ސަރާ (1)

ކިޔާފައިވާ ޢަދަދު: 7586

މިއީ ލިޔުންތެރިންގެ ގުޅުމުގެ މެންބަރެއް ކަމުގައިވާ، މަޝްހޫރު އަދި މަޤުބޫލު ވާހަކަލިޔުންތެރިޔާ، އަލްފާޟިލް މޫސާ ޞާޢިދު، މި ސައިޓަށް ހަދިޔާކުރައްވައިފައިވާ ވަރަށް ރީތި ވާހަކައެކެވެ. ވާހަކަ ހަދިޔާކޮށްދެއްވި ކަމަށްޓަކައި ލިޔުންތެރިޔާ މޫސާ ޞާޢިދަށް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ. އިތުރު ވާހަކަތައް ވެސް ލިބޭނެ ކަމަށް އުންމީދުކުރަމުންނެވެ.  ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!


މޫސާ ސާޢިދު، މަރަދޫ
މޫސުމް އެހާ ރަނގަޅު ނޫން ކަމުގައި ވިޔަސް، ރީތި ހަނދުވަރެއް ދިއްލައިފައިވާ ރެއެކެވެ. ހިސާބަކަށް ވިއްސާރައިގެ އަސަރު ފާޅުވަމުން ދިޔަ ކަމުގައިވިޔަސް، އެ އަސަރުތަކަށް އެ ހިތްގައިމު ހަނދުވަރުގެ އަލިގަދަ ކުރަމުން ބާރުފޯރުވަމުންދާ ކަހަލައެވެ. 

އެންމެ ފަހު ފަތް

ކިޔާފައިވާ ޢަދަދު: 10038
ލިޔުއްވީ: އޯ ހެންރީ
ތަރުޖަމާ: އަޙްމަދް ސަމީރު އަލީ
އެމެރިކާގެ ފަގީރު ހިސާބެއްގައި އޮންނަ ވަރަށް ކުޑަ އަވަށެކެވެ. އެ އަވަށުގެ މަގުތައް ހީވަނީ އޮޅުންސުވާއްޔެއް ހެންނެވެ. އެއްކޮޅަށް ދާ ދެމަގު ދިހަ ބާރަ ފަހަރު، ދިހަ ބާރަ ހަތަރު އަނގޮޅިން ބައްދަލުވެ ދިހަ ބާރަ ފަހަރު ބުރަފަތި ވާތަންވެސް އާދެއެވެ. މިހެން ދިމާވުމުން ގެތައް ހުންނާނެ ގޮތް ހިތަށް އަރުވައިލާށެވެ. މޮޔައިންތަކެއް ފަރުމާކޮށްފައިވާ އަވަށެއްކަހަލަ މި ސަރަހައްދަށް މަޑުމަޑުން ޖަމާވާން ފެށީ ފަގީރު ފަންނާނުންނެވެ. އެންމެ ގިނައީ ކުރެހުންތެރިންނެވެ.

ލަވަ ކިޔާ ކުއްޖާ

ކިޔާފައިވާ ޢަދަދު: 8802
ޢަބްދުﷲ ނަޢީމު އިބްރާހީމް

ނޯޓު: މިއީ އަފްޣާނިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ ޢަބްދުލްވަކީލް ސުލަމާލް ޝިންވާރީ ލިޔުއްވައިފައިވާ ކުރު ވާހަކައެއްގެ ތަރުޖަމާ އެކެވެ. ސުލަމާލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1964 ވަނަ އަހަރުއެވެ. އޭނާ ތަޢުލީމު ހާސިލު ކުރެއްވީ އަފްޣާނިސްތާނުންނާއި، ކުރީގެ ސޯވިއެޓް ޔޫނިއަނުންނެވެ. އޭނާ ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވައިގަތީ 1994 ވަނަ އަހަރު ޕާކިސްތާނުގެ ޕިޝާވަރުގައެވެ.

ޙަޔާތުގެ ހިޔަނި (5)

ކިޔާފައިވާ ޢަދަދު: 4526
ޑޮކްޓަރ މުޙައްމަދު ރަޝީދު
(29 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގެ ބަޔާ ގުޅޭ) 
ދެހިތެއް ލޯބިން ގުޅޭނީ – ގްރީކު މީހުން ޤަބޫލުކުރާގޮތުން – ކިއުޕިޑް ދޫކޮށްލާ ދުނިގޮސް އެދެހިތަށް ހެރުމުންކަމެއްވެސް ނޭނގެއެވެ. އެކަމަކުވެސް ހިތްކުރަހައެވެ. ތީރުޖަހައެވެ. ދުނިފޮނުވައެވެ. ޅަފަތުގެ ލޯބި ކިހައި މަޢުޞޫމު ހެއްޔެވެ؟ ކިހައި އޮމާން ހެއްޔެވެ؟ 
 
ސުވާލަކީ މިހެން އުފެދޭ  މިކަހަލަ ގުޅުމެއް ކިހާދުވަހަކު ދެމިހުރެދާނޭ ހެއްޔެވެ؟ މުޅިޢުމުރަށް ދެމިހުންނާނެއެވެ. އެކަމަކު އެއަށް ކާނާ ބޭނުންވެއެވެ. އަޅައިލުން ދޭންޖެހެއެވެ. އެއީ ބިމުން އަދިކިރިޔާ ބޯދިއްކޮށްލާ ޅަ ނިރަކަށް ވާތީއެވެ.

ޙަޔާތުގެ ހިޔަނި (4)

ކިޔާފައިވާ ޢަދަދު: 4517

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު
(22 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ) 
ތެދުރޮނގެއްގެމަތީގައި ކުރު ފިޔަވަޅުތަކެއް އަޅަމުން އައިމަނާއެކު އެ ފޮޓޯއާ ކައިރިވިއެވެ. ތަނުގެ ހަލަބޮލިކަމުން ފައިވާނުގެ ފުންނާބުގެ އަޑު މީހެއްގެ ކަންފަތާހަމައަށް ނުފޯރިޔަސް، އެ ދެފުންނާބުން އިސްކަންދަރު ހޯލުގައި އެ ކުޅެނީ ރީތި މިޔުޒިކެއްކަން އައިމަނަށް ރަނގަޅަށް އެނގުނެވެ. ފުންނާބުއުސް ފައިވާނުގެ ހުރަސްވަދުތަކުގެ ދޭތެރެއިން ހުހަށްހުރި ބައިން، ފައިތލައިގެ ކުލަ ފާޅުކޮށްދެއެވެ. އައިމަން ދެންބުނާނޭ އެއްޗެއްގެ އިންތިޒާރުގައި ސަމާލުވެގެން ހުއްޓެވެ. ކޮނޑުމައްޗާ ހަމައަށް އަންނަ ވަރަށް ކުރުކޮށް ކޮށައިފައިވާ ފަން އިސްތަށިތައް މަޑުމަޑުން އަތުން ދުރުކުރަމުންނެވެ.

އީމާންކަމުގެ ބާރުގެ ރީތި ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 4186
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު
ބަދުރު ހަނގުރާމައިގެ ވަގުތު ސަޢުދު (ރަޟިޔަﷲ ޢަންހު) އާއި އެކަލޭގެފާނުގެ ބައްޕަ ޚައިޘަމާ (ރަޟިޔަﷲ ޢަންހު) އާ ދެބަފައިކަލުންކުރެ ހަނގުރާމައަށް ވަޑައިގަންނަވާނީ ކޮންބޭކަލެއްތޯ ބެއްލެވުމަށް ގުލުއަތުލެއްވި އެވެ. 

ޙަޔާތުގެ ހިޔަނި (3)

ކިޔާފައިވާ ޢަދަދު: 8601
ޑޮކްޓަރ މުޙައްމަދު ރަޝީދު


މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ.


