ސަރާ (33)

ކިޔާފައިވާ ޢަދަދު: 5876
މޫސާ ސާޢިދު، މަރަދޫ
(24 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ނިމާލާ….ނިމާލްގެ ތި އޯގާތެރިކަމުގެ ބަދަލު އަހަރެންދޭނީ ކިހިނެއް. އަހަރެންފަދަ އެއްވެސް ގުޅުމެއްނެތް އަންހެނަކަށް ތިބަހައްޓާ އޯގާތެރިކަމުގެ ބޭނުމަކީ ކޮބާ؟” ނިމާލާއެކު އެކަނިވި ވަގުތު ސަރާ ވާހަކަ ދެއްކިއެވެ.

“ހެޔޮކަމެއް ކޮށްފި މީހަަށް އޭގެ ބަދަލު މާތްރަސްކަލާނގެ ދެއްވާނެ. އަހަންނަށް މިކުރެވެނީ ހެޔޮކަމެއް ކަމަށްވާނަމަ މާތްރަސްކަލާނގެ ބަދަލު ދެއްވާނެ.” ނިމާލް ބުންޏެވެ. ސަރާގެ ފަރާތުން އެއްވެސް ބަދަލެއް ބޭނުމެއް ނޫން ކަމަށް އަބަދުވެސް ނިމާލް ބުނެއެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (3)

ކިޔާފައިވާ ޢަދަދު: 5619

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(18 މާރޗް 2013 (ހޯމަ) ގުޅޭ)

ބީބަރަސް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ” އަހަރެންނަކީ ރަށުގައި އަހަށް ކާންދީ އަސް ބެލެހެއްޓި މީހެއް. ހަތިޔާރުގެ އެއްވެސް ކަމެއް އަހަރެން ނުދަންނަން.”
އެންމެ ރަނގަޅެވެ. އަހަރެން ކަލެއަށް ހުރިހާ ކަމެއް ދަސްކޮށްދޭނަމެވެ. ކަލޭގައި ހިތްވަރުގަދަކަމާއި  ޖެހިލުން ކުޑަކަން އެބަހުއްޓެވެ.

ސަރާ (32)

ކިޔާފައިވާ ޢަދަދު: 5820
މޫސާ ސާޢިދު، މަރަދޫ
(17 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ވަގުތުން ސަރާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ސަރާގެ ހޭވެރިކަމެއް ނެތެވެ. ސަރާ ހޭއެރީ ހޮސްޕިޓަލުން ފަރުވާދޭތާ ބައިގަޑި އިރު ފަހުންނެވެ. ސަރާ ހޭއެރި އިރު ނިޔާޒްވެސް ހޮސްޕިޓަލަށް އަތުވެއްޖެ އެވެ.

ޝައްކު

ކިޔާފައިވާ ޢަދަދު: 7975
ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެންގެ ދިރިއުޅުން މިހާރު އޮތީ އަހަރެން ބޭނުންވާ ގޮތަކަށް ނޫނެވެ. ދިރިއުޅުން މިހާރު އޮތް ގޮތަށް ބަދަލުވެގެން ދިޔައީ އަހަރެންގެ ސަބަބުން ކަމަށް ގަބޫލުކުރުމަކީ އަހަރެން ކުރަން ބޭނުންކަމެއް ނޫނެވެ. އެއީ ފިރިހެނުންގެ ޠަބީޢަތްކަމަށް ހީކުރިޔަސް އެންމެ ރަނގަޅެވެ.

ލޭ ބޯ ފަނި (12)

ކިޔާފައިވާ ޢަދަދު: 8489
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(11 މާރޗް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަކްބަރް މަޑުމަޑުން ފީރޯޒާގެ ފަހަތުން ހިނގައިގެންފިއެވެ. އޭނާގެ ހިތަށް އެރިއެވެ. “ޝުކުރިއްޔާއެވެ. އަހަރެންގެ މީހަކަށް ވެގެން ކަލޭ އަހަރެން މުޅި ދުނިޔޭގެ ރަސްކަލަކަށް ހަދައިފީމުއެވެ.”
އެއީ ގެދޮރު ބިނާކުރުމުގެ މަސައްކަތް ތަންކޮޅެއް އަގު ހެޔޮ ދުވަސްވަރެއްގައި އަޅާފައިވާ ބޮޑު ގެއެކެވެ. އޭރުވެސް އެގޭގެ އަގަކަށް އޮތީ ފަނަރަ ލައްކަ ރުފިޔާއެވެ. މިހާރު އަގު އަރައިގެން ގޮސް ގޭގެ އަގު ވަނީ ސާޅީސް ލައްކައަށް އަރާފައެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (2)

ކިޔާފައިވާ ޢަދަދު: 5520
 

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(3 މާރޗް 2013 (ހޮނިހިރު) ގުޅޭ)
“މަޑުކުރޭ އޭ ކުއްޖާ! ހުއްޓޭ! ނުހުއްޓިއްޖިއްޔާ-” އެހިސާބަށް ދިޔަ އިރު އަސް އެހެން ގޯޅިއަކަށް އަޅަނީއެވެ.
އުމަރުދާއީ އަށް އެއީ ކޮން އަހެއްކަން އޮޅުންފިލައިފިއެވެ. ގައުމުގެ ހުޝިޔާރު އޮފިސަރެއްކަމުގައިވާ އިލްޗަކް އޭނާގެ އަސް މި ދޫކޮށްލީ ކިހިނެއްބާވައޭ ހިތަށް އަރައިފިއެވެ. ކޮންމެވެސް އަންހެނެއްގެ މަސްތުގައި މިވަގުތު ވެދާނެއޭ ހީކުރިއެވެ.  ކޮންމެ ގޮތަކަށް ކަމުގައި ވީނަމަވެސް ތިޔަ ކަލޭގެ ވާނީ އަތުލެވޭތޯ ބަލާށެވެ.

