ޙަޔާތުގެ ހިޔަނި (14)

ކިޔާފައިވާ ޢަދަދު: 4215
ޑޮކްޓަރ މުޙައްމަދު ރަޝީދު
(5 ޑިސެމްބަރ 2012 (ބުދަ) ގުޅޭ)

ބުނަން ނުބުނަން ހިތަހިތާފައި އެންމެފަހުން ހިތުގައި އޮތް ސުވާލު ކުރިއެވެ. “ދެންއަޅުގަނޑުމެންގެ ގުޅުމަށް ވާނީ ކިހިނެއްތޯއެވެ؟”

“އަޅުގަނޑުމެންގެ ކޮން ގުޅުމެއްތޯއެވެ؟” ފަރުވާކުޑަކަމާއެކު ނަބީލާ މިސުވާލު ކުރިގޮތުން އެނގުނީ އައިމަން އެކުރާ އިޙްސާސް ތަކާއި އެދެކޭ ހުވަފެންތަކަކީ އޭނާ އެކަނިމާއެކަނި ދެކޭ ހުވަފެން ތަކަކާއި ޚިޔާލުތަކެއް ކަމެވެ. އޭގައި ނަބީލާ އެއްވެސް ކަހަލަ މަސްއޫލުވުމެއްނެތް ހުސް ހުވަފެން ތަކެއްކަމެވެ.

ޙަޔާތުގެ ހިޔަނި (13)

ކިޔާފައިވާ ޢަދަދު: 4293
ޑޮކްޓަރ މުޙައްމަދު ރަޝީދު
(3 ޑިސެމްބަރ 2012 (ހޯމަ) ގުޅޭ) 
“ކުޑައިރުއްސުރެ އަހަންނާ ބެހިގެން އަޑުއަހާ ކަމަށްވާއިރު އަޑުއިވިފައި ހުރީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ.” ނަބީލާ ބުނާނޭ އެއްޗެއް ނޭނގިގެންހުރެ ސުވާލު ކުރިއެވެ.
 
“އަޅުގަނޑު ދަންނަނީ ތިއީ ވަރަށް ގިނަ ތަންތަނަށް ދަތުރުކުރައްވާ ވަރަށް ގިނަބަސް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމެވެ.”
 

ޙަޔާތުގެހިޔަނި (12)

ކިޔާފައިވާ ޢަދަދު: 4442
ޑޮކްޓަރ މުޙައްމަދު ރަޝީދު
(2 ޑިސެމްބަރ 2012 (އާދީއްތަ) ގުޅޭ)
ހައިވަކަރު ސިޑީގެ މެދާ ހަމައިން ބިތުގައި އެލުވިފައިވާ ބޮޑު ލޯގަނޑު ކުރިމައްޗަށް ގުދުވަމުން ދެތުންފަތުގެ ކުލަ ހެޔޮވަރުކޮށްލަނީއެވެ. އައިމަން އަވަސް އަވަހަށް އެނބުރި ކުރިން އިންގޮތަށް ފޮތުގެ ތެރެއަށް ގެއްލިގެން އިންކަމަށް ހެދުނެވެ.
“މެޑަމް ބޮވާރީ މާ ކަމުދަނީތޯއެވެ؟” އައިމަން އިނީ ރަނގަޅަށް ހޭލައި ސަމާލުވެގެން ކަމުން ނަބީލާގެ މިސުވާލުން އެއްވެސް ޙައިރާންކަމެއް ނުލިބެއެވެ. އެހެންނަމަވެސް ސިއްސައިގެންދިޔަގޮތް ދައްކަމުން ޖަވާބުދިނެވެ.

