ދިވެއްސެއްކަން އަންގައިދޭ ފާހަގަ..!

ކިޔާފައިވާ ޢަދަދު: 6410
 ޙަސަން ޝާކިރު މުޙައްމަދު

“އިންތިޚާބު ކިހިނެއްތޯވީ؟ ހޮވުނުތޯ؟” “ނޫނޭ! ނުހޮވުނޭ!… އަނެއްކޮޅަށް ދިޔައީ…” “އެހެންތޯ؟” މިހާރު މިތިބެވުނީ އަޅުގަނޑުމެން ދިރިއުޅޭ 10 ބުރި ޢިމާރާތުގެ ދުވާގޮޅިން އައިސް 7 ވަނަ ބުރިއާ ހަމައިގައެވެ. އަޅުގަނޑުމެން ފައިބައިފީމެވެ. އޭނާ ދިޔައީ 9 ވަނަ ބުރިއަށެވެ. ދުވާގޮޅިން ފައިބަމުން އަޅުގަނޑާއެކު ހުރި އަޅުގަނޑުގެ ދަރިފުޅުގާތުގައި އެއީ ލަންކާ މީހެކޭ ބުނުމުން އޭނާ ވަރަށް ހައިރާން ވިއެވެ. “ހާދަރީތިކޮށޭ އެ ވާހަކަދެއްކީ” ދަރިފުޅު ބުނެލިއެވެ. ތެދެކެވެ. މޫނުމަތިންވެސް “ދިވެއްސެކެވެ.” ވާހަކަދެއްކީވެސް އެންމެރީތި ދިވެހިބަހުންނެވެ. 

ފާލު ބެލުން

ކިޔާފައިވާ ޢަދަދު: 2597

މުޙައްމަދު ޒަކަރިއްޔާ، މީޒާން، ޅ. ނައިފަރު

ވާހަކަ ފެށެނީ އިހުޒަމާނުގެ ރަސްކަލެއްގެ ދަރުބާރުންނެވެ. އެ ދަަރުބާރަކީ ރަސްގެފާނަށް ގިނައިން ޚުޝާމަދު ކުރެވޭ ދަރުބާރެކެވެ. ދަރުބާރުގެ ހުރިިިިހައި ކަމެއް ހިނގަމުންދަނީ ރަސްގެފާނުގެ ހިތްޕުޅު ރުހޭގޮތް ބަލަމުންނެވެ…. ދަރުބާރުގެ އެންމެ އަޑުހަރު މީހުންނަަަކީ، ފާލުބަލައި ރަމަލު ޖަހަައި އުޅޭ މީހުންނެވެ. މީގެ ތެރޭންވެސް އެއްމެ އަރިސްމީހަކަށް ހުންނަނީ ރަސްގެފާނުގެ ބޮޑުވަޒީރެވެ. އޭނާގެ ލަގަބަަކަށް ކިޔަނީ ދަރުބާރުގެ ވެރިޔާއެވެ.

ކަތީބު ބޭގެ ބަނބުކެޔޮ ދަތުރު

ކިޔާފައިވާ ޢަދަދު: 4279

މިއީ ބަނބުކެޔޮ މޫސުމެއް ނޫނެވެ. ޖުންޖުލާގެ ވިއްސާރަ މޫސުމެވެ.


މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެވެ. އެކަމަކު މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.


އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

އަތޮޅުތަކުގައި ސިފައިންގެ މަރުކަޒުތައް ޤާއިމް ކުރެވެމުން ދިޔަ ދުވަސްވަރެވެ. މިހާދިސާ ހިނގާފައިވަނީ 2003 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އއ.ރަސްދޫ (އަސްލުރަށެއް ނޫން) އަކީ ވެސް އެ ދުވަސްވަރު ސިފައިންގެ މަރުކަޒެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ދެމުން ގެންދިޔަ ދުވަސްވަރެވެ. އޭރު ސިފައިންނާއި ފުލުހުންނަކީ އެއް ބަޔެކެވެ.
 

