ހިތުލީ ލޯބި

ކިޔާފައިވާ ޢަދަދު: 6585
ޙަސަން ނަޖުމީ
އަހަރެން ކުއްޖަކާ ރައްޓެހިވާއިރަށް ކޮއްކޮ އެ ދެމެދަށް ވަންނާނެއެވެ. މިއީ އެއްފަހަރަކު ދިމާވި ކަމެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އޭނާ ހުންނާނީ އަހަރެންގެ ފޫބުޑުގައެވެ. އަހަރެން ކުރާކަމެއް ވިއްޔާ އެކަމެއް އޭނާ ކުރާނެއެވެ.
ރީނާ އަހަންނަށް ވުރެން ހަގީ ތިން އަހަރެވެ. އަހަރުމެންގެ ދެބޭންގެ މަންމަ ނިޔާވި އިރު އޭނާގެ އުމުރުން 4 އަހަރެވެ. އެދުވަހެއް އޭނާ ހަނދާނެއް ނުހުރެއެވެ. އެހެންނަމަވެސް މަންމަގެ ހަނދާނެެއް އަހަރެންގެ ހިތަކުން ނުފިލައެވެ. ބައްޕަ އޭގެފަހުން ތިން ދޮންމަންމައިން ގެނައެވެ. އެކަކުވެސް އަހަރެމެންނަކަށް ކަމަކު ނުދިޔައެވެ. ރީނާ އަބަދު އަހަރެންގެ ވަށައިގެން ކޮކާލެއްހެން އެ އެނބުރެނީ މަންމައެއް ނެތުމުން ކަމަށް ވެދާނެއެވެ.

ޚާދިމުގެ އަރާމާމެދު……

ކިޔާފައިވާ ޢަދަދު: 5882
ޢަބްދުﷲ ޞާދިޤު

އިސްލާމުންގެ އެންމެ ބޮޑު އެއް ވެރިޔަކު ކަމުގައިވާ ޚަލީފާ ޢުމަރުބުނު ޢަބްދުލްޢަޒީޒާ ބައްދަލުވުމަށް ރައްޓެއްސަކު އަތުވެއްޖެއެވެ. އޭނާގެ ނަމަކީ ރަޖާބިން ޙަޔާތެވެ. ސަރުކާރުގެ މަސައްކަތްތަކުން އަވަދިވެ ވަޑައިގެން، އޭނާ ގެންދެވީ، ޚަލީފާ ރޭގަނޑު އަރާމު ކުރައްވާ ކޮޓަރިއަށެވެ.

ކެތްތެރީންނާއި ޝުކުރުވެރިވާމީހުންނަށް ސުވަރުގެ ވަޢުދުކުރައްވައިފައި ވެއެވެ.

ކިޔާފައިވާ ޢަދަދު: 3468
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު

މަޝްހޫރު ތާބިޢީއެއް ކަމުގައިވާ އިމްރާނު ބުނު ޢަޠާނުއަކީ، ވަރަށް ސިފަހުތުރު ކުޑަ ހަށިގަނޑެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެހެންކަމުގައިވިޔަސް އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ، އިންތިހާ ދަރަޖައިގެ ރީތި ބޭކަނބަލެކެވެ.

ރާޢީ (ހުއިހައްޕާމީހާ) ގެ ތަޤްވާވެރިކަން

ކިޔާފައިވާ ޢަދަދު: 6677
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ. ވިލަމެންދު
ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަޅު، ނާފިޢު ބަޔާން ކުރެއްވިއެވެ. – އެއްދުވަހަކު ޢަބްދުﷲ ބުނު ޢުމަރު ކޮންމެވެސް ބޭނުންފުޅަކަށް މަދީނާ މުނައްވަރާގެ އާބާދީއާއި ދުރަށް ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ބައެއް އެކުވެރި ބޭކަލުންވެސް ވަޑައިގެންނެވިއެވެ. އެބޭކަލުން އެކަލޭގެފާނު ފަރީއްކުޅުއްވުމަށް ސުފުރާ ފަތުރައިލެއްވިއެވެ. އެވަގުތު ރާޢީއަކު އެތަނާ ކައިރިން ހިނގަމުން ދިޔައެވެ.

އިސްރާ (4)

ކިޔާފައިވާ ޢަދަދު: 5259
ޙަސަން ނަޖުމީ
(24 އޮގަސްޓް 2012 (ހުކުރު) ގުޅޭ)
އެއީ ދިހަބުރީގެ އިމާރާތެކެވެ. ވަރަށް ބޮޑަށް ރައްކާތެރި އެކަހެރި ތަނެކެވެ. އެއްވެސް ކަހަލަ އަޑެއް ބޭރަށް ނީވޭގޮތަށް ހަދާފައި ހުރި ޒަމާނީ ކޮޓަރިއެވެ. އަހަރެން ގޮސް ވަން އިރު އެ ތަނުގައި ހުރީ ޒިޔާނެއް ނޫނެވެ. އެތާގައި ހުރީ ސައުދުއެވެ. އޭނާއާއެކު ފާޑެއްގެ އަންހެން ކުއްޖަކު ވެސް ހުއްޓެވެ. އެކުއްޖާ ހުރީ ކޮންމެވެސް ކަހަލަ މަސްތުކަމެއްގެ ތެރޭގައިކަން އެނގެއެވެ. 

