ސަރާ (47)

ކިޔާފައިވާ ޢަދަދު: 5124
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(30 ޖޫން 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ތިންމަހެއް ނޫން…އެގާރަމަސް… ޢިމްރާން އަހަރެން ބަނޑު ބޮޑު.” ސަރާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ބާރުބާރަށް ރޮވެން ފަށައިފިއެވެ.

“ކެތްތެރިވޭ އެގާރަމަސް ފަހުންވެސް އަހަރެން ސަރާ އަހަރެންގެ ޙަޔާތަށް ގެންނާނަން. ސަރާއަށް އެނގޭތަ ޝިފްޒާ އާދޭސް ކުރާއިރުވެސް އަހަރެން ކުއްޖަކު ނުހޯދަނީ ސަރާޔާ ދޭތެރޭ ވިސްނާތީ.” ޢިމްރާން ބުންޏެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (16)

ކިޔާފައިވާ ޢަދަދު: 4840
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(24 ޖޫން 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
—– އަނެއްކާ މިއީ އަހަރެންގެ ފަހު ވަގުތު ޖެހުނީބާވައެވެ؟ މިފަދަ އެތަކެއް ވިސްނުންތަކެއްގައި ގޮސް ބީބަރަސް އޭނާގެ ފޭލިގެއަށް ވަނެވެ. ވަނުމާއި އެކު އޭނާއަށް ފެނުނީ ކުފާސެވެ. އޭނާ އޮތީ ދަތުރުގެ އުނދަގޫތަކާ ވަރުބަލީގެ ސަބަބުން ނިދިފައެވެ.

ސަރާ (46)

ކިޔާފައިވާ ޢަދަދު: 5482
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(23 ޖޫން 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޢިމްރާންގެ އަންބެއްގެ ގޮތުގައި ޢިމްރާންމެންގެ ގެއަށް އާދެވުނީއްސުރެން ޝިފްޒާ ވިސްނަމުން އެދަނީ ޢިމްރާންމެންގެ މުދަލުން އޭނާއަށް ބައިއެޅޭނޭ ގޮތަކާމެދުގައެވެ. އެޢާއިލާގެ އުޞޫލު އޮންނަ ގޮތުން އެކުންފުނީގެ ޙިއްޞާ އެއްވެސް މީހެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭނީ އެދެމަފިރިއެއްގެ ދަރިޔަކު އޮތްނަމައެވެ. އެހެންވެ ޝިފްޒާ ބޭނުންވަނީ އަވަހަށް ކުއްޖަކު ހޯދާށެވެ. މިހާރު އޭނާ ތަކުރާރުކޮށް އެތައްފަހަރަކު ޢިމްރާން ގާތު އެވާހަކަ ބުނެވެސްފިއެވެ.

ހިމޭން ޝަކުވާ (4)

ކިޔާފައިވާ ޢަދަދު: 5455
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
(28 ޖޫން 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކުއްލިއަކަށް އަޅުގަނޑަށް މިވީ ކީއްބާވައެވެ……؟  އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ….. ކަމެއްކުރަން އުޅުނަސް ބިރުގަންނަގޮތް ވެއެވެ.  އޮފީހުގައި އިންނަހިތެއްވެސް، އަދި އޮފީހުން ބޭރަށްދާހިތެއްވެސް ނުވެއެވެ.  އަދި އެންމެ ފަހުން ބަނޑުހައިވުންވެސް  އަޅުގަނޑާއި ވަކިވާން ފަށައިފިއެވެ. 

ހިމޭން ޝަކުވާ (3)

ކިޔާފައިވާ ޢަދަދު: 5718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
(26 ޖޫން 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިހާ ދުވަސް ވީއިރު ވެސް އެ މައްސަލަ ނުބެލި އޮތީ ކީއްވެހެއްޔެވެ.  އަޅުގަނޑުމެންގެ އޮފީހަކީ އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ވަރަށް އަވަހަށް ބަލައި އެ މައްސަލަތަކާ ބެހޭ ޤާނޫނީ ލަފާދީ، އަދި ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާ އޮފީހެކެވެ.  އޮފީހުގެ މުވައްޒަފަކު  އޮފީހުގެ ތެރޭގައި އޭނާއާ މެދު ހިނގަމުންދާ ނުރަނގަޅު ކަމެއްގެ ޝަކުވާ ހުށަހެޅުމުން އެކަން ނުބެލި މިހާ ލަސްވާން ޖެހުނީ ކީއްވެގެން ހެއްޔެވެ.  ޙަފީޒާ އާ އެމައްސަލަ ޙަވާލުކުރި ފަހުން ވެސް މިހާރު ހަފުތާއަކަށް ވުރެ ގިނަދުވަސް ވެއްޖެއެވެ.  އޭގެ ފަހުން އެކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް އަޅުގަނޑާ ހަމަޔަށް ގެނެސްދީފައެއް ނުވެއެވެ.  އެކަމަކު އަޅުގަނޑަށް ފާހަގަކުރެވޭ އެއް ކަމެއް އެބަ އޮތެވެ. އެ ދުވަހަށް ފަހު، ޙަފީޒާއާއެކުގައި ޝީރީން އޮފީހުގެ ކެންޓީނުގައި ސައިބޯން އިންނަ ތަން އެތައް ފަހަރަކު އަޅުގަނޑަށްވަނީ ފެނިފައެވެ. އެދެމީހުން ވާހަކަދައްކަމުން ދާތީ ފެންނަނީ ވަރަށް މަޖާކޮށެވެ. ވަރަށް ބޮޑަށް ހީނހަދާތީ ވެސް ފެނެއެވެ.  ޝީރީނުގެ ހީނލުމަކީ ވެސް ހާދަ އަސަރުގަދަ ހީނލުމެކެވެ.

