މަގޭ ހަޔާތުގެ ވިޔަ

ކިޔާފައިވާ ޢަދަދު: 357

ލިޔުނީ: އަމްރީތާ ޕްރީތަމް ތަރުޖަމާ: އިބްރާހިމް ހުސެން މަނިކު ———————————————————— އަމްރީތާ ޕްރީތަމަކީ އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. އަދި ޅެންވެރިއެއް މެއެވެ. އޭނާގެ އަސްލު ނަމަކީ އަމްރިތް ކައުރެއެވެ. ޕްރީތަމް އެއީ އޭނާގެ ފިރިމީހާގެ ނަމެވެ. އޭނާ އުފަންވީ  1919 ވަނަ އަހަރުގައެވެ. އުފަން ރަށަކީ ހުޅަނގު ޕަންޖާބުގެ ގުޖުރަންވާލާއެވެ. މިހާރު އެއީ ޕާކިސްތާނުގެ ރަށެކެވެ. އޭނާ ނިޔާވީ 2005 ވަނަ އަހަރު އައުދިއްލީގައެވެ. އޭނާގެ ލިޔުންތަކުގެ ތެރޭގައި ޅެމާއި ކުރުވާހަކައާއި ދިގު ވާހަކަޔާއި މަޒުމޫނު…

ނަންބަރު އައިނު (3)

ކިޔާފައިވާ ޢަދަދު: 307

ކައި ނިމިގެން ތަށިތައް ނެގިތާ މާ ގިނައިރެއް ނުވެއެވެ. ވެއިޓަރު ކަޅު ފޯލްޑަރެއްގެ ތެރެއަށް ލައިގެން ބިލު ގެނެސް މޭޒުމަތީ ބާއްވައިފައި ހިނގައްޖެއެވެ. ފޯލްޑަރު ހުޅުވައިގެން ޒަހީނު ބިލަށް ބަލައިލައިފައި ގަމީހުގެ ޖީބުގައި އަތްޖައްސާލިއެވެ. އަދި ފަޓްލޫނު ޖީބުގައިވެސް އަތްޖައްސާލައިފިއެވެ. ދެވަނަ ފަހަރު ވެސް އަވަސް އަވަހަށް މިހަރަކާތްތައް ތަކުރާރުކޮށްލިއެވެ. ހާސްކަމުގެ ކުލަވަރު މޫނުމައްޗަށް އަރައިފައި ހުރެއެވެ. ރިފާ އަހައިލިއެވެ. “ކޯންޗެއް ތިޔަ ހޯދަނީ؟ ފައިސާ ދަބަސް ތަ؟” “ނޫން ފައިސާ ދަބަސް ފަޓުލޫނުގެ ފުރަގަހު ޖީބުގައި…

ނަންބަރު އައިނު (2)

ކިޔާފައިވާ ޢަދަދު: 222

ސަލާން ކުރި ގޮތަށް ޒަހީނުގެ އަތުގައި ހިފައިގެން ހުއްޓާ ރިފާ ލޮލަށް އަލިއަޅުވާލައިފައި މަގުގެ ނުބައި ފަޅިން ސައިކަލެއް ސީދާ އޭނާއާ ދިމާއަށް އަންނަތަން ފެނުމުން ސިހިގެން ގޮސް ދުވެފައި ކާރުގެ އަނެއް ފަރާތަށް އެރުނެވެ. ސައިކަލުގައި އިނީ ކަޅު ދިގު ހެދުމެއްލައި ކަޅުބުރުގާއެއް އަޅައިގެން އިން އަންހެނެކެވެ. އޭނާ ދިޔައީ ފަސްދީ ދަމުން ވެސް ވަރަށް ރަނގަޅަށް ރިފާއަށް ބަލައިލައިފައެވެ. ކާރުގައި ތަތްވެލިކަން ފިޔަވައި ޒަހީނުގެ މާކަ ބޮޑު ސިހުމެއް ނެތެވެ. ސައިކަލާ ދިމާއަށް ބަލައިލި…

ނަންބަރު އައިނު (1)

