ނުބައިމީހަކާމެދު ރަނގަޅަށް ކަންތައްކުރުން

ކިޔާފައިވާ ޢަދަދު: 5343
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު

މާލިކުބިން ދީނާރުގެ އަވަށްޓެރިންގެ ތެރޭގައި ޔަހޫދީއަކު އުޅުނެވެ. މިޔަހޫދީ ކަލޭގެއަކީ އިސްލާމުންގެ ވަރަށް ބޮޑު ދުޝްމިނެކެވެ. އަބަދުވެސް އޭނާ ހުންނާނީ އިސްލާމުންނަށް ގެއްލުންދެވޭނެ ގޮތަކާމެދު ވިސްނަވިސްނައެވެ.

އޭނާ މަލިކުބިން ދީނާރަށް ދަތިފުޅު ކުރުމަށްޓަކައި، ގޭގެ އެތަން މިތަނަށް އެޅިފައިހުރި ހުރިހާ ކުންޏެއް ކަހައި އެއްކޮށް ގެނެސް މާލިކުބިން ދީނާރުގެ ގެކޮޅު ތެރެއަށް އުކާލައިފިއެވެ. އޭނާގެ މި ހަޑި މުޑުދާރު ޢަމަލުގެ ސަބަބުން އެކަލޭގެފާނުގެ ގެކޮޅުގެ ވަރަށް މުހިއްމު ބައެއް މުޅިން ހަޑިވެގެން ދިޔައެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅު ކުރައްވަމުން ގެންދަވާ ކޮޓަރިކޮޅެވެ.

ސަރާ (24)

ކިޔާފައިވާ ޢަދަދު: 5686
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(28 ޖެނުއަރީ 2013 (ހޯމަ) ގުޅޭ)

އޭރު އޭނާގެ ކޮނޑުމަތީގައި އޮތް އިލާއަށް އޮތީ ނިދިފައިކަމުން އޭނާ ވާހަކަ ދެއްކީ ނިކަން މަޑުންނެވެ.

“އާނ…ވިއްސަކަށް މިނެޓްތެރޭ ދާނަން…މިހާރު މިހުރީވެސް ޕޭޝަންޓެއްގެ ގާތުގައި. މިވަގުތު ބާއްވަނީ….” ޝަހީދު ފޯނު ބޭއްވިއެވެ.

މުސްކުޅިޔާގެ ޖަވާބު

ކިޔާފައިވާ ޢަދަދު: 3910
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު
ހަނގުރާމައިގެ ދުވަސްވަރެވެ. ހަނގުރާމައިން ލިބުނު ގެއްލުންތަކުން ޖަރުމަނަށް ކާބޯތަކެތި ވަރަށްދަތިވެއްޖެ އެވެ. އެޑޮލްފް ހިޓްލަރގެ ނާޒީ އޮފިސަރުން، ރަށްތަކާއި އަވަށްތަކަށް އަރައި ކާބޯތަކެތިހުރި މިންވަރު ބަލަމުން ގެންދިޔައެވެ.
މި މަސައްކަތުގައި އުޅުނު ގުރޫޕެއް ކުޑަވަރެއްގެ ރަށަކަށް އެރިއެވެ. މިއީ، އާދަޔާ ޚިލާފަށް ކުކުޅު ގިނަ ރަށެކެވެ. ނާޒީ އޮފިސަރގެ އަމުރަށް ކުކުޅުތަކުގެ ވެރިން އޭނާގެ ގާތަށް ގެނުވިއެވެ. އަދި އެތަނުން އެކަކާ އޭނާ، ސުވާލުކުރެއްވިއެވެ.
“މިއީ، ކަލޭގެ ކުކުޅުތަކެއްތަ؟”

ހުރަސް

ކިޔާފައިވާ ޢަދަދު: 4596
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ
“ބޭރުމީހަކާ ނުގުޅޭތި.” އަހަރެންގެ މަންމަ އަބަދު ބުނާނެއެވެ. “ކަނބުލޯ ތީ ދިވެއްސެއް. އެމީހުންނަކީ ބޭރުމީހުން.  ކޮންމެފަދަ ގޮތެއް ވެސް ހަދާފާނެ.”

