އަނާން (6)

ކިޔާފައިވާ ޢަދަދު: 3705
މަރްޔަމް ސަނާ، ށ. މިލަންދޫ
(5 ނޮވެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާޔާ އެންމެންނަށް ހިނިތުންވެލިއެވެ. އެތަނުގައި މުޅިންވެސް ތިބީ އޭނާއަށްވުރެ އުމުރުންދޮށީ ކުދިންނެވެ. ޒުވާނުންނެވެ. ކޮންމެ މީހަކުވެސް ހެދުންއަޅާ، ޒީނަތްތެރިވެފައިވަނީ އެންމެ ޒަމާނީގޮތަށެވެ. ނޫންނަމަ ޓީވީ އިން ފެންނަ ހޮލީވުޑްގެ ތަރިންނާ އެއްގޮތްވުމަށް މަސައްކަތް ކުރާކަހަލަ ގޮތަށެވެ.

ކަރުނަ ތިކި (13)

ކިޔާފައިވާ ޢަދަދު: 4057
ޙަސަން ނަޖުމީ
(4  ނޮވެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެތަނުގައިވެސް ވަރަށްގިނަ މަސައްކަތްތައް ހުއްޓެވެ. ބައެއް ބޯޓްތައް ވިއްކާލުމާއި އާ ބޯޓްތައް ހޯދުމާއި އަދި ބޭރުގެ އެކި ކުންފުނިތަކާ ކުރަންޖެހިފައިވާ އެގްރީމެންޓް ތަކާ މިހުރިހާކަމެއް ހިނގަމުންދާގޮތް ބެއްލެވުމަށް އެދުވަހު 5 ޖަހަންދެން އެތަނުގައި ޝާން މަސައްކަތް ކުރެއްވިއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އާދިލާވެސް ޝާމިލު ވެގެން އުޅުނެވެ.

ވަކިނުވިނަމަ… (5)

ކިޔާފައިވާ ޢަދަދު: 3548
 
މުޙައްމަދު ޤާސިމް، އއ. މަތިވެރި
(3 ނޮވެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
“ނޭނގޭ!” އިހުސާން ފުންމައިގެން ތެދުވެއްޖެއެވެ. “ނޭނގޭ! އެނގޭނަމަ ތިގޮތަކަށް ކަންތަކެއް ނުކުރާނެ! ކުރާކަށް ނުވެސް ކެރޭނެ!”
“އިހޫ! ޕްލީޒް! ރުޅިމަޑުކޮށްބަލަ! އެވާހަކަ ދައްކާނަމޭ! އަހަންނަށް ވެސް ވަގުތުކޮޅެއް ދީބަލަ!” ރަޝާޤާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އިހުސާނަށް ވިސްނައިދޭން އުޅޭ ކަހަލަ ގޮތަކަށެވެ.

ކުދިވާހަކަ (23)

ކިޔާފައިވާ ޢަދަދު: 5377

އެތަނާއި މިތަނުން

ކުދިވާހަކަ (23)

ނުބައިނިޔަތެއް ނުފޮރުވޭނެ.

 ޢައްބާސް އިބްރާހީމް

ކޮންމެވެސް ޒަމާނެއްގައި އުޅުނު މުސްކުޅި ފަގީރު އަންހެނަކު އެއް ވިލެޖުން އަނެއް ވިލެޖަށް ހިނގާފައި ދަތުރުކުރަމުން ދިޔައެވެ. އަބަދުވެސް އޭނާގެ ބޯމަތީގައި ފޮތިގަނޑަކުން އައްސާފައިވާ ބޮޑު ބަންޑެއްޔެއް އުފުލަމުންގެންދެއެވެ. އެބަންޑެލި އުފުލަން އުނދަގޫވެގެން ވަރަށް ގިނަފަހަރަށް އޭނާ ތަންތާނގައި މަޑުކޮށްލައިގެން އަރާމުކޮށްލަންވެސް އިނދެއެވެ.