ކިޔާފައިވާ ޢަދަދު: 313

ފެރީން ފައިބައިގެން ގިމަތައިގެ ދޮރާއްޓާ ދިމާއަށް ދެމެމުންދާ އިންސާނުންގެ ސައިލުގެ ތެރޭ ވެފައި ރިފާ ހުއްޓެވެ. އަތުކުރީ ގަޑިއަށް ކަޅިއެއްލަމުން އޭނާ ހިތާހިތާ ކިޔާލިއެވެ. “ކިހައި ދެރަ ހެއްޔެވެ؟ ކިޔާފައި އޮތް ގަޑިއަށް ވުރެ ދިހަ މިނެޓު ލަސްވީއެވެ. ގަޑިން އިރުއޮއްސި އަށެއް ޖަހައި ދިޔައީއެވެ.” ދުވަހަކީ ހަފުތާ ބަންދުގެ ތެރެއަށް ވަން ބުރާސްފަތި ދުވަހެކެވެ. މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް ދެކޮޅަށް ވަރަށް ގިނަ މީހުން ދަތުރުކުރާ ދުވަހެކެވެ. އެފަދަ ދުވަހެއްގެ ވެސް ފެރީތަކަށް އެންމެ…

“ފުރިހަމަ”ވުން

ކިޔާފައިވާ ޢަދަދު: 418

މިއީ އިންޓަނެޓުގައި ދައުރުވާތާ ދުވަސްގަނޑެއް ވެފައިވާ ވާހަކައެކެއްގެ ތަރުޖަމާއެކެވެ. ވާހަކައިގެ އަސްލު ލިޔުނު ލިޔުންތެރިއެއް ނޭނގެއެވެ. ތަރުޖަމާ ކުރުމުގައި ވާހަކައަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ. ނަރުސް ކުއްޖަކު އައިސް، ސަލްމާގެ އުނގުތެރެއަށް އެ ލައިދިނީ އޭނާގެ ތުއްތު ފިރިހެން ދަރިފުޅެވެ. ވިހެއުމުގެ ތެރޭގައި ސަލްމާއާއި ދަރިފުޅުގެ ހާލު ވަރަށް ދެރަވިއެވެ. އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގިގޮތަށް އައި.ސީ.ޔޫއަށް ގެންދިއުމަށްފަހު އަދި އެ ގެނައީއެވެ. ސަލްމާގެ ހިތުގައި އެ ދަރިފުޅަށްޓަކައި ލޯބި އުތުރިގެން އަރަނީއެވެ. އަވަސްއަވަހަށް މެޔާލައި ބޮނޑިކޮށްލުމަށް ފަހު…

އިރިފުސްމެ (16)

ކިޔާފައިވާ ޢަދަދު: 389

ފުރުޤާން އެންމެ ލޯބިވާ ކަމަށް ބުނާ ނަޝްވާޔާ ދޭތެރެޔަކު މިހާރު އެއްވެސްވަރަކަށް އޭނާ ވިސްނާހެނެއް ހިއެއްނުވެއެވެ. އޭނާގެ ވިސްނުމުގައި ވަނީ މުޅިން އެހެން ކަމެކެވެ. ފުރުޤާންގެ ހިތް އެދި ގޮވަމުން ދަނީ، އެހެން ކަމަކަށެވެ. ހަނދާނަށް އަންނަނީ، އެ އުފާވެރި ރޭތަކެވެ. އެ ބީހުންތަކާއި ކުރެވުނު ހިތްގައިމު އިޙްސާސްތަކެވެ. އެއީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އަނެއްކާ ޒަހާ ކޮބައިބާއެވެ. އޭނާގެ ބީހުންތަކުން ފުރުޤާންގެ ހިތް މިލްކު ކުރުމަށްފަހު ފިލީބާއެވެ. މިއީ މިހާރު ހައްތާވެސް ފުރުޤާންގެ ހިތަށްއަރާ ސުވާލުތަކެވެ.…

ބަސްހުއްޓި

ކިޔާފައިވާ ޢަދަދު: 367

މިއީ، ކުރިން ޝާއިޢުކުރެވިފައި އޮތް ވާހަކައެކެވެ. މިސައިޓުގައި މިޖަހަނީ ބައެއް ބަދަލާއެކުގައެވެ.    ލިޔަމުން އައި ވާހަކަ އެންމެ ފޯރިގަދަ ހިސާބަށް އެރިތަނާ ބަސް ހުއްޓިއްޖެއެވެ. އަނެއްކާވެސް އެއްކަލަ ގޮތްވީއެވެ. ގަލަމުން ދެލި މަނާވީއެވެ. ދެލި ހިންގައިލުމުގެ ގޮތުން ކަރުދާސް އަރިވަރެއްގައި ކުރަހައި އެގޮތް މިގޮތަށް ރޮނގުތައް އެޅީމެވެ. ރޮނގެއްގެ ތަންކޮޅެއްގައި ފަނޑު ފަނޑުކޮށް ދެލި ހިނގިއްޔާ ދެން އޮތް ބައި އޮންނަނީ ހުސްކޮށެވެ. ފަހުން އެވަރު ވެސް ނުވިއެވެ. ކަރުދާހުގައި ބުރުބުރަށް ބޮޅުބޮޅަށް ހުރަހަށާއި ދިގަށް…

