ދިހަ ޑޮލަރު

ކިޔާފައިވާ ޢަދަދު: 7721
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ދިހަ ޑޮލަރު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ޑިއަރ ޖެކް ޓަރނަރ
އަހަރެމެން ދެ މީހުންނަށް ބައްދަލު ވެވުނީ މީގެ އެތައް އަހަރެއް ކުރީން ރަޙްމަތްތެރިއަކު ބޭއްވި ޕާޓީއެއްގައެވެ. އެ ޕާޓީގައި އަހަރެން އާދަޔާ ޚިލާފަށް ގިނައިން ރާ ބުއި ކަން ހަނދާން ހުންނާނެއެވެ. ބޮއިގެން ހުރުމުގެ ސަބަުން އަހަންނަށް އެނބުރި ގެއަށް ދާން ޖެހުނީ ޓެކްސީ އެއްގައެވެ. ޓެކްސީ އަށް ދޭން ޖެކް ގެ އަތުން ދިހަ ޑޮލަރު ހޯދި ހަނދާން އަހަރެންނަށް ވީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ. އަހަރެން މި ސިޓީ ލިޔަން ޖެހުނު ޙަޤީޤީ ސަބަބަކީ އެއީ އެވެ. މި ސިޓީ އާ އެކު ދިހަ ޑޮލަރު ފޮނުވީމެވެ. ދަރަންޏަށް ދިހަ ޑޮލަރު ދިން ކަމަށް ޓަކައި ޝުކުރު ދަންނަވަމެވެ.

ހުއްދަ (3)

ކިޔާފައިވާ ޢަދަދު: 7751
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ކުރުވާހަކަ

ހުއްދަ (3)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(20 ޖުލައި 2013 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ޒުބައިދާ- މިތާނގައި… މި އޮފީހުގައި ކީއްކުރަނީ…؟” ރިޒާ ސުވާލު ކޮށްލިއެވެ.
“އަހަރެން އަނެއްކާވެސް މި ރަށަށް އައީ- ގޭގެ ޙާލަތު މިހާރު ހުރި ގޮތުން ވަޒީފާއެއް އަދާ ކުރަން މަޖުބޫރުވީ- ނުކައެއް ނޫޅެވޭނެއެއްނު ދޯ-؟”
“ޒުބައިދާއާ ބައްދަލުވީތީ ވަރަށް އުފާ ވެއްޖެ- ވަގުތެއް ވެއްޖެއްޔާ ގެއަށް ޖައްސައިލާތި-“

ހުއްދަ (2)

ކިޔާފައިވާ ޢަދަދު: 7133
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ހުއްދަ (2)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(19 ޖުލައި 2013 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ރޫޕް- އަހަރެންގެ މައްޗަށް، އަހަރެންގެ ލޯބީގެ މައްޗަށް އިތުބާރު އެބަ އޮތެއްނު ދޯ-؟ އަހަރެން ލޯބި ވަނީ ހަމައެކަނި ރޫޕް ދެކެ ކަމަށް ޤަބޫލު ކުރަމެއްނު-؟ މީގެ ކުރީގެ ހުރިހައި ގުޅުމަކާއި، ރަޙްމަތްތެރިކަމެއް ރޫޕަށްޓަކައި ދޫކޮށްލި ކަމަށް ޤަބޫލު ކުރަމެއްނު-؟ ޤަބޫލު ކުރަމެއްނު ދޯ-؟”
“ރަޙްމަތްތެރިންތަ-؟ ނޫނީ ލޯބިވެރިންތަ-؟” ރޫބީ އޭނާ ގިލިގިލި ކޮށްޓަން ފެށިއެވެ.

ހުއްދަ (1)

ކިޔާފައިވާ ޢަދަދު: 7230
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ހުއްދަ (1)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އެ ދެ ކުދިންގެ މެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރިކަމެކެވެ.
ދެ ކުދިންވެސް ޒުވާނެވެ. ހަށިގަނޑު ރަނގަޅެވެ. ވިސްނުން ތޫނެވެ. ދެ ކުދިންގެ ވިސްނުން ހުންނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. ދެ ކުދިން ވާހަކަ ދައްކަން އެކީގައި އެތައް ވަގުތެއް ހޭދަ ކުރެ އެވެ. ބަހުސު ކުރެއެވެ. ފަލްސަފާ ގެ ވާހަކަ ދައްކައެވެ. އެކަކު އަނެކަކާ ދިމާ އަށް ކަލޭ މިހާރު ތިޔައީ ފަލްސަފާވެރިއެކޭ ވެސް ބުނެއެވެ. އެކަކު އަނެކެއްގެ ގައިގައި ޖަހަން ގޮށްމުށް ކަވައިގެން ފަހަތުން ދުވެ ހަދައެވެ.

