ބަދަލު ހިފުންް
ކިޔާފައިވާ ޢަދަދު: 7544ކުރުވާހަކަ
ބަދަލު ހިފުންް
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އިރު އޮއްސެނީއެވެ. ދޫނި ތައް އެ ސޮރުމެންގެ ހާލިތަކަށް އެނބުރި އަންނާން ފަށައިފިއެވެ. އަވަށުގެ ހަނި މަގުތައް އޮތީ ފަޅު ވެފައެވެ. މަގުމަތީން ފެންނަނީ ހަމައެކަނި އަޝްރަފެވެ. އޭނާ ބަރުހެލި ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ދަނީއެވެ. އޭނާ ލައިގެން ހުރީ ވަރަށް ބޮޑު ކޯޓެކެވެ. ބޮލުގައި ތޮތްޕެއް އޮތެވެ. ލޮލުގައި އޮތީ ކަޅު އަވި އައިނެކެވެ. ހަމަ ހިމޭން މަގު މަތީގައި އޭނާ ހިނގަމުން ދާއިރު ފިޔަވަޅުގެ އަޑުން ޢަޖާއިބެއް ފަދަ މިއުޒިކެއް އުފައްދައެވެ.
ކޮންމެ މީހަކީ ވެސް ބަޠަލެއް
ކިޔާފައިވާ ޢަދަދު: 5703އެތަނާއި މިތަނުން
ކުދިވާހަކަ (8)
ކޮންމެ މީހަކީ ވެސް ބަޠަލެއް
ޢައްބާސް އިބްރާހީމް
އެއްދުވަހަކު ހިސާބު ޢިލްމުވެރިޔަކު ހިސާބު އަކުރުތަކުގެ ޖަލްސާއެއް ބާއްވަން ގަސްތުކޮށްގެން ސުމެއްވެސް ހިމެނޭގޮތުން ހުރިހާ އަކުރުތައް އޭނާގެ ކައިރިއަށް އައުމަށް ދަޢުވަތު ދީފިއެވެ. ސުމެއްނޫން އެހެންހުރިހާ އަކުރުތައް އަތުވެއްޖެއެވެ. ސުމެއް ނާންނާތީ އޭނާ ހޯދަން އެހެން އަކުރުތައް ނުކުމެއްޖެއެވެ. އެންމެފަހުން ސުމެއް ފެނުނީ ހޭޅީގައިހުރި ގަސްތަކެއްގެ ތެރޭގައި ފިލާއޮއްވައެވެ. އެކަކާއި ހަތަކާވެގެން ސުމެއްވެސް ހިސާބު ޢިލްމުވެރިޔާގެ ކުރިމައްޗަށް ގެނެސްފިއެވެ.
“ކަލޭ ފިލައި އޮތީ ކީއްވެތަ؟” އޭނާ ސުމަކާ ސުވާލުކުރިއެވެ.
އެއްދުވަހަކު ހިސާބު ޢިލްމުވެރިޔަކު ހިސާބު އަކުރުތަކުގެ ޖަލްސާއެއް ބާއްވަން ގަސްތުކޮށްގެން ސުމެއްވެސް ހިމެނޭގޮތުން ހުރިހާ އަކުރުތައް އޭނާގެ ކައިރިއަށް އައުމަށް ދަޢުވަތު ދީފިއެވެ. ސުމެއްނޫން އެހެންހުރިހާ އަކުރުތައް އަތުވެއްޖެއެވެ. ސުމެއް ނާންނާތީ އޭނާ ހޯދަން އެހެން އަކުރުތައް ނުކުމެއްޖެއެވެ. އެންމެފަހުން ސުމެއް ފެނުނީ ހޭޅީގައިހުރި ގަސްތަކެއްގެ ތެރޭގައި ފިލާއޮއްވައެވެ. އެކަކާއި ހަތަކާވެގެން ސުމެއްވެސް ހިސާބު ޢިލްމުވެރިޔާގެ ކުރިމައްޗަށް ގެނެސްފިއެވެ.
“ކަލޭ ފިލައި އޮތީ ކީއްވެތަ؟” އޭނާ ސުމަކާ ސުވާލުކުރިއެވެ.
ފިލްމީ ތަރިި
ކިޔާފައިވާ ޢަދަދު: 8039ކުރުވާހަކަ
ފިލްމީ ތަރިި
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ދިމްނާ އަށް ދެތިން ފިލްމެއްގައި މަސައްކަތް ކުރާނޭ ފުރުސަތު ލިބުމާ އެކު ތިމާ އަކީ ވަރަށް ރީތި މީހެކޭ ހީ ކުރެވޭން ފަށައިފިއެވެ. ހިތް އަރައިގެން އެ ދިޔަ ގޮތަށް ގޮސް މަޑު ކޮށްލީ ހަތް ވަނަ އުޑުގައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ގޮތް ދޫ ނުކުރުމާއި، ބޮޑާ ކަން ދިޔައީ އިތުރު ވަމުންނެވެ.
ކުރުވާހަކަ
ކިޔާފައިވާ ޢަދަދު: 8065ކުރުވާހަކަ
ގުރުއަތު (3)
ޢަބްދުﷲ ނަޢީމު އިބްރާހީމް
(24 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަންމަ އޭނާއަށް ދެއްކި ފޮޓޯތަކުގެ ތެރޭގައި ހުމެއިރާގެ ފޮޓޯވެސް އޮތެވެ.
“ގުރުއަތުލަމާ-؟” މަންމަ ހިނިތުންވެލިއެވެ.
ސަލީމް ވެސް ހީނލިއެވެ. “އެންމެ ރަނގަޅު ގުރުއަތުލާންވީ-“
ގުރުއަތު (2)
ކިޔާފައިވާ ޢަދަދު: 7913ކުރުވާހަކަ
ގުރުއަތު (2)
ޢަބްދުﷲ ނަޢީމު އިބްރާހީމް
(23 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބައެއް ކަހަލަ އަމިއްލަ މައްސަލަ ތަކުގައި ހިސާބަކަށް މަކަރުވެސް ހަދައެވެ. ރަޙުމަތްތެރިންނާއެކު ތަނަކަށް ދާން ނުވަތަ ފައިސާ ބޭނުންވެގެން އެދުމުން މަންމަ ދެކޮޅު ހަދައިފިނަމަ ބައެއް ފަހަރު މަކަރު ހަދައެވެ.
“ކަލެއަށްވަނީ އަަބަދުވެސް ޚަޒާނާއެއް އަގަމަތި ކޮށްފާ ބަހައްޓަން- އަމިއްލައަށް ފައިސާ ހޯދަންޖެހުނީމާ އެނގޭނެ ބައްޕަ ހޯދާ ފައިސާތައް ޚަރަދު ކުރުން އެއީ ރަނގަޅު ކަމެއް ނޫންކަން- ކަލޭގެ ޖީބުޚަރަދު ފައިސާ ކޮންމެ މަހަކުވެސް ދެމެއްނު-؟ ދެން ދެން މިހާރު ކޮންފައިސާއެއް ހޯދަން ތިޔައުޅެނީ-؟ ޚަރަދު ކުރަންޖެހޭނީ ހަމައެކަނި ކަލެއަކަށް ނޫން- ކަލޭގެ ކޮއްކޮ އަށްވެސް ދައްތަ އަށް ވެސް ޚަރަދު ކުރަންޖެހޭ-“
ގުރުއަތު (1)
ކިޔާފައިވާ ޢަދަދު: 7955ކުރުވާހަކަ
ގުރުއަތު (1)
ޢަބްދުﷲ ނަޢީމު އިބްރާހީމް
މިއީ އޭނާއަށް ވަރަށް ކުރީއްސުރެ އާދަ ވެފައިވާ ކަމެކެވެ.
ވަރަށް ކުރީއްސުރެއެވެ.
ކިހާ ކުރިންއަކުން ފެށިގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާވަރަށް ކުޑައިރުއްސުރެ ފެށިގެން މިކަން ކުރެއެވެ. ކަމެއް ކުރަންއުޅެ، އެކަމެއް ކުރެވިދާނެ ދެގޮތެއް ކުރިމަތި ވެއްޖެނަމަ ނުވަތަ ކަމެއް ކުރުމުގައި އުދަގޫވުން ފަދަކަމެއް ދިމާވެއްޖެނަމަ އަވަހަށް ކަރުދާހާ ގަލަން ގެނުވައެވެ.
ދިހަ ޑޮލަރު
ކިޔާފައިވާ ޢަދަދު: 8054ކުރުވާހަކަ
ދިހަ ޑޮލަރު
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ޑިއަރ ޖެކް ޓަރނަރ
ހުއްދަ (3)
އަހަރެމެން ދެ މީހުންނަށް ބައްދަލު ވެވުނީ މީގެ އެތައް އަހަރެއް ކުރީން ރަޙްމަތްތެރިއަކު ބޭއްވި ޕާޓީއެއްގައެވެ. އެ ޕާޓީގައި އަހަރެން އާދަޔާ ޚިލާފަށް ގިނައިން ރާ ބުއި ކަން ހަނދާން ހުންނާނެއެވެ. ބޮއިގެން ހުރުމުގެ ސަބަުން އަހަންނަށް އެނބުރި ގެއަށް ދާން ޖެހުނީ ޓެކްސީ އެއްގައެވެ. ޓެކްސީ އަށް ދޭން ޖެކް ގެ އަތުން ދިހަ ޑޮލަރު ހޯދި ހަނދާން އަހަރެންނަށް ވީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ. އަހަރެން މި ސިޓީ ލިޔަން ޖެހުނު ޙަޤީޤީ ސަބަބަކީ އެއީ އެވެ. މި ސިޓީ އާ އެކު ދިހަ ޑޮލަރު ފޮނުވީމެވެ. ދަރަންޏަށް ދިހަ ޑޮލަރު ދިން ކަމަށް ޓަކައި ޝުކުރު ދަންނަވަމެވެ.
