ކުޑަދޮރުން ބޭރު ފެންނަ އެނދު

ކިޔާފައިވާ ޢަދަދު: 10605
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެރީ ބުޝްމަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޖެފަރސަން މެމޯރިއަލް ހޮސްޕިޓަލުގެ ބާރަވަނަ ބުރީގައިހުރި ކޮޓަރިެއްގައި ވަރަށް ބަލި ދެމީހުން ދެ އެނދުގައި ތިއްބެވެ. މި ދެމީހުންނަށް ހަމަޖެހުނު ކޮޓަރިއަކީ އެއްވެސް ކަހަލަ ހިތްފަސޭހަ ކަމެއް ނެތް  ކިލަނބު ދަވާދެއްލާފައިވާ ކޮޓަރިއެކެވެ. ހީވަނީ ގަސްތުގައި މީހުން މާޔޫސް ކުރާ ކަހަލަގޮތަކަށް ފަރުމާކުރެވިފައިވާ ކޮޓަރިއެއް ހެންނެވެ! ގާތް ގަނޑަކަށް 10 ފޫޓު 12 ފޫޓުގެ  ކޮޓަރިއެކެވެ. މި ކޮޓަރި ވަނީ ޖެހިގެންހުރި  ހަމަ މިވަރުގެ އެހެން ކޮޓަރިއަކާ ގުޅިފައެވެ. އެއީ ދެކޮޓަރި ގުޅުވައިދޭ ފާޚާނާއަކުންނެވެ.

ޙަޔާތުގެ ހިޔަނި (2)

ކިޔާފައިވާ ޢަދަދު: 6217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ.

(8 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ)
އިސްކަންދަރު ސްކޫލު ގޯތިތެރޭގައި ކާރޫބާރޫ ބޮޑުކަމުން މީހަކަށް ނޭލާލަމުން ހިނގޭހާވަރު ނުވެއެވެ. ދެޖިންސްގެ މީހުންނެވެ. ޒުވާނުންގެ އިތުރުން މުސްކުޅިން ވެސް މެއެވެ. މި ބައިބޯ ޖަމާޢަތް އަދިވަކިން ބޮޑަށް ފާހަގަކުރެވެނީ، މިތާނގައި ބޭރުމީހުންގެ އަދަދު ގިނަކަމުންނެވެ. ތަނުގެއެކި ހިސާބު ހިސާބަށް ފެތުރިފައިވަނީ، އެކި ކަހަލަ ވަހެވެ. މީރުވަހެވެ. ކޮންމެ މީހަކުވެސް ބޭނުންކޮށްފައިވާ ސެންޓެއްގެ ވަސް އެމީހެއްގެ ވަށައިގެންވާ ހިސާބަށް ފެތުރިފައިވާ ހިނދު ހީވަނީ އެކިވައްތަރު ވައްތަރުގެ މާމެލާމެލިން ޒީނަތްތެރިވެފައިވާ ގުލްޝަނެއް ހެންނެވެ. 

ސަންދޯއް

ކިޔާފައިވާ ޢަދަދު: 9698
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އަޅުގަނޑުގެ މާމަ އަޅުގަނޑު ކުޑަ އިރު ކިޔައިދޭ ވާހަކައެއް މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. އެއީ އީމާންވުމާއި، ލޯ މަރައިލައިފައި ކަމެއްގެ މައްޗަށް ތިމާގެ އިތުބާރު ޤާއިމު ކުރުމާއި، މާ އަވަހަށް މާޔޫސްވުމުގެ މައްޗަށް ބިނާ ވެފައި އޮންނަ ވާހަކަ އެވެ.

ލޭ ބޯ ފަނި (5)

ކިޔާފައިވާ ޢަދަދު: 9620
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(17 އޮގަސްޓް 2012 (ހުކުރު) ގުޅޭ)
މަންގްލާ ޑޭމްގައި މަސައްކަތް ކުރާ ޖެހެލަމް ސަހަރުގެ މީހުން އެތަނަށް ގެނެސް، އަނބުރައި ގެންދިއުމުގެ މަސައްކަތް ކުރަނީ ސަރުކާރުންނެވެ. އެކަމަށްޓަކައި ސަރުކާރުން ހަމަ ޖައްސައިފައި ހުންނަ ސަވާރީތަކެއް ހުރެއެވެ. އެދުވަހު ސަލްމާ، ޖަވާދާ މުޚާޠަބް ކޮށް ބުންޏެވެ. “އަޅުގަނޑުވެސް މިއަދު ޑޭމް ބަލައިލާން ދާނަން- އަޅުގަނޑު އަކްބަރްގެ ކާރު އަތުލައިފިން- އެކަމަކު ދުއްވަވަން ވާނީ ޖަވާދު.”

ޙަޔާތުގެ ހިޔަނި

ކިޔާފައިވާ ޢަދަދު: 12163
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ. 

ފަތިހުގެ ފިނިވައިރޯޅީގެ ފިނިކަން ކެނޑެމުން ދަނީއެވެ. ސާއަތެއްހާ އިރު ކުރިން އަނދިރިކަން ފެތުރިފައިވި އުދަރެހަށް ރަތުރަނު ކުލަ އަރައި އެކުލަ ރިއްސަށް ބަދަލުވަމުން އަންނަނީ އެވެ.

