ގެއަށް ވަގު ވަދެއްޖެ

ކިޔާފައިވާ ޢަދަދު: 8101
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުވާހަކަ

ގެއަށް ވަގު ވަދެއްޖެ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މި ދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި މިގެއަށް ވަގެއް ނުވަދެއެވެ. ރޭގަނޑަކީ ވަގުންނަށް އެ މީހުންގެ މަސައްކަތް ކުރަން ނުލާހިކު ފަސޭހަ ވަގުތަކަށް ވާއިރުވެސް މިގެއަށް ވަންނާނެ ވަގެއް ނުވެއެވެ. ބައެއް ގޭގެއަށް ދުވާލުވެސް ވަގު ވަދެއެވެ. އެކި މީހުންނަށް ދިމާ ވާނީވެސް އެކި ގޮތްތާއެވެ.
އެތައް އަހަރަކަށްފަހު ރޭ ވެގެން ދިޔައީ ވަރަށް ތާރީޚީ ރެއެކެވެ. މިގެއަށް ވަގުވަދެއްޖެއެވެ.

މަންމަ

ކިޔާފައިވާ ޢަދަދު: 7886
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

މަންމަ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

“ބޭބޭ- މިހާރު ތިޔަ ނިންމީ ކިހިނެއް ހަދަން-؟” ރަފީޤު އޭނާގެ ބޭބެ ޝަރީފާ ދިމާ އަށް ބަލައިލާފައި މަޑު މައިތިރި ރާގަކަށް އަހައިލިއެވެ.
“ކޮން ކަމެއް-؟” ޝަރީފް ފަނި ހުސް ކުރި ތަށި ޒުބައިދާގެ އަތަށް ދެމުން އަހައިލިއެވެ.
“މަންމަގެ ކަންތައް-” ރަފީޤު ބުނެލިއެވެ.

ކެހިވެރި ލޯބި

ކިޔާފައިވާ ޢަދަދު: 7913
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ކެހިވެރި ލޯބި

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

“ތިޔައީ އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބިވެރިޔާ. އަހަރެން މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން.” އޭނާ ފުރިހަމަ އިތުބާރާއެކު ބުނެލިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ކާރާ ދިމާއަށް ހިނގައިގަތީވެސް އެހާމެ ފުރިހަމަ އިތުބާރަކާ އެކުގައެވެ. ހިނގައިގަންނަމުން އޭނާ ބުންޏެވެ. “އަވަހަށް ހިނގާ… މިހާރު މާބޮޑަށް ލަސްވެއްޖެ.”
އޭނާ ކާރުގެ ކުރީ ގޮނޑީގައި އިށީނދެއްޖެއެވެ.

އިނާމު

ކިޔާފައިވާ ޢަދަދު: 8784
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

އިނާމު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ނޫހުގެ ފަރާތުން އަހަންނާ ބައްދަލު ކުރަން އައީ ޒުވާން ރިޕޯޓަރެކެވެ. އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. މޫނުމަތިން ފެންނާން ހުރީ ޖެހިލުން ކުޑަ ކަމާއި، އުފާވެރިކަމުގެ އަސަރެވެ.
އަހަންނާ ބައްދަލު ކުރުމަކީ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. ނޫސްވެރިޔަކަށް ވިޔަސް، ޢާއްމު މަގުހިނގާ މީހަކަށް ވިޔަސް، ނުވަތަ ސަރުކާރުގެ ބޮޑަކަށް ވިޔަސް، އަހަންނާ ބައްދަލު ކުރަން ޖެހެނީ އެތައް ދުވަހެއް ކުރިން ވާހަކަ ދައްކައިގެން ވަގުތު ހޯދައިގެންނެވެ.

ރިތިކް ރޯޝަން

ކިޔާފައިވާ ޢަދަދު: 7753
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމް އިބްރާހީމް
މަންމަ ގެ ރުޅި މިހާރު ހުރީ އިންތިހާ އަށް އަރައިފައެވެ. އެހެންވީމާ އެންމެ ރަނގަޅު ވާނީ އަނގައިން ނުބުނެ ހުރުމެވެ.
“ކަލޭމެންނަކަށް ފިލްމު ބެލުން ނޫން ކަމެއް ކުރެވޭ ކަމަކަށް ނުވޭ- ކޮންމެވެސް ހީނާއެއް ނޫނީ އެހެން ކޮންމެވެސް އެއްޗެއް ނުބަލައެއް ލޮލަކަށް ނިންޖެއް އަންނަ ކަމަކަށް ނުވޭ-” މަންމަ އެއްޗެތި ގޮވަމުން ދިޔަ އެވެ.

ތަޅުދަނޑިއަކީ ބިރުގަތުމެވެ.

