އިރިފުސްމެ (14)

ކިޔާފައިވާ ޢަދަދު: 329

ނަޝްވާއާއި ރީޙާންގެ ކައިވެންޏަށްފަހު، ދެވަނަފަހަރަށް ލޫބާގެ އިޝާރާތެއް ރީޙާނަށްވީ އެރެއެވެ. މިފަހަރުވެސް އިވުނީ ކުރީ ރެއެކޭ އެއްފަދައިން، ލޫބާގެ ގިސްލުމުގެ އަޑެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ. އޭރު ނަޝްވާ ނިދާފައި އޮތެވެ. ރީޙާން ގޮސް ހުއްޓުނީ ބޭސްތައް ލާފައި ހުންނަ ކޮޓަރި ދޮރުމައްޗަށެވެ. ކޮޓަރިތެރެއިން އިވެނީ، ކޮންމެވެސް މީހަކު ބޭރަށް އަޑު ނުނެރެ އެތެރެއިން ރޯއަޑުފަދަ އަޑެކެވެ. ރީޙާން ޔަޤީންކުރީ، އެއީ ލޫބާގެ އަޑު ކަމަށެވެ. އޭނާ ޔަޤީންކުރެއެވެ. ލޫބާ އޭނާޔަށް އުނދަގޫ…

އިރިފުސްމެ (13)

ކިޔާފައިވާ ޢަދަދު: 307

ނަޖްވާ ހުސް ދެގަނޑުކޮޅު ގުޅަކޮށްލުމަށްފަހު، އެއްގަނޑުކޮޅުގައި ނަޝްވާގެ ނަން ޖަހާލުމަށްފަހު، އެ ގަނޑުކޮޅުވެސް ގުޅަކޮށްލާފައި ބިންމައްޗަށް ވައްޓާލިއެވެ. [މިތާ އޮންނާނީ ހުސް އެއް ކަރުދާސްކޮޅާއެކު ނަޝްވާގެ ނަން ޖަހާފައިވާ ކަރުދާސްކޮޅެއް. ނަޝްވާވެސް ވާނެ ކަރުދާސްކޮޅެއް ނަގަން. ނަޝްވާއަށް ނަޝްވާގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު ނެގިއްޖެއްޔާ، ނަޝްވާ ޖެހޭނީ، ނަޝްވާ ބޭނުން މީހަކު ޚިޔާރު ކުރަން. ރީޙާނަށް ނަޝްވާގެ ނަން ކަރުދާސްކޮޅު ލިބިއްޖެނަމަ ރީޙާނަށް. ފުރުޤާނަށް ލިބިއްޖެނަމަ ފުރުޤާނަށް. ތިންމީހުން ގަނޑުކޮޅުތައް ނަގަން ފަށާ.] ނަޖްވާ ގަނޑުކޮޅުތައް މުށަށްލާ…

ބަންގާޅީ

ކިޔާފައިވާ ޢަދަދު: 528

މިވާހަކައަކީ ކުރިން ޝާއިޢުކުރެވިފައި އޮތް ވާހަކައެކެވެ. މިސައިޓުގައި ވާހަކަ މިޖަހަނީ ބައެއް ބަދަލާއެކުގައެވެ.  _____________________________ ދަތުރުވަރުބަލި ފިލުވައިލާން މެންދުރު ޖައްސާލި ގޮތަށް ހޭލެވުނީ އިރު އަސުރުން ލެނބި ފަހުންނެވެ. ފެންވަރާލައި މެހްމާނީގެއިން ސައިބޮއި ހަދައިގެން ހިނގާލަން ނިކުތް އިރު ހިޔަނި ދެއިސްކޮޅަށް ވުރެ ދިގުވެއްޖެއެވެ. ޖައްވުގައި ފެތުރެމުން ބޯވަމުން އަންނަ ވިލާތަކުގެ އެހީގައި ދުވަހުގެ ހޫނުކަން ހަވީރުގެ ފިނިކަމަށް ތަންދެނީއެވެ. އަލަށް ނެގި ގޯތިތަކާއި ފަހުން އެޅި ބައެއް ރީތި ގެތަކާއެކު ރަށުގެ އާބަދީ ބޮޑުވެފައި ވަނީ…

އިރިފުސްމެ (12)

ކިޔާފައިވާ ޢަދަދު: 319

އައިލެންޑް އޭވިއޭޝަންގެ ޑޭޝް އަށެއް މަރުކާގެ ފްލައިޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ވަގުތު ރީޙާން މާމެލާމެލީގެ ގުލްދަސްތާއެއް ހިފައިގެން ޓަރމިނަލް ކުރިމަތީގައި ހުރިއިރު، ފުރްޤާންވެސް މާބޮނޑިއެއް ހިފައިގެން ޓަރމިނަލް ކުރިމަތީގައި ހުއްޓެވެ. [ފުރްޤާން…ތީ ކާކަށް ދޭން ގެނެސްގެން އުޅޭ މާބޮނޑިއެއް؟] ރީޙާން ފުރްޤާނުގެ ގާތަށް ޖެހިލަމުން އެއްސެވެ. [އަހަރެންގެ ހިތް އެދޭ ބައިވެރިޔާއަށް. އޭނަވެސް އެބަ އާދެޔޭ.] ފުރުޤާން ޖަވާބު ދިނެވެ. [އެހެންތަ…މިރޭ ފުރުޤާންގެ ލޯބިވެރިޔާވެސް ފެންނާނެތާ. މިހާރު ނިކުންނަން ކައިރިވަނީ. ހިނގާބަލަ ތަންކޮޅެއް އެތެރެޔަށް.]…

އިރިފުސްމެ (11)

ކިޔާފައިވާ ޢަދަދު: 302

ޖެހިގެން އައި ދުވަހުވެސް ރާނިޔާ ސްކޫލަށްދިޔައީ ރީޙާނާ އެކުގައެވެ. ނަމަވެސް، މިއަދަކު ދޮރުމައްޗަކު ފުވާދެއް ނެތެވެ. އެއީ ރާނިޔާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. ރާނިޔާ ފޭބުމާއެކު، ރީޙާން އޮފީހަށް ދިޔުމަށްޓަކައި ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ. އެޔާއެކު ސްކޫލް އޮފީހަށް ވަން ރާނިޔާ ބޭރަށް ނިކުމެއްޖެއެވެ. އެވަގުތު ސައިކަލެއްގައި ޒުވާން ފިރިހެނަކު އައިސް އެތަނަށް މަޑުކޮށްލައިފިއެވެ. ރާނިޔާ އެރީ އެ ސައިކަލްގެ ފަހަތަށެވެ. އޭނާ އެ ސައިކަލް ފަހަތަށް އެރީ ނިކަން ގައިގޯޅިކޮށެވެ. އެއީ ކޮންމެވެސް ކަމެއްގައި ރީޙާންގެ ރަޙްމަތްތެރިޔާ…

އިރިފުސްމެ (10)

ކިޔާފައިވާ ޢަދަދު: 267

ޖެހިގެން އައި ދުވަހު ލޫބާއަށް އިންޒާރު ކުރުމަށްޓަކައި ލޫބާޔާ ބައްދަލުކުރުމަށް އިރިފުސްމެ ވަގުތު ރީޙާން އަތިރިޔަށް ފޭބިއެވެ. ނަމަވެސް، އެރޭ އޭނާ އިންތިޒާރުގައި ހުރެހުރެ ވަރުބަލިވީއިރުވެސް ލޫބާގެ ހިލަމެއްނުވިއެވެ. ރީޙާން ރުޅިއައިސްފައި ހުރިކަން އެނގޭތީ، ލޫބާ ރީޙާނާ ބައްދަލުނުކުރީ ކަމަށްވެސް ވެދާނެއެވެ. ރީޙާން ކިތަންމެ ރުޅިއަޔަސް، އޭނާ އެންމެ ލޯބިވާ ބައިވެރިޔާގެ ފަރާތުން އެހެން އަންހެނަކަށް ލޯބިދޭތަން ބަލާކަށް އޭނާޔަކަށް ކުޅަދާނައެއް ނުވާނެއެވެ. އެފަދަ ކަންތައްތަކަށް ހުރަސްއަޅަން އޭނާ މަސައްކަތް ކުރާނެއެވެ. އޭނާގެ ލޯބިވެރިޔާ ބައިއަޅާކަށް ފަހަރެއްގައިވެސް…

އިރިފުސްމެ (9)

ކިޔާފައިވާ ޢަދަދު: 280

އައްޑުއަތޮޅު ހިތަދޫ ފިރިހެނަކު ހަންޑިޔަކާ ހިތާވެ، ކައިވެނިކޮށްގެން އުޅެނިކޮށް ހަންޑީގެ ޙަޤީޤަތް އެނގުމުން، ދިރިއުޅުން ރޫޅި، ފަންޑިތަ ހަދަމުންދާ ވާހަކަ ވަރަށް އަވަހަށް ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރަން ފަށައިފިއެވެ. ކޮންމެ ބަޔަކުވެސް އަނެއް ބަޔަކަށްވުރެން މޮޅަށް އެ ޚަބަރު ކަވަރ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ބައެއް ނޫސްތަކުގައި، ޝަބާބްގެ ފޮޓޯތައް ޖެހިވެސްމެއެވެ. ވުމާއެކު، މިދުވަސްވަރު ރާއްޖޭގައި އެންމެ ހިނގާ ނަމަކީ ޝަބާބް ކަމުގައި ވެގެންދިޔައެވެ. ބައެއް ނޫސްތަކުގައި ޝަބާބްގެ އިންޓަރވިޔުތަކާއި، ރީޙާންގެ އިންޓަރވިޔުތައްވެސް ތަކުރާރުކޮށް ޖަހާފައިވެއެވެ.…

