ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (17)

ކިޔާފައިވާ ޢަދަދު: 3256
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

(27 ފެބްރުއަރީ 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެއްހަފުތާ ފަހެވެ. ހިޔު ވޭނަރ އޭނާގެ މޭޒު ކައިރީގައި އިށީނދެއްޖެއެވެ. ފޮތުގެ އިތުރު ޞަފުޙާއެއް ފުރައިލެވޭތޯ މަސައްކަތްކުރަން ފަށައިފިއެވެ. ނަމަވެސް ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފޫހިވެގެން ހުއްޓައިލައިފިއެވެ. ސަބަބަކީ އަތުން ލިޔަމުން ކުރިއަށް ގެންދިޔުމުގެ އުނދަގޫކަން ބޮޑީއެވެ. މީގެ ކުރީގައި ބްރައިނީ ލިޔެދޭއިރު އެއް ދުވަހެއްގެ ތެރޭގައި ކުރެވޭ މަސައްކަތް މިހާރު ހަތް ދުވަހުން ވެސް އޭނާ އަކަށް ނުވެއެވެ. ބްރައިނީ ނެތުމުގެ އުނިކަން އިންތިހާ ދަރަޖައަށް ލިބެން ފަށައިފިއެވެ. އެއްވެސް ދައުރެއްގައި އޭނާގެ އެކުވެރިއަކު ނެތިގެން އެފަދަ ބޮޑު ހިތާމައެއް އުފުލާކަށް އޭނާއަކަށް ނުޖެހެއެވެ. ބްރައިނީ ދިޔަފަހުން ގޭތެރޭއަށް ލިބިފައިވާ ފަޅުކަމުގެ ވާހަކަ ޚުދް މިސިޒް ބެރީ ވެސް ދައްކައެވެ.

ސާހިބާ (4)

ކިޔާފައިވާ ޢަދަދު: 4133
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ނަހުލާ

(24 ފެބްރުއަރީ 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަދިވެސް ޝަހުދު އިނީ ޙައިރާންވެފައެވެ. އިންތިހާއަށެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވެފައިވީ ނަމަވެސް، އޭނާއަށް ފެންނަމުން އެދަނީ ޙަޤީޤަތެއްކަން އެނގުނެވެ. އެހެން ނަމަވެސް، އޭނާގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ދެންމެގައި ފެނުނު ނިކަމެތި އިންސާނަކާ ދޭތެރޭގައި ހަމްދަރުދީވެ، އެހާބޮޑު އެހީއެއްވާން އޭނާ އެކަނޑައެޅީ ކީއްވެހެއްޔެވެ؟ އެއީ އޭނާގެ ރަނގަޅުކަމާއި މާތްކަންބާއެވެ! އެކަމަކު އޭނާގެ މޫނުމަތިން އެހާ މާތް ފާޑެއް ނުޖަހައެވެ. އެހެން ހިތަށް އަރުވާކަށްވެސް ނުވާނެއެވެ. އެކަމަކު އެއީ ޝަހުދުގެ ހިތަށް އަރަމުންދިޔަ އެއްޗެކެވެ.

ދިޔަރެސް (8)

ކިޔާފައިވާ ޢަދަދު: 4661
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު

(23 ފެބްރުއަރީ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ދަރިފުޅާ…ތިތާ ތިހިރަ އެނދުގަނޑުވެސް ބަދަލުކޮށްލައްޗޭ. ތިކަހަލަ ބާ އެނދުގަނޑެއްގައި ނިންދަވާ ވަރަށްވުރެން އެއީ މަންމަގެ މާ ގާތް ކުއްޖެއް.” ޙަފީޒާ އެދުނެވެ.
“އާނ…މަންމާ…އެނދު ބަދަލުކޮށްލާނަން. އެމީހުން އެކޮޅުން ފުރައިފިތަ؟” މުޢާޒު ދޮރުފޮތިތައް ނައްޓަމުން ބުންޏެވެ.
“ދަރިފުޅު ބައްޕަ ބުނި…މިރޭ އަންނާނެޔޯ.” ޙަފީޒާ ބުންޏެވެ.

ތިން ލޯބިވެރިން

ކިޔާފައިވާ ޢަދަދު: 7371
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުއްވީ: ހަލް ބޯލަންޑް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


Hal Borland އަކީ ވަރަށް ގިނަ ވާހަކަފޮތް ވެސް ލިޔުއްވި މަޝްހޫރު ނޫސްވެރިއެކެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އަވަހާރަވީ 1978 ގައެވެ.

“އެ ތިން ޒުވާނުންގެ ތެރެއިން އަންހެން ކުއްޖާއަށް ވަރޖީނިއާ ކިޔަމާހެއްޔެވެ؟   އަދި ފިރިހެން ދެ ޒުވާނުންނަށް ކިޔާނީ ޓޮމް އާއި ބެރީއެވެ. މި ތިން ޒުވާނުންނަކީ އެ ބަޔެއްގެ ޚަބަރުދަބަރު އަހަރުމެން ވާހަކަ ފޮތްފޮތުން ކިޔާކަހަލަ ވަރަށް ‘ކުލަގަދަ’ ބަޔެކެވެ.  އެ ތިން ޒުވާނުންނާއި މިލިޔުންތެރިޔާ، އަހަރުމެން ހަތަރު މީހުން ޔުނިވަރސިޓީގައި ކިޔަވަން އުޅުނީ އެކީގައެވެ. 
 

ކުދިވާހަކަ (37)

ކިޔާފައިވާ ޢަދަދު: 4697
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (37)

ޝިކާރަ ކުރުން

ޢައްބާސް އިބްރާހީމް

އެއްދުވަހަކު ރަސްގެފާނު ސާރިދޯޅި ޝިކާރަކުރެއްވުމަށް ވަޑައިގަންނަވަމުން އަރިހުގައި މުއްލާ ނަޞްރުއްދީނު ގެންދަވަން ބޭނުންފުޅުވިއެވެ. ނަޞްރުއްދީނު ޝިކާރައަށް ދާހިތެއްނެތުމާއެކުވެސް އޭނާއަށް މަޖްބޫރުވީ ރަސްގެފާނުގެ އަރިހުގައިދާށެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (16)

ކިޔާފައިވާ ޢަދަދު: 3287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(12 ފެބްރުއަރީ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބްރައިނީ ފިކުރު ބޮޑުވެ ހާސް ވެފައިވާ ޙާލެއްގައި ހުރެ  ބުނެފިއެވެ.
 
“އަޅުގަނޑަށް ތިޔަ ކަން އެނގެއެވެ. އަދި މިވަގުތު މިގެއިން ދާން ޖެހުމުގެ ސަބަބުން އަޅުގަނޑު ކޮޅުނެތް ކޮޅަށް ހިތާމަކުރަމެވެ. އެކަމަކު ހިޔު އެވެ…”
   
“އެއީ ދިރިހުރުމާއި މަރާ ދެމެދުގެ ކަމަކަށް ވެސް ވެދާނެއެވެ.” ހިޔު ބްރައިނީގެ ޖުމްލަ މެދުކަނޑައިލިއެވެ. “އެހެން ނަމަވެސް ތިޔަ ގޮތަށް ބްރައިނީ ލަންޑަނަށް ދާކަށް ރަނގަޅެއް ނޫނެވެ.”
  

ސާހިބާ (3)

ކިޔާފައިވާ ޢަދަދު: 3992
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(18 ފެބްރުއަރީ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މިރަށުގައި ތިބި ބައެއް މުއްސަނދިންގެ އެޑްރެސްތައް ޢާދިލް އަހަންނަށް ދީފި. ޢާދިލް ބުނަނީ އެމީހުންގެ އެހީ ހޯދާށޯ…..” ޝަހުދު އޭނާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ. އެހެން ނަމަވެސް، ފިޔާޒާގެ ލޮލުގެ ތެރެއަށް ދިޔައީ ކަރުނަތިކިތައް ޖަމާވަމުންނެވެ.

ދިޔަރެސް (7)

ކިޔާފައިވާ ޢަދަދު: 4579
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު

(16 ފެބްރުއަރީ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިގޮތުގެ މަތިން އެ ޢާއިލާއަށް ނުހަނު އުފާވެރި ދުވަސްތަކެއް ފާއިތުވަމުން ގޮސް ފިރާޝާގެ ބަނޑަށްވެސް ދުވަސް ފުރިއްޖެއެވެ.
މުޢާޒުމެންގެ ޢާއިލާއަށް ފުރަތަމަ ބަދުނަޞީބު ކުރިމަތިވީ އެ ދުވަސްވަރެވެ.

ދެމަފިރިންގެ ހަދިޔާ

ކިޔާފައިވާ ޢަދަދު: 6584
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: އޯ ހެންރީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އޯ ހެންރީ (1862-1910) ގެ  އުފަން ނަމަކީ William Sydney Porter އެވެ. ޒުވާން ދުވަސްވަރު ބޭންކެއްގައި ފައިސާ ދޫކުރުމާއި ހަވާލުވާ ކާތިބެއްގެ ވަޒީފާ އަދާ ކުރެއްވިއެވެ. ބޭންކު ވަޒީފާ ދޫކުރެއްވުމަށްފަހު ދުވަހު ނޫހެއްގައި މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ބޭންކުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ޖަލަށް ލެވުނެވެ. ” އޯ ހެންރީ ” ގެ ނަމުގައި ކުރުވާހަކަ ލިޔުއްވަން ފެއްޓެވީ  ޖަލުގައެވެ. 

ސާހިބާ (2)

ކިޔާފައިވާ ޢަދަދު: 4029
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(14 ފެބްރުއަރީ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އާނ…..ހަތްދިހަ ހާހަށްވުރެ މަތީ ޢަދަދެއް….އެއީ ހަމައެކަނި އޮޕަރޭޝަނަށް. އަދި އޭގެ އިތުރުންވެސް ފައިސާ ބޭނުންވާނެ. މި އޮޕަރޭޝަނަކީ މާލޭގައި ކުރެވޭ އޮޕަރޭޝަނެއް ނޫން….” ޝަހުދު ޑޮކްޓަރ ރާތީއަށް ބަލާލިއެވެ. އެންމެފަހުން އެބުނި އެއްޗަކުން އޭނާ މުޅިން މާޔޫސް ވެއްޖެއެވެ.