އެއްހާސް އަހަރު – ބާރަވަނަ ބައި

ކިޔާފައިވާ ޢަދަދު: 2602

އަޙުމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ
(3 އޮގަސްޓް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެންމެފަހުން ވޭމްޕަޔަރ އައިސް އޭނާ އަތުލައިފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔަރ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަތެއް ނުކުރާހެންނެވެ. އޭނާ ހުރީ އެހާވެސް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ލެދަރު ކޯޓު، ރޭނގަނޑުގެ އެ އަނދިރިކަމާއި އެކުވެފައިވާކަހަލަ އެވެ. ނަމަވެސް އޭނާގެ ދޮނފޫޑުވެފައިވާ ހަންގަނޑާއި އޭނާ އަޅައިގެންހުރި ބެލްޓްގައިވާ ސްޓީލް ދަގަނޑުގެ ބައިން އޭނާ ފާހަގަކުރަން ބިޝާރާއަށް އެނގުނެވެ.
 

ސާހިބާ (29)

ކިޔާފައިވާ ޢަދަދު: 3513

ފާޠިމަތު ނަހުލާ
(31 އޮގަސްޓް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މީނާ ހޮސްޕިޓަލްގެ އެނދުގައި އޮތެވެ. އޭނާ އޮތީ ވަރަށް ފޫހިވެސް ވެފައެވެ. ޝަހުދު މިހާރު އޭނާއާ ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ. މުޅި ދުވާލާއި ރޭގަނޑު ގާތުގައި ހޭދަކުރާއިރުވެސް ކޮންމެހެން ބުނަންޖެހޭ ވާހަކައެއް ނޫނީ އޭނާ ނުބުނެއެވެ. ޝަހުދު ވާހަކަ ނުދައްކަން ފެށީމާ މީނާއަކަށްވެސް އިސްވެ އަނގައިން ބުނާކަށް ނުކެރެއެވެ.

ދިޔަރެސް (28)

ކިޔާފައިވާ ޢަދަދު: 4292

މޫސާ ޞާޢިދު
(26 އޮގަސްޓް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަޅެ….ކަރީމްބޭ…އޭނަގެ ކިބައިން މުޢާޒު ސަލާމަތް ކުރެވިދާނެތަ؟ އަހަރެން ބޭނުން….މުޢާޒު ސަލާމަތް ކުރަން.” ފިރާޝާގެ ހިތް އަވަސްވިއެވެ. މިހާރު އޭނާގެ އުންމީދުވެސް ކޮންމެވެސްވަރަކަށް އާވެއްޖެއެވެ. އޭނާއަށް އަލުން މުޢާޒުގެ ލޯބި ލިބެން އުޅެނީއޭ ހިތަށް އަރަން ފަށައިފިއެވެ. އޭނާގެ ހިތް މިހާރު އޭނާގެ ގާތު ބުނާކަހަލައެވެ. “ފިރާޝާއެވެ. ކެތްތެރިވާށެވެ. ކާމިޔާބު ލިބޭކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ސުދާގެ ޙަޤީޤަތް އެނގި، ސުދާ މުޢާޒުގެ ދިރިއުޅުމުން ބާކީވާ ވަގުތު ހުސްވާ މަޤާމު ގައިމުވެސް ފިރާޝާއަށް ލިބޭނެއެވެ. މިފަހަރު ލިބޭ މަޤާމުގައި ސާބިތުވެ ހުރުމަށް ދިރިއުޅުން ބައްޓަން ކުރުމަކީ ފިރާޝާގެ ވާޖިބަކަށް ހަދަން ވާނެއެވެ. އެހެން ނޫނީ އަނެއްކާވެސް ފިރާޝާގެ ޙަޔާތުން މުޢާޒު ބީވެދާނެއެވެ.

ސާހިބާ (28)

ކިޔާފައިވާ ޢަދަދު: 3957
ފާޠިމަތު ނަހުލާ
(24 އޮގަސްޓް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މީނާ އެހެން ބުނީ ފަރުވާތެރިކަމާއެކު ޝަހުދުގެ މޫނަށް ބަލަން އިނދެއެވެ. މީނާ އެހެން ބުނުމުން ޝަހުދުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ވަރަށް އުފާވެފައި ޝަހުދު މީނާއަށް ބަލައިލިއެވެ. އެހެން ނަމަވެސް މީނާގެ މޫނުމަތި ފެނުމާއެކު ޝަހުދުގެ އެއުފާވެރިކަން ކެނޑިގެން ހިނގައްޖެއެވެ. ޝަހުދު އަވަސް އަވަހަށް މޫނު އަނބުރައިލިއެވެ. ޝަހުދުގެ އެއުފާވެރިކަމުގެ ސަބަބުން މީނާއަށް އިތުރު ވޭނެއް ލިބުނުހެން ޝަހުދަށް ހީވިއެވެ.