ކަތިވަޅި ހިފައިގެން އަންނަ ކޮންމެ މީހަކީ ކަތިލަން އަންނަ މީހެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 5769
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކާފަ ކިޔައިދިން ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ކާފަ ބުނިގޮތުގައި އެއީ ހަގީގީ ހާދިސާއެކެވެ.

މުޙައްމަދު ނަސީމް އަޙުމަދު

ގާތްގަނޑަކަށް މީގެ ބައިގަރުނެއްހާ ދުވަސް ކުރިން އަހަރެމެންގެ ރަށުގެ ބަޔަކު އޮޑިއެއް ކަނޑައިގެން ފިލިއެވެ. އެމީހުންގެ މަގުސަދަކީ ރާއްޖޭން ބޭރުގެ ކޮންމެސް ގައުމަކަށް ގޮސް ކިޔަވައި، ވިޔަފާރިކޮށް، އެފަދަ އެހެން ވެސް ފުރުސަތުތައް ހޯދުމެވެ. ރާއްޖޭގެ ހާލަތު އޭރު އެހާ ވެސް ގޯހެވެ.

އަޅުވެރިޔާގެ ދަހިވެރިކަން

ކިޔާފައިވާ ޢަދަދު: 4435
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު
އިޙްޔާއުލްޢުލޫމުގައި ލިޔުއްވާފައިވެއެވެ. ބަނީ އިސްރާއީލުންގެ ވަރަށްބޮޑު އަޅުވެރިޔަކު އުޅުނެވެ. އޭނާ ހުރިހާ ވަގުތެއްގައި އަޅުކަމުގައި މަޝްޣޫލްވެގެން އުޅުއްވައެވެ. އެއްފަހަރަކު ޖަމާޢަތެއްގެ ބަޔަކުއައިސް އޭނާއަށް ދެންނެވިއެވެ. ޤައުމެއްގެ ބަޔަކު މިތާކައިރީގައި އެވެނި ބާވަތެއްގެ ގަހަކަށް އަޅުކަންކުރަމުން އެބަގެންދެއެވެ. މިޚަބަރު ލިބުމުން އަޅުވެރިޔާ ވަރަށްބޮޑަށް ރުޅި ދުރުވެއްޖެއެވެ. އަދި އެހިނދު ތޫނު ކޯރާޑިއެއް ހިއްޕަވައިގެން އެ ގަސްކަނޑާލެއްވުމަށް ހިންގަވައި ގެންފިއެވެ.

ލިބާސް

ކިޔާފައިވާ ޢަދަދު: 8751
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ލިބާހަކީ އިންސާނާ ކިބުރުވެރި ކުރުވާ އެއްޗެކެވެ.

އޭނާގެ ހިތަށް އެރި އެވެ. ލިބާހެއް ނުލައި، މުޅީން ބަރަހަނާ ވެގެން ރަށު ތެރޭގައި ބުރެއް ޖަހައިލާން ވީއެވެ. ހުރިހައި މަގަކުން ހިނގައިލާން ވީއެވެ. އެކަމަކު…

އެއީ ފަސޭހަ ކަމެއް ހެއްޔެވެ؟

ހިތުލީ ލޯބި

ކިޔާފައިވާ ޢަދަދު: 6493
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
އަހަރެން ކުއްޖަކާ ރައްޓެހިވާއިރަށް ކޮއްކޮ އެ ދެމެދަށް ވަންނާނެއެވެ. މިއީ އެއްފަހަރަކު ދިމާވި ކަމެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އޭނާ ހުންނާނީ އަހަރެންގެ ފޫބުޑުގައެވެ. އަހަރެން ކުރާކަމެއް ވިއްޔާ އެކަމެއް އޭނާ ކުރާނެއެވެ.
ރީނާ އަހަންނަށް ވުރެން ހަގީ ތިން އަހަރެވެ. އަހަރުމެންގެ ދެބޭންގެ މަންމަ ނިޔާވި އިރު އޭނާގެ އުމުރުން 4 އަހަރެވެ. އެދުވަހެއް އޭނާ ހަނދާނެއް ނުހުރެއެވެ. އެހެންނަމަވެސް މަންމަގެ ހަނދާނެެއް އަހަރެންގެ ހިތަކުން ނުފިލައެވެ. ބައްޕަ އޭގެފަހުން ތިން ދޮންމަންމައިން ގެނައެވެ. އެކަކުވެސް އަހަރެމެންނަކަށް ކަމަކު ނުދިޔައެވެ. ރީނާ އަބަދު އަހަރެންގެ ވަށައިގެން ކޮކާލެއްހެން އެ އެނބުރެނީ މަންމައެއް ނެތުމުން ކަމަށް ވެދާނެއެވެ.

ޚާދިމުގެ އަރާމާމެދު……

ކިޔާފައިވާ ޢަދަދު: 5780
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
އިސްލާމުންގެ އެންމެ ބޮޑު އެއް ވެރިޔަކު ކަމުގައިވާ ޚަލީފާ ޢުމަރުބުނު ޢަބްދުލްޢަޒީޒާ ބައްދަލުވުމަށް ރައްޓެއްސަކު އަތުވެއްޖެއެވެ. އޭނާގެ ނަމަކީ ރަޖާބިން ޙަޔާތެވެ. ސަރުކާރުގެ މަސައްކަތްތަކުން އަވަދިވެ ވަޑައިގެން، އޭނާ ގެންދެވީ، ޚަލީފާ ރޭގަނޑު އަރާމު ކުރައްވާ ކޮޓަރިއަށެވެ.