ވަޢުދަށް ތެދުވެރިވުން

ކިޔާފައިވާ ޢަދަދު: 5170
ޢަބްދުﷲ ޞާދިޤު
މުޣަލް އެމްޕަޔަރުގެ ރަސްކަލެއް ކަމުގައިވާ އަކުބަރުގެ ރަސްކަމުގެ ދުވަސްވަރު ރާޖުޕޫތު ސަރުދާރަކު ސަރުކާރާ ދެކޮޅުވެރިވެއްޖެއެވެ. އޭނާ ރައްޓެހިންކޮޅަކާއެކު ޖަންގައްޔަށްވަދެ ފިލައި ރައްކާވެއްޖެއެވެ. ރަސްގެފާނު އޭނާ ހިފައި ހައްޔަރުކުރައްވަން އުޅުއްވަ އުޅުއްވާވެސް އޭނާ އަތުލެއްވޭ ގޮތެއް ނުވިއެވެ. ރަސްގެފާނު ވަރަށްބޮޑަށް މަސައްކަތް ކުރައްވާވެސް ވެވަޑައިގަތީ ނާކާމިޔާބެވެ. ދެން ރަސްގެފާނު އިޢުލާނު ކުރެއްވިއެވެ. އެ ބާޣީ ސަރުދާރު ހައްޔަރުކޮށްގެން ގެނެސްދިން ކޮންމެ މީހަކަށް ހިތްފުރެންދެން އިނާމުދެއްވާނަމެވެ.

ފަހަރަކު ހަރުފަތަކަށް އަރާށެވެ.

ކިޔާފައިވާ ޢަދަދު: 5434

އެތަނާއި މިތަނުން

ކުދިވާހަކަ (14)

ފަހަރަކު ހަރުފަތަކަށް އަރާށެވެ!.


ޢައްބާސް އިބްރާހީމް

އަޅުކަމުގެ ދަތުރެއްގައި ފަރުބަދައަކަށް އަރަން ދިޔަ މީހެކެވެ. އޭނާގެ ދަތުރުގައި ފަރުބަދައިގެ ކައިރީގައިވާ ރަށަކަށް އާދެވުނީ އެއް ދުވަހެއްގެ އިރުއޮއްސުނުތަނާއެވެ. އޭނާއާ ދިމާވި ބުއްދިވެރި ޢުމުރުން ދުވަސްވެފައިހުރި މީހަކު، އޭނާގެ ދަތުރު ހުއްޓައިނުލައި ކުރިޔަށް ގެންދިޔުމަށް އެހީވެދިނުމުގެ ގޮތުން އޭނާއަށް ބައްތިއެއް ދީފިއެވެ.

ދަތުރުކުރަމުން ދިޔަ މީހާ އޭނާއަށް ޝުކުރުއަދާކުރުމަށްފަހު ބުނެލިއެވެ. “މި ބައްތީގެ އަލި ފޯރަނީ ހަމައެންމެ ދެތިން ހަރުފަތާ ހަމައަށެވެ. މިއަށްވުރެ އަލިގަދަ ބައްތިއެއް ލިބިދާނެތޯއެވެ؟’

ކަރުނަ ތިކި (4)

ކިޔާފައިވާ ޢަދަދު: 4127
ޙަސަން ނަޖުމީ
(2   ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
“ނޫހަށް އަރާފާނެތީ ތިބޭފުޅާގެ ސެކެޓްރީ ހާދަ ބިރެއްގަނޭތާ.  އަވަހަށް ކަނޑުގެ ތާޒާވައި ލިބޭ ހިސާބަކަށް އޭނާ ގޮވައިގެން ވަޑައިންނަވަންވީނޫންތޯ؟”
   
މިހާ ހިސާބުން އާދިލާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ އެތަނުން ދުރަށް ގޮސް މޫދު ފެންނަ ހިސާބުގައި ހުރި ގަހަކަށް ލެނގިލައިފިއެވެ. އޭނާއަށް މި ހަދާލެވުނު ގޮތުން އަފީފަށް މި ދެވުނީ އިތުރު ފުރުސަތެކޭ އޭނާގެ ހިތަށް އެރީ މާފަހުންނެވެ. އޭނާ އެނބުރި ބަލާލިއިރު މިހުރެވުނީ އަކީ އަދި އެކަންޏެއްވެސް ނޫންކަން އެނގުނެވެ. އޭރު އޭނާގައި ޖެހޭ ހިސާބުކާރީގައި ޝާން ހުންނެވިއެވެ.
 

ކުދިވާހަކަ (13)

ކިޔާފައިވާ ޢަދަދު: 6294

ކުދިވާހަކަ (13)

އަޅުގަނޑުމެންގެ މަގުގައި ދިމާވާ ހުރަސްތައް

ޢައްބާސް އިބްރާހީމް

ވަރަށް ކުރީ ޒަމާނެއްގައި އުޅުއްވި ރަސްކަލަކު އޭނާ އުޅުއްވި ރަށުގެ މައިމަގުމަތީގައި ވަރަށްބޮޑު ހިލައެއް ބޭއްވެވިއެވެ. އެމަގުން  ހިނގާ އުޅޭ މީހުންނަށް ދަތިވާގޮތަށެވެ. އެހިލަ އެތާނގައި ބާއްވަވައިފައި، އެހިލައެތަނުން ދުރަށްލާން އެއްވެސް މީހަކު މަސައްކަތް ކުރޭތޯ ބައްލަވަން ރަސްގެފާނު ހުންނެވިއެވެ. އެހެން މީހުންނަށް ނުފެންނަ ތަނަކަށް ވެދެވަޑައިގެން ފިއްލަވައެވެ.