ދިޔަރެސް (27)

ކިޔާފައިވާ ޢަދަދު: 4065
މޫސާ ޞާޢިދު
(20 އޮގަސްޓް 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ފިރާޝާ ގެޔަށް އައިއިރު، ދަރިފުޅު އަޒްހާން އުޅެނީ މުޢާޒަށް ގުޅައިގެނެވެ. ކައިރީގައި ފިރާޝާގެ ކޮއްކޮ ނާދިޔާވެސް ހުއްޓެވެ.
“ބައްޕީ…މަންމީ އަތުވެއްޖެ….މަންމީ އަތަށްދެނީ.” ފިރާޝާ ވަނުމާއެކު، އަޒްހާން ފިރާޝާ އަތަށް ފޯނު ދިނެވެ. ފިރާޝާ ނިކަން ޖެހިލުންވެފައި ހުރެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

ސާހިބާ (27)

ކިޔާފައިވާ ޢަދަދު: 4170

ފާޠިމަތު ނަހުލާ
(17 އޮގަސްޓް 20141 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ޝަހުދަށް ބޭކާރުދޯ!” މީނާ ކުޑަހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވި ނަމަވެސް، އެހިނިތުންވުމުގައި ވަނީ ރިހުމުގެ އަސަރެވެ. ދެލޮލުގައިވަނީ ކަރުނައިގެ އަސަރެވެ.

ޝަހުދަށް އެކަން ފާހަގަކުރެވުނެވެ. މަޑުމަޑުން މީނާގެ ވާހަކަތަކުގެ މިޞްރާބު ބަދަލުވަމުންދާހެން ޝަހުދަށް ހީވިއެވެ. އެވާހަކައާއިގެން ކުރިއަށްދާކަށް ޝަހުދު ބޭނުމެއް ނޫނެވެ. މިހާރު ޝަހުދުވަނީ އެފަދަ އެއްވެސް ވާހަކައެއް ނުދައްކަން ނިންމާފައެވެ. އެ އަސަރުތަކާއި އެ ޖަޒުބާތުތަކުގެ ތެރެއަށް ނުވަންނަން އޭނާ އެދަނީ އިންތިހާއަށް މަސައްކަތް ކުރަމުންނެވެ. އެކަން ނާކާމިޔާބުވާކަށް އޭނާ ބޭނުމެއް ނޫނެވެ.

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 9

ކިޔާފައިވާ ޢަދަދު: 4158

ފަހު ފުރުޞަތު (3)

ޢައްބާސް އިބްރާހީމް

(22 އޮގަސްޓް 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މުއްލާ އިތުރު ފުރުޞަތެއް ފަހިވެދާނެކަމުގެ އުއްމީދުގައި ފަހު ފުރުޞަތުގެ ބޭނުން ކޮށްފިއެވެ. އޭނާގެ އަތުގައި އޮތް ފަސްސަވީސް އަސްރަފީ ތަށްޓަށް ވައްޓާލައިފިއެވެ. އަދި ޑައިސްކޮޅު ވައްޓާލުމުން ނަސީބަކުން އޭނާގެ ނަންބަރާ ދިމާވެއްޖެއެވެ. އެވަގުތު އަނެއްކާވެސް އެއްކަލަ އިސްތަށިގަނޑު ރަތްކޮށްފައިހުރި މީހާ އެތާނގައިހުރި ހުރިހާ ފައިސާއާއެކު އިތުރު ފުރުޞަތެއް ނެގުމަށް ހުށަހަޅައިފިއެވެ. މުއްލާވެސް އެކަމާ އެއްބަސްވެއްޖެއެވެ. އެފަހަރު ޑައިސްކޮޅު ވައްޓާލީ އަނެއް މީހާއެވެ. އޭނާއަށް އެފުރުޞަތު ގެއްލުނީއެވެ. އޭގެފަހުން އެތައްފަހަރަކު ޑައިސްކޮޅު ވައްޓަމުން ދިޔައިރުވެސް އެމީހާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ކޮންމެފަހަރަކުވެސް އިތުރުފައިސާ އޭނާއަތުން ގެއްލި މުއްލާއަށް ލިބޭގޮތް ވަމުންދަނީއެވެ. އަނެއްކޮޅުން އިސްތަށިގަނޑު ރަތްކޮށްފައިހުރި މީހާ އޭނާގެ ނަސީބު ދިމާވޭތޯ އެއްފަހަރަށްވުރެ އިތުރަށް އަނެއްފަހަރު ފައިސާ ބަހައްޓަމުން ގެންދަނީއެވެ. އެކަމަކު މިހާރު ނަސީބުވެރިޔަކީ މުއްލާ ނަޞީރުއްދީނެވެ.