ޙަޔާތުގެ ހިޔަނި (11)

ކިޔާފައިވާ ޢަދަދު: 4296

ޑޮކްޓަރ މުޙައްމަދު ރަޝީދު

(14 ނޮވެމްބަރ 2012 (ބުދަ) ގުޅޭ)

ވާހަކައާއި ނުއިވޭ ޙާލުގައިވެސް އުފައްދައި ދުނިޔެއަށް ހަދިޔާކޮށްފައިވާ ރީތި ސިމްފޮނީ ތަކުގެ ވާހަކައެވެ. އެއަށްފަހު ރަޝިޔާގެ މިޔުޒިކް އުފެއްދުންތެރިޔާ ޗައިކޮވިސްކީގެ ވާހަކައެވެ. އޮސްޓްރިޔާގެ މޮޒާރޓްގެ ވާހަކައެވެ.
އެންމެ ފަހުން ދެއްކީ މަޝްހޫރު އަދީބުންނާއި ޅެންވެރިންގެ ވާހަކަތަކެވެ. އަދަބުގެ ވާހަކަ އެންމެ ފަހަށް ބޭއްވުން އެއީ ނަބީލާ ގަސްތުގައި ކުރިކަމެކެވެ. އައިމަން ޝައުޤުވެރިވާ މައުޟޫޢުތައް ކުރިން ގެންނަންވެގެންނެވެ. ނަބީލާގެ އަމިއްލަ ވާހަކަ، ފަހަށް ބާއްވަން ވެގެންނެވެ. އިނގިރޭސި އަދަބުން ޑިގްރީ ނެގުމަށްފަހު މާސްޓަރސް ހެދުމަށް ޔުނިވަރސިޓީއަށް ނަން ހުށަހަޅައިފައި ޗުއްޓީގައި މާލެ އައިސް އުޅޭ ވާހަކަ ދެއްކީ އެއަށްވުރެ ވެސް ފަހުންނެވެ. ބައްޕަ އަރިހުގައި ނިއުޔޯރކުގައި ދިރިއުޅޭތާ ދުވަސްތަކެއްވީ ވާހަކައާއި އޭގެ ކުރިން ކޮލޮމްބޯގައްޔާއި ލަންޑަންގައި އުޅެފައިވާ ވާހަކަ ގެނައީ އަދި މާފަހުންނެވެ.

ސަރާ (12)

ކިޔާފައިވާ ޢަދަދު: 6683
މޫސާ ސާޢިދު، މަރަދޫ
(26 ނޮވެމްބަރ 2012 (ހޯމަ) ގުޅޭ)
ވުމާއެކު އޭނާ ގަސްދުކުރީ މަންމަގެ ފަރުވާ  ނިމުމަށްފަހު މާލެ ދެވުނުއިރަކުން މަލަކާއާ ބައްދަލުކޮށް ހުރިހާ ޙަޤީޤަތެއްވެސް ބޭޒާރުކޮށްލާށެވެ.
 
“މަންމާ…އަހަރެން މަލަކާއާ އިންނަން ނިންމީ މަންމައަށްޓަކައި. ކިތަންމެ ދުވަހެއް ވަންދެން މަލަކާއާއެކު އުޅެން ޖެހުނަސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ.” ޢިމްރާން އޭނާގެ މަންމައާ ވާހަކަ ދެއްކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހުއެވެ.

ސަރާ (11)

ކިޔާފައިވާ ޢަދަދު: 5953
މޫސާ ސާޢިދު، މަރަދޫ
(22 ނޮވެމްބަރ 2012 (ބުރާސްފަތި) ގުޅޭ)
އެވަގުތު އެތަނަށް ޢިމްރާންގެ ބައްޕަ ރަފީޤު އައިސް ވަނެވެ.
“މާ ހަރުއަޑުން ކޮން ބަޙުޘެއް؟” ކޮޓަރިއަށް ވަންނަމުން ރަފީޤު އެއްސެވެ. ވަގުތުން ވެގެންއުޅޭ ގޮތް ފަހީމާ ރަފީޤަށް ކިޔާދީފިއެވެ. އެކަމާ ރަފީޤުވެސް ޢިމްރާން ދެކެ ރުޅިއައިސް ހަޅޭއްލެވިއެވެ. 