އެކަމަކު ދިވެއްސަކާ އަހަރެން ގުޅޭކަށް ވެސް މަންމަ ފުރުޞަތެއް ނުދެއެވެ. އަހަރެންގެ ހަޔާތަށް އެކަކުވެސް ނުގެނެވިގެން އުޅެނީ މަންމަގެ ރުހުން ނުލިބިގެންނެވެ. އަހަރެން މީހަކަށް ފޯނެއް ކޮށްލިޔަސް ވާހަކައެއް ދައްކާލިޔަސް މަންމަ އެކަން އޮޅުންފިލުވާނެއެވެ. އެއީ ކާކުތޯ ބަލާނެއެވެ. އެންމެ ފަހުން މަންމައަށް ކަމުނުގޮސްގެން އެކަންތައް ޖެހެނީ ހުއްޓައިލާށެވެ.

ދަންމަރު (21)

ކިޔާފައިވާ ޢަދަދު: 38579
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނަސޭޙަތެއް

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ބެންޖަމިން ފްރޭންކްލިން  (Benjamin Franklin) އަކީ އެމެރިކާގެ މުފައްކިރެކެވެ. އޭނާ އުފަންވެވަޑައިގަތީ، މީލާދީން 1706ވަނަ އަހަރު އެވެ. އަވަހާރަވީ 1790 ވަނަ އަހަރު އެވެ. އޭނާގެ ވިދާޅުވުމެއްގައި ވެއެވެ. “ކާވެނީގެ ކުރީން ތިބާގެ ލޯ ތަންމިނަށް ހުޅުވައިފައި ބަހައްޓާށެވެ. އެކަމަކު ކާވެނީގެ ފަހުން ދެބައިކުޅަ އެއްބަޔަށް  މަރައިލައިގެން ހުންނާށެވެ.”
Keep your eyes wide open before marriage, half shut afterwards.

ބާރަ މަސް

ކިޔާފައިވާ ޢަދަދު: 3339
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: އެލެކްޒެންޑަރ
ތަރުޖަމާ: ޙުސައިން ސިރާޖު ޢުމަރު

އެއްޒަމާނެއްގައި ރަޝިއާގެ (މިހާރުގެ ބެލާރުސްގެ) އަވަށެއްގައި ހުވަފަތް ވެފައިވާ އަންހެނަކު އުޅުނެވެ. އޭނާގެ ތިބެނީ ދެއަންހެން ދަރިންނެވެ. އެއިގެ ތެރެއިން އެއް ކުއްޖަކީ މަރުވެފައިވާ އޭނާގެ ފިރިމީހާއަށް އެހެންބަނޑަކަށް ލިބިފައިވާ ދަރިއެކެވެ. އެއީ އޭނާގެ ދޮންދަރިއެވެ. އަނެއް ކުއްޖަކީ އޭނާގެ ފިރިމީހާއަށް ލިބުނު އޭނާގެ އަމިއްލަ ދަރިފުޅެވެ.   އޭނާ، އޭނާގެ އަމިއްލަ ދަރިފުޅު ހަލީމަ ދެކެ އޭނާ ވަރަށް ބޮޑަށް ލޯބިވެއެވެ. އެކަމަކު ޔަތީމު ވެފައިވާ ދޮންދަރިފުޅު މަރިޔަބު ދެކެ އިންތިހާއަށް އޭނާ ނަފުރަތު ކުރެއެވެ. އެއީ ޔަތީމް މަރިޔަބު ހަލީމައަށް ވުރެ ބަލާލަން ރީތިވެފައި ހިތްހެޔޮ ކަމުން ނެވެ. ހިތްހެޔޮ ކަމަކީ ކުއްޖާގެ ރީތިކަން އެއްހާސް ގުނައަށް ރީތި ކޮށްދޭ ކަމެކޭ ބުނާފަދައިން މަރިޔަބުގެ ރީތިކަން އެހާވެސް ނަލައެވެ. އަދި، އެދެކުދިންގެ ތަފާތު އެހާވެސް ބޮޑެވެ.

