ސަރާ (15)

ކިޔާފައިވާ ޢަދަދު: 6361

މޫސާ ޞާޢިދު، މަރަދޫ
(10 ޑިސެމްބަރ 2012 (ހޯމަ) ގުޅޭ)
ޢިމްރާންގެ އެސުވާލުން ސަރާއަށް އިތުރު ހިތްދަތިކަމެއް ލިބުނު ކަހަލައެވެ.

“އަޅެ…އިމޫ….ތިޔަ ސުވާލު އަހަންނާ ނުކުރޭ…އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފާނެ.” އޭރުވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުންދިޔައެވެ.

އިބިލީހުގެ ހެޔޮބަސް

ކިޔާފައިވާ ޢަދަދު: 6376
ޢަބްދުﷲ ޞާދިޤު
މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ކައުއިތުރު ރަސޫލާ ފިތުރުޢީދުގެ ޒަކާތްފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ތިމަންކަލޭގެފާނާ ޙަވާލު ކުރައްވައެވެ. މި ގޮތަށް ޒަކާތް ޙަވާލު ކުރައްވައިފައި ހުއްޓައި އެއްރެޔަކު މީހަކު އައިސް އެ ތަނުން ގޮވާންތަކެއް ގެންދާތީ ފެނިއްޖެ އެވެ. އެ ވަގުތު ތިމަންކަލޭގެފާނު އެ މީހަކު ހިފަހައްޓަވައިފީމެވެ. އަދި ވިދާޅުވީމެވެ. ކަލޭ ގެންދާނީ މާތްރަސްކަލާނގެ ރަސޫލާގެ އަރިހަށެވެ. 

ސަރާ (14)

ކިޔާފައިވާ ޢަދަދު: 6245
 
މޫސާ ސާޢިދު، މަރަދޫ
(8 ޑިސެމްބަރ 2012 (ހޮނިހިރު) ގުޅޭ)
ޢިމްރާންގެ މަންމަގެ ފިއްތުންތަކުގެ ސަބަބުން ސަރާ މިހާރަކަށް އައިސް ހުންނަނީ މާބޮޑަށް މާޔޫސްވެފައެވެ. އޭނާގެ ކުރިމަތީގައި ފަހީމާ ހުންނަނީ މާބޮޑަށް މަލަކާއަށް ހެޔޮބޮޑުވެފައެވެ. އެއްދުވަހު ސަރާއަކީ ދަރިން ނުލިބޭ އަންހެނެކޭ ކިޔާފައި ފަހީމާގެ ރައްޓެއްސެއްގެ ގާތު ވާހަކަ ދެއްކި އަޑުވެސް ސަރާއަށް އިވުނެވެ. އެދުވަހު އެމީހާ ގާތު އޭނާ ބުނީ ޢިމްރާން ދެއަންބަކަށް މީހަކާ އިނީ ސަރާއަށް ދަރިން ނުލިބޭތީ ކަމަށެވެ.

ޝައިޚްގެ އަސް

ކިޔާފައިވާ ޢަދަދު: 5591
ޢަބްދުﷲ ޞާދިޤު
ޢަރަބިކަރައިގެ ރީތި ކަދުރު ޝަހަރުގައި އަޙްމަދޭ ކިޔާ މީހަކު އުޅުނެވެ. އެއީ، އޭނާގެ ޤަބީލާގެ އެންމެ މަތީ ވެރިޔާއެވެ. މިހެންވެ އޭނާއަށް ޝައިޚޭ ކިޔައި އުޅުނެވެ.

ސަރާ (13)

ކިޔާފައިވާ ޢަދަދު: 5807

މޫސާ ސާޢިދު، މަރަދޫ

(30 ނޮވެމްބަރ 2012 (ހުކުރު) ގުޅޭ)

“ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟” ޢިމްރާން ވަނީމާ އިރުކޮޅެއް ވަންދެން ބަސް ހުއްޓިފައި ހުރެފައި މަލަކާ ވާހަކަ ދެއްކިއެވެ.

“ހުވަފެނެއް ފެނުނީކީ ނޫން…އަހަރެން މިއައީ މިރޭ މިކޮޓަރީގައި ނިދަން…މާޝަކުވާ ގިނަނުކުރާތި، އަހަރެން ނުކުމެގެން ހިނގައިދާނަން.” ޢިމްރާން އެނދުގައި އިށީނެވެ. މަލަކާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

ޙަޔާތުގެ ހިޔަނި (14)

ކިޔާފައިވާ ޢަދަދު: 4164
ޑޮކްޓަރ މުޙައްމަދު ރަޝީދު
(5 ޑިސެމްބަރ 2012 (ބުދަ) ގުޅޭ)

ބުނަން ނުބުނަން ހިތަހިތާފައި އެންމެފަހުން ހިތުގައި އޮތް ސުވާލު ކުރިއެވެ. “ދެންއަޅުގަނޑުމެންގެ ގުޅުމަށް ވާނީ ކިހިނެއްތޯއެވެ؟”

“އަޅުގަނޑުމެންގެ ކޮން ގުޅުމެއްތޯއެވެ؟” ފަރުވާކުޑަކަމާއެކު ނަބީލާ މިސުވާލު ކުރިގޮތުން އެނގުނީ އައިމަން އެކުރާ އިޙްސާސް ތަކާއި އެދެކޭ ހުވަފެންތަކަކީ އޭނާ އެކަނިމާއެކަނި ދެކޭ ހުވަފެން ތަކަކާއި ޚިޔާލުތަކެއް ކަމެވެ. އޭގައި ނަބީލާ އެއްވެސް ކަހަލަ މަސްއޫލުވުމެއްނެތް ހުސް ހުވަފެން ތަކެއްކަމެވެ.

