ސަރާ (40)

ކިޔާފައިވާ ޢަދަދު: 5859
މުސާ ޞާޢިދު
(12 މެއި 2013 (އާދީއްތަ) ދުވަހު    ޝާއިޢުކުރި ބަޔާ ގުޅޭ)
“ދަރިފުޅާ ބައްޕައަކަށް ހިއެއްނުވޭ ދެން ސަރާ އަންނާނެހެނެއް… ވަޖުދީ ވަރަށް ވާހަކަ ދެއްކި… އެކަމަކު ސަރާގެ ވިސްނުން ބަދަލުކުރާކަށް ބޭނުމެއްނުވި….” ޢިމްރާންގެ ބޮލުގައި ފިރުމާލަމުން ރަފީޤު ވާހަކަ ދެއްކިއެވެ.

“ބައްޕާ މިވަގުތު އިހަށް ބައްޕަ މިތަނުންދޭ… އަހަރެން ބޭނުން ވަނީ ސިކުނޑިއަށް އަރާމް ހޯދާލަން.” ޢިމްރާން މިހެން ބުނީމާ ދޮރުލައްޕައިލުމަށްފަހު ރަފީޤު ނުކުތެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވެއެވެ. ޢިމްރާން އޮތް ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހައިލި އަޑު އިވުނެވެ. ޢިމްރާން ތެދުވިއެވެ.

އިތުބާރު

ކިޔާފައިވާ ޢަދަދު: 3222
އަސްމާ އަބޫބަކުރު
އެކުގައި ގިނަ ދުވަހު އުޅުމުން ބައިވެރިޔާގެ ގޮތް އެނގޭނެޔޭ މީހުން ބުނެއެވެ. ގިނަ ދުވަހަށް ދެމިގެންދާ ގުޅުންތައް ވަރުގަދަވާނެތީ އެވެ. އަހަރެންވެސް ހީކުރީ، އެއީ ވާނެ ގޮތް ކަމުގައެވެ. ހުރިހާ ކަމެއް ހީކުރާ ގޮތަކަށް ނިމިގެންނެއް ނުދާނެއެވެ. ލިވާޒާއި އަހަރެންގެ ގުޅުން ފެށުނީ ގްރޭޑް ފަހެއްގައި ކިޔަވަން ފެށުމުންނެވެ. ޢާއްމުކޮށް ކުދީން ރައްޓެހިވާ ޢުމުރެއް ނޫންކަން އެނގިހުރެ އަހަރެން ލިވާޒާ ގުޅުނީ ކްލާސް ކުދީން އަޅުވައި ކިޔަން ފެށުމުން ހިތްޖެހެޔޭ ބުނާ އުޞޫލުންނެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (9)

ކިޔާފައިވާ ޢަދަދު: 4648

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(6 މެއި 2013 (ހޯމަ) ގުޅޭ)

ސަރ ކޮންރޭޑް އަށް ބޭރަށް ނިކުމެލެވޭވަރުވީ ބަރާބަރު ހަފްތާއެއްގެ ފަހުންނެވެ. އެދުވަސް ތަކުގައި މުޅިންވެސް އޭނާގެ އަމިއްލަ ގޭގެ ކޮޓަރީގައި ބޭސްފަރުވާ ކުރީ އެވެ. ތެދުވެލެވުނު ދުވަހު އޭނާ މޫނުބަލާ ލޯގަނޑުގެ ކައިރިއަށް ގޮސް ހުއްޓި ބަލައިލުމާއި އެކު އައިރުޅި އާއި ވީދެރައިގެ ސަބަބުން ތުރުތުރު އަޅައިގެން ދިޔައެވެ. ނިތްކުރިމަތި ފެޅި މެދު ދަތްކޮޅު ގެއްލި ނޭފަތް އައިބު ވެފައެވެ. އޭނާގެ ސިފަ ދެކެފައި އޭނާ އަމިއްލައަށް ބިރު ގަތެވެ. އެއާއި އެކު ޖެހި ޖެހީނުން ލޯގަނޑު ތަޅާލީ އެވެ. ———–ދެން ރާވައިލީ ވަރަށް ނުރައްކާތެރި ރޭވުމެކެވެ.
ބަރޓްރަމްގެ އެހީގައި އޭނާ ސިޓީއެއް ވަގަށް ނެގީއެވެ. އެސިޓީއަކީ ބީބަރަސް އަށް މޭރިއޭން ލިޔެފައި އޮތް ސިޓީ އެކެވެ. އެސިޓީގައި އޮތެވެ.

