ސަރާ (41)
ކިޔާފައިވާ ޢަދަދު: 5491“ކިހާދެރަގޮތެއް މިދިމާވީ. މިކަން އެނގިއްޖިއްޔާ ޢިމްރާން ވަރަށް ދެރަވާނެ. މިހާރުވެސް ހިތާމަކޮށް އެސޮރު އެހަލާކުވަނީ….” ފަހީމާއަށް ހަދާނޭގޮތް ހުސްވިއެވެ. ދަރިފުޅުގެ ހިތްހަމަޖެއްސުމަށްޓަކައި އޭނާއަށް ކުރެވިދާނޭ ކަމެއްވެސް އޭނާއަކަށް ނުވިސްނެއެވެ.
އެދަރިފުޅުގެ ދިރިއުޅުން ހަލާކުރީ ސީދާ އޭނާގެ އަތުންނެވެ. އެހެން ނަމަވެސް އޭނާ ވިސްނީ ފަހަރެއްގައިވެސް އެދަރިފުޅަށް ދެރައެއްދޭކަށް ނޫނެވެ. އޭނާ ވިސްނީ އެދަރިފުޅަށް މޮޅުގޮތް ހޯދައިދިނުމަށެވެ.
ދަންދެން އިންތިޒާރު ކުރާށެވެ!
ކިޔާފައިވާ ޢަދަދު: 3316މަންމަގެ ހާލު ކިހިނެއް ހެއްޔެވެ؟ ތިޔަ ދުނިޔޭގައި ދިރިއުޅުން ރަނގަޅުހެއްޔެވެ؟ އަހަރެންގެ އުމުރުން އެންމެ ހަތް އަހަރުގައި އަހަރެން އެކަނިމާއެކަނި ދޫކޮށްލާފައިގޮސް މުޅިން އެހެން ދުނިޔެއެއްގައި އުޅޭއިރު އަހަރެންގެ މަތިން ހަނދާނެއް ނުވޭހެއްޔެވެ؟ އަހަންނަށް 7 އަހަރު ފުރުނު އިރު މަންމަގެ ޙާލު ވަރަށް ދެރައެވެ. އަލުން ދުނިޔޭގައި އުޅެވޭ ވަރަށްވުރެ މަންމަގެ ނުކުޅެދުންތެރިކަން ބޮޑެވެ. އެފަދަ ޙާލެއްގައި އޮވެގެން މަންމަ ދެއްކި ވާހަކަ ތަކުގެ ތެރެއިން އަހަރެންގެ ސިކުނޑީގައި ހަރުލާފައި އޮތީ ހަމަ އެންމެ ވާހަކަ އެކެވެ.
ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (10)
ކިޔާފައިވާ ޢަދަދު: 5439سلطان ركن الدين بيبرس
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(13 މެއި 2013 (ހޯމަ) ދުވަހު ޝާއިއުކުރި ބަޔާ ގުޅޭ)
ސަރާ (40)
ކިޔާފައިވާ ޢަދަދު: 5995(12 މެއި 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ދަރިފުޅާ ބައްޕައަކަށް ހިއެއްނުވޭ ދެން ސަރާ އަންނާނެހެނެއް… ވަޖުދީ ވަރަށް ވާހަކަ ދެއްކި… އެކަމަކު ސަރާގެ ވިސްނުން ބަދަލުކުރާކަށް ބޭނުމެއްނުވި….” ޢިމްރާންގެ ބޮލުގައި ފިރުމާލަމުން ރަފީޤު ވާހަކަ ދެއްކިއެވެ.
“ބައްޕާ މިވަގުތު އިހަށް ބައްޕަ މިތަނުންދޭ… އަހަރެން ބޭނުން ވަނީ ސިކުނޑިއަށް އަރާމް ހޯދާލަން.” ޢިމްރާން މިހެން ބުނީމާ ދޮރުލައްޕައިލުމަށްފަހު ރަފީޤު ނުކުތެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވެއެވެ. ޢިމްރާން އޮތް ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހައިލި އަޑު އިވުނެވެ. ޢިމްރާން ތެދުވިއެވެ.
އިތުބާރު
ކިޔާފައިވާ ޢަދަދު: 3351
ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (9)
ކިޔާފައިވާ ޢަދަދު: 4779سلطان ركن الدين بيبرس
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(6 މެއި 2013 (ހޯމަ) ގުޅޭ)
ބަރޓްރަމްގެ އެހީގައި އޭނާ ސިޓީއެއް ވަގަށް ނެގީއެވެ. އެސިޓީއަކީ ބީބަރަސް އަށް މޭރިއޭން ލިޔެފައި އޮތް ސިޓީ އެކެވެ. އެސިޓީގައި އޮތެވެ.
ސަރާ (39)
ކިޔާފައިވާ ޢަދަދު: 5975މޫސާ ސާޢިދު، މަރަދޫ
“ބޭބޭ…މިހާރު ސަރާ ދެކެ އަހަރެން ވަރަށް ލޯބިވޭ…. ޢިމްރާން ސަރާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން. އޭނާއަށް މިހާރު އޭގެ ނިކަމެތިކަން އިޙްސާސް ކުރެވޭނެ.” ނިމާލް އިސްޖަހައިގެންހުރެ ވާހަކަ ދެއްކިއެވެ.
“އަދި ކޮއްކޮއާއި ސަރާއާ ދެމެދު އެއްވެސް ގުޅުމެއް ނެތް. ބޭބެއަށް ފެންނަނީ ތިގުޅުން ބަދަހިނުކޮށް ދުރުވާން.” ނިޔާޒް ވިސްނަނީ މަސްލަޙަތަށެވެ.
އަހަރެންގެ މިދެއަތް ކަލާއަށްޓަކައި މަސައްކަތް ކޮށްދޭނެ އެވެ.
ކިޔާފައިވާ ޢަދަދު: 3148ދެ ލޯބިވެރިން އެމީހުންގެ އެންގޭޖުމެންޓުގެ ކަންތައްތައް ނިންމުމަށްފަހު މިހާރު ވިސްނަމުންދަނީ ކުރިމަތިވަމުން އަންނަ ކައިވެނީގެ އުފާވެރި ދުވަހާމެދުގައެވެ. ނަސީބު ދެރަކަމުން އެ ދުވަސް ނާންނަނީސް ފިރިހެން ކުއްޖާއަށް ހަނގުރާމައަކަށް ދާން ޖެހިއްޖެ އެވެ.
ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (8)
ކިޔާފައިވާ ޢަދަދު: 5227سلطان ركن الدين بيبرس
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(29 އޭޕްރިލް 2013 (ހޯމަ) ގުޅޭ)
މޭރިއޭން އާއި ބީބަރަސް އައިސް ލައިނަލްގެ އަރިހަށް ހުއްޓުނުއިރުވެސް ފޯރީގަދަ ކަމުގެ ސަބަބުން ލައިނަލް އަށް އެނގިވަޑައެއް ނުގެންނެވި އެވެ.
ސަރާ (38)
ކިޔާފައިވާ ޢަދަދު: 6436(28 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މިވަގުތު މިތާނގައި ތިބުން ރަނގަޅެއް ނޫން. ފަހުން އަންނާނީ. ހިނގާ ދާން.” ނިޔާޒް ޢިމްރާންގެ އަތުގައި ހިފައިގެން ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ބުންޏެވެ.