ކުދިވާހަކަ (13)

ކިޔާފައިވާ ޢަދަދު: 6143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުދިވާހަކަ (13)

އަޅުގަނޑުމެންގެ މަގުގައި ދިމާވާ ހުރަސްތައް

ޢައްބާސް އިބްރާހީމް

ވަރަށް ކުރީ ޒަމާނެއްގައި އުޅުއްވި ރަސްކަލަކު އޭނާ އުޅުއްވި ރަށުގެ މައިމަގުމަތީގައި ވަރަށްބޮޑު ހިލައެއް ބޭއްވެވިއެވެ. އެމަގުން  ހިނގާ އުޅޭ މީހުންނަށް ދަތިވާގޮތަށެވެ. އެހިލަ އެތާނގައި ބާއްވަވައިފައި، އެހިލައެތަނުން ދުރަށްލާން އެއްވެސް މީހަކު މަސައްކަތް ކުރޭތޯ ބައްލަވަން ރަސްގެފާނު ހުންނެވިއެވެ. އެހެން މީހުންނަށް ނުފެންނަ ތަނަކަށް ވެދެވަޑައިގެން ފިއްލަވައެވެ.

ކަރުނަ ތިކި (3)

ކިޔާފައިވާ ޢަދަދު: 4210
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ

(13  އޯގަސްޓް 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އާދިލާގެ ޚިޔާލުތަކުގެ ސިލްސިލާ ނިންމާލުމަށް ފަހު މޭޒުދޮށުގައި އިންނެވި އޭނާގެ ވެރިމީހާއަށް ބަލައިލިއެވެ.
“އަހަރެންގެ ޑައިރީގައި ލިޔެފައި މިވަނީ ކަލޭތަ؟” ޝާން ޑައިރީއަށް އިޝާރަތް ކުރައްވާފައި ވިދާޅުވިއެވެ.” މިއީ އަހަރެން ނުދެކޭ އާ ލިޔުމެއް.”
“އާދެ! ތައުފީގުބެ ބުނުއްވައިގެން އަޅުގަނޑު އިއްޔެ އައިން. ތިޔަ ބޭފުޅާގެ ސިޓީތައް އަޅުގަނޑު ބަހާފައި ތިޔަ ވަނީ ތިން ބަޔަކަށް. އޭގެ ތެރޭން ރަސްމީ ސިޓީތަކާއި މެއިލް ފަދަތަކެތި ހުންނާނީ ވަކިކޮށްފައި. އަދި އަމިއްލަފުޅު ސިޓީތައްވެސް ހުންނާނީ ވަކި ބައެއްގައި. ތިޔަ ސިޓީތައް އައިސްފައިވަނީ ރޭގައި ވަރަށް ދަންވި ފަހުން.”

ސަރާ (50)

ކިޔާފައިވާ ޢަދަދު: 6271
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(25 އޮގަސްޓް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ސަރާ…ހާދަވަރަކަށް ތިވިސްނަނީ….މާބޮޑަށް ފިކުރުނުކުރޭ. އަހަރެން ދެން ދުވަހަކުވެސް ސަރާގެ އަތުން ދުލެއް ނުކުރާނަން. ސަރާ ބުނޭ ސަރާގެ މަންމަ ގާތު އަހަންނަށް މަޢާފްކުރާށޭ. އަހަންނަށް އުނދަގޫ މަންމައާ ކުރިމަތިލާން.” ޢިމްރާން ނަޖްމާގެ މޫނަށް ބަލައިލުމަށްފަހު ސަރާގެ އަތުން ދޫކޮށްލައިފިއެވެ.

ކުދިވާހަކަ (12)

ކިޔާފައިވާ ޢަދަދު: 5796
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (12)

ތެދާއި ދޮގު

ޢައްބާސް އިބްރާހީމް

އެއްފަހަރަކު މީހެއްގެ ހިޔަނި ހީނލާފައި އެމީހާއާ މުޚާޠަބު ކުރިއެވެ. “ނިކަން ދެކެބަލަ. އަހަރެން އެތައްފަހަރަކު ކަލެއަށްވުރެ މާބޮޑުވަމެއްނު. ކަލޭ ތިޔަހުންނަނީ ހަމަ އެހުންނަ ވަރަކަށްނު.”

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (19)

ކިޔާފައިވާ ޢަދަދު: 5075
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(19 އޮގަސްޓް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭގެ އަނެއްދުވަހު ބީބަރަސް އާއި މޭރިއޭން ކާން ތިއްބައި މަމްލޫކުންގެ އަސްވާރުންކޮޅަކާއި އެކު ކުފާސް، އެ ގެއަށް އައެވެ. ކުފާސްގެ މުޅިމޫނު ހުރީ ޒަޚަމްވެފައެވެ. ލޭތައް ފައިބައި އެކި ހިސާބުގައި ލޭ ގަނޑުވެފައި ހުއްޓެވެ. އޭގެ އިތުރުންވެސް ޒަޚަމްތަކެއްގެ ނިޝާން އޭނާގެ ހަށިގަނޑުން ފެންނަން ހުއްޓެވެ.