ސަރާ (39)

ކިޔާފައިވާ ޢަދަދު: 5805

މޫސާ ސާޢިދު، މަރަދޫ

(5 މެއި 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ބޭބޭ…މިހާރު ސަރާ ދެކެ އަހަރެން ވަރަށް ލޯބިވޭ…. ޢިމްރާން ސަރާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން. އޭނާއަށް މިހާރު އޭގެ ނިކަމެތިކަން އިޙްސާސް ކުރެވޭނެ.” ނިމާލް އިސްޖަހައިގެންހުރެ ވާހަކަ ދެއްކިއެވެ.

“އަދި ކޮއްކޮއާއި ސަރާއާ ދެމެދު  އެއްވެސް ގުޅުމެއް ނެތް. ބޭބެއަށް ފެންނަނީ ތިގުޅުން ބަދަހިނުކޮށް ދުރުވާން.” ނިޔާޒް ވިސްނަނީ މަސްލަޙަތަށެވެ.
 

އަހަރެންގެ މިދެއަތް ކަލާއަށްޓަކައި މަސައްކަތް ކޮށްދޭނެ އެވެ.

ކިޔާފައިވާ ޢަދަދު: 3033
ތަރުޖަމާ: އާދަމްޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
ދެ ލޯބިވެރިން އެމީހުންގެ އެންގޭޖުމެންޓުގެ ކަންތައްތައް ނިންމުމަށްފަހު މިހާރު ވިސްނަމުންދަނީ ކުރިމަތިވަމުން އަންނަ ކައިވެނީގެ އުފާވެރި ދުވަހާމެދުގައެވެ. ނަސީބު ދެރަކަމުން އެ ދުވަސް ނާންނަނީސް ފިރިހެން ކުއްޖާއަށް ހަނގުރާމައަކަށް ދާން ޖެހިއްޖެ އެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (8)

ކިޔާފައިވާ ޢަދަދު: 5096

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(29 އޭޕްރިލް 2013 (ހޯމަ) ގުޅޭ)

ސަރ ލައިނަލްގެ ގަނޑުވަރުގެ ބޭރުކައިރީގައި އޮންނަ މައިދާނަކީ ހަނގުރާމައިގެ ކަންތައްތައް ފަރިތަކުރުމުގެ ޚާއްސަ ބިމެކެވެ. މިވަގުތުވެސް އެތާނގައި ކަނޑި ހަނގުރާމަ ފަރިތަކުރުމުގެ މަސައްކަތުގައި ސިފައިންގެ އޮފިސަރުންކޮޅެއް އެބަތިއްބެވެ. ސަރ ލައިނަލް އުސް ގޮނޑިއެއްގައި އެތަން ބައްލަވަން އިންނެވި އެވެ.

މޭރިއޭން އާއި ބީބަރަސް އައިސް ލައިނަލްގެ އަރިހަށް ހުއްޓުނުއިރުވެސް ފޯރީގަދަ ކަމުގެ ސަބަބުން ލައިނަލް އަށް އެނގިވަޑައެއް ނުގެންނެވި އެވެ.

