ކުދިވާހަކަ (49)

ކިޔާފައިވާ ޢަދަދު: 3950

އެތަނާއި މިތަނުން

ކުދިވާހަކަ (49)

ލޯތްބާއި ތަރުތީބުކުރުން

ޢައްބާސް އިބްރާހީމް

މީހަކު އެއްދުވަހަކު އޭނާގެ ގޭގެ ދޮރުމަތީގައި އޮތް ވިނަގަނޑެއް ކޮޅާ ސާފުކުރަން އޭނާގެ ހުރި ޢުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާ ޙަވާލުކުރިއެވެ. އަދި އެ މަސައްކަތަށް ދޭ އިނާމެއްގެ ގޮތުން ފައިސާގެ ޢަދަދެއް ދޭންވެސް ނިންމިއެވެ. އެ އަންހެންކުއްޖާ ވިނަކޮށާދަތި ހިފައިގެން ނުކުމެ މަސައްކަތް ފެއްޓިއެވެ. އަދި ހަވީރު ވީއިރަށް ވަރަށް ރީތިކޮށް އެ ވިނަގަނޑު ކޮށާ ސާފުކޮށްލައިފިއެވެ. ނަމަވެސް ވިނަގަނޑުގެ އެއްކަނެއްގައި ތަންކޮޅެއް ދިގުކޮށް ހެދިފައިހުރި ވިނަގަސްތަކެއް ނުކޮށާ ދޫކޮށްލާފައި ހުއްޓެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (24)

ކިޔާފައިވާ ޢަދަދު: 3145
(13 މެއި 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނުރުހުމާއެކު ބްރައިނީ ހިޔުގެ އަމުރަށް ތަބާވެއްޖެއެވެ. ގުޑް ނައިޓްގެ ސަލާމް ކޮށްފައި ސަަައިތަށިތައް ހިފައިގެން އެނާ ކޮޓަރިން ނުކުމެއްޖެއެވެ.
މުޅި ދުނިޔެ ނިދާފައި އޮތް ވަޤުތެއްގައި، މޮންކްސްފާމްގެ މައްޗަށް އެފަދަ ބޯ ވާރޭ ވެހެމުން ދިޔަ ވަގުތެއްގައި ހިޔު ގެ ކައިރީގައި އެ ދަންވަރު ވޭތުކުރެވުނު ގަޑިތަކަކީ ދުވަހަކު ވެސް ބްރައިނީ އަށް ތަޖްރިބާ ކުރެވުނު އެންމެ ފޮނި އުފާ ޙާސިލް ވީ ގަޑިތަކެވެ.

ދިޔަރެސް (17)

ކިޔާފައިވާ ޢަދަދު: 4384

މޫސާ ޞާޢިދު
(12 މެއި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މުޢާޒު ސުދާގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލިއެވެ. ސުދާ ހުރީ އެ ކަމަށް ވިސްނައިގެން ނޫންކަމުން، އެ ބާރުމިނުގައި އޭނާއަށް ލައްވެގަނެވުނީ މުޢާޒުގެ މޭގައެވެ. ހަމަ އެއާއެކު، ދުވި ހިތްގައިމު މީރު ވަހެއްގެ ސަބަބުން ސުދާއަށް ނޯއް ދަމައިލެވުމާއެކު، މުޢާޒުގެ މޭގެތެރެއަށް ރަނގަޅަށް ބޮނޑިވެލެވިއްޖެއެވެ. މުޢާޒު އެ ދެހަށިގަނޑު އެކައްޗަކަށް ހަދާން އުޅޭފަދަ ގޮތަކަށް ސުދާ ގައިގައި ބައްދައިގަތެވެ. އެ ވަގުތު މުޢާޒުގެ ހަށިގަނޑުން ދުވަމުން ދިޔަ “ކަސަރަން” ސެންޓްގެ މީރުވަހުން ސުދާ މަސްތުވަމުން ދަނީއެވެ. އެ ހިނދު ސުދާގެ ހިތް އެދެމުން ދިޔައީ އެ ހަށިގަނޑުގެ ޙިމާޔަތުގައި އަބަދު ވެސް އޮތުމަށެވެ. އެވަހުން ހިތް އުފާ ކުރުމަށެވެ. އެ ހަށިގަނޑުން އަރާމާއި ހިތްހަމަޖެހުން ހޯދުމަށެވެ.