ސަރާ (23)

ކިޔާފައިވާ ޢަދަދު: 5559
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ

(20 ޖެނުއަރީ 2013 (އާދީއްތަ) ގުޅޭ)
އޭނާ އިސްޖަހައިލި އެވެ. ސަރާ ވަރަށް ބޮޑަށް ލަދުގަނެއްޖެކަން އެނގުމުން ނިމާލް އޮފީހަށްދާން ނުކުމެއްޖެއެވެ.

އެއީ ނިޔާޒް ޢިމްރާން ގޮވައިގެން އައިސް އެގޭ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. އޮފީސް ގަޑިޖެހޭތީ ނިމާލް މަޑުވެސްނުކޮށް ދިޔައީއެވެ. ނިޔާޒް ޢިމްރާން ގާތު އެތެރެއަށް ވަންނާށޭ ބުނެފައި އިމްރާންގެ ފަހަތަށް ޖެހިލިއެވެ.

އޭރު ސިޓިންގރޫމްގައި ހުރި ސޯފާއެއްގައި ސަރާ، ގޭގެ މައިދޮރަށް ފުރަގަސްވާގޮތަށް އިށީނދެ އިނެވެ.

ސަރާ (22)

ކިޔާފައިވާ ޢަދަދު: 6143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(10 ޖެނުއަރީ 2013 (ބުރާސްފަތި) ގުޅޭ)
“އެއީ އަހަރެންގެ ދަރިފުޅުގެ އަނބިމީހާ. ކޮބައިތަ އޭނަ ހެދި ޓެސްޓްގެ ނަތީޖާއަކީ؟” ފަހީމާގެ ހިތް އަވަސްވިއެވެ.
“ނަތީޖާ ލިބި އެހިފައިގެން އޭނަ ދިޔައީ. އޭނަ ބަނޑު ބޮޑު.” ޑޮކްޓަރ ޝިމާންތީގެ އެޖުމްލަ ހީވީ ފަހީމާގެ ސިކުނޑީގައި އަޅާލި ބާރު ބޮނޑިއެއް ހެންނެވެ.

ރަސްގެފާނުގެ ހިތްވަރުފުޅުގަދަކަން

ކިޔާފައިވާ ޢަދަދު: 5733
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު

އިސްލާމުންގެ މުޖާހިދުންނާ ރޫމްގެ ރަސްގެފާނު ޤައިޞަރު އަރުމާނޫސްގެ ސިފައިންނާ ދެމެދު ހަނގުރާމަ ހިނގާތާ އެތައް ދުވަހެއް ވެއްޖެއެވެ. އިސްލާމުންގެ ލަޝްކަރުގެ ވެރިޔަކީ އަލްބުއަރްސަލާން ސަލްޖޫޤީއެވެ. ރޫމީންގެ ލަޝްކަރުގެ ވެރިޔަކީ ޚުދު ޤައިޞަރު އަރްމާނޫސްއެވެ.

ސަރާ (21)

ކިޔާފައިވާ ޢަދަދު: 6311
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ސާޢިދު، މަރަދޫ
(5 ޖެނުއަރީ 2012 (ހޮނިހިރު) ގުޅޭ)

އޭގެފަހުން ހިނދުކޮޅަކަށްވެސް ޢިމްރާންގެ ކުރިމަތީގައި މަޑުކުރުމެއްނެތި އޭނާ އެތަނުން ހިނގައިގެންފިއެވެ.

ދުވަސްތަކަކަށްފަހު ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެޢާއިލާގެ ޑޮކްޓަރ ޝަހީދު މާލެއައީ ސަރާ އެގެއިން ނިކުމެގެންދިޔަ ދުވަހުއެވެ. އޭނާ މަލަކާއާ ބައްދަލުކުރީ ޖެހިގެން އައި ދުވަހުއެވެ.