ހިސާބު ބެލުން

ކިޔާފައިވާ ޢަދަދު: 5422
މުޙަންމަދު ޝާހިދު ޙަލީމް
ކޮޓަރީގައި މީހަކު އެބައުޅޭ ހެން ނަބީލަށް ހީވިއެވެ. އެކަމަކު އެހެން މީހަކު ކޮޓަރިއަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ ނަބީލަކީ އަބަދު ވެސް ކޮޓަރި ތަޅުލައިގެން އުޅޭ މީހެކެވެ. ނަބީލު އެނދުގައި އޮތް ގޮތަށް އޮވެފައި ކުޑަކުޑަކޮށް އެސްފިޔަތައް ދުރުކޮށްލިއެވެ. ފަންގިފިލާގައި ލައިފައި ހުރި މަޑު ފެހިކުލަ ލޮލުގައި ފިރުމައިލިއެވެ. 

އިސްރާ (3)

ކިޔާފައިވާ ޢަދަދު: 4992

 

ޙަސަން ނަޖުމީ

(23 އޮގަސްޓް 2012 (ބުރާސްފަތި) ގުޅޭ)

އެއީ ރީތި ހަވީރެކެވެ. ޒިޔާންއަށް އާދެވުނީ އަހަންނާ ސައުދު ސަންސެޓް ރެސްޓޯރެންޓްގައި ތިއްބައެވެ. އިރުއޮއްސެން ވަނީ ކައިރިވެފައެވެ. އަނެއް ފަރާތުން ތޭރަވިލޭރެއެއްގެ ހަނދު އަރަން ފަށާފައި ހުއްޓައެވެ. އަހަރެން އިނީ ސައުދުގެ ހެއްވާ ވާހަތަކަށް ހޭނށެވެ.  ކުރިމަތިން ފެންނަ ރީތި މަންޒަރަށް ނަޒަރު ހުސްކޮށްލައިގެންނެވެ. ޒިޔާން ފެނުމާއެކު އަހަރެން ތެޅިގެންފައި ތެދުވެއްޖެއީމެވެ. އަދި ޒިޔާންގެ ފަހަތުން ކުށްވެރިއެއް ފަދައިން އޮފީހަށް ހިނގައްޖެއީމެވެ.

ރަސްގެފާނުގެ އިންސާފު

ކިޔާފައިވާ ޢަދަދު: 4605
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
ސުލްޠާނު މުލްކު ޝާހު އެއްފަހަރަކު އިޞްފަހާނުގެ ޖަންގައްޔަށް ޝިކާރައަށް ވަޑައިގެން އުޅުއްވިއެވެ. އަދި އެދަތުރުގައި ކުޑަ ރަށެއްގައި ޤިޔާމް ކުރައްވައިގެން ހުންނެވިއެވެ.
ވަރަށް ނިކަމެތި އަންހެނަކު އެހިސާބުގަނޑުގައި ދިރިއުޅުނެވެ. އޭނާގެ ފިރިމީހާ މަރުވިއިރު ދެމަފިރިންގެ ތިން ކުދިން ތިއްބެވެ. މި އަންހެންމީހާގެ މިލްކުގައި ގެރިއެއް އޮތެވެ. ޔަތީމު ތިން ކުދިން ގެންގުޅެ ބޮޑުކުރަނީ، އެ ގެރިން ލިބޭ ކިރުންނެވެ.

ހަ މީދާ

ކިޔާފައިވާ ޢަދަދު: 5921

އާދަމް ނަޞީރު އިބްރާހީމް
ފިނިކުރާ ނިޒާމުގެ އެހީގައި ވަރަށް ފިނިކޮށްފައިވާ އޮފީހެކެވެ. ކޮމްޕިޔުޓަރުތައް ވަރަށް ގިނައެވެ. އަވަދި ނެތް އެތައް ބައެކެވެ. ކޮންމެ މީހަކު ވެސް އުޅެނީ ދުނިޔޭގައި އަލަށް ހިނގީ ކޮން ކަމެއްތޯ ބަލާށެވެ. ރާއްޖޭގެ މި އަދުގެ އެންމެ ފަހުގެ ހާދިސާތަކަކީ، ކާރިސާތަކަކީ ކޮބައިތޯ އޮޅުން ފިލުވާށެވެ. ބައެއް މީހުން ފޯނުންނެވެ.

އިސްރާ (2)

ކިޔާފައިވާ ޢަދަދު: 5174

 

ޙަސަން ނަޖްމީ

(22 އޮގަސްޓް 2012 (ބުދަ) ގުޅޭ)

ޒިޔާން ހީނލިއެވެ.

“ނޫން. ” ހަމަ ރަނގަޅު ވަޒީފާއެއް ދީފާނަން. “ކޮމްޕިއުޓަރ ބޭނުންކުރަން އެނގޭތަ؟”

އަހަރެމެންނަށް ދަސްވާނީ ކޮން ކޮމްޕިއުޓަރެއް ހެއްޔެވެ؟ ރަށުން ކިޔެވުނީ ގުރޭޑް 7 އާ ހަމަޔަށެވެ.

“ނޫން.” އަހަރެންގެ އުންމީދުކޮޅު ގެއްލުނެވެ. “އެކަމަކު ރަށު މަދުރަސާ ނިންމީ މިދިޔަ އަހަރު.”