ސާހިބާ (14)

ކިޔާފައިވާ ޢަދަދު: 3782
ފާޠިމަތު ނަހުލާ
(11 މެއި 2014 (އާދީއްތަ) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)

މަރީއާއި ފިޔާޒާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފިޔާޒާ ވެސް މިހާރުވަނީ ވަރުބަލިވެފައެވެ. އޭނާ ވެސް ދާން ބޭނުންވަނީ ގަދައަށް ނިދައިލާށެވެ. ރޭގެ އެ ހުރިހާ އިރު އެ ގޮނޑީގައި އިނދެއިނދެ މިހާރު ބުރަކަށީގައި ވެސް އެބަ ރިއްސައެވެ.

އެއްހާސް އަހަރު (ފުރަތަމަ ބައި)

ކިޔާފައިވާ ޢަދަދު: 2630

ހިތް ހަދިޔާކޮށްފައި ވާތީ

             ދާންއެކުގާ ބޭނުންވީމޭ : (ސީޒަން- 2)

އަޙްމަދު ރަޝީދު – ރިކާޒް، ލ. ފޮނަދޫ

15 މާރޗް 2015 – ލ. ގަންފޮނަދޫ ސިޓީ

މަޑުމަޑު ހިނގުމެއްގައި ބިޝާރާ ހިނގަމުން ދިޔައިރު އޭނާ ލައިގެން ހުރި ތުނިތުނި ލޭސް ފޮތީގެ ހެދުމުގެ ރޫބައި ވަޔާ ވިހުރެމުން ދެއެވެ. އެ ހެދުން ބިޝާރާ ލީ އޭނާގެ މަންމަ ހޮސްޕިޓަލަށް ގެންދަންވެގެންނެވެ. ބިޝާރާގެ މަންމަގެ ކަށީގެ މަދަށް ކެންސަރު ނުވަތަ ލުކޭމިއާ ޖެހުނު ފަހުން އޭނާގެ މަންމަގެ ބަލިހާލު މާބޮޑަށް ސީރިއަސް ވީއެވެ.
 

ކުދިވާހަކަ (48)

ކިޔާފައިވާ ޢަދަދު: 4413

އެތަނާއި މިތަނުން

ކުދިވާހަކަ (48)

މީދަލުގެ މަގު ދެއްކުން

ޢައްބާސް އިބްރާހީމް

އެއްފަހަރަކު ދިމާވި ކަމެއްގެ ވާހަކައެވެ. ކޮންމެވެސް ތަނެއްގައި އައްސާފައި އޮތް އެތެއް ވާގަނޑު ކަނޑާލައިގެން ހިނގަމުން ދަނީއެވެ. އޭތީގެ ކަރުގައި އައްސާފައި އޮތް ވާގަނޑު ބިންމަތީގައި ދެމެމުންދެއެވެ. ލިބުނު މިނިވަކްމަށްޓަކައި އުފާ ކުރަމުން އެތް ހިނގަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ. މިގޮތަށް އެތް ދަތުރުކުރަމުން ދަނިކޮށް މީދަލަކަށް މި އެތް ފެނިއްޖެއެވެ. އަދި އެތުގެ ކަރުގައި އައްސާފައިއޮތް ވާގަނޑު ދެމެމުން ދާތަންވެސް ފެނިއްޖެއެވެ. އެތްގޮވިކަލޭގެ އެއްވެސް ނެތި މިއެތް ދާތަން ފެނުމުން މީދާ ހިތާހިތާ ބުނެލިއެވެ. “އަޅެ އެއޮތްބޮޑު އެތަށް މަގުދައްކާ މީހާކަށް އަހަރެއްވެއްޖެނަމަ ކިހާ ރަނގަޅުވާނެ ހެއްޔެވެ. އަދި އޭގެ ކަރުގައި އައްސާފައި އޮތް ވާގަނޑު ހިފައިގެން އޭތީގެ ކުރިން ހިނގަމުން ދިޔުމަކީ ކިހާ މޮޅުކަމަކަށް ވާނެ ހެއްޔެވެ.”