ހުއްދަ (3)
ކިޔާފައިވާ ޢަދަދު: 7948ކުރުވާހަކަ
ހުއްދަ (3)
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(20 ޖުލައި 2013 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ޒުބައިދާ- މިތާނގައި… މި އޮފީހުގައި ކީއްކުރަނީ…؟” ރިޒާ ސުވާލު ކޮށްލިއެވެ.
(20 ޖުލައި 2013 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ޒުބައިދާ- މިތާނގައި… މި އޮފީހުގައި ކީއްކުރަނީ…؟” ރިޒާ ސުވާލު ކޮށްލިއެވެ.
“އަހަރެން އަނެއްކާވެސް މި ރަށަށް އައީ- ގޭގެ ޙާލަތު މިހާރު ހުރި ގޮތުން ވަޒީފާއެއް އަދާ ކުރަން މަޖުބޫރުވީ- ނުކައެއް ނޫޅެވޭނެއެއްނު ދޯ-؟”
“ޒުބައިދާއާ ބައްދަލުވީތީ ވަރަށް އުފާ ވެއްޖެ- ވަގުތެއް ވެއްޖެއްޔާ ގެއަށް ޖައްސައިލާތި-“
ހުއްދަ (2)
ކިޔާފައިވާ ޢަދަދު: 7322ކުރުވާހަކަ
ހުއްދަ (2)
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(19 ޖުލައި 2013 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ރޫޕް- އަހަރެންގެ މައްޗަށް، އަހަރެންގެ ލޯބީގެ މައްޗަށް އިތުބާރު އެބަ އޮތެއްނު ދޯ-؟ އަހަރެން ލޯބި ވަނީ ހަމައެކަނި ރޫޕް ދެކެ ކަމަށް ޤަބޫލު ކުރަމެއްނު-؟ މީގެ ކުރީގެ ހުރިހައި ގުޅުމަކާއި، ރަޙްމަތްތެރިކަމެއް ރޫޕަށްޓަކައި ދޫކޮށްލި ކަމަށް ޤަބޫލު ކުރަމެއްނު-؟ ޤަބޫލު ކުރަމެއްނު ދޯ-؟”
“ރޫޕް- އަހަރެންގެ މައްޗަށް، އަހަރެންގެ ލޯބީގެ މައްޗަށް އިތުބާރު އެބަ އޮތެއްނު ދޯ-؟ އަހަރެން ލޯބި ވަނީ ހަމައެކަނި ރޫޕް ދެކެ ކަމަށް ޤަބޫލު ކުރަމެއްނު-؟ މީގެ ކުރީގެ ހުރިހައި ގުޅުމަކާއި، ރަޙްމަތްތެރިކަމެއް ރޫޕަށްޓަކައި ދޫކޮށްލި ކަމަށް ޤަބޫލު ކުރަމެއްނު-؟ ޤަބޫލު ކުރަމެއްނު ދޯ-؟”
“ރަޙްމަތްތެރިންތަ-؟ ނޫނީ ލޯބިވެރިންތަ-؟” ރޫބީ އޭނާ ގިލިގިލި ކޮށްޓަން ފެށިއެވެ.
ހުއްދަ (1)
ކިޔާފައިވާ ޢަދަދު: 7438ކުރުވާހަކަ
ހުއްދަ (1)
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އެ ދެ ކުދިންގެ މެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރިކަމެކެވެ.
ދެ ކުދިންވެސް ޒުވާނެވެ. ހަށިގަނޑު ރަނގަޅެވެ. ވިސްނުން ތޫނެވެ. ދެ ކުދިންގެ ވިސްނުން ހުންނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. ދެ ކުދިން ވާހަކަ ދައްކަން އެކީގައި އެތައް ވަގުތެއް ހޭދަ ކުރެ އެވެ. ބަހުސު ކުރެއެވެ. ފަލްސަފާ ގެ ވާހަކަ ދައްކައެވެ. އެކަކު އަނެކަކާ ދިމާ އަށް ކަލޭ މިހާރު ތިޔައީ ފަލްސަފާވެރިއެކޭ ވެސް ބުނެއެވެ. އެކަކު އަނެކެއްގެ ގައިގައި ޖަހަން ގޮށްމުށް ކަވައިގެން ފަހަތުން ދުވެ ހަދައެވެ.