އިރިފުސްމެ (8)

ކިޔާފައިވާ ޢަދަދު: 116
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެރޭ ޕާޓީތެރެއިން ރީޙާނާއި ރިޔާ މަސައްކަތް ކޮށްގެންވެސް ޝަބާބް ފެންނަގޮތެއް ނުވިއެވެ. ޙަޤީޤަތުގައި ރީޙާން ބޭނުންވަނީ މިރޭ ކޮންމެ ގޮތެއް ހަދާފައިވެސް އޭނާގެ އަނބިމީހާ ދައްކާ ވާހަކަތަކާއި، މިހާރު އެ ޕާޓީތެރޭގައި ޙަރަކާތްތެރިވަމުންދާ ޝަބާބް ދައްކާ ވާހަކަތަކުގެ ތެދު ދޮގު ބަލާށެވެ. އެ ޙަފްލާތެރޭ ހޯދަމުން ދަނިކޮށް ދެންވެސް ރީޙާންމެނާ ދިމާވީ، އޭނާގެ އަނބިމީހާ ޝަބާބް، އޭނާގެ ކޮއްކޮ ކަމަށް ބުނާ ޝަބާބާއެވެ. ޙައިރާންވާންޖެހޭ ކަމަކީ އެއްމާބަނޑު ދެބެންނެއްކަމަކު، އެއް ނަމެއް ކިޔާތީއެވެ. މިހާތަނަށް އެއީވެސް ބަޔަކު…

މަންމަ (2)

ކިޔާފައިވާ ޢަދަދު: 112
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހަރެންގެ މޭލަށް ޝާމް ޖަވާބު ދީފައި އޮތީ ފަސްގަޑިއިރު ފަހުންނެވެ. މިތާނގެ ގަޑިން ހަވީރު ހަތަރުގަޑި ބައިގައެވެ. އޭރު، މިތަނަށްވުރެ ހަތަރު ގަޑިއިރު ކުރީގައި އުޅޭ މާލެއަށް ރޭގަނޑު އަށްގަޑިބައި ވެދާނެއެވެ. ލިބިފައި އޮތް ޖަވާބުން އުފާވިއެވެ. ޝާމް ބުނެފައި އޮތީ “ސާރާ މަންމަ ހޯދައިދިނުން ވާނީ ދިވެއްސެއްގެ ގޮތުން މަށަށް ލިބޭ ނުހަނު މަތިވެރި އުފަލެއް” ކަމަށެވެ. ނަމަވެސް މަންމަޔާ ބެހޭ ގޮތުން ލިބިފައިވާ މަދު މައުލޫމާތުކޮޅުގެ އަލީގައި މަންމަ އެއީ ކާކުކަން ދެނެގަތުން އެހައި…

މަންމަ (1)

ކިޔާފައިވާ ޢަދަދު: 159
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހެނދުނު ދިހައެއް ޖަހަނީއެވެ. އެކަމަކު “ހެނދުނެއް” ނުވިއެވެ. ދުނިޔެމައްޗަކަށް އިރުގެ އަލިކަމެއް ނެތެވެ. އަލިވިލުމުގެ ނިޝާނެއް ނެތެވެ. ޖައްވު އަދިވެސް އޮތީ އަނދިރިކޮށެވެ. ހެޑްލައިޓުން އަލީގެ ފައްވާރެއް ދޫކުރަމުން ދޭތެރެއަކުން ކާރެއް މަގުން ފައިބައިގެންދާތީ ފެނެއެވެ. ނަމަވެސް ހިނގާބިނގާވެ އުޅޭ މީހުން ވަރަށް ނުފެނެއެވެ. ފިނިމޫސުމުގެ އާދީއްތަ ދުވަހަކަށް ވާތީ ހީކަރުވާފައި އޮތް ރަށް ރަނގަޅަށް ނުހޭލަނީ ތާއެވެ. ދުންފިނީގެ ފަރުދާގެ ތެރެއިން، ބޮކިދަނޑިތަކުގެ އަލީގައި، މަގަށް ހުރި ގަސްތައް ދޭހަވެއެވެ. ފެންނަ ފެނުމުގައި ރަށަށް ބީރަށްޓެހި…

އިރިފުސްމެ (7)

