ވަކިނުވިނަމަ……. (11)

ކިޔާފައިވާ ޢަދަދު: 3422
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(15 ޑިސެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ރަޝާޤާ މަޑުމަޑުން ހިނގައިގަތެވެ. ރޮމުންނެވެ. ދެލޮލުން ކަރުނަ ފޮހެމުންނެވެ. އޭނާ އެދަނީ އޭނާ ބުނިބަސް އަނބުރައި ގެންނާށެވެ. ކިތަންމެ ހިތް ނޭދުނަސް، މަންމައާއި ބައްޕަގެ އަމުރަކަށް ނުކިޔަމަންތެރިކަން ދައްކައި، ޖަދަލުކުރާހައި ހިތްވަރެއް އޭނާއަކަށް ނުލިބެއެވެ.
“ވީއެންމެ އަވަހަކަށް ކައިވެންޏަށް ތައްޔާރުވޭ!” ރަޝާޤާ ހިނގައިގަތުމުން ސިތާރާ ބުންޏެވެ. އަމުރުވެރި ރާގަކަށެވެ.

ކުދިވާހަކަ (27)

ކިޔާފައިވާ ޢަދަދު: 5048

އެތަނާއި މިތަނުން

ކުދިވާހަކަ (27)

އޭނާއާ ނުލައި އަހަރެމެން ހަމަޖައްސައިލާނީއެވެ.

ޢައްބާސް އިބްރާހީމް

ދުނިޔެ ދޫކޮށްފައި ދިޔުމަށް ވަރަށްބޮޑަށް އެދިއެދި ހުންނަ މީހަކު އެއް ދުވަސްވަރެއްގައި އުޅުނެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި އޭނާއަށް އެކަން ނުކުރެވިފައި ހުންނަނީ އޭނާގެ ޢާއިލާގެ މީހުން އޭނާދެކެ ލޯބިވާ ވަރުން އެމީހުން ދެރަވެދާނެތީއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (9)

ކިޔާފައިވާ ޢަދަދު: 3632

ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

(11ޑިސެމްބަރ 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ހިޔު އޭނާގެ ޖީބުން އެއް ފައުނުގެ ނޫޓެއް ނަގައި ބްރައިނީގެ އަތަށް ދިއްކޮށްލައިފި އެވެ. “މިއީ ކޮން ނޫޓެއް ތޯ އެވެ؟” ބްރައިނީ އަހައިފިއެވެ. “ތިޔައީ ކާރުގެ ދެކޮޅުގެ ކުލި ދޭށެވެ.” ހިޔު ވޭނަރ ބުނެފި އެވެ.  ބްރައިނީ ޝުކުރުވެރިކަމާއެކު އެ ޤަބޫލުކޮށްފި އެވެ.

އަނާން (11)

ކިޔާފައިވާ ޢަދަދު: 4027
މަރްޔަމް ސަނާ، ށ. މިލަންދޫ
(10 ޑިސެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ކައިވެނި ކުރެވުނުރޭގެ ފަތިހުގެ ފްލައިޓުން އެމީހުން މެލޭޝިޔާއަށް ދާންފުރައިފިއެވެ. މާޔާ ޔަގީންކޮށްގެންހުރީ އެއީ ހަނީމޫން ދަތުރުކަމުގައެވެ. އެކަމަކު “އަނބި ގަބޫލުކޮށްފީމޭ” އިމްދާދްގެ ދުލުން ބުނި ހިސާބުން ފެށިގެން އެދެމެދުގައި ހިލައިގެ ފާރެއް ލެވިއްޖެއެވެ. އިމްދާދް އަކީ މަންމަނެއް ކަމުގައި ވެއްޖެއެވެ. މާޔާ ދައްކަމުންދިޔަ އެއްވެސް ވާހަކައަށް ޖަވާބުނުދިންއިރު، މާޔާގެ މޫނަށް ބަލައިވެސްނުލިއެވެ. މާޔާ އަށް އެކަން މައްސަލައަކަށް ނުވިއެވެ. ސުވާލު އުފައްދާކަށް ބޭނުމެއްނުވިއެވެ. އޭނާގެ ހުރިހާ ސަމާލުމަކެއް ހުއްޓިފައިވަނީ ކުރެވެންއުޅޭ ދަތުރަށެވެ. ބޭނުންވާ މަންޒިލަށް ދެވުމުން އިމްދާދްގެ ޠަބީއަތު ވެސް ރަނގަޅުވެދާނެކަމުގައި ހީކުރިއެވެ.
   