ސަރާ (49)

ކިޔާފައިވާ ޢަދަދު: 5367
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު، މަރަދޫ

(18 އޮގަސްޓް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޖެހިގެން އައި ދުވަހު ސަރާ އޭނާގެ ބައްޕަ ގާތު އެވާހަކަ ބުނެފިއެވެ. ވަޖްދީ ވަގުތުން ރަސްމީ ސިފައިގައި ސަރާ އޭނާގެ ދަރިޔަކަށް ހެދުމަށް މަސައްކަތް ފެށިއެވެ.

“ބައްޕަ ބުނީ މަންމަ ނުބުންޏަސް އެކަން ކުރަން ހަމަޖައްސާފައިވާ ކަމަށް.” ސަރާ އޭނާގެ މަންމަ ގާތު ބުންޏެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (18)

ކިޔާފައިވާ ޢަދަދު: 4985
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(8 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މިހާރު އޭނާއަކީ ޞަލީބީ ހަނގުރާމަ ވެރިއެކެވެ. އެހެދުމުގައި އެކަހަލަ ދިގު ކަނޑިއެއް ހިފައިގެން ހުރި ސިފައިންގެ މީހެކެވެ. އިސްލާމީ ކަނޑީގެ ބޭނުން މިވަގުތަކު އޭނާ އަކަށް ނެތެވެ. އެކަމަކު އެކަނޑި ދޫކޮށްލަން ނުރުހެވުނީ އެވެ. މީހަކު ސުވާލުކޮށްލިއްޔާ ދެނޯއެވެ. —- މިއީ ޣަނީމައިން ލިބުނު އެއްޗެކޭ ބުނާނީއޭ ވިސްނިއެވެ.

ސަރާ (48)

ކިޔާފައިވާ ޢަދަދު: 5302
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(7 ޖުލައި 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މަންމަ މިހެން ބުންޏަސް ސަރާއަށް ފެންނަ ގޮތެއް ޚިޔާރު ކުރުމުގެ މިނިވަންކަން އޮންނާނެ. ނަޖްމާ އަވަހަށް ހިނގާ ކާން. ނަޖްމާ ހިއެއްނުވޭ ސަރާގެ މަންމަ ހެނެއްވެސް.” ޒާހިދާ ބުންޏެވެ.
“އެއީ!؟” ނަޖްމާ ކުޑަކޮށް ޙައިރާންވިއެވެ.
“ޒުވާންކަމުން. ހީވަނީ ސަރާގެ ދައްތަހެން. އަހަންނަކަށް ނުފެނޭ ނަޖްމާވެސް ޒުވާންކަން އެކަނިވެރިކަންމަތީ ނަގާލާކަށްވެސް…..” ނަޖްމާއާއެކު ކާގެއާ ދިމާއަށް ހިނގައިގަންނަމުން ޒާހިދާ ބުންޏެވެ.

ރަނގަޅު ފިރިއަކަށްވުން

ކިޔާފައިވާ ޢަދަދު: 2561
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (10)

ރަނގަޅު ފިރިއަކަށްވުން

ޢައްބާސް އިބްރާހީމް

އެއްދުވަހަކު ބުއްދާގެ އަރިހަށް އައިމީހަކު އޭނާގެ އަނބިމީހާއާ ބެހޭގޮތުން ޝަކުވާތަކެއް ކުރަމުން ދިޔައެވެ. އަނބިމީހާ އޭނާއާމެދު ކަންތައްތައް ބަހައްޓާ ގޮތާއި، އަދި އެހެން ކަންތައްތަކުގައިވެސް އަނބިމީހާގެ ޢަމަލުތައް ހުންނަ ގޮތުން އެމީހުންގެ ދިރިއުޅުމުގައި ދިމާވާ ދަތިތަކުގެ ވާހަކަތައް ބުއްދާއަށް ދަންނަވަމުން ދިޔައެވެ.

ކަރުނަ ތިކި (2)

ކިޔާފައިވާ ޢަދަދު: 4133
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(10 އޮގަސްޓް 2013 (ހޮނިހިރު ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އާދިލާ ހިތްވަރު ކޮށްލާފައި ގޮސް އެމީހުންގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.
 
“ހުދު ފިނިފެންމަލަކީ އަޅުގަނޑަށްވެސް އެންމެ ރީތި މާ!”
 
ހުރިހާ އެންމެންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. އެމީހުން އޭނާގެ ވަޔާ ވިހުރުވެމުންދާ ފަން އިސްތަށި ގަނޑުން ފެށިގެން އޭނާ އަރައިގެން ހުރި ފުންނާބު ތިރި ފައިވާނާ ހަމަޔަށް ބަލައި ތަހުގީގު ކޮށްލިއެވެ.