އަނެއްކާވެސް ޢުމަރު އެހިއެވެ. ޢުމަރު އެއުޅެނީ ޝަހުދަށް މަލާމާތް ކުރުމުގެ ގޮތުން ހެނެއް ހިއެއް ނުވެއެވެ. އޭނާ ޝަހުދާ ދޭތެރޭގައި ހަމްދަރުދީވާކަން ޔަޤީނެވެ.
“ބައްދަލުވި.” ޝަހުދު ކުރު ޖަވާބެއް ދިނެވެ.
“އޭނާގެ ޙަޤީޤަތް ޝަހުދަށް އެނގިފައިދޯ އޮތީ!” ޢުމަރު އެހެން އެހުމުން ޝަހުދު ބޯޖަހައިލިއެވެ.

ސާހިބާ (37)

ކިޔާފައިވާ ޢަދަދު: 3796
ފާޠިމަތު ނަހުލާ
(6 އޮކްޓޯބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“މިއަދުން ފެށިގެން ފިޔާޒާއަކީ މިނިވަނެއް…..” އެހެން ބުނުމަށްފަހު، ޝަހުދު ބަލައިވެސްނުލައި ދޮރާ ދިމާއަށް ބާރަށް ހިނގައިގަތެވެ. ޝަހުދުގެ އެޖުމްލަ އިވުމުން ހީވީ ވިރުވާފައިވާ ތިމަރަތަކެއް ފިޔާޒާގެ ކަންފަތަށް އެޅިގެން ދިޔަހެނެވެ. ޝަހުދު އެހެން ބުނުމުން، ފިޔާޒާއަށް އެހާބޮޑު އަސަރެއް ކުރާނެ ކަމެއް ފިޔާޒާއަކަށް ކުރިއަކުން ނޭނގެއެވެ.

ސާހިބާ (36)

ކިޔާފައިވާ ޢަދަދު: 3722
ފާޠިމަތު ނަހުލާ
(5 އޮކްޓޯބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޝަހުދު ވަރަށް ބިރުންހުރެ، ގުދުވެ ފާޚާނާގެ ތަޅުވަޅުން އެތެރެ ބަލައިލިއެވެ. އެވަގުތު އޭނާގެ ފައިދޮށުން ބިންގަނޑު ދެމިގަތެވެ. ދުނިޔޭގެ ހަތަރު ފާރުގެ ތެރޭގައި އޭނާ ފިއްތައިލި ކަހަލައެވެ. އޭނާގެ ފައި ތުރުތުރުއަޅައިގަތެވެ. ހަށިގަނޑު ބާރު ދޫވާން އުޅުނެވެ.

ކުދިވާހަކަ (60)

ކިޔާފައިވާ ޢަދަދު: 4038

އެތަނާއި މިތަނުން

ކުދިވާހަކަ (60)

ފެންނަ ގޮތް ތަފާތުވުން

ޢައްބާސް އިބްރާހީމް

ކަފައިގެ ވިޔަފާރި ކުރަމުން ދިޔަ ހަތަރު އެކުވެރިންގެ ވާހަކަ އެކެވެ. ކަފަ ބަންޑެލިތައް ރައްކާކޮށްފައި ބެހެއްޓުމަށް އެ މީހުން ގުދަނެއް ހޯދައިފިއެވެ. އެ ކަފައިގައި ހުންނަ އޮށްތައް ކާން ވެގެން އެ ގުދަނުގައި މީދާ އުޅެން ފެށީ ދާދި އަވަހަށެވެ. އެހެންކަމުން މީދާތައް ބިރުގެންނެވުމުގެ ގޮތުން އެ ގުދަނުގައި ބުޅަލެއް ގެންގުޅެން އެ މީހުން ނިންމައިފިއެވެ.

ސާހިބާ (35)

ކިޔާފައިވާ ޢަދަދު: 3807
ފާޠިމަތު ނަހުލާ

3 އޮކްޓޯބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނިދާގަޑި ޖެހިއްޖެއެވެ. ފިޔާޒާއާ އެއް އެނދުގައި ނިދަން ޝަހުދަށް އުނދަގޫވިއެވެ. ޝަހުދު ހީކުރީ އެވަގުތަކީ ފިޔާޒާ އިންތިޒާރު ކުރާނޭ ވަގުތެއް ކަމަށެވެ. އެހެން ނަމަވެސް، ފިޔާޒާވެސް ޝަހުދާ މާ ގާތްވާކަށް މަސައްކަތެއް ނުކުރެއެވެ. ޝަހުދުވެސް ފިޔާޒާއާ ގާތްވާކަށް ނޫޅެއެވެ. ޝަހުދަށް ނިދާކަށް، މާ ފަސޭހައެއް ނުވިއެވެ. ފަތިސްވަންދެން އޭނާ ހޭލާ އޮތެވެ. ނިދާކަމަށް ހަދައިގެން އޮތަސް، ފިޔާޒާވެސް އޮތީ ނިދާފައި ނޫންކަން ޝަހުދަށް އެނގެއެވެ.