ޙަޔާތުގެ ހިޔަނި (13)

ކިޔާފައިވާ ޢަދަދު: 4240
ޑޮކްޓަރ މުޙައްމަދު ރަޝީދު
(3 ޑިސެމްބަރ 2012 (ހޯމަ) ގުޅޭ) 
“ކުޑައިރުއްސުރެ އަހަންނާ ބެހިގެން އަޑުއަހާ ކަމަށްވާއިރު އަޑުއިވިފައި ހުރީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ.” ނަބީލާ ބުނާނޭ އެއްޗެއް ނޭނގިގެންހުރެ ސުވާލު ކުރިއެވެ.
 
“އަޅުގަނޑު ދަންނަނީ ތިއީ ވަރަށް ގިނަ ތަންތަނަށް ދަތުރުކުރައްވާ ވަރަށް ގިނަބަސް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމެވެ.”
 

ޙަޔާތުގެހިޔަނި (12)

ކިޔާފައިވާ ޢަދަދު: 4385
ޑޮކްޓަރ މުޙައްމަދު ރަޝީދު
(2 ޑިސެމްބަރ 2012 (އާދީއްތަ) ގުޅޭ)
ހައިވަކަރު ސިޑީގެ މެދާ ހަމައިން ބިތުގައި އެލުވިފައިވާ ބޮޑު ލޯގަނޑު ކުރިމައްޗަށް ގުދުވަމުން ދެތުންފަތުގެ ކުލަ ހެޔޮވަރުކޮށްލަނީއެވެ. އައިމަން އަވަސް އަވަހަށް އެނބުރި ކުރިން އިންގޮތަށް ފޮތުގެ ތެރެއަށް ގެއްލިގެން އިންކަމަށް ހެދުނެވެ.
“މެޑަމް ބޮވާރީ މާ ކަމުދަނީތޯއެވެ؟” އައިމަން އިނީ ރަނގަޅަށް ހޭލައި ސަމާލުވެގެން ކަމުން ނަބީލާގެ މިސުވާލުން އެއްވެސް ޙައިރާންކަމެއް ނުލިބެއެވެ. އެހެންނަމަވެސް ސިއްސައިގެންދިޔަގޮތް ދައްކަމުން ޖަވާބުދިނެވެ.

ޙަޔާތުގެ ހިޔަނި (11)

ކިޔާފައިވާ ޢަދަދު: 4238

ޑޮކްޓަރ މުޙައްމަދު ރަޝީދު

(14 ނޮވެމްބަރ 2012 (ބުދަ) ގުޅޭ)

ވާހަކައާއި ނުއިވޭ ޙާލުގައިވެސް އުފައްދައި ދުނިޔެއަށް ހަދިޔާކޮށްފައިވާ ރީތި ސިމްފޮނީ ތަކުގެ ވާހަކައެވެ. އެއަށްފަހު ރަޝިޔާގެ މިޔުޒިކް އުފެއްދުންތެރިޔާ ޗައިކޮވިސްކީގެ ވާހަކައެވެ. އޮސްޓްރިޔާގެ މޮޒާރޓްގެ ވާހަކައެވެ.
އެންމެ ފަހުން ދެއްކީ މަޝްހޫރު އަދީބުންނާއި ޅެންވެރިންގެ ވާހަކަތަކެވެ. އަދަބުގެ ވާހަކަ އެންމެ ފަހަށް ބޭއްވުން އެއީ ނަބީލާ ގަސްތުގައި ކުރިކަމެކެވެ. އައިމަން ޝައުޤުވެރިވާ މައުޟޫޢުތައް ކުރިން ގެންނަންވެގެންނެވެ. ނަބީލާގެ އަމިއްލަ ވާހަކަ، ފަހަށް ބާއްވަން ވެގެންނެވެ. އިނގިރޭސި އަދަބުން ޑިގްރީ ނެގުމަށްފަހު މާސްޓަރސް ހެދުމަށް ޔުނިވަރސިޓީއަށް ނަން ހުށަހަޅައިފައި ޗުއްޓީގައި މާލެ އައިސް އުޅޭ ވާހަކަ ދެއްކީ އެއަށްވުރެ ވެސް ފަހުންނެވެ. ބައްޕަ އަރިހުގައި ނިއުޔޯރކުގައި ދިރިއުޅޭތާ ދުވަސްތަކެއްވީ ވާހަކައާއި އޭގެ ކުރިން ކޮލޮމްބޯގައްޔާއި ލަންޑަންގައި އުޅެފައިވާ ވާހަކަ ގެނައީ އަދި މާފަހުންނެވެ.

ސަރާ (12)

ކިޔާފައިވާ ޢަދަދު: 6618
މޫސާ ސާޢިދު، މަރަދޫ
(26 ނޮވެމްބަރ 2012 (ހޯމަ) ގުޅޭ)
ވުމާއެކު އޭނާ ގަސްދުކުރީ މަންމަގެ ފަރުވާ  ނިމުމަށްފަހު މާލެ ދެވުނުއިރަކުން މަލަކާއާ ބައްދަލުކޮށް ހުރިހާ ޙަޤީޤަތެއްވެސް ބޭޒާރުކޮށްލާށެވެ.
 
“މަންމާ…އަހަރެން މަލަކާއާ އިންނަން ނިންމީ މަންމައަށްޓަކައި. ކިތަންމެ ދުވަހެއް ވަންދެން މަލަކާއާއެކު އުޅެން ޖެހުނަސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ.” ޢިމްރާން އޭނާގެ މަންމައާ ވާހަކަ ދެއްކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހުއެވެ.