ކެތްތެރީންނާއި ޝުކުރުވެރިވާމީހުންނަށް ސުވަރުގެ ވަޢުދުކުރައްވައިފައި ވެއެވެ.

ކިޔާފައިވާ ޢަދަދު: 3307
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
މަޝްހޫރު ތާބިޢީއެއް ކަމުގައިވާ އިމްރާނު ބުނު ޢަޠާނުއަކީ، ވަރަށް ސިފަހުތުރު ކުޑަ ހަށިގަނޑެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެހެންކަމުގައިވިޔަސް އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ، އިންތިހާ ދަރަޖައިގެ ރީތި ބޭކަނބަލެކެވެ.

ރާޢީ (ހުއިހައްޕާމީހާ) ގެ ތަޤްވާވެރިކަން

ކިޔާފައިވާ ޢަދަދު: 6369
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ. ވިލަމެންދު
ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަޅު، ނާފިޢު ބަޔާން ކުރެއްވިއެވެ. – އެއްދުވަހަކު ޢަބްދުﷲ ބުނު ޢުމަރު ކޮންމެވެސް ބޭނުންފުޅަކަށް މަދީނާ މުނައްވަރާގެ އާބާދީއާއި ދުރަށް ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ބައެއް އެކުވެރި ބޭކަލުންވެސް ވަޑައިގެންނެވިއެވެ. އެބޭކަލުން އެކަލޭގެފާނު ފަރީއްކުޅުއްވުމަށް ސުފުރާ ފަތުރައިލެއްވިއެވެ. އެވަގުތު ރާޢީއަކު އެތަނާ ކައިރިން ހިނގަމުން ދިޔައެވެ.

އިސްރާ (4)

ކިޔާފައިވާ ޢަދަދު: 5103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(24 އޮގަސްޓް 2012 (ހުކުރު) ގުޅޭ)
އެއީ ދިހަބުރީގެ އިމާރާތެކެވެ. ވަރަށް ބޮޑަށް ރައްކާތެރި އެކަހެރި ތަނެކެވެ. އެއްވެސް ކަހަލަ އަޑެއް ބޭރަށް ނީވޭގޮތަށް ހަދާފައި ހުރި ޒަމާނީ ކޮޓަރިއެވެ. އަހަރެން ގޮސް ވަން އިރު އެ ތަނުގައި ހުރީ ޒިޔާނެއް ނޫނެވެ. އެތާގައި ހުރީ ސައުދުއެވެ. އޭނާއާއެކު ފާޑެއްގެ އަންހެން ކުއްޖަކު ވެސް ހުއްޓެވެ. އެކުއްޖާ ހުރީ ކޮންމެވެސް ކަހަލަ މަސްތުކަމެއްގެ ތެރޭގައިކަން އެނގެއެވެ. 

ހިސާބު ބެލުން

ކިޔާފައިވާ ޢަދަދު: 5253
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
ކޮޓަރީގައި މީހަކު އެބައުޅޭ ހެން ނަބީލަށް ހީވިއެވެ. އެކަމަކު އެހެން މީހަކު ކޮޓަރިއަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ ނަބީލަކީ އަބަދު ވެސް ކޮޓަރި ތަޅުލައިގެން އުޅޭ މީހެކެވެ. ނަބީލު އެނދުގައި އޮތް ގޮތަށް އޮވެފައި ކުޑަކުޑަކޮށް އެސްފިޔަތައް ދުރުކޮށްލިއެވެ. ފަންގިފިލާގައި ލައިފައި ހުރި މަޑު ފެހިކުލަ ލޮލުގައި ފިރުމައިލިއެވެ. 

އިސްރާ (3)

ކިޔާފައިވާ ޢަދަދު: 4777
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙަސަން ނަޖުމީ

(23 އޮގަސްޓް 2012 (ބުރާސްފަތި) ގުޅޭ)

އެއީ ރީތި ހަވީރެކެވެ. ޒިޔާންއަށް އާދެވުނީ އަހަންނާ ސައުދު ސަންސެޓް ރެސްޓޯރެންޓްގައި ތިއްބައެވެ. އިރުއޮއްސެން ވަނީ ކައިރިވެފައެވެ. އަނެއް ފަރާތުން ތޭރަވިލޭރެއެއްގެ ހަނދު އަރަން ފަށާފައި ހުއްޓައެވެ. އަހަރެން އިނީ ސައުދުގެ ހެއްވާ ވާހަތަކަށް ހޭނށެވެ.  ކުރިމަތިން ފެންނަ ރީތި މަންޒަރަށް ނަޒަރު ހުސްކޮށްލައިގެންނެވެ. ޒިޔާން ފެނުމާއެކު އަހަރެން ތެޅިގެންފައި ތެދުވެއްޖެއީމެވެ. އަދި ޒިޔާންގެ ފަހަތުން ކުށްވެރިއެއް ފަދައިން އޮފީހަށް ހިނގައްޖެއީމެވެ.

