ސާހިބާ (10)

ކިޔާފައިވާ ޢަދަދު: 3590
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(17 އޭޕްރިލް 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ފިޔާޒާގެ އޮޕަރޭޝަން ކާމިޔާބު ވެއްޖެނަމަ، ޝަހުދުގެ ދިރިހުރުމުގެ އެއް މަޤްޞަދު ކާމިޔާބުވީއެވެ. ދެން އޮތީ ޝަހުދުގެ އަމިއްލަ ދިރިއުޅުމާ ދޭތެރޭގައި ވިސްނުމެވެ. ކުރިއަށް ދެން ވެސް އޮތީ ގޮތް ނޭނގޭ އަނދިރި ރާސްތާއެކެވެ.

ދިޔަރެސް (13)

ކިޔާފައިވާ ޢަދަދު: 4530
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 5 އޭޕްރިލް 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ދަރިފުޅާ އިހަށް އަރާމުކޮށްލާ.” ޒަކީ މުޢާޒުގެ ބޮލުގައި އަތް ކާއްތައިލިއެވެ. މުޢާޒު ވަށައިގެން ހޯދައިލިއެވެ. ފެނުނީ ވަށައިގެންވާ ކަނޑެވެ. އޮވެވުނީ ދޯނިމަތީގައިކަން އޭނާއަށް އެނގުނީ ދެނެވެ.
“މާ އަވަހަށް ދަތުރު ނިންމައިލަނީތަ؟” މުޢާޒު ތެދުވަން އުޅުނެވެ.

ދަންތުރަ

ކިޔާފައިވާ ޢަދަދު: 3029
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ޢާއިޝަތު ނާޖީ
ތަނަކީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދެވެ. ބަނޑުހައި ހޫނުކަމުގެ ހާންތީގައި ދުވާރުމަތީގައި އޮށޯވެލައިގެން އޮތީ ހިރިލާނެވަރު ވެސް ނެތީމައެވެ. ކައިރީގައި ތިބި ކުޑަކުޑަ ތިން ކުދިން ރޮއި ހޭރެނީއެވެ. އެކަމަކު އެއިން ކުއްޖަކާ އަޅައިލާނެހާ ހިތްވަރެއް ވެސް ނެތެވެ. ވަށައިގެން ކޮޅުކޮޅަށް މީހުން ހިނގައި ބިނގައިވެ ހަރަކާތްތެރި ވަމުން ދެއެވެ. ބައެއް ފަހަރާ ގައިގައި އަޅައިގެންފައި ވެސް ދެއެވެ. އެކަމަކު ބަލައި ވެސް ނުލައެވެ. ކުދިންކޮޅު މަސަލަސް ކުރެވޭތޯ ކާ އެއްޗަކަށް އެދި އަތް ދިއްކޮށްލުމުން ފެންނަކަމަށް ހަދާ މީހަކު ވެސް ނެތެވެ.
 

ކުދިވާހަކަ (44)

ކިޔާފައިވާ ޢަދަދު: 4209
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (44)

އަތުގައި ހިފުން – ކުޑައަންހެން ދަރިފުޅާއި ބައްޕަ

ޢައްބާސް އިބްރާހީމް

ކުޑައަންހެން ދަރިފުޅާއި އޭނާގެ ބައްޕަ އެކުގައި ހިނގަމުން ދަނިކޮށް ކޯރެއް ހުރަސްކޮށް އަޅާފައިއޮތް ފާލަމެއްގެ މަތީން ދާން ދިމާވެއްޖެއެވެ.

