ކުދިވާހަކަ (51)

ކިޔާފައިވާ ޢަދަދު: 3820

އެތަނާއި މިތަނުން

ކުދިވާހަކަ (51)

ޝަރަފަށްޓަކައި

ޢައްބާސް އިބްރާހީމް
ކުޑަކުޑަ ޓައުނަކަށްދިޔަ ރިޕޯރޓަރަކު، އެތާނގެ ބައެއް މީހުންނާ ސުވާލުކުރަމުން ގެންދިޔައެވެ. އެމީހުންނަށް އެޓައުންގެ މޭޔަރު އެނގޭތޯއެވެ.
 
“އޭނާއަކީ ދޮގުހަދާ ޙީލަތްތެރިއެކެވެ.” ވިޔަފާރިއަކު ޖަވާބުދިނެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (26)

ކިޔާފައިވާ ޢަދަދު: 2981
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(28 މެއި 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ބްރައިނީގެ ކުރިމައްޗަށް މިއައި ޗެލެންޖަށް އޭނާގެ ކޮލާއި ލޮލުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އާނއެކެެވެ. މިބާވަތުގެ ކަމެއްގައި ބްރައިނީ ފަހަރެއްގައި ވެސް ދެެރަވެފައެއް ނެތެވެ.
“އެހެން ނަމަވެސް ފަރުވާލެއް ނެތެެވެ. ކަލާ މަރުވުމަކަށް އަޅުގަނޑު ނޭދެމެވެ. އަޅުގަނޑު އެދޭ ގޮތަކީ ކަލާގެ ޢުމުރު ދިގުވުމަށެވެ. ރީތި ހުދު ތުބުޅިއެއް ލިބެންދެން ދިރިހުރުމެވެ. އަޅުގަނޑަށް އެ ތުބުޅީގައި ފުނާ އަޅަން ޖެހޭނެ  ނަމަވެސް އަޅުގަނޑު އެދެނީ އެ ކަމެވެ.” ބްރައިނީ ހީނލާން މަސައްކަތް ކުރިއެވެ.

އެންމެ ރީތި ވާހަކަ (4)

ކިޔާފައިވާ ޢަދަދު: 2521
އަޙްމަދު އަޖްމަލް ޙާމިދު
(30 މެއި 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެކަލާނގެ އެކަލާނގެ އަޅާގެ ކެތްތެރިކަމުގެ ދަރުމަ ދުނިޔޭގައި ދެއްވިގޮތް ބައްލަވާށެވެ! ޖަލުގައި ނިކަމެތިކުރެވި ދެރަކޮށްލެވި ހިތްދަތިކަން އިޙްސާސްކުރެއްވިއެވެ. ނަމަވެސް އަދު އެކަލާނގެ ރަޙްމަތްފުޅުގެ އަރާމުކަން އިޙްސާސްކުރައްވަނީއެވެ. ވިސްނަވާށެވެ. އެކަލޭގެފާނު ޖަލަށް ނުލެވުނު ނަމަ އެ މަތިވެރި މަޤާމެއް ނުލިބުނީހެވެ. ޒުލައިޚާ ހިތްޕުޅުން އެކަލޭގެފާނު އެ ވައްޓާލެވުނީ އަރައިވަޑައިނުގެންނެވޭނޭފަދަ ފުން ވަޅުގަނޑަކަށެވެ. ނަމަވެސް މާތް ﷲ ގެ ރަޙްމަތްފުޅުން އަދު އެ ހުންނެވީ ކުރިއަށްވުރެ ވެސް އުހުގައެވެ. އެހެނީ ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެ ވޮޑިގެންވެއެވެ. އެ ކަލާނގެ ތަޤްދީރުގެ ފުރިހަމަކަމާއެވެ. ތަދްބީރުގެ މޮޅުކަމާއެވެ.

އެއް ހާސް އަހަރު (ހަވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2939
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ

(31 މެއި 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ހަމަ މިހާރު ކަލޭގެ ވާހަކަ އަހަންނަށް ކިޔައިދީ، އެހެން ނޫނީ އަހަރެން ކަލެޔަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނަން. އަދި ކަލޭ މަށަށް ދޮގު ހެދިކަން އެނގިއްޖެއްޔާ ‘އަނިޔާ’ އޭ މިކިޔާ ލަފުޒު ގެ މާނަ އެއަށްވުރެވެސް ވޭން ހުރި އެއްޗަކަށް މާނަ ބަދަލުވާހަައި އަނިޔާ ކޮށްލާނަން!”