ސާހިބާ (34)

ކިޔާފައިވާ ޢަދަދު: 3856
 
ފާޠިމަތު ނަހުލާ
(27 ސެޕްޓެމްބަރ 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އިރުކޮޅަކުން މީނާ ތިރިއަށް ފައިބާތަން ފެނުނެވެ. މީނާ ލައިގެން ހުރި ހެދުން ފެނުމުން، ޝަހުދުގެ ހިތުގެ ވިންދުތަކަށް ބަދަލު އަންނަން ފެށިއެވެ. މީނާގެ އެ ހެދުމުންވެސް ދޭހަވަނީ، އޭނާ ޝަހުދާ ދޭތެރޭގައި ބަދަލުނުވާ ކަމެވެ. އޭނާގެ ހިތުގައިވާ ޝަހުދުގެ މައްޗަށްވާ ލޯބި އަދިވެސް ހަމަ އެގޮތުގައިވާ ކަމެވެ. މީނާއަށް ޝަހުދު ފެނުމުން ހުއްޓެވުނެވެ. ޝަހުދު ހުރިގޮތުންނެވެ. ހެދުން ބަދަލުވެފައި ވުމުން އިނގެނީ، ޝަހުދު މީނާ ހަނދާން ނައްތާލަން ބޭނުންވާކަމެވެ. މީނާ އިސްޖަހާލިއެވެ. އޭނާއަށް އެންމެ ރަނގަޅެވެ. އެންމެ ރަނގަޅު ނޫނަސް ކުރާނީ ކީއްހެއްޔެވެ؟ ޝަހުދު އޭނާ ދޫކޮށްފައި އެ ދަނީއެވެ. ދެން އޭނާއަކަށް ޝަހުދެއް ނުފެންނާނެއެވެ. ކިތަންމެ ބޭނުންވިޔަސް، އޭނާއަކަށް ޝަހުދުގެ ލޯތްބެއް ނުލިބޭނެއެވެ. އެކަން ޖެހޭނީ އޭނާ ޤަބޫލުކުރާށެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (7)

ކިޔާފައިވާ ޢަދަދު: 6384

ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(28 ސެޕްޓެމްބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ލީބިޔާ އެމްބަސީގައި:
މާލޭގައި ހުންނަ ލީބިޔާ އެމްބަސީ ހިންގުމާއި ހަވާލުވެ ހުންނެވި އަލް އުސްތާޒު ޙަސަން ޤުރައިރާ، ކުރިން އެއްބަސް ވެވިފައިވަ ފަދައިން 9.30 އަށް އަޅުގަނޑު ދެކިލަން ވަޑައިގަތެވެ. ދިވެހި ރާއްޖޭގައި މަސައްކަތް ކުރުމާ ބެހޭ ގޮތުންނާއި އަރަބި ދުނިޔެއާއި ގުޅުން ހުރި ވާހަކަ ދެއްކެވިއެވެ. އޭނާ ވަރަށް ހާމަ ގޮތެއްގައި ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ލީބިޔާގެ އެމްބަސީއެއް ހުރުމުގެ ހަމަ އެކަނި ސަބަބަކީ ދިވެހީންނަކީ އިސްލާމުން ކަމަށް ވާތީއެވެ. ދެގައުމު ގުޅުވައިދޭ ހަމަ އެކަނި ކަމަކީ އެއީއެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުންނާއި ވިޔަފާރީގެ މަސްލަހަތަށް ބަލާއިރު، މުޅި އޭޝިޔާގައި ވެސް ލީބިޔާގެ ސިޔާސީ މާބޮޑު މަސްލަހަތެއް ނެތްކަމުގައެވެ. ސިލޯނުން މަސައްކަތު މީހުން ލީބިޔާގެ ކުންފުނިތަކުން ގެންދެއެވެ. އެއީ ވެސް  ފައިސާ ހުރި ބަޔަކަށް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ހޯދިދާނެ ހުނަރުވެރިންނެވެ. ސިލޯނުން ލީބިޔާ މީހުން ބޭނުމީ ހަމަ އެކަނި ސިލޯނު ސައިފަތެވެ. އެނޫން އެއްޗެއް މުޅި އޭޝިޔާ ބައްރުން ވެސް ލީބިޔާއަށް ބޭނުން ޖެހޭ އެއްޗެއް ނެތެވެ!