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 8

ކިޔާފައިވާ ޢަދަދު: 3860

ފަހު ފުރުޞަތު (2)

ޢައްބާސް އިބްރާހީމް
(19 ޖުލައި 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެންމެން ވެސް ބަލަބަލަތިބީ ޑައިސް އެއްލާލާއިރު މައްޗަށް އޮންނާނެ ނަންބަރަކަށެވެ. ކުއްލިއަކަށް އެންމެންނަށްވެސް މާނޭވާއެއް ލެވިގެން ދިޔަހެން ހީވިއެވެ. ޑައިސް ދަޅުން ވަކިވެގެން އަށިމައްޗަށް ވެއްޓުނީއެވެ.

ގަޑިޖެހޭ އަލިމަނިކު

ކިޔާފައިވާ ޢަދަދު: 4037

ކުރުވާހަކަ

ގަޑިޖެހޭ އަލިމަނިކު

ޢަބްދުއްރަޝީދު ޙުސައިން

“އަލިމަނިކާ މިހާރު އެހެރަ މެންދަމުން އަލިވެ އެކެއްޖަހައިބޮޑުވީ. ކެފޭ ބަންދުކުރާ ގަޑި ޖެހިއްޖެ.”
         
“މަޖީދީ އުފާ” ގެ ވޭޓަރަކު އަލިމަނިކަށް ގޮވައިލައިފައި ބުންޏެވެ. އަލިމަނިކު އޭރު ސައިބޮނީއެވެ. ގަޑި ބަލައިލިއިރު އެކެއްޖަހައި ދިހަ މިނެޓު ހިނގައިފިއެވެ. މާދަމާއަކީ އަލިމަނިކުގެ ދިދަ ހަފުތާވެސް ފެށޭ ދުވަހެވެ. ވީމާ، އޭނާ އޭނާއާ ވާހަކަ ދެއްކި ވޭޓަރާ ދިމާއަކަށް އެއްޗެއް ނުބުނެއެވެ.

ދިޔަރެސް (26)

ކިޔާފައިވާ ޢަދަދު: 3797
 
މޫސާ ޞާޢިދު
15  އޮގަސްޓް 2014 (ހުކުރު) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)

މަރުވެފައިވާ އަސްމާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އާސަހަރާގެ މަހާނަތަކުގެ ތެރޭގައި އޮއްވައި ސަހަރާ ބަލަހައްޓާ މީހުންނަށެވެ. އޭރުވަނީ ފަތިސްވެ ހެނދުނުވާން ކައިރިވެފައެވެ. އެހެންކަމުން، ނިކަން އަވަހަށް އަސްމާ މަރުވެފައި (މަރާލާފައި) އޮއްވާ އާސަހަރާތެރޭން ފެނުނު ޚަބަރު މުޅި މާލެއަށް ފެތުރިއްޖެއެވެ.

އެ ޚަބަރު ލިބުމުން، އެންމެ ބޮޑަށް ދެރަވެ ރުއީ އަސްމާގެ ރަޙްމަތްތެރިޔާ ފިރާޝާއެވެ. ފިރާޝާއަށް ބޮޑުވަރުވީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަސްމާގެ ހަށިގަނޑު ފެނުނީމައެވެ. ކަރާއި މޫނާއި ބަނޑުގެ އެތަން މިތާނގައި ތޫނު ވަކިތަކަކުން ޒަޚަމްކޮށްފައި ވުމުގެ އިތުރަށް އެއްލޯވެސް ވަނީ ޗިސްކޮށްފައެވެ. މުޅި މީހާ އޮތީ ރަނގަޅަށް ލެއިން ކަޅިވެފައެވެ. މިޙާލުގައި އޮތް އަސްމާގެ ހަށިގަނޑު ފެނުމާއެކު ފިރާޝާ އަނބުރައިގަތެވެ.