ދިޔަރެސް (19)

ކިޔާފައިވާ ޢަދަދު: 4305
މޫސާ ޞާޢިދު
(26 މެއި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެދަތުރަށްޓަކައި އޭނާވެސް ވީވަރަކުން މުޢާޒަށް އެހީތެރިވެދީފައިވެއެވެ.

“މާލެއިން އޮޕަރޭޝަން ކުރެވޭތޯ މަސައްކަތް ކުރަންވީނު.” ޢުބޭދު ލަފާދިނެވެ.

“މާލެއިންވެސް ކުރެވޭނީ އެއްވެސް ވަރަކަށް އަތުގައި ފައިސާ ހުރެގެނެއްނު. ވަރަށް ދެރަވެއްޖެ. އަސްޢަދުވެސް ވަރަށް އުންމީދުކޮށްގެން ހުރީ އޮޕަރޭޝަނަށް ދެވޭނެ ކަމަށް.” މުޢާޒު ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ.

ސާހިބާ (16)

ކިޔާފައިވާ ޢަދަދު: 3965
ފާޠިމަތު ނަހުލާ
(25 މެއި 2014 (އާދީއްތަ) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
ޝަހުދު އެނދުގައި އިށީނުމަށްފަހު ފުން ނޭވާއެއްލިއެވެ. ކަންތައްތައް ވަމުން މިދަނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެ ބަދަލުވަމުން މިދަނީ ހާދަ ހަލުވި މިނެއްގައެވެ. މީނާއަކީ އޭނާއަށް ކުޑަދުވަސްކޮޅެއްގެ ކުރިން ފެނުނު އަންހެން ކުއްޖެކެވެ. ފުރަތަމަ ދުވަހުއްސުރެ މީނާ ޝަހުދަށް ނަފްރަތު ކުރެއެވެ. އިންތިހާއަށެވެ. މީނާއާ ޝަހުދާ ދެމެދުގައި ގާތްކަމެއް އުފެދިފައި ވަނީވެސް ވަރަށް ކުއްލި ގޮތަކަށެވެ. އަދި އެގާތްކަން ތަރައްޤީވަމުން ގޮސް އެއަންނަނީ ހަމަ އެހާ ހަލުވިމިނެއްގައެވެ. ޝަހުދަކީ ފިޔާޒާ ނޫން އެހެން އަންހެނަކާ ދިމާއަށް އިސްއުފުލާ ބަލާވެސްލާފައިވާ މީހެއް ނޫނެވެ. އޭނާއަކީ ފިޔާޒާ ނޫން އެހެން މީހެއްގެ ގައިގައި ބީހިލާފައި ވެސްވާ މީހެއް ނޫނެވެ. ބަލިވެ އުޅެންޖެހުނު ވަގުތުގައި ފިޔާޒާ ނެތުމުން އޭނާއަށްވަނީ އެކަމުގެ ދަތި އިޙްސާސް ކުރަން ޖެހިފައެވެ.
 

އެންމެ ރީތި ވާހަކަ (3)

ކިޔާފައިވާ ޢަދަދު: 2712
އަޙްމަދު އަޖްމަލް ޙާމިދު
(27 މެއި 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ފަޟީޙަތުގެ ކުރިމަތީ ޝައިޠާނާ ރާނައިދޭ ފާރު ކިތައްމެހާ ވެސް ބަލިކައްޓެވެ. އެކަމަނާ އެ ތުހުމަތު ކުރައްވަނީ ޔޫސުފްގެފާނު އެކަމަނާގެ “އިއްފަތްތެރިކަމަށް” އުނިކަމެއް ދެއްވަން އުޅުއްވީ ކަމަށެވެ. ވިދާޅުވާ ކަހަލައެވެ. މިކަމުގައި ތިމަންކަމަނާއަކީ ޔޫސުފްގެ ޝަހްވާނީ އެދުންވެރިކަމުން އަނިޔާ ލިބިފައިވާ މަޢުޞޫމެކެވެ. ޔޫސުފްގެފާނު އެ ކަމަނާގެ މި ބޮޑު ތުހުމަތާމެދު އަންތަރީސްވެވަޑައިންގެންވާ ޙާލުކޮޅު ސާބިތުކަމާއެކު އެކަމަށް އިންކާރު ކުރެއްވިއެވެ.
“ނުބައިކަންތަކަށް އަޅުގަނޑުގެ ކިބައިން އެދިލެއްވީ އެ ކަމަނާއެވެ.”