ކަރުނަ ތިކި (3)

ކިޔާފައިވާ ޢަދަދު: 4314
ޙަސަން ނަޖުމީ

(13  އޯގަސްޓް 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އާދިލާގެ ޚިޔާލުތަކުގެ ސިލްސިލާ ނިންމާލުމަށް ފަހު މޭޒުދޮށުގައި އިންނެވި އޭނާގެ ވެރިމީހާއަށް ބަލައިލިއެވެ.
“އަހަރެންގެ ޑައިރީގައި ލިޔެފައި މިވަނީ ކަލޭތަ؟” ޝާން ޑައިރީއަށް އިޝާރަތް ކުރައްވާފައި ވިދާޅުވިއެވެ.” މިއީ އަހަރެން ނުދެކޭ އާ ލިޔުމެއް.”
“އާދެ! ތައުފީގުބެ ބުނުއްވައިގެން އަޅުގަނޑު އިއްޔެ އައިން. ތިޔަ ބޭފުޅާގެ ސިޓީތައް އަޅުގަނޑު ބަހާފައި ތިޔަ ވަނީ ތިން ބަޔަކަށް. އޭގެ ތެރޭން ރަސްމީ ސިޓީތަކާއި މެއިލް ފަދަތަކެތި ހުންނާނީ ވަކިކޮށްފައި. އަދި އަމިއްލަފުޅު ސިޓީތައްވެސް ހުންނާނީ ވަކި ބައެއްގައި. ތިޔަ ސިޓީތައް އައިސްފައިވަނީ ރޭގައި ވަރަށް ދަންވި ފަހުން.”

ސަރާ (50)

ކިޔާފައިވާ ޢަދަދު: 6461
މޫސާ ޞާޢިދު، މަރަދޫ
(25 އޮގަސްޓް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ސަރާ…ހާދަވަރަކަށް ތިވިސްނަނީ….މާބޮޑަށް ފިކުރުނުކުރޭ. އަހަރެން ދެން ދުވަހަކުވެސް ސަރާގެ އަތުން ދުލެއް ނުކުރާނަން. ސަރާ ބުނޭ ސަރާގެ މަންމަ ގާތު އަހަންނަށް މަޢާފްކުރާށޭ. އަހަންނަށް އުނދަގޫ މަންމައާ ކުރިމަތިލާން.” ޢިމްރާން ނަޖްމާގެ މޫނަށް ބަލައިލުމަށްފަހު ސަރާގެ އަތުން ދޫކޮށްލައިފިއެވެ.

ކުދިވާހަކަ (12)

ކިޔާފައިވާ ޢަދަދު: 5892

އެތަނާއި މިތަނުން

ކުދިވާހަކަ (12)

ތެދާއި ދޮގު

ޢައްބާސް އިބްރާހީމް

އެއްފަހަރަކު މީހެއްގެ ހިޔަނި ހީނލާފައި އެމީހާއާ މުޚާޠަބު ކުރިއެވެ. “ނިކަން ދެކެބަލަ. އަހަރެން އެތައްފަހަރަކު ކަލެއަށްވުރެ މާބޮޑުވަމެއްނު. ކަލޭ ތިޔަހުންނަނީ ހަމަ އެހުންނަ ވަރަކަށްނު.”

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (19)

ކިޔާފައިވާ ޢަދަދު: 5231

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(19 އޮގަސްޓް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭގެ އަނެއްދުވަހު ބީބަރަސް އާއި މޭރިއޭން ކާން ތިއްބައި މަމްލޫކުންގެ އަސްވާރުންކޮޅަކާއި އެކު ކުފާސް، އެ ގެއަށް އައެވެ. ކުފާސްގެ މުޅިމޫނު ހުރީ ޒަޚަމްވެފައެވެ. ލޭތައް ފައިބައި އެކި ހިސާބުގައި ލޭ ގަނޑުވެފައި ހުއްޓެވެ. އޭގެ އިތުރުންވެސް ޒަޚަމްތަކެއްގެ ނިޝާން އޭނާގެ ހަށިގަނޑުން ފެންނަން ހުއްޓެވެ.

ސަރާ (49)

ކިޔާފައިވާ ޢަދަދު: 5463

މޫސާ ޞާޢިދު، މަރަދޫ

(18 އޮގަސްޓް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޖެހިގެން އައި ދުވަހު ސަރާ އޭނާގެ ބައްޕަ ގާތު އެވާހަކަ ބުނެފިއެވެ. ވަޖްދީ ވަގުތުން ރަސްމީ ސިފައިގައި ސަރާ އޭނާގެ ދަރިޔަކަށް ހެދުމަށް މަސައްކަތް ފެށިއެވެ.

“ބައްޕަ ބުނީ މަންމަ ނުބުންޏަސް އެކަން ކުރަން ހަމަޖައްސާފައިވާ ކަމަށް.” ސަރާ އޭނާގެ މަންމަ ގާތު ބުންޏެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (18)

ކިޔާފައިވާ ޢަދަދު: 5120

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(8 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މިހާރު އޭނާއަކީ ޞަލީބީ ހަނގުރާމަ ވެރިއެކެވެ. އެހެދުމުގައި އެކަހަލަ ދިގު ކަނޑިއެއް ހިފައިގެން ހުރި ސިފައިންގެ މީހެކެވެ. އިސްލާމީ ކަނޑީގެ ބޭނުން މިވަގުތަކު އޭނާ އަކަށް ނެތެވެ. އެކަމަކު އެކަނޑި ދޫކޮށްލަން ނުރުހެވުނީ އެވެ. މީހަކު ސުވާލުކޮށްލިއްޔާ ދެނޯއެވެ. —- މިއީ ޣަނީމައިން ލިބުނު އެއްޗެކޭ ބުނާނީއޭ ވިސްނިއެވެ.