ސަރާ (31)

ކިޔާފައިވާ ޢަދަދު: 5614
 
މޫސާ ސާޢިދު، މަރަދޫ
(3 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނިޔާޒް ވެސް ޙަޤީޤަތް ޤަބޫލު ކުރާނެއެވެ.
ކައިވެންޏަށް ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް ޢިމްރާނަށް އޭނާގެ އަނބިމީހާ ދަހެއްނުވި އެވެ. އެހެން ނަމަވެސް، ނިޔާޒްމެން އެހެނެއް ނުވާނެއެވެ. ޢިމްރާން ޙަޤީޤަތް އަޑުނޭހިޔަސް ނިޔާޒް އަޑުއަހާނެއެވެ.
ހިނގަމުން ހިނގަމުން ގޮސް ސަރާ މަޑުޖެހިލީ ފިހާރައެއްގެ އަސްކަނި ނިވަލުގައެވެ. އެފަކީރު ހިނގާ ހިނގާ ވަރުބަލިވިއެވެ. އިރުކޮޅެއް ވަންދެން ކޮޅަށް ހުރުމަށްފަހު ސަރާ އެތާހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އެހެން އެގޮތަށް އޭނާ ރޮއިރޮއި އިންދާ ފަތިސް ވެއްޖެއެވެ. މަގުމަތިން މީހުންގެ ހޭލަމޭލަވުންތައް ފެންނަން ފަށައިފިއެވެ.

ލޭ ބޯ ފަނި (11)

ކިޔާފައިވާ ޢަދަދު: 7946
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(28 ފެބްރުއަރީ 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ފުރަތަމަ ބުނޭ! އިނާމަކަށް ލިބޭނީ ކޯޗެއް؟”
“އަހަރެން ވެއްޖެ ވަޢުދެއް ވިއްޔާ ފުއްދާނަން. ދެމަސް ދުވަހުގެ ތެރޭގައި އަހަރެންގެ އާ ކާރު ލިބޭނެ. މިހާރު އޮތް ހޮންޑާ ކާރު ދައްތައަށް ދޭނަން.”
“އަހަރެން ފީރޯޒާގެ ހިތުގައި އޮތް އެއްޗެއް ބޭރު ކޮށްލުވައިފިން- އޭނާ އެއިނީ ކަލެޔާ ހެދި މޮޔަ ވެފައި. މަތިމަތިން ނޫން ކަމަށް ހެދިގެން އުޅެނީ. އަހަރެން ހެދި މަންތަރަކުން ކަލެޔާ ބައްދަލު ކުރަންވެސް އެއްބަސް ކުރުވައިފިން-“

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް

ކިޔާފައިވާ ޢަދަދު: 5702

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

މީލާދީން 1235 ވަނަ އަހަރު ތާތާރީންގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ހަނގުރާމައިގެ އަލިފާންގަނޑުގެ ތެރޭގައި ފިހެމުން ފަސޭހަވަމުން ގޮސް އެންމެ ފަހުން މިސުރުގެ ރަސްކަން އޭނާއަށް ލިބުނެވެ.

ލޯތްބާއި އުފާ، ކެހިދިނުމާއި ހިތާމަ، އަރާމާއި ތަނަވަސްކަން އަދި އަނިޔާ އާއި އަޅުވެތިކަން އިހުސާސްކުރި ކޯރސިކާގެ އަސްގޮވި ކުއްޖާގެ ތާރީޚް ވަރަށް އަޖައިބެއްފަދަ އެއްޗަކަށް ވެއެވެ. ދުނިޔޭގައި އިންސާނަކަށް ލިބިފައިވާ އެންމެ ހިތް ފަސޭހަ އެއް ޙިއްސު ކަމުގައިވާ ދެލޮލާ ވެސް އޭނާގެ ތަގުދީރު ކުޅެލިއެވެ. އެއާއެކުވެސް އޭނާ ހިތްވަރުކުރީއެވެ.

އެންމެފަހުން އޭނާއަށް ވާންވީ ގޮތް ވަންދެންނެވެ.

އަދަބީ އުކުޅު

ކިޔާފައިވާ ޢަދަދު: 8154

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ބުރުސޫރައަށް ބަލާ އިރު އެއީ އެހައި ޚާއްޞަ މީހެކޭ އެއްގޮތަކަށް ވެސް ހިއެއްނުވެއެވެ. އެއީ އިސްކޮޅުން ކުރު މީހެކެވެ. ހިކިމީހެކެވެ. މޫނުމަތީން ވެސް އެއްވެސް ކަހަލަ އާދަޔާ ޚިލާފުކަމެއް ފެންނާކަށް ނެތެވެ. އޭނާ އަކީ އެ ރީތި އޮފީހުގައި ޖެހިފައިވާ ހުތުރު ލައްގަނޑެކޭ ވެސް ހީވެއެވެ. ފުރަތަމަ ފެންނަ މީހަކަށް ހީވާނީ އޭނާއަކީ އޮފީހުގެ މަސައްކަތު މީހާ ކަމުގައެވެ. އަދި ބޭރުން އަންނަ މީހުންނަށް ދެއްކޭން ވެގެން ވެރިމީހާގެ ގޮނޑިއަށް އަރައި އިނީ ކަމުގައެވެ.