މަންމަ (3)

ކިޔާފައިވާ ޢަދަދު: 307

ސާރާ ބައްޕަގެ ކުއްލި ވަރުން މަންމަ އިނީ ޝޮކު ޖެހިފައެވެ. މަންމަޔާ އަޅާލާނެ މީހަކު މާލޭގައި ނެތި ބިކަ ހިނގަން ޖެހިފައެވެ. ކުޑަދުވަހުއްސުރެ ބަލާ ބޮޑުކުރި މައިފުށުގެ ބޮޑުދައިތަ އިނީ މާދުރުގައެވެ. އިންޑިޔާއަށް ކިޔަވަން ދިޔަގޮތަށް އެތާ މީހަކާ އިނދެގެން އެތާނގެ މައިސޫރުގައެވެ. އެދަނޑިވަޅުގައި މަންމަޔަށް ސަހަރޯވެރިވެ އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ މަންމަޔާ އެއްރަށުގެ އެކުވެރި ޒުވާން ފިރިހެނެއްކަމުގައިވާ މޫސާ މަޖުދީއެވެ. މިޒުވާނާއަކީ ސާރާ މަންމަ ބައްޕަޔާ ކައިވެނީގެ ގޮތުން ގުޅުމުގެ ކުރިންވެސް މަންމަޔާ ހިތާވެގެން މަންމަ…

އިރިފުސްމެ (8)

ކިޔާފައިވާ ޢަދަދު: 301

އެރޭ ޕާޓީތެރެއިން ރީޙާނާއި ރިޔާ މަސައްކަތް ކޮށްގެންވެސް ޝަބާބް ފެންނަގޮތެއް ނުވިއެވެ. ޙަޤީޤަތުގައި ރީޙާން ބޭނުންވަނީ މިރޭ ކޮންމެ ގޮތެއް ހަދާފައިވެސް އޭނާގެ އަނބިމީހާ ދައްކާ ވާހަކަތަކާއި، މިހާރު އެ ޕާޓީތެރޭގައި ޙަރަކާތްތެރިވަމުންދާ ޝަބާބް ދައްކާ ވާހަކަތަކުގެ ތެދު ދޮގު ބަލާށެވެ. އެ ޙަފްލާތެރޭ ހޯދަމުން ދަނިކޮށް ދެންވެސް ރީޙާންމެނާ ދިމާވީ، އޭނާގެ އަނބިމީހާ ޝަބާބް، އޭނާގެ ކޮއްކޮ ކަމަށް ބުނާ ޝަބާބާއެވެ. ޙައިރާންވާންޖެހޭ ކަމަކީ އެއްމާބަނޑު ދެބެންނެއްކަމަކު، އެއް ނަމެއް ކިޔާތީއެވެ. މިހާތަނަށް އެއީވެސް ބަޔަކު…

މަންމަ (2)

ކިޔާފައިވާ ޢަދަދު: 276

އަހަރެންގެ މޭލަށް ޝާމް ޖަވާބު ދީފައި އޮތީ ފަސްގަޑިއިރު ފަހުންނެވެ. މިތާނގެ ގަޑިން ހަވީރު ހަތަރުގަޑި ބައިގައެވެ. އޭރު، މިތަނަށްވުރެ ހަތަރު ގަޑިއިރު ކުރީގައި އުޅޭ މާލެއަށް ރޭގަނޑު އަށްގަޑިބައި ވެދާނެއެވެ. ލިބިފައި އޮތް ޖަވާބުން އުފާވިއެވެ. ޝާމް ބުނެފައި އޮތީ “ސާރާ މަންމަ ހޯދައިދިނުން ވާނީ ދިވެއްސެއްގެ ގޮތުން މަށަށް ލިބޭ ނުހަނު މަތިވެރި އުފަލެއް” ކަމަށެވެ. ނަމަވެސް މަންމަޔާ ބެހޭ ގޮތުން ލިބިފައިވާ މަދު މައުލޫމާތުކޮޅުގެ އަލީގައި މަންމަ އެއީ ކާކުކަން ދެނެގަތުން އެހައި…