ސާހިބާ (9)

ކިޔާފައިވާ ޢަދަދު: 4104
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(6 އޭޕްރިލް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަދިވެސް އޭނާއަށް ހަމަ ރީތީ އޭނާގެ އަންހެނުން ފިޔާޒާއެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތް ސާދާކަމެވެ. ފިޔާޒާގެ ހަންގަނޑުގައްޔާއި ހަށިގަނޑުގައި މީނާގެ ކިބައިގައިވާ ފަދަ ގޮތްތަކެއް ނެތް ނަމަވެސް، ފިޔާޒާގެ ހަށިގަނޑަކީ ޠާހިރު ހަށިގަނޑެކެވެ. އެއީ ހަމައެކަނި ފިރިމީހާއަށްޓަކައި ފޮރުވި ޚާއްޞަ ކުރެވިފައިވާ ހަށިގަނޑެކެވެ. ފިޔާޒާގެ ހަށިގަނޑުގެ އެހީގައި، ހިލޭ ފިރިހެނުންގެ ލޯތަކަށް އުފަލެއް ހޯދައިދޭކަށް ފިޔާޒާ ބޭނުމެއް ނުވާނެއެވެ. މީނާ ފެނުމުން ޝަހުދުގެ ހިތުގައި ފިޔާޒާއަށް ދެވިފައިވާ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ފިޔާޒާގެ މާތްކަން އޭނާއަށް އިޙްސާސް ކުރެވުނެވެ.

އަންހެނެއްބާއެވެ؟ ނުވަތަ މިނިކާވަގެއްބާއެވެ؟ (ފަހު ބައި)

ކިޔާފައިވާ ޢަދަދު: 7405
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ފްރޭންކް ސްޓޮކްޓަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(15 އެޕުރީލު 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
އަޅުގަނޑުމެން އާދައިގެ މީހުން ދެކޭގޮތުގައި މި ކަމަކީ ނިމިފައި އޮތް ކަމެކެވެ. އެ ރީތި ފިރިހެން ޒުވާނާ، ގަނޑުވަރުތެރޭގެ އަމީރާއެއް ދެކެ ލޯބިވިކަމަށް އިންކާރެއް ނުކުރެއެވެ. އެ މައްސަލައިގައި ހިމެނޭ އަމީރާ ދެކިވަޑައިގަންނަވާ ގޮތުގައި އެފަދަ ޒުވާނަކީ އޭނާއާއި އަރަފޯދިގެންވާ މީހެކެވެ. ރީތި އިސްކޮޅަކާއި ހަށިގަނޑެއްގެ ވެރިޔެކެވެ. ކަންކަމުގައި ކެރޭ، ޖެހިލުން ކުޑަ ހުޝިޔާރު ފިރިހެނެކެވެ! ކަން މިހެން ފަސޭހައިން ނިންމެން ހުރި ނަމަވެސް ރަސްގެފާނު ވެސް އޭނާ ރާއްވަވާ “ޝާޢިރީ އަދުލު އިންސާފު” މިހާރު އެއްކަލަ އިސްޓޭޑިޔަމުގައި ދެކިވަޑައި ނުގަންނަވާތާ މާ ގިނަދުވަސް ވެގެން އެކަހަލަ ކަމެއް ދެކިވަޑައިގަންނަވާ ހިތްޕުޅުން ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އިސްޓޭޑިޔަމުގައިވާ ހަމަ އެއްވައްތަރުގެ އެއްކަހަލަ ދެ ދޮރުންކުރެ ކޮންމެ ދޮރެއް އެ ޒުވާނާ ހުޅުވި ނަމަވެސް ރަސްގެފާނަށް  މާބޮޑު ފަރުވާލެއް ނެތެވެ. މި މަނާ ލޯބިން އޭނާގެ ދެލޯފަދަ އަމީރާ ‘ސަލާމަތް’ ކުރެވުނީއެވެ.

އަންހެނެއްބާއެވެ؟ ނުވަތަ މިނިކާވަގެއްބާއެވެ؟ (1)