(14 ސެޕްޓެމްބަރ 2012  (ހުކުރު) ގުޅޭ)

އަވިބާރުކަމުން މަންމަ އަތިރިމައްޗަށް ނުގެންދަން ނިންމި ނިންމުން އެއީ ހަވާލުދާރު އާދަނު، އައިމަނުގެ ޚިޔާލަކަށް، ކުރިކަމެވެ. އެހެންކަމުން އާދަންބެއާއެކު، އައިމަން ހިނގައިގަތީ މަންމައާ ސަލާންކޮށްފައެވެ. ހިތްހެޔޮކުރަން އެދިފައެވެ. އައިމަނުގެ ލަކުޑި ފޮށި އާދަނުގެ ކޮނޑުމަތީގައި ހުރީ ކޮންމެހެން އެއަށް މާގިނަ ތަކެތި އަޅައި ނުއުފުލޭ ވަރަށް ބަރުކޮށްފައި ހުރެގެނެއްނޫނެވެ.

ބުއްދިވެރި މަންމަ

ކިޔާފައިވާ ޢަދަދު: 6394
 
ޢަބްދުﷲ ޞާދިޤު
މާތްވެގެންވާ މަދީނާގެ މުޖާހިދެކެވެ. ނަންފުޅަކީ ފަރޫޚެވެ. ކާފަރުންނާ ހަނގުރާމަ ކުރައްވަން ޚުރާސާނަށް ވަޑައިގަންނަވަނީއެވެ. ވަޑައިގަންނަވަމުން އަނބިކަނބަލުންނަށް އަސްރަފީކޮޅެއް ދެއްވަމުން ވިދާޅުވިއެވެ. މިއީ، ކަމަނާ ހެޔޮކަންތަކަށް ހޭދަކުރެއްވުމަށް، ނުވަތަ ރަނގަޅު ކަންތަކަށް ޚަރަދު ކުރެއްވުމަށް ތިމަންކަލޭގެފާނު ދެއްވާ އަސްރަފީއެވެ. 

ލޭ ބޯ ފަނި (6)

ކިޔާފައިވާ ޢަދަދު: 8697
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(10 ސެޕްޓެމްބަރ 2012 (ހޯމަ) ގުޅޭ)
އަކްބަރުގެ އަނބިމީހާޔާއި ދަރިންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އޭނާ ގާތު ނުދައްކައި ސިއްރު ކޮށްގެން ތިބީ ކީއްވެގެންތޯ ސުވާލު ކުރާން އޭނާ ބޭނުން ވިއެވެ. އިނދެގެން އުޅޭ މީހެއް ކަމަށް ވަނީނަމަ ލަދުގަންނާން ޖެހޭ ކަމަކީ ކޮބައިތޯ އަހަން ވެސް ބޭނުން ވިއެވެ.

ލޯތްބާ ދުރަށް (2)

ކިޔާފައިވާ ޢަދަދު: 4769
ޙަސަން ނަޖުމީ
(17 ސެޕްޓެމްބަރ 2012 (ހޯމަ) ގުޅޭ)
މަރިޔަން ފުޅުގެ ރައްޓެހި އަންހެނުންތަކެއް އައިސް ސުވީތާގެ ކާވެނީގެ ވާހަކަ ފަށައިފި އެވެ. އަދި ގެޔަށް އަތްބަލައި ފާލުބަލާ މީހަކު ވެސް ގެނަސްފިއެވެ. އެ މީހާ އެ އަންހެންވެރިންގެ އަތް ބަލައި ކަންހިނގި ގޮތާއި ހިނގާނެ ގޮތް ކިޔައިދެއެވެ. ބައެއް ވާހަކަތައް ދިމާވާ ވަރުން އެކަކު ކަންބޮޑުވިއެވެ. އެއީ އެމީހާ ކިޔައިދިން ގޮތަށް ކަންތައް ހިނގާފައި ވާތީއެވެ. އަނެކަކަށް ވީ މަޖަލަކަށެވެ. އޭނާ ބުނި އެކައްޗެއްވެސް ދިމާ ނުވީމައެވެ.