ނާމާން އެދަތުރު

ކިޔާފައިވާ ޢަދަދު: 4288

ހަޤީޤީ ހާދިސާ

ނާމާން އެދަތުރު

ދަތުރުގައި ބައިވެރި ހުރިހާ އެންމެންގެ ސޫރައަށް އެޖިންނީގެ ސިފަ ބަދަލުވެގެން ދިޔަ.  އެއީ ވަރަށް ނާމާން ފަޅުރަށެއް.

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

މިއީ  ފަޅުރަށަކަށް ދަތުރު ދިޔަ ދެ ޖިންސުގެ ޒުވާނުންތަކެއް މަސްހުނިވެ ކޯޅިކޯޅިއަށް މަޖާކޮށް އުޅުމުގެތެރޭގައި ޖިންނީންގެ ސަބަބުން ކުރިމަތިވި އާދަޔާޚިލާފް ނާމާން ބިރުވެރި ހަޤީޤީ ހާދިސާ އެކެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އެއީ މިހާދިސާ ކުރިމަތިވި މީހުންގެ ރައްކަލަކަށްޓަކައެވެ.
………………………………………….

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (3)

ކިޔާފައިވާ ޢަދަދު: 3904

ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(30 އޮކްޓޯބަރ 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކްލައިވަށް އޭނާ ސިޓީއެއް ލިޔެ ޕޯސްޓްކޮށްފި އެވެ. އެ ސިޓީ ޕޯސްޓްކުރިއިރު، އޭނާގެ ހިތަށް ލިބެމުން ދަނީ އެންމެ ހިތި ވޭނީ އަސަރުތަކެވެ.  އެ ޖާޒުމިއްޔަތު ގަދަ، ރީތި ކްލައިވްގެ ހަނދާން ނައްތައިލުމަކީ އޭނާއަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ކްލައިވްގެ ދަމައިގަންނަ ގޮތް ހުންނަ ހިނިތުންވުމާއި އޭނާގެ އެ ބާރުުގަދަ ފިރިހެނީ އަތް، އަދި އޭނާގައި ހުރި ލޯބިވެރި، އޯގާވެރި ސިފަތައް ބްރައިނީގެ ހިތުގައިވަނީ ބިންވަރޫ ނެގިފައެވެ. ނަމަވެސް ފައިސާ އާއި އަމިއްލަ އެދުމަށް ޓަކައި ބްރައިނީ އޭނާ ދޫކޮށްލީ އޭނާ ދެކެ ލޯބިވާލެއް ކުޑަކަމުން ކަމުގައި ޔަގީންކުރަމުން ކްލައިވް އަށް އަލްވިދާޢޫގެ ސިޓީ އެކެކެވެ. އޭނާގެ ޚިޔާޅު ބަދަލުކުރުކުރުމުގެ ޤަޞްދެއް ނެތްކަން ހާމަކުރުމާ އެކީގައެވެ. އެންމެ ފަހުން ސިޓީ ނިންމައިލައިފައިވަނީ “ކްލައިވް އެވެ! އަހަރެން ކަލާއަށް އެދެނީ އެންމެ ހެޔޮ ނަޞީބެވެ!” މި ޖުމުލައިންނެވެ.

އަނާން (5)

ކިޔާފައިވާ ޢަދަދު: 3644
މަރްޔަމް ސަނާ، ށ. މިލަންދޫ
(29 އޮކްޓޯބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މިހާރު ހީވަނީ މުޅިން އެހެން ކުއްޖެއްހެން. . . ތިޔައީ ބާހެދުން ގަނޑެއްލައިގެން، ބޯހާވާލައިގެން މަގުމަތީގައި އުޅުނު އަނާން އެއް ނޫން. . . މިހާރު ތިޔައީ މާޔާ. . .” ހަގީގަތުގައިވެސް އެއީ ކުރީގެ އަނާން އެއް ނޫނެވެ. އޭނާ ފެންނަނީ މުޅިން އެހެން ކުއްޖެއްގެ ސިފައިގައެވެ. ލިބުނު ރީތި ސިފައާއެކު އޭނާގެ ނަންވެސް އާސިމާ ބަދަލުކޮށްލިއެވެ.
“މާޔާ. . .!” އަނާން މަޑުމަޑުން އެ ނަން ކިޔާލިއެވެ. އަދި ހިނިތުންވެލިއެވެ.

