ޢުންދުލުސްގެ އަމީރާއި ޢީސާއީއެއް

ކިޔާފައިވާ ޢަދަދު: 6127
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު

“މާތް ޢިއްޒަތްތެރިޔާ ކަލާ މިހިސާބަށް ވަޑައިގަތުމުގެ އުނދަގޫ ތިޔަ އުފުލެއްވީ ކޮންކަމަކާތޯ؟” ރަސްގެފާނު ތެދުވެވަޑައިގެން ޢީސާއީ ފާދިރީއާ އިސްތިޤްބާލް ކުރައްވަމުން ވިދާޅުވިއެވެ.

“މާތް އަމީރުއެވެ! ތިޔަބޭފުޅުން އަޅުގަނޑުމެންގެ ފައްޅިހުރި ތަނާ ގުޅިފައިވާ ހުސްބިމުގައި މިސްކިތެއް ބިނާކުރައްވަން އުޅުއްވާ ޚަބަރު އަޅުގަނޑު އެހިން. އެއީ ތެދެއްތޯ؟” ޢީސާއީ ފާދިރީ ދެންނެވިއެވެ.

ޑެކަރޭޝަން ޕީސް(9)

ކިޔާފައިވާ ޢަދަދު: 4030
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުއްޝަކޫރު ޢަލީ
(3 އޭޕްރިލް 2012 ގެ ބަޔާ ގުޅޭ)
“އެހެންތަ!!” ވިޝްވާސް ދިގުރާގެއްގައި ބުނެލިއެވެ.
“އެހެންތަ! ހާދަ ރަނގަޅޭ.” ރޭކާ ރުޅިއަތުވެއްޖެއެވެ. “ކަލޭ ތިޔަހެން ތިޔަބުނީ، ތިމާއަށް ތިމާއަކީ ކާކުކަން ނޭނގޭފަދައަކުން. އަހަރެން މިހެން މިބުނަނީ، ކަލެޔަކީވެސް އިންޑިޔާގެ ރަށެއްގައި ދިރިއުޅޭ މީހެއް. ކަލޭވެސް ހުންނާނީ އެފަދަ އެއްޗެތި ދެކެފަރިތަވެ، އެ އެއްޗިއްސަށް އާދަވެފާ. އެހެން ނޫންނަމަ، ކަލެޔަކީވެސް.” ރޭކާ ވާހަކައެއް ބުނަން އުޅެފައި ހުއްޓާލިއެވެ. “ކަލޭވެސް އުޅުނީ އަހަރެމެންގެ ރަށުގައިތަ.” ވިޝްވާސް ރޭކާގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.

ރަނގަޅު ހެޔޮކަން

ކިޔާފައިވާ ޢަދަދު: 5963
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
އީރާނުގެ ނެއިޝާޕޫރުގައި ވަރަށް ހެޔޮލަފާ މާތް ވިޔަފާރިވެރިއަކު އުޅުނެވެ. މިއީ ވަރަށް ބޮޑު މުއްސަންޖެކެވެ. މާތް ރަސްކަލާނގެ އޭނާއަށް ޢިލްމުގެ މުދާވެރިކަންވެސް ދެއްވާފައިވެއެވެ. އޭނާގެނަމަކީ އިބްނު ނަޖީދެވެ.

އެއްދުވަހަކު އޭނާގެ އުސްތާޛު އަބޫއުޘްމާނު ބައްދަލުވާން ހިނގައްޖެއެވެ. އެކަލޭގެފާނު، އޭރު މުޖާހިދުންނަށް ޗަންދާ އެއްކުރައްވަމުން ގެންދަވައެވެ.

ޑެކަރޭޝަން ޕީސް(8)

ކިޔާފައިވާ ޢަދަދު: 4020
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢަބްދުއްޝަކޫރު ޢަލީ
(30 މާރޗް 2012 ގެ ބަޔާ ގުޅޭ)
“އާނ! ވިޝްވާސް، އަހަރެންނަކީ މޮޔައަކީމެއް ނޫން. އަހަރެންނަކީ މޮޔައެއްކަމަށް ހީކުރެވެނީ، ކަލޭމެން ގެންގުޅޭ ސިސްޓަމާ ދެކޮޅަށް ޖެހިލުމެއްނެތި ވާހަކަ ދައްކާތީކަންނޭނގެ. އަހަރެން މިބުނަނީ، ސޮސައިޓީގެ ވާހަކަ. އަހަރެން މިހުރީ މޮޔަވެފައި ނޫންކަން އަހަރެންނަށް ރަނގަޅަށް އެނގޭނެ. އެހެނީ، އަހަރެން މިދައްކާ ކޮންމެ ވާހަކައަކީވެސް ޙަޤީޤަތެއްނެތް ގޯސްވާހަކައަށް ނުވާތީ.” ރޭކާ ކޮންމެ ލަފުޒަކަށް ބާރުލާފައި ބުނެލިއެވެ.