އިރިފުސްމެ (15)

ކިޔާފައިވާ ޢަދަދު: 353

ފުރުޤާން ބެހުނު ޑިންގީ އޮޔާދަނިކޮށް ހުވަދުއަތޮޅުން މަހަށް ނިކުމެ އުޅުނު މަސްދޯންޏަކަށް ފެނުނީ ޖެހިގެން އައި ދުވަހުއެވެ. ދުރުން މާދުރުން ޑިންގީ ފެނުމާއެކު، ގއ.ވިލިނގިލީ [ބާރުދުވެލި] ނަމަކަށް ކިޔާ މަސްދޯނި އެދިމާޔަށް މިޞްރާބުޖެހީ މީހަކާއެކު ޑިންގީއެއް ބެހިއްޖެ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވުމާ އެކުގައެވެ. [އެ ފެންނަނީ އެ ޑިންގީކަންނޭނގެ. ކާސިމާ ކުޑަކޮށް ދުވެލި ބާރުކޮށްލަބަލަ.] ފަޅުވެރިޔަކު ދޯނީގެ ކެޕްޓަނަށް ގޮވާލާފައި ބުންޏެވެ. ކާސިމް ދުވެލި ބާރުކޮށްލިއެވެ. އެއީ އިރުއޮއްސެމުންދިޔަ ވަގުތުކަމުން، ދުރުން ޑިންގީތެރެޔަކުން މީހަކު ފެންނަވަރެއް ނުވެއެވެ.…

މަޖުބޫރު ނިންމުން

ކިޔާފައިވާ ޢަދަދު: 739

އަހަރެން މި ވާހަކަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ. މި ވާހަކަ އަހާ ޤަބޫލު ކުރާނެ ހުރީ ކާކު ހެއްޔެވެ. އަހަރެންގެ އުމުރުގެ ގޮތުންވެސް މިވާހަކަ ގަބޫލުކުރާނޭ މީހަކު ހުންނާނެބާއޭ ހިތަށް އަރައެވެ. އެހެނަސް މިކަންތައްގަނޑަށް ހައްލެއް ގެނެވޭނީ ހަރުމީހަކު މިވާހަކަތައް އަޑުއަހާ މިކަންތައްގަނޑަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްގެނެވެ. އަހަރެންނަކީ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ކުއްޖަކީމެވެ. ކިޔެވުމުގެ ކަންތައް ބަރާބަރަށް ކުރިޔަށް ގެންދަން ކުރެވެން އޮތްހާ މަސައްކަތެއް އަހަރެން ކުރަމެވެ.…

އެ މީހަކު މިނެދިން ނާޅިއަކުން އެ މީހަކާމެދު މިނެވޭނެއެވެ.

ކިޔާފައިވާ ޢަދަދު: 1052

މިއީ އިންޓަނެޓުގައި ދައުރުވާތާ ދުވަސްގަނޑެއް ވެފައިވާ ވާހަކައެވެ. ވާހަކައިގެ އަސްލު ލިޔުނު ލިޔުންތެރިއެއް ނޭނގެއެވެ. ތަރުޖަމާ ކުރުމުގައި ވާހަކައަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ. (ލިޔުންތެރިޔާ ލިޔުން ފޮނުއްވީ މި ނޯޓާއެކީގައެވެ. ލިޔުން ޝާއިޢު ކުރި އިރު ނޯޓާ ނުލައި ޝާއިޢު ކުރެވުނީތީ ލިޔުންތެރިޔާއާއި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމެވެ.) އިންޑިއާގެ ފަގީރު އަވަށެއްގައި އުޅުނު، ޒީނަތު ކިޔާ އަންހެނެކެވެ. މީނާގެ އާއިލާގެ މީހުންނަށް ރޮށި ފިހާއިރު ކޮންމެ ދުވަހަކު ވެސް އިތުރު ރޮއްޓެއް ފިހެފައި، ބަދިގެއިން މަގުމައްޗަށް…