ކަރުނަ ތިކި (12)

ކިޔާފައިވާ ޢަދަދު: 3853
ހަސަން ނަޖުމީ
(28  އޮކްޓޯބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޯޝަން ބްރީޒް ރެސްޓޮރެންޓް ވަނީ ހުޅުމާލޭގެ ހުޅަނގުފަރާތުގައެވެ. އެއީ ކުރީގެ ރިސޯރޓެއްކަމުގައިވާ ފަރުކޮޅުފުށީގެ ބަޔެކެވެ. އެ ރިސޯރޓް މިހާރު ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮތް ނަމަވެސް މިރަށް އަދިވެސް ހިނގަނީ ރިސޯޓެއްގެ ގޮތުގައެވެ. މިއީ މިހާރު 7 ތަރީގެ ރިސޯޓެކެވެ. މުޅި ތަން ވިދާބަބުޅަމުން ދަނީ ރަނާއިރިހީގެ ވިދުވަރުންނެވެ. ރީތި މާ އަޅާ ގަސްތަކުން މުޅި މާހައުލު ވަނީ ބަގީޗާއެއްހެން ޒީނަތްތެރި ވެފައިވެއެވެ. މިއީ މިލިއަނަރުންނަށް ނޫންބަޔަކަށް އެކަށީގެންވާ ފެންވަރެއް ނޫނެވެ.

ވަކި ނުވިނަމަ… (4)

ކިޔާފައިވާ ޢަދަދު: 3738

މުހައްމަދު ގާސިމް، އއ. މަތިވެރި.
(27 އޮކްޓޯބަރ 2013 (އާދީއްތަ)ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
ކުދިންކޮޅު ދެޓީމަކަށް ބަހާލުމަށްފަހު، ކުޅެން ފަށައިފި އެވެ. ރަޝާޤާއާއި ރަޝްފާ ތިބީ ކުޅިބަލާ މީހުންގެ ގޮތުގައެވެ. އެހެންމީހުންނާ ތަންކޮޅެއް ދުރުގައި އެއްފަރާތެއްގައި މަޑުކޮށްލައިގެންނެވެ. އިރުކޮޅަކުން ފެނުނީ އަތިރިމަތިން ރާޅުފެނުގައި އިހުސާނު ހިނގަމުން އަންނަ ތަނެވެ. އޭނާއައީ ކޮޅު ފޭއްސާފައި އޮތް ދަނޑިގަނޑުން ލޮނުގަނޑު ކަފަމުންނެވެ. ދޮންވެލިގަނޑުގައި  “ވަކި”ދަމަމުންނެވެ.

ކުދިވާހަކަ (22)

ކިޔާފައިވާ ޢަދަދު: 5208
އެތަނާއި މިތަނުން
ކުދިވާހަކަ (22)

ރަސްގެފާނަށްވުރެ ގަސްމޮޅެވެ.

ޢައްބާސް އިބްރާހީމް

އަނބު ގަހަކަށް ގަޅިއުކަމުން ދިޔަކުއްޖެކެވެ.

އެއްފަހަރަކު އޭނާ އެއްލި ގަޅިއެއް ގަހުގައި ލައްވާނުލާ ގޮސްޖެހުނީ އަސްގާޑިޔަލެއްގައި ދަތުރު ކުރައްވަމުން ވަޑައިގެންނެވި ރަސްކަލެއްގެ އިސްތަށިފުޅުގައެވެ. ރަސްގެފާނުގެ އަރިއަހުގައި ތިބި މީހުންއަވަސް އަވަހަށް އައިސް އެކުއްޖާ ހައްޔަރުކޮށްގެން ރަސްގެފާނުގެ ދަރުބާރަށް ގެންގޮސްފިއެވެ.