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (23)

ކިޔާފައިވާ ޢަދަދު: 3263
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(1 މެއި 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެތާގައި ހިޔު އޮންނަނީ އޭނާ ނުހަނު ލޯބިވާ ފޮތްތައް ފެންނަ ހިސާބުގައެވެ. ކޮޓަރީގެ ފްރެންޗް ކުޑަދޮރުން ވަންނަ އިރުގެ ޝުޢާޢުގެ ހޫނުކަން އެތާގައި އޮވެގެން އިޙްސާސް ކޮށް އުފާ ހޯދާނެއެވެ. ބެރީ ިޚޔާލް ކުރަމުން ދިޔައެވެ.

ބްރައިނީ ބުނެފިއެވެ. “ގޭތެރޭގެ މަސައްކަތުގައްޔާއި ކެއްކުމުގައި އަހަރެން އެހީވެދޭނަމެވެ. ކަލޭ އޭނާ ބަލަހައްޓަމުން ގެންދާށެވެ.”

ދިޔަރެސް (16)

ކިޔާފައިވާ ޢަދަދު: 4367
މޫސާ ޞާޢިދު
(5 މެއި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ހިނގަމުން ހިނގަމުން ގޮސް އޭނާ ހުއްޓުނީ ސީދާ މާފަންނު ސަހަރާ ކުރިމައްޗަށެވެ. އެއަށްފަހު އޭނާ ފަސްއެނބުރި ބަލައިލިއެވެ. މިހާރު އޭނާ ސީދާ ހުއްޓި އެހުރީ މާފަންނު ބޯގަންވިލާގެ ކުރިމައްޗަށެވެ. އިރުކޮޅެއް ވަންދެން މަގުމަތީގައި ހުރުމަށްފަހު، އޭނާ ގޮސް ބޯގަންވިލާގެ ދޮރާށީގެ ތަޅުގައި ހިފައިލިއެވެ. ހަމައެއާއެކު ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ. އެ ގޯތިތެރެއަކު އެއްވެސް އަލިކަމެއް ނެތެވެ. ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ.

 

ސާހިބާ (13)

ކިޔާފައިވާ ޢަދަދު: 3779
 
ފާޠިމަތު ނަހުލާ
(4 މެއި 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ތެދެއް؟”

ވަސީމް އެސުވާލުކުރީ ފިޔާޒާއާއެވެ! ފިޔާޒާ އިސްޖަހައިލިއެވެ. ޙަޤީޤަތުގައި އޭނާދާކަށް ބޭނުމެއްނުވެއެވެ. އޭނާއަކީ މީހުން އަތުން ސައިބޮއި ކައިހަދާ މީހެއް ނޫނެވެ.
“ހިނގާ…..މިއަދު….ތިކުދިންނަށް ކޮންމެހެން ވެސް ސައިދޭނަން.” މިހެން ބުނެފައި ވަސީމް ހިނގައިގަތުމުން، ޒީނާ އައިސް ފިޔާޒާގެ އަތުގައި ހިފައިލިއެވެ.

ދެއަތްތިލަ

ކިޔާފައިވާ ޢަދަދު: 3116
ޢާއިޝަތު ނާޖީ
ކޮޓަރީގެ އެނދު މަތީގައި އިށީނދެ އިނދެ ހަވީރުގެ ޒިކުރު ކިޔައި ނިންމާލުމަށްފަހު  ޒިކުރު ފޮތް ފަރުވާތެރިކަމާއެކު އެފޮތް އާދަވެގެން އޮންނަ ތަނުގައި ބާއްވާލިއެވެ. ދަލޭކާއިދީ ގެ ހަންގަނޑު ދޫ ޖެހެމުންދާ ދެ އަތްތިލައަށް  ބަލައިލީ އެ ދެއަތުން އެއްވެސް ކަމެއް ނުކުރެވޭތީ ދެރަވެގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. މީގެ އަހަރުތަކެއް ކުރިން އެ ދެއަތްތިލައަކީ އެތައް ބައެއްގެ ބޭނުންތައް ފުއްދައިދީ ހިތްހަމަ ޖައްސާލަ ދިން ދެ އަތްތިލައެކެވެ.ލޯބިވާ ފިރިމީހާއާއި އެ ދެމަފިރިންނަށް ލިބިފައި ތިބި ތުއްތު ތުއްތު މަޢުޞޫމު ދެ ކުދިންގެ ގައިގައި ފިރުމައި އެ ޢާއިލާއަށް އުފާވެރިކަން ގެނެސްދިން ދެއަތްތިލައެކެވެ.