ކިޔާފައިވާ ޢަދަދު: 3362
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (6)

ތަޅުދަނޑިއަކީ ބިރުގަތުމެވެ.

ޢައްބާސް އިބްރާހީމް

ރަސްކަލަކު މާބޮޑަށް ފަލަފުޅު ވާތީ، ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފި އެވެ. ޑަކްޓަރުން ދަންނަވަނީ ފަރީއްކުޅުއްވުން މަދުކުރެއްވުމަށެވެ. ނަމަވެސް މިއީ ރަސްގެފާނު ގަބޫލުފުޅުކުރައްވާ ކަމެއްނޫނެވެ. އެންމެ ފަހުން މި ވާހަކައާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވައިގެން، އެ މަނިކުފާނުގެ ފަލަފުޅުވުމުގެ އާލާސްކަންފުޅު ފަސޭހަވާނޭ ބޭސްކޮޅެއް ދިން މީހަކަށް ވަރަށް ބޮޑު އިނާމެއް ދެއްވަން ނިންމަވައި އެކަން އިޢުލާނު ކުރައްވައިފިއެވެ.

ވަފާތެރިޔާ

ކިޔާފައިވާ ޢަދަދު: 8236
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ވަފާތެރިޔާ

ޢަބްދުﷲ ނަޢީމު އިބްރާހީމް

ދެ މީހުންވެސް މަސައްކަތް ކުރަމުން ދިޔައީ ސާހިބުމީހާ ރުއްސާށެވެ. އެ ކަމުގައި އެކަކު އަނެކަކަށްވުރެ ކުރިއަށް އަރަން މަސައްކަތް ކުރަނީއެވެ. ބައިވެރީންގެ ވަފާތެރިކަމުގެ ސަބަބުން ސާހިބުމީހާ ހުރީ ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައެވެ. އެ ކަހަލަ ވަފާތެރި ބައިވެރީން ތިބުމަކީ ކިހައި ބޮޑު ފައިދާއެއް ކުރާ ކަމެއްކަން ސާހިބުމީހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ގަނޑުފެން

ކިޔާފައިވާ ޢަދަދު: 7696
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރު ވާހަކަ

ގަނޑުފެން

ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން މާލެއަށް މި އައީ ބަރާބަރު އަށް އަހަރު ފަހުންނެވެ. އެހާ ގިނަ ދުވަސް ވެފައި އާދެވުމުން ޝަމްސިއްޔާގެ ޚަބަރު ބަލައިލާނަމޭ ހިތާ އެގޭ ދޮށަށް ހިނގައްޖައީމެވެ. ޝަމްސިއްޔާ އަދި އޮފީހުން ނާންނާނެއޭ ހިތަށް އެރީ ދޮރުގެ ރަނގަބީލު ޖެހިފަހުންނެވެ.
މިހާރު ގޭގައި އުޅޭނީ ކާކު  ހެއްޔެވެ. މުނާ ހެއްޔެވެ؟ މަރިޔަމް ހެއްޔެވެ؟

ބައު ލިބާސް

ކިޔާފައިވާ ޢަދަދު: 7539
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
“ނުކެރޭނެ- އަޅުގަނޑު ލަދުގަނޭ-“
“އައްދޭ- ކޮން ލަދެއް- ކަލޭ ދުވަހަކުވެސް ލިބާސް ނުބާލަނީތަ-؟”
ނޫން- ސަމީރާ ލަދުން މޫނުގައި އަތްއެޅިއެވެ.
“ލިބާސް ބާލާނީތަ-؟ ނޫނީ ޒުހުރާ ދައްތައަށް ގޮވަންވީތަ-؟” ޝަބާނާ ހަޅޭއްލަވައިގަތެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (17)

ކިޔާފައިވާ ޢަދަދު: 5228
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(1 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެއިރު ފަރުބަދައިގެ އެކި ހިސާބުގައި މަމްލޫކުންގެ ތީރުވެރިންނާއި ސާޅަނގައިގެ ހުނަރުވެރިން ތައްޔާރަށް ތިއްބެވެ. ތާތާރީންގެ ލަޝްކަރު އަތްފޯރާފަށަށް އައުމާއި އެކު އެއްފަހަރާ ދިން ހަމަލާގެ ނަތީޖާ އަކަށްވީ ތާތާރީން ބަލިވުމެވެ. އެތަކެއްހާސް ހަނގުރާމަވެރިން އެއްފަހަރާހެން މަރުވެގެން ވެއްޓުނެވެ. މަމްލޫކުންގެ ތީރުވެރިން ކެނޑިނޭޅި ތީރުގެ ހަމަލާ ފޮނުވަމުން ގެންދިޔައެވެ.