މަންމަން ގޮއްޔެ

ކިޔާފައިވާ ޢަދަދު: 3799
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
އަހަރެންނަކީ ފަސްގަނޑު ކަޅު، ގަސްކަރަ ފެހި އަދި ފެންމީރު ފުރަމާލެއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ.  ޢުމުރަކީ ހަމަ އެންމެ ގަރުނެކެވެ.  ބަލާބެލުމަށް އަހަރެންނަކީ އިސްކޮޅުން ދިގު އޮޅަލި މީހެކެވެ. އަންހެން ކުދިން ދޯޅަ ވާހަކަލަ ފަހުލަވާނެކެވެ. ގައިގެ ހަން ރޫޖެހި އަޑު މުސްކުޅިއެއްކަމަކު އެއްވެސް އުނދަގުލަކާ ނުލައި ވާހަކަދައްކައިލުމަކީ އަހަރެންނަށް އަދި އެހާ އުނދަގޫކަމެއް ނޫނެވެ.  އަހަރެންގެ ޒުވާންކަމުގެ ބައްތީގެ ހުޅުކޮޅު މިއަދު ނިވިފައިވީނަމަވެސް އަހަރެން ދަތްހުރި ދުވަހު ކާށި ކެވޭތޯ ކުރިމަސައްކަތް އޭގެ އެންމެ ޅަފަތުގެ ދުވަސްވަރުހެން ކަންފަތުގައި އަބަދުހެން އާވެއާވެ ހުރެއެވެ. އަހަރެން މިހާރު މި ވޭތުކުރަމުން މިދަނީ ރޫޙާނީ ޙަޔާތެކެވެ. 
 

ކަރުނަތިކި (18)

ކިޔާފައިވާ ޢަދަދު: 3645
ޙަސަން ނަޖުމީ
(9 ޑިސެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ބައްޕާ  އެގޭ ދޫކޮށްލާށިޔައި ދުވަހަކިޔަސް މަ ހިތަށް ނިއަރައި. ބައްޕާ ބޭނުންގޮތަށް ހަދަ އެނިމެނެއި. ގަންނަށް މީހަކާ ހިށިފެހޭ ވިއްކަލަ. އަވަ މާލޭއް ވަޒީފާކަށް އެބޭށުން. ނުންފެހޭ ތެނަދޫއަށަސް އެބޭށުން. މިދަތެރެ ޝާން ދިން މުސާރައިން ވަޒީފާއް ނެތަސް ވަރަށް ގިނަ ދުވެހި ވޭނޑުވިޔޭހެއް. ތެނަދޫނަސް މިކޯ ވަޒީފާށް ލިބިޔޭހެއް.” 
 

ވަކިނުވިނަމަ….. (10)