ހިމޭން ޝަކުވާ (2)

ކިޔާފައިވާ ޢަދަދު: 5446
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢައްބާސް އިބްރާހީމް
(25 ޖޫން 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަނެއްކާވެސް އެއްކަލަ މީރުވަސް އަޅުގަނޑުގެ ވަށައިގެން ފެތުރިގެން ދިޔައެވެ.  އެއަސަރުގައި އަޅުގަނޑު “މަސްތު” ވެފައި އިންއިރު، ޝީރީން ކޮޓަރީން ނިކުމެގެން ދިޔަވަގުތު އޭނާގެ ތުންފަތުގެ އެއްމިޔަކަނުން ހިނިތުންވުމެއް ފެނުނުކަމަށް އަޅުގަނޑަށް ޝައްކު ކުރެވުނެވެ.   އެކަމަކު…….. އެއީ ހަމައެކަނި އަޅުގަނޑަށް ހީވިގޮތް ކަންނޭނގެއެވެ. އަދި އެއީ ހަމަ ޙަޤީޤަތެއްނަމަ……. އެއްމިޔަކަނުން ހިނިތުންވުމެއް……. އަނެއްކާ އެއީ ކީއްވެގެން ގެނައި ހިނިތުންވުމެއް ބާވައެވެ.  އަޅުގަނޑުގެ ޙައިރާންކަން ހައްތާވެސް ދިޔައީ އިތުރުވަމުންނެވެ.  

ހިމޭން ޝަކުވާ

ކިޔާފައިވާ ޢަދަދު: 5556
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
މަގުމަތިން ވަޑައިގަންނަވާއިރު ތިޔަބޭފުޅުންނަށް ވެސް އަޅުގަނޑުމެންގެ އޮފީސް ފެނިވަޑައިގަންނަވާނޭ ކަމަށް ހީކުރަމެވެ. ރަށުގެ އެންމެ ގިނަ މީހުން އައިސްއުޅޭ ޝޮޕިންގ އޭރިޔާއާއި ވަރަށް ގިނަ އޮފީސްތަކެއް ވެސް ހުންނަ ހިސާބެއްގައި އަޅުގަނޑުމެންގެ އޮފީސް ހުންނާތީއެވެ. އަދި ވަރަށް ރީތި ނޫކުލައިގެ އެކްރިލިކް ޝީޓެއްގައި ހުދު އަކުރުތަކަކުން “ޝާހިދު އެންޑް ޝަހީދު ސޮލިސިޓަރސް” ގެ ނަން ލިޔެވިފައިވާ ނަންބޯޑެއް މަގުމައްޗަށް ފެންނާނޭހެން ހަރުކޮށްލާފައި ހުންނާނެތީއެވެ. 

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (15)