ކިޔާފައިވާ ޢަދަދު: 125
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖެހިގެން އައި ދުވަހު ހެނދުނު ރެކިފުތާބެ ޤިސާމާމެން ގެޔަށް ދިޔައިރު، މަޖީދުވެސް ގޭގައި އުޅެއެވެ. ޤިސާމާ ބަދިގެފަރާތުގައި  ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ. އޭރު ޝަބާބާއި ރިޔާވީ ކޮންމެވެސް އެއްޗެއް ގަންނަން ފިހާރަޔަކަށް ގޮހެވެ. [އައްސަލާމް ޢަލައިކުމް…] ރެކިފުތާބެ ގޭތެރެއަށް ބޯދިއްކޮށްލަމުން ސަލާމް ގޮވާލިއެވެ. [ވަޢަލައިކުމުއް ސަލާމް…އަހަނ ރެކިފުތާބެ…އާދޭ…ސައި އެ ތައްޔާރުވަނީ….އާދޭ ސައިބޯން…] ސަލާމް ބަލައިގަތުމަށްފަހު، މަޖީދު ވާހަކަ ދެއްކިއެވެ. މުޅި ގޭތެރެޔަށް ނަޒަރު ހިންގާލަމުން، ރެކިފުތާބެ އެތެރެއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވަދެވެސް އޭނާ…

އިރިފުސްމެ (6)

ކިޔާފައިވާ ޢަދަދު: 179
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  ޖެހިގެން އައި ދުވަހު ރީޙާން، އޭނާއަށް ލިބުނު ވަޒީފާއަށް ނިކުތެވެ. ވަރަށް ފޮނި އުންމީދާ އެކުގައެވެ. ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހު ހިސާބަކަށް މަސައްކަތަށް އާވެ، ބުރަވިޔަސް، ފަހުން ފަރިތަވެދާނޭ ކަމަށް ރީޙާންގެ ބައްޕަ އޭނާ ގާތު ބުނެ ހިތްވަރުދިނެވެ. އެދުވަހުވެސް ޒޭބާ ގުޅިއެވެ. މަސައްކަތުގައި ނުހަނު ބުރަކޮށް އުޅެނިކޮށެވެ. [ޒޭބާ، ކިތައްފަހަރުތަ އަހަރެން ބުނަންވީ އަހަންނަށް ނުގުޅާށޭ. ޒޭބާ ތިކުރާ ކޯލްތަކުން ޒޭބާއަށް އެއްވެސް ފައިދާއެއް ނުކުރެއެއްނު. ބާއްވަނީ…މިއީ ވަރަށް ބުރަ ވަގުތެއް.] ރީޙާން…

އިރިފުސްމެ (5)

ކިޔާފައިވާ ޢަދަދު: 125
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އިރިފުސްމެ ވަގުތު ފެށެން އުޅޭތީ، ޝަބާބް ތައްޔާރުވަމުން އެދަނީ، ގެއިން ނިކުތުމަށެވެ. އުޑު ހާމަ ތަނަކަށް ދިޔުމަށެވެ. ނަމަވެސް، މިއަދު ރީޙާން ބޭނުންވަނީ، ގޭގައި މަޑުކޮށްލާށެވެ. މަންމައާއި ބައްޕަވެސް ގޭގައި ނެތުމާއެކު، އުފާވެރި ވަގުތުކޮޅެއް ބަންދު ތަނެއްގައި ހޭދަކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް، ޝަބާބް ބޭނުންވަނީ ގެއިން ނިކުންނާށެވެ. [ޝަބާބް…އިހަށް މަޑުކޮށްބަލަ…މަންމަވެސް ބައްޕަވެސް ގެޔަކު ނެތެއްނު. އައިސްބަލަ ކޮޓަރިތެރެޔަށް.] ރީޙާން ޝަބާބްގެ އަތުގައި ހިފެހެއްޓިއެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތެވެ. ފާރުގައި…

އިންތިޒާރު

ކިޔާފައިވާ ޢަދަދު: 207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރެއަކީ މިލަ ހަނދުވަރެއް ދޭ ރެއެކެވެ. އިޝާނަމާދަށް ފަހު ގޭގޭގައި ކައިބޮއި އަވަދިވިތާ ކިތަންމެ އިރެކެވެ. ފުޅަފެއް އިން ފާރެއްގެ ހުރަހެއް ނެތް ގެފަތީގެ އެއްކޮޅުން އަނެއް ކޮޅަށް ނަޒަރު ހިންގާލާއިރު ވަރަށް ގިނަ ގޭގޭ ދޮށުން ވައިޖައްސާލަން ބޭރަށް ނިކުމެ ތިބި މީހުންގެ ކޯޅިކޯޅިވަރު ފެނެއެވެ. ބައެއް ގޭގޭ ދޮށުގައި ވާހަކަ ކިޔާ މީހުން ވާހަކަ ކިޔަނީއެވެ. ބައެއް ގޭގޭ ދޮށުގައި ވާދަ ރައިވަރު ކިޔަނީއެވެ. ގިނަ ގޭގޭގެ ދޮށުގައި އޮތީ ވައިއަނގަތެޅުމެވެ. ނަމަވެސް ރަށުގެ…

އިރިފުސްމެ (4)

ކިޔާފައިވާ ޢަދަދު: 123
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝަބާބް އެގޭގައި އުޅޭތާ ހަފްތާއެއް ފާއިތުވެދިޔައިރުވެސް އޭނާގެ ކިބައިގައިވާ ތަފާތެއް، އެގޭ އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް، އޭނާ ކޮންމެ ރެއެއްގެވެސް އިރިފުސްމެ ވަގުތު ގެއިން ބޭރުގައި ހޭދަކުރާކަން ރީޙާން ފާހަގަކުރެއެވެ. އޭނާ އެވަގުތު ހޭދަކުރަނީ ރީޙާނާ އެކުގައެވެ. ނަމަވެސް، އޭނާ ކޮންމެ ރެއެއްގެވެސް އިރާކޮޅުގެ ވަގުތު ނިމެންދެން ބޭރުގައި އުޅެނީ ކީއްވެބާއޭ ރީޙާންގެ ހިތަކަށްނާރައެވެ. ނަމަވެސް، ބައެއް ރޭރޭ ތަންކޮޅެއް އަވަހަށް ރީޙާން ގެޔަށްދާން ބޭނުންވެގެން އުޅޭވެސްމެއެވެ. މިކަހަލަ ރެއެކެވެ. އިރިފުސްމެ ވަގުތު ފެށިގެން…

އިރިފުސްމެ (3)

ކިޔާފައިވާ ޢަދަދު: 131
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖެހިގެން އައި ދުވަހު ނަޝްވާ މާލެ ދިޔައެވެ. ނަޝްވާ ފުރައިގެން ދިޔުމުން، އެންމެ އުފާކުރި މީހަކީ ޝަބާބެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާގެ ލޯތްބަށް އޮތް ހަމައެކަނި ހުރަހަކީ ނަޝްވާއެވެ. އޭނާޔަށް ރީޙާންގެ ލޯބި ކާމިޔާބު ކުރެވޭނީ ނަޝްވާގެ ޚިޔާލުތަކާ ރީޙާން ދުރުކޮށްގެނެވެ. ”އަހަރެން ނުވިސްނަން. ނަޝްވާގެ ޚިޔާލުތަކެއް ނުކުރަން. ތީ ހައިޝަމަށް ހީވާގޮތް…” ޖެހިގެން އައި ދުވަހު ހަވީރުވަމުންދިޔަ ވަގުތު ރީޙާނާއި ހައިޝަމް ވާހަކަ ދައްކަން ތިބީ ހައިޝަމްގެ ގޭގެ ގޯތިތެރޭ ހުރި އުނދޯއްޔެއްގައެވެ. ”އެކަމަކު…

އިރިފުސްމެ (2)

ކިޔާފައިވާ ޢަދަދު: 217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  “އަހަންނަށް ކިޔަނީ ޝަބާބް….ރީޙާން ބޭނުމިއްޔާ ޝަބާވެސް ކިޔިދާނެ….ޙަޤީޤަތުގައި އަހަރެން މިހާރު މިތަނަށް މިއަންނަނީ ރީޙާނާ ބައްދަލުކުރަން.” އެ އަންހެން ކުއްޖާ، އާދެ! ޝަބާބް އޭނާގެ ތަޢާރަފަށްފަހު ބުންޏެވެ. “އަހަންނާ ބައްދަލުކުރަނީ ކީއްކުރަން!؟” ރީޙާންގެ މާބޮޑު ޝައުޤެއް ނެތެވެ. މިހާރު އެކަށް އިރުއޮއްސި މުޅި ހިސާބުވެސް ވަނީ ވަރަށް ބޮޑަށް އަނދިރިވެފައެވެ. ވުމާއެކު، ރީޙާނަށް ޝަބާބްގެ މޫނުވެސް މާ ރަނގަޅަކަށް ނުފެނެއެވެ. “މިރޭ ރީޙާން ނަޝްވާޔާ ބައްދަލުކުރަން ދިޔައީ ކީއްކުރަން؟” ޝަބާބްގެ މި ސުވާލުން ރީޙާން ވަރަށް…