ރަސްގެފާނުގެ އިންސާފު

ކިޔާފައިވާ ޢަދަދު: 4458
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
ސުލްޠާނު މުލްކު ޝާހު އެއްފަހަރަކު އިޞްފަހާނުގެ ޖަންގައްޔަށް ޝިކާރައަށް ވަޑައިގެން އުޅުއްވިއެވެ. އަދި އެދަތުރުގައި ކުޑަ ރަށެއްގައި ޤިޔާމް ކުރައްވައިގެން ހުންނެވިއެވެ.
ވަރަށް ނިކަމެތި އަންހެނަކު އެހިސާބުގަނޑުގައި ދިރިއުޅުނެވެ. އޭނާގެ ފިރިމީހާ މަރުވިއިރު ދެމަފިރިންގެ ތިން ކުދިން ތިއްބެވެ. މި އަންހެންމީހާގެ މިލްކުގައި ގެރިއެއް އޮތެވެ. ޔަތީމު ތިން ކުދިން ގެންގުޅެ ބޮޑުކުރަނީ، އެ ގެރިން ލިބޭ ކިރުންނެވެ.

ހަ މީދާ

ކިޔާފައިވާ ޢަދަދު: 5778
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ފިނިކުރާ ނިޒާމުގެ އެހީގައި ވަރަށް ފިނިކޮށްފައިވާ އޮފީހެކެވެ. ކޮމްޕިޔުޓަރުތައް ވަރަށް ގިނައެވެ. އަވަދި ނެތް އެތައް ބައެކެވެ. ކޮންމެ މީހަކު ވެސް އުޅެނީ ދުނިޔޭގައި އަލަށް ހިނގީ ކޮން ކަމެއްތޯ ބަލާށެވެ. ރާއްޖޭގެ މި އަދުގެ އެންމެ ފަހުގެ ހާދިސާތަކަކީ، ކާރިސާތަކަކީ ކޮބައިތޯ އޮޅުން ފިލުވާށެވެ. ބައެއް މީހުން ފޯނުންނެވެ.

އިސްރާ (2)

ކިޔާފައިވާ ޢަދަދު: 4954
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙަސަން ނަޖްމީ

(22 އޮގަސްޓް 2012 (ބުދަ) ގުޅޭ)

ޒިޔާން ހީނލިއެވެ.

“ނޫން. ” ހަމަ ރަނގަޅު ވަޒީފާއެއް ދީފާނަން. “ކޮމްޕިއުޓަރ ބޭނުންކުރަން އެނގޭތަ؟”

އަހަރެމެންނަށް ދަސްވާނީ ކޮން ކޮމްޕިއުޓަރެއް ހެއްޔެވެ؟ ރަށުން ކިޔެވުނީ ގުރޭޑް 7 އާ ހަމަޔަށެވެ.

“ނޫން.” އަހަރެންގެ އުންމީދުކޮޅު ގެއްލުނެވެ. “އެކަމަކު ރަށު މަދުރަސާ ނިންމީ މިދިޔަ އަހަރު.”

އިސްރާ (1)

ކިޔާފައިވާ ޢަދަދު: 5154
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ
ލޯންޗު ނެރުން ވަންނަތަން ފެނުމާއެކު އެ ރެއަކީ އަހަރެމެން ކުދިންގެ ރޭކަން އެނގުނެވެ. ލޯންޗް ފުރެންދެން އެތިބީ ޒުވާނުންނެވެ. އެމީހުން މިރޭ ހޭދަ ކުރާނީ މި ރަށުގައެވެ. އެމީހުން އަހަރެމެން ކުދިން ހޯދާނެއެވެ. އަހަރެމެންގެ ކިބައިން އުފާ ޙާސިލު ކުރާން އުޅޭނެއެވެ. ބަދަލުގައި އަހަރެމެންނަށް އަގުބޮޑު ހަދިޔާތައް ދޭން ބުނާނެ އެވެ. ފައިސާއާއި ހަދިޔާ ލިބޭނީ ކެރިގެން ނުކުންނަ ކުދީންނަށެވެ.

ޖީބު ދަބަސް

ކިޔާފައިވާ ޢަދަދު: 10718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އެދުވަސް އަދިވެސް އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ ވަރަށް ފިނި ދުވަހެކެވެ. ހިނގާފައި ދަނިކޮށް ކުއްލިއަކަށް ފައިދަށުން އަހަންނަށް ފެނުނީ މަގުމައްޗަށް ވެއްޓިފައި އޮތް ޖީބު ދަބަހެކެވެ. އެދަބަސް އަހަރެން ނަގައި ހުޅުވައިލީ އެ ދަބަހުގެ ވެރިފަރާތުގެ ނަމެއް، ފޯނު ނަންބަރެއް ނަމަވެސް ފެނޭތޯއެވެ.