ދަންމަރު (10)

ކިޔާފައިވާ ޢަދަދު: 8170

ފުރާނައިގެ ކާނާ

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ބިންމަތީގައި ހެދިފައި އޮތް ވެޔޮގަނޑެއްގެ ވާހަކަ އައްސަވާށެވެ. މި ވެޔޮގަނޑުގެ މޫ އޮތީ ފަސްގަނޑުގެ ދަށަށް ވަރަށް ފުނަށް ފައިބައިފަ އެވެ. ވެޔޮގަނޑު އޮތީ ގެއެއްގެ ގޯތި ތެރޭގަ އެވެ. ގެ މަރާމާތުކޮށް، ގޯތި ތެރެ ސާފު ކުރި ދުވަހު ގޭގެ ވެރިން ހެދި ގޮތަކީ މި ވެޔޮގަނޑު މުލުން ލުހެ، ނަގައި އެއްލައިލީ އެވެ. މުލާއެކު ނަގައި އެއްލައިލުމުގެ ބޭނުމަކީ އެ ވެޔޮގަނޑު އަލުން ފަޅައިގެން ނުހެދޭނޭ ގޮތް ހެދުމެވެ. މިހެން ހެދުމަށް ފަހު ގޯތި ތެރޭގައި ސިމެންތި ގައު އަތުރައި، ތަޅުން އަޅައި ނިންމައިފި އެވެ.
 

ސަރާ (10)

ކިޔާފައިވާ ޢަދަދު: 5826
މޫސާ ސާޢިދު، މަރަދޫ
(19 ނޮވެމްބަރ 2012 (ހޯމަ) ގުޅޭ)
އެވަގުތު އަނެއްކާވެސް ފަހީމާ ޓަކިޖަހައިލި އެވެ. އެއަށްފަހު ފަހީމާ ޢިމްރާނަށް ގޮވި އެވެ.
 
“ދަރިފުޅާ! މަންމަ ދޮރުމަތީގައި ކޮފީ ހިފައިގެން އައިހޭ… ހުޅުވަބަލަ!” މަންމަގެ އަޑު އިވުމުން ޢިމްރާން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެއްޖެ އެވެ.
 
“ހުޅުވާފައޭ ހުރީ.. މަންމާ ވަދޭ…” ގޮތް ހުސްވީމާ ޢިމްރާން ބުންޏެވެ. އިސާހިތު މަންމަ ކޮޓަރިއަށް ވަނެވެ. 
 

ދަންމަރު (9)

ކިޔާފައިވާ ޢަދަދު: 9190

މަގު ބަންދުވުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު މަގު ބަންދު ބޯޑު ބަހައްޓައިގެން އެ މަގެއް ވަގުތީ ގޮތުން ބަންދު ކުރެއެވެ. މަގު ފެށޭ ތާނގައި ބޯޑެއް ބަހައްޓަނީ އެ މަގުން ދަތުރު ކުރާ މީހުންނަށް މަގު ބަންދު ކޮށްފައި އޮތްކަން އަންގާށެވެ. މި ގޮތަށް މަގެއް ވަގުތީ ގޮތުން ބަންދު ކުރުމަކީ މީހެއްގެ މަންޒިލަށް ވާސިލު ވާން އޮންނަ ހުރިހައި މަގެއް ދާއިމީ ގޮތަކަށް ބަންދުވުމެއް ނޫނެވެ. މަންޒިލަށް ވާސިލު ވެވޭނޭ އެހެން އެތައް މަގެއް އޮންނާނެއެވެ. ކުރަންޖެހޭ ހައިވެސް ކަމަކީ ހޯދައި ބެލުމެވެ.

ލޭ ބޯ ފަނި (8)

ކިޔާފައިވާ ޢަދަދު: 8923
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(14 އޮކްޓޯބަރ 2012 (އާދީއްތަ) ގުޅޭ)
“އަޅުގަނޑު މި އޮތީ ހޭބަލިވެފައިތޯ؟ އަޅުގަނޑު ފެނިލައްވަނީ މޮޔައެއްގެ ގޮތުގައިތޯ؟ އަޅުގަނޑު ފީރޯޒާ ގައިގައި އޮށްގަލުން ތަޅަނީތޯ؟”
 
“ފީރޯޒާ ތިޔަހަރީ ހަމަހޭގައި. އެކަމަކު އަހަރެންގެ ކޮއްކޮ ފީރޯޒާގެ ހެވަށް އެދޭހެންނެއް ހިޔެއް ނުވޭ. ތިޔަ އުޅެނީ އޭނާ މީހެއްގެ ފިރިއަކާ ދެވަން.”