ކިޔާފައިވާ ޢަދަދު: 3340

މުޙައްމަދު ޤާސިމް، އއ.މަތިވެރި

(8 ޑިސެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މަންމައަށް އެނގޭ ދަރިފުޅަށް ތި ވަނީ ކިހިނެއްކަން. އެކަމަކު ހުރިހާ އެއްޗަކީ ލޯތްބެއް ނޫނޭ ދަރިފުޅާ! ލޯބި ދީގެން ނުގަނެވޭ އެތައް އެއްޗެއް ދިރިއުޅުމުގައި ހުންނާނެ. ޒައިދާ ކައިވެނިކުރަން މަންމަ މިބުނަނީ މަންމަގެ އަމިއްލަ ފައިދާއަކަށް ނޫން! އެއީ ހަމައެކަނި ދަރިފުޅުގެ ދިރިއުޅުން އުފާވެރި ކުރެވޭތޯ ކުރުވާ ކަމެއް. ކަންކަން ކުރިމަތިވީމަ ވިސްނާނީ ސިކުނޑީގެ އެއްފަޅިއަކުން ނޫން ދަރިފުޅާ! ނިކަން ފުންކޮށް ވިސްނާލަބަލަ! ދަރިފުޅަށް ހެޔޮ ވިސްނުން އައިމަ މަންމަގެ މި ވާހަކަ ދަރިފުޅަށް ގަބޫލުކުރެވޭނެ. މިތާ މަޑުމަޑުން އިނދެގެން ފުންކޮށް ވިސްނަބަލަ!” ސިތާރާ ތެދުވި އެވެ. “މަންމަ މިދަނީ ބަދިގެ ފަރާތަށް.” ސިތާރާ ހިނގައިގެންފިއެވެ.

ކުދިވާހަކަ (26)

ކިޔާފައިވާ ޢަދަދު: 5085


އެތަނާއި މިތަނުން

ކުދިވާހަކަ (26)

ތެލާއި ފެން

ޢައްބާސް އިބްރާހީމް

ވަރަށް ދުރަށް ފެތުރިފައިވާ ނިކަގަހެއްގެ ހިޔަލުގައި، ދީންވެރި މީހަކު އިނދެގެން އޭނާގެ ދަރިވަރުންނަށް އުނގަންނައިދެމުން ގެންދިޔައެވެ. އެއްދުވަހަކު ކިޔަވައިގެންހުރި އެދުރުބޭކަލަކު މިދަރިވަރުންގެތެރެއަށް އައިސް އިށީނދެއްޖެއެވެ. އެމީހުންނަށް މީނާއަކީ ކާކުކަމެއް ނޭނގެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (8)

ކިޔާފައިވާ ޢަދަދު: 3678

ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

(04 ޑިސެމްބަރ 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ސިކުންތުކޮޅެއްގެ ތެރޭގައި ބްރައިނީ، ހިޔު ވެނަރ ގެ މުތާލިޢާ ކޮޓަރީގައި މަސައްކަތުގެ ތެރެއަށް ގެއްލިއްޖެއެވެ. ކްލައިވް އާއެކު ކޭ މެންދުރުގެ ކެއުން ވެސް ހަދާން ނެތިއްޖެއެވެ. ވޭނަރ ކިޔައިދެމުންދާ ވާހަކަ ލިޔުމަށް ބްރައިނީގެ ހިތާއި ސިކުނޑީގެ ހުރިހާ ސަމާލުކަމެއް ވަނީ ދީފައެވެ.

އަނާން (10)

ކިޔާފައިވާ ޢަދަދު: 3990
މަރްޔަމް ސަނާ، ށ. މިލަންދޫ
(3 ޑިސެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މަ ބަލާނަން މާޔާގެ ބޮލަށްއެރިގެން އުޅެނީ ކާކުތޯ؟ އެމީހެއްގެ ފުރާނަ ދުއްވާލާނަން” މާޔާ އަކީ އަމިއްލައަށް ގޮތެއް ނިންމަން އެނގޭ ކަހަލަ ބުއްދިވެރި ކުއްޖެއް ނޫންކަން އަންދު އަށް އެނގެއެވެ. ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަކަމާއެކު އޭނާގެ ވިސްނުމާ ކުޅެލެވިދާނެއެވެ. މިހާރުވެސް އޭނާ ކަންތައްތައް ކުރަމުން އެދަނީ ކޮންމެވެސް މީހަކު ބުނެދޭގޮތަށްކަން ޔަގީންވެއެވެ. އެކަމަކު ނޭނގެނީ އެކަންކުރާ މީހެކެވެ. އެއީ އާސިމާ ބުނެފައިވާ ގޮތްކަމެއް ކުޑަކޮށްވެސް އޭނާގެ ހިތަކަށްނާރައެވެ.