ކިޔާފައިވާ ޢަދަދު: 5304
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

(17 ޖޫން 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ނަސްރާނީ ސައުދާގަރު ތާތާރީ ކޭމްޕަށް ދިޔަ ވާހަކަވީ ބީބަރަސް އަށް ވަރަށް ބޮޑު ވާހަކަ އަކަށެވެ. އެކަމާބެހޭ އިތުރު ތަފްސީލު ހޯދުމަށް އޭނާގެ ޖާސޫސުން ފަރާތްފަރާތަށް ފޮނުވައިގެން މަސައްކަތްތަކެއް ކުރަންފެށީ އެވެ. އެއާއި އެކު ޚުދު ބީބަރަސް ވެސް ޣައްޒާ އަށް ދިޔައީ އެވެ.
ބީބަރަސް ޣައްޒާއަށް ދިޔަތާ ހައެއްކަ ރޭގެ ފަހުން އެއް ރެޔަކު މެންދަމު މޭރިއޭންގެ ކޮޓަރީ ދޮރުގައި މީހަކު ޓަކިދިނެވެ. މޭރިއޭން އަށް ހޭލެވުމާއެކު ހިސާބަކަށް ކަންބޮޑުވިއެވެ. އެއީ މިހާ ދަންވަރު ބީބަރަސް ރަށުގައި ނެތީސް އޭނާގެ ކޮޓަރި ދޮރުގައި ޓަކި ދޭނެ މީހަކު ހުރެގެން ނުވާނެތީ އެވެ. އެކަމަކު ވެސް މަޑުމަޑުން އެނދުން ތެދުވެގެން އައިސް ދޮރުކަރިއަށް ހުއްޓުނެވެ. އޭރު ޓަކިދިނުމުގެ ދޭތެރެ އަވަސްވެ ބާރަށް އެމީހަކު ދޮރުގައި ތަޅަންވެސް ފަށައިފިއެވެ. އެ ވަގުތު އަންހެން އަޑަކުން ހަޅޭއްލަވައިގަތް އަޑާއެކު ކުއްތާ ވަރަށް ގަދައަށް ވޭނީ އަޑަކުން ހަޅޭއްލަވައިގެންފައި އަޑު ކެނޑިއްޖެއެވެ. އެ އަންހެނަކަށް ވާނީ ހިގާޒިޔާ އޭ  މޭރިއޭން ހިތަށް އެރިއެވެ.

ސަރާ (45)

ކިޔާފައިވާ ޢަދަދު: 5626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(16 ޖޫން 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“މިބުނީ ތަހުޒީބު ގޮތްތައް ނުހުންނާނެ ވާހަކަ.” އެއީ ރާއްޖެތެރެ ޝިފްޒާ މާނަކުރާ ގޮތްކަން ނޭނގެއެވެ. އެ ގޮތަށް މާލެ އުފަން ވަރަށްގިނަ މީހުން މާނަކުރެއެވެ.

“ތަހުޒީބޭ! މާލެ ތަރައްޤީކޮށް ތަހުޒީބު ކުރަނީ ކޮންބައެއްތަ؟ ޝިފްޒާ ވެސް ތިޔަ ވަރަށް ބޮޑާވާކަށް ނުވާނެ. ތިޔަ ގޮތަށް ބޮޑާވުމަކީ ވަރަށް ހުތުރު، އަހަރެން ވަރަށް ނުރުހޭ ސިފައެއް. ތިޔަ ގޮތަށް ބޮޑާވާ މީހުންނަކީ ތަޞައްރުފް ނުފުދޭ މީހުންގެ ގޮތުގައި އަހަރެން ދެކެނީ. އޭގެ މީހެއް ޝިފްޒާއަކީ ވެސް. ޝިފްޒާމެން ތަރައްޤީ މާނަކުރާ ގޮތް ވެސް އަހަންނަށް އެނގޭ. ޝިފްޒާމެން މާނަކުރާ ތަހުޒީބާއި ތަރައްޤީއަކީ އޮރިޔާން ހާމަ ހެދުން ލައިގެން އުޅުން. ރާއްޖޭގެ ގިނަ ރަށްތަކުން އަހަރެމެންނަށް ފެންނަނީ ހާދަ ނިވާކަންބޮޑު ތަހުޒީބީ ހެދުން އަޅައިގެން ތިބޭ ކުދިންނޭ. އަހަރެން ދެކެން ބޭނުންވާ ތަރައްޤީއަކީ އެއީ. ޝިފްޒާ ވެސް ބުރުގާ އަޅަން އަހަންނަށް ފެންނަނީ…” ޢިމްރާން ބުންޏެވެ.

އެތަނާއި މިތަނުން (3)

ކިޔާފައިވާ ޢަދަދު: 5462
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުދިވާހަކަ (3)

ބިންމަތީގައި ނުވަތަ ހިލަގަނޑެއްގައި ލިޔެލާށެވެ!

ޢައްބާސް އިބްރާހީމް

ދަތުރުކުރަމުން ދިޔަ ދެ އެކުވެރީންނެވެ.  ދަތުރުމަތީގައި ދެ މީހުންގެ މެދުގައި ދެބަސްވުމެއް ހިނގަން ދިމާވެއްޖެއެވެ. އަދި އެ ތަނުން އެކަކު އަނެއް މީހާ ގައިގައި ވަރަށް ބާރަށް ޖަހައިފިއެވެ. އެ ޖެހުމުގެ ސަބަބުން ޖެހެވުނު މީހާއަށް ވަރަށް ބޮޑަށް ތަދުވިއެވެ. ނަމަވެސް އޭނާ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ކުރިހާ ވެސް ކަމަކީ އަންނަނިވި ޢިބާރާތް ބިންމަތީގައި ލިޔެލުމެވެ. “އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މިއަދު އަހަރެން ގައިގައި ޖަހައި ތަދުކޮށްލައިފި އެވެ.”