ކުދިވާހަކަ (50)

ކިޔާފައިވާ ޢަދަދު: 4591

އެތަނާއި މިތަނުން

ކުދިވާހަކަ (50)

ކޮޓަރީގެ ސިއްރު

ޢައްބާސް އިބްރާހީމް

އިންޑިޔާގެ ރަސްކަލެއްކަމުގައިވާ ސުލްޠާން މަޙްމޫދު ޣަޒްނަވީގެ ދަރުބާރުގައި ތިއްބަވާ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިޔާޒަކީ ރަސްގެފާނު ވަރަށްބޮޑަށް ލޯބިފުޅުވާ ބޭފުޅެކެވެ. އެހެންކަމުން ދަރުބާރުގައި ތިއްބަވާ ބައެއް އެހެން ބޭފުޅުންގެ ހިތްޕުޅުގައި އިޔާޒާމެދު ވަރަށްބޮޑަށް ޙަސަދަވެރިކަން އުފެދޭގޮތް ވަނީ ވެފައެވެ. އަދި ސުލްޠާން މަޙްމޫދު ޣަޒްނަވީގެ ކުރިފުޅުމަތީގައި އިޔާޒުގެ ދަރަޖަ ވައްޓައިލެވޭނެ ކޮންމެވެސް ކަމެއްފެނޭތޯ، އެބޭފުޅުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެބޭފުޅުންގެ މަސައްކަތްތައް އޮންނަނީ ނާކާމިޔާބުވެފައެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (25)

ކިޔާފައިވާ ޢަދަދު: 3157
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ

(21 މެއި 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެންބިއުލެންސްގައި އަނެއްކާވެސް މިލޯމަށް ހިޔު ގެންގޮސް އިތުރު އެކްސްރޭ އެއް ނަގައިފިއެވެ. މިފަހަރު ނެގި ޕްލޭޓް ތައް އަދި އެހެން މަޝްހޫރު ޑޮކްޓަރު ވެސް ބަލައިލައިފިއެވެ. އޭނާ އަކީ ލަންޑަންގެ އެއް ހޮސްޕިޓަލެއްގެ ޑޮކްޓަރެވެ. އޭނާ ޗުއްޓީއެއްގައި ލޭކް ޑިސްޓްރިކްޓަށް އައިސް މެއިޓްލެންޑް ގެ ކައިރީގައި ހުރީއެވެ. އެއީ ސަރ ޕިލިޕް މޯޓަން އެވެ. މައިކައްޓަށް ލިބޭ ގެއްލުމާއި އިންޕެންޓައިން ޕެރެލިސިސް ބަލީގެ ތަޖްރިބާކާރު ޚާޢްޞަ ޑޮކްޓަރެކެވެ. ހަނގުރާމައިގެ ފަހުން އެނާ ވަރަށް ކާމިޔާބު ދެ އޮޕަރޭސަން ވަނީ ކޮށްފައެވެ. ހަނގުރާމައިގެ ފަހުން އޭނާކުރި އޮޕަރޭޝަނަކުން އެމެރިކާގެ މިލިއަނަރެއްގެ އަންހެން ދަރިފުޅު ޕެރެލައިސް ވެފައި ވަނިކޮށް ރަނގަޅު ކުރިއެވެ.

އެއްހާސް އަހަރު (ހަތަރުވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2534
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(24 މެއި (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބިޝާރާގެ މަންމަ މި ދުނިޔެ ދޫކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. މަންމަ މަރުވިފަހުން ބިޝާރާ ބޭރަށް ނުނިކުންނަތާ ދުވަސްތަކަކަށްފަހު މިރޭ އޭނާގޮސް އެހެރީ އޭނާއަށް އެންމެ ހިތްގައިމު މާހައުލުގައެވެ. ހެނދުނުއްސުރެން ގަމަށް ބޯކޮށް ވެހެމުންދިޔަ ވާރޭ ހުއްޓާލީ އަށެއްގެ ޚަބަރު ކިޔަމުން ދަނިކޮށްނެވެ. ރުއްގަނޑު ތެރެއަށް ވަދެގެންދިޔައިރު ގަސްތަކުގެ ފަތްތަކުގައި ހުރި ފެންތިކިތަކުން ބިޝާރާގެ ހެދުން ތެންމަމުން ދިޔައެވެ. މާހައުލުވެސް ހީވަނީ ފިނިކަމުން ގަނޑުވެދާނެ ހެންނެވެ.