ކެޕްޓަނާއި މޭޖަރު

ކިޔާފައިވާ ޢަދަދު: 5264
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (7)

ކެޕްޓަނާއި މޭޖަރު

ޢައްބާސް އިބްރާހީމް

ޒުވާން ކެޕްޓަނަކު އޭނާއަށް ހެދުނު ގޯހެއްގެ ސަބަބުން ވަޅެއްގެ ތެރެއަށް ވެއްޓުނެވެ. އޭނާގެ ދަށުގައި ތިބި ސިފައިން އަވަސް އަވަހަށް އެވަޅުގެ ތެރެއަށް ވަލެއްވައްޓާލައިގެން އޭނާ ސަލާމަތްކުރަން މަސައްކަތް ކުރިއެވެ. ކެޕްޓަން އެވަލުގައި ހިފައިގެން މައްޗަށް އަރަމުން އައިސް ވަޅުގެތުންފަތާ ހަމައަށް އާދެވުމާއެކު ހުރިހާ ސިފައިން ވަލުން އަތްދޫކޮށްލާފައި ކެޕްޓަނަށް ސެލިއުޓްދީފިއެވެ.

ގެއަށް ވަގު ވަދެއްޖެ

ކިޔާފައިވާ ޢަދަދު: 8035
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުވާހަކަ

ގެއަށް ވަގު ވަދެއްޖެ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މި ދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި މިގެއަށް ވަގެއް ނުވަދެއެވެ. ރޭގަނޑަކީ ވަގުންނަށް އެ މީހުންގެ މަސައްކަތް ކުރަން ނުލާހިކު ފަސޭހަ ވަގުތަކަށް ވާއިރުވެސް މިގެއަށް ވަންނާނެ ވަގެއް ނުވެއެވެ. ބައެއް ގޭގެއަށް ދުވާލުވެސް ވަގު ވަދެއެވެ. އެކި މީހުންނަށް ދިމާ ވާނީވެސް އެކި ގޮތްތާއެވެ.
އެތައް އަހަރަކަށްފަހު ރޭ ވެގެން ދިޔައީ ވަރަށް ތާރީޚީ ރެއެކެވެ. މިގެއަށް ވަގުވަދެއްޖެއެވެ.

މަންމަ

ކިޔާފައިވާ ޢަދަދު: 7818
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

މަންމަ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

“ބޭބޭ- މިހާރު ތިޔަ ނިންމީ ކިހިނެއް ހަދަން-؟” ރަފީޤު އޭނާގެ ބޭބެ ޝަރީފާ ދިމާ އަށް ބަލައިލާފައި މަޑު މައިތިރި ރާގަކަށް އަހައިލިއެވެ.
“ކޮން ކަމެއް-؟” ޝަރީފް ފަނި ހުސް ކުރި ތަށި ޒުބައިދާގެ އަތަށް ދެމުން އަހައިލިއެވެ.
“މަންމަގެ ކަންތައް-” ރަފީޤު ބުނެލިއެވެ.

ކެހިވެރި ލޯބި

ކިޔާފައިވާ ޢަދަދު: 7832
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ކެހިވެރި ލޯބި

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

“ތިޔައީ އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބިވެރިޔާ. އަހަރެން މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން.” އޭނާ ފުރިހަމަ އިތުބާރާއެކު ބުނެލިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ކާރާ ދިމާއަށް ހިނގައިގަތީވެސް އެހާމެ ފުރިހަމަ އިތުބާރަކާ އެކުގައެވެ. ހިނގައިގަންނަމުން އޭނާ ބުންޏެވެ. “އަވަހަށް ހިނގާ… މިހާރު މާބޮޑަށް ލަސްވެއްޖެ.”
އޭނާ ކާރުގެ ކުރީ ގޮނޑީގައި އިށީނދެއްޖެއެވެ.

އިނާމު

ކިޔާފައިވާ ޢަދަދު: 8683
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

އިނާމު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ނޫހުގެ ފަރާތުން އަހަންނާ ބައްދަލު ކުރަން އައީ ޒުވާން ރިޕޯޓަރެކެވެ. އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. މޫނުމަތިން ފެންނާން ހުރީ ޖެހިލުން ކުޑަ ކަމާއި، އުފާވެރިކަމުގެ އަސަރެވެ.
އަހަންނާ ބައްދަލު ކުރުމަކީ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. ނޫސްވެރިޔަކަށް ވިޔަސް، ޢާއްމު މަގުހިނގާ މީހަކަށް ވިޔަސް، ނުވަތަ ސަރުކާރުގެ ބޮޑަކަށް ވިޔަސް، އަހަންނާ ބައްދަލު ކުރަން ޖެހެނީ އެތައް ދުވަހެއް ކުރިން ވާހަކަ ދައްކައިގެން ވަގުތު ހޯދައިގެންނެވެ.

ރިތިކް ރޯޝަން

ކިޔާފައިވާ ޢަދަދު: 7705
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމް އިބްރާހީމް
މަންމަ ގެ ރުޅި މިހާރު ހުރީ އިންތިހާ އަށް އަރައިފައެވެ. އެހެންވީމާ އެންމެ ރަނގަޅު ވާނީ އަނގައިން ނުބުނެ ހުރުމެވެ.
“ކަލޭމެންނަކަށް ފިލްމު ބެލުން ނޫން ކަމެއް ކުރެވޭ ކަމަކަށް ނުވޭ- ކޮންމެވެސް ހީނާއެއް ނޫނީ އެހެން ކޮންމެވެސް އެއްޗެއް ނުބަލައެއް ލޮލަކަށް ނިންޖެއް އަންނަ ކަމަކަށް ނުވޭ-” މަންމަ އެއްޗެތި ގޮވަމުން ދިޔަ އެވެ.