ކިޔާފައިވާ ޢަދަދު: 7186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ފްރޭންކް ސްޓޮކްޓަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މާ އިހު ޒަމާނެއްގައި، ވަރަށް ނާތަހުޒީބު ރަސްކަލަކު އުޅުއްވިއެވެ. މި ރަސްގެފާނު ރަސްކަންކުރައްވާ ރަށުގެ ވަށައިގެންވާ ރަށްތަކަކީ ނިސްބަތުން ވަރަށް ތަހުޒީބު ބައެކެވެ. މިހެންވެ މި ރަސްގެފާނުގެ ބައެއް ވިސްނުންފުޅު ތަކުގައި ކުޑަ ތަހުޒީބު ކަމެއް ހުރިނަމަވެސް މި ރަސްގެފާނާއި ގުޅުންހުރި ކަންކަމުގެ ބޮޑު ބަޔަކީ ނާތަހުޒީބު ކަންކަމޭ ބުނުމަކީ ދޮގެއްނޫނެވެ. މި ރަސްގެފާނުގެ ޚިޔާލު ފުޅަކީވެސް އިސްރާފެވެ. ކުރައްވާ ކޮންމެ ކަމަކީވެސް ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ކަންތަކެވެ! ޚުދުމުޚްތާރު ރަސްކަލަކަށްވީތީ އޭނާ ބޭނުންފުޅު ޚިޔާލެއް ހަގީގަތަކަށް ހައްދަވަން ކުރައްވަން ޖެހިވަޑައިގަންނަވާ ހަމަ އެކަނި ކަމަކީ ފުއްޓައްކެތް ޖައްސަވައިލެއްވުމެވެ! އެކަމެއް ވަރަށް އަވަހަށް ހަގީގަތަކަށް ބަދަލުކޮށްލާނެ މީހުން ގަނޑުވަރުގައި އަބަދުވެސް ތިބެއެވެ!

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (20)

ކިޔާފައިވާ ޢަދަދު: 3491
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(28 މާރޗް 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޑިކް އަށް ވެސް ހަލާކުވެފައިވާ ކާރުގެ ތެރެއިން ނުކުމެވުނީ ހަމަ ކިރިޔާއެވެ. އޭނާގެ ގައިގައި ދެތިން ތަން ވަރަށް ފުންކޮށް ކެނޑިފައި ހުރުން ނޫނީ ލިބުނު އެއްވެސް އަނިޔާއެއް ނެތެވެ. އެކަން ދިމާވީ، ޙައިރާންވާ ފަދަ ގޮތަކަށެވެ. މިހާރު ޑިކް ހޮސްޕިޓަލުން ނުކުމެ އެތާގެ ހޮޓަލަކަށް ބަދަލުވެއްޖެއެވެ. ހިޔުގެ ޙާލު ނުރައްކާތެރި ދަރަޖައިން ސަލާމަތް ވަންދެން އޭނާ ޤަސްދުކުރީ ހޮޓަލުގައި ހުރުމަށެވެ.

ސާހިބާ (8)

ކިޔާފައިވާ ޢަދަދު: 3931
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(24 މާރޗް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ކޮންކަމެއް….؟ ތީ ފިޔާޒާއަށް ހީވާގޮތް…..” އަވަސް އަވަހަށް ޝަހުދު ބުންޏެވެ.
“ތީ ދޮގު!” ފިޔާޒާ ޔަޤީންކަމާއެއެކު ބުންޏެވެ.
“އަހަރެން….ކޮންކަމެއް ސިއްރުކުރަނީ؟ ފިޔާޒާއަށް ހުރިހާ އެއްޗެއް މިކިޔާދެނީއެއްނު؟” ޝަހުދު ފިޔާޒާގެ ކޮލުގައި އިނގިލިތައް ކާއްތާލަމުން ބުންޏެވެ.

ދިޔަރެސް (12)

ކިޔާފައިވާ ޢަދަދު: 4263
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(23 މާރޗް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ކީއްވެފައި ތިހިރީ؟” މުޢާޒު ވާހަކަ ދެއްކީ އޭނާގެ އަނބިމީހާ ފިރާޝާއާއެވެ. އެއީ ފިރާޝާ ހޮސްޕިޓަލަށް ގޮއްސައި އައިސް ގެޔަށް ވަން ވަގުތެވެ. މުޢާޒު އެސުވާލު ފިރާއާ ކުރީ ކޮޓަރިއަށް ވަންއިރު އޭނާ ހިނިއައިސްފައި ހުރީމައެވެ.
“އެނގޭތަ މިއަދު ޑޮކްޓަރު ބުނި އެއްޗެއް.” ފިރާޝާ ބަނޑުގައި އަތް ކާއްތައިލަމުން ބުންޏެވެ.