ސަރާ (38)

ކިޔާފައިވާ ޢަދަދު: 6244

މޫސާ ސާޢިދު، މަރަދޫ
(28 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މިވަގުތު މިތާނގައި ތިބުން ރަނގަޅެއް ނޫން. ފަހުން އަންނާނީ. ހިނގާ ދާން.” ނިޔާޒް ޢިމްރާންގެ އަތުގައި ހިފައިގެން ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ބުންޏެވެ.
“އަހަރެންގެ ދަރިފުޅު އުފަންވާއިރު މިތާ ކައިރީގައި ހުންނަން އަހަރެން ބޭނުން. ނިޔާޒް ދެން ކިހިނެއްތަ ސަރާއާއި ސަރާގެ މަންމަގެ ރުހުން އަހަރެން ހޯދާނީ.” ޢިމްރާން މުޅިން މާޔޫސްވެއްޖެއެވެ.

މަންމަން

ކިޔާފައިވާ ޢަދަދު: 3138
އަސްމާ އަބޫބަކުރު
އަހަރެން ރަށަށް އާދެވުމާއެކު ނަޒަރު ހިންގަމުން ދިޔައީ ރަށުގެ އެކި ދިމަދިމާއަށެވެ. މީގެ އެތައް އަހަރެއްގެ ކުރީން އަހަރެން މާލެ ދިޔައިރު ރަށް އޮތް ގޮތް ހިތަށް ސިފަކުރަމުން އޭރާއި މިހާރު އަޅައި ކިޔަމުން ދިޔައިރު ހާދަހާ ތަފާތު އެބަހުއްޓޭ ހިތަށް އަރައެވެ. ރަށުގައި އޭރު އުޅުނު ބޮޑެތި މީހުން ފެނުމުން އަހަންނަށް ވަކިކުރަން އެނގޭނެއެވެ.
އެކި ތަންތަން ބަލަމުން  ދަނިކޮށް ކުރިމަތީން އަންނަ މީހަކަށް އަހަރެންގެ ނަޒަރު ހުއްޓިއްޖެ އެވެ. އެއީ އަހަރެން މާމައެވެ.

ކެރުމަކީ ކާމިޔާބީގެ ސަވާރީ

ކިޔާފައިވާ ޢަދަދު: 4541
އަޙްމަދު ނާފިޢު،  ބ.ދަރަވަންދޫ
ރޭގަނޑުގެ އަރާމު ނިދީގެ ހުވަފެނުގެ ތެރެއަށް ނިޝާމް (އަސްލު ނަމެއް ނޫން) ގެނބިގެން ދިޔައެވެ. ނިދީގެ ތެރެއިން ކުއްލިއަކަށް އިވެންފެެށީ ބަޔަކު ގިސްލައި ރޮމުން ދާ އަޑެވެ. ފަހަރަކަށް ވުރެ ފަހަރެއް، އެ އަޑު ބާރުވަމުން ދެއެވެ. ރޯ މީހުން ރޮނީ އެވެ. ގިސްލާ މީހުން ގިސްލަނީއެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (7)

ކިޔާފައިވާ ޢަދަދު: 5189

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(22 އޭޕްރިލް 2013 (ހޯމަ) ގުޅޭ)
“ކިހާ މޮޔަ ޚިޔާލެއް ހެއްޔެވެ؟ އަހަރެންނަކީ ނަވާބެއްގެ އިންނަން ހަމަޖެހިފައިހުރި އަންހެނެކެވެ. ކަލޭ ތިޔައީ އަޅެކެވެ.”

“އަނެއްކާ އަޅުގަނޑަށް މި ދެންނެވުނު އެއްޗަކާ މެދު ފޫހިފުޅުވީތޯ އެވެ؟”

އަހަރެން ފޫހިވާ ވަގުތަކީ ކަލޭގެ ގައިގެ ހަންގަނޑު އިދިކޮޅަށް ދަމައިގަންނަ ވަގުތެވެ. އަހަރެންނާއި އަޅައި ބަލާއިރު ކަލެއަކީ ދެން ކާކުހެއްޔެވެ؟ އެއްބަހެވެ. ކަލޭ ވެސް މިނިވަން އަދި ޢިއްޒަތްތެރި މީހަކަށްވީ ނަމަ އަދި ވީހީ އެހެން ގޮތެކެވެ.”