ޞާދާއި ސީނުގެ ގުޅުން ނުވަތަ އޮޅުން

ކިޔާފައިވާ ޢަދަދު: 3383
ސަޢުދު ޢަބްދުލްކަރީމް ހަވޭލި، އއ.ފެރިދޫ
ޞާދާއި ސީނަކީ ސިފައިގެ ގޮތުން ތަފާތުވިޔަސް މަޚްރަޖްގެ ގޮތުން އެއްގޮތް ދެ އަކުރެވެ. އެހެންކަމުން ބައެއް މީހުން މިދެއަކުރު ކިޔާ ކިޔުމުގައި އަޑުއަހާމީހުންނަށް ވަރަށްގިނަ ފަހަރު އޮޅޭގޮތް ވެސް ވެއެވެ. މިފަދަ އަކުރުތަކަކީ ބައެއްމީހުން ރަމްޒުއަކުރެއްގެ ގޮތުގައިވެސް ބޭނުންކުރާ އަކުރުތަކެކެވެ.

ކިބާވަރު ގެއްލިއްޖެ!

ކިޔާފައިވާ ޢަދަދު: 6712

 

“ގެ ބަދަލުކުރަން އުޅުމުގެ ތެރޭގައި … !”

ކިބާވަރު ގެއްލިއްޖެ!

ޙަސަން ޝާކިރު މުޙައްމަދު

ދިވެހީންނަކީ، ދިރިއުޅުމުގައި އަމިއްލަ ގޮތްތަކެއްހުރި އަމިއްލަ އުފެއްދުންތަކެއް ބޭނުންކުރަމުންއައި އަދި އަމިއްލަ ކެއުންތަކެއްވެސް ކައިބޮއި އުޅުނު މުޅީން އަމިއްލަ ބައެކެވެ. މިއަދު މި އަންނަނީ، އެ ޒަމާން ފަސްދެމުންނެވެ. އަޅުގަނޑުމެންނާ ވަކިވަމުންނެވެ. މިއީ، ހިތާމަހުރިކަމެކެވެ. ހިތްދަތިކަމެކެވެ. ދިވެހިރާއްޖެ ދެމިއޮތްހައި ދުވަހަކު ދިވެހިގޮތުގައި ތިބި ދިވެހީން މިޤައުމުގައި ދެމިތިބުމަކީ، ތިޔަބޭފުޅުންނެކޭ އެއްފަދައިން އަޅުގަނޑުގެވެސް އެންމެބޮޑު އުންމީދެވެ. މި ކަމުގައި ” އެޒަމާން ހިނގައްޖެ ފަސްދީ…….” އޭ ބުނެލާފައި ނިންމައިނުލައި ކުރިޔަށް ދަމާތޯއެވެ؟

ފައިވާން ގެންދިޔުމާއި ގެންދެވުން!

ކިޔާފައިވާ ޢަދަދު: 6670

تجربة ގެ އަލީގައި…!

ފައިވާން ގެންދިޔުމާއި ގެންދެވުން!

حسن شاكر محمد

ޒަމާނަށް އައިސްފައިވާ بدلއާއެކު ފައިވާނަކީ، ވަރަށް مهمّ އެއްޗެކެވެ. خاصّކޮށް ރާއްޖެފަދަ ހޫނު قومތަކުގައެވެ. އަދި އެއަށްވުރެ ބޮޑަށް މާލެ ފަދަ މަގުތަކުގައި ގާ އަތުރާފައިވާ ސިޓީތަކުގައެވެ. ހޫނަގަދަ ދުވަހެއްގައި ހުސްފަޔާ ކުޑަ ތަންކޮޅަކަށްވެސް ހިނގައިލުމަކީ، ކުޅަދާނަވާ ވަރުގެ ކަމަކަށް ނުވާތީއެވެ.

އުމުރުން ދޮށީވުމުގައި މުޅި ހަށިގަނޑު އެކައްޗެއް ނުކިޔައެވެ.

ކިޔާފައިވާ ޢަދަދު: 8705

އަޙްމަދް ސަމީރު ޢަލީ

އިހަށްދުވަހު ފަތިހު “ފޭސް ބުކް” ބަލައިލި އިރު ފެނުނީ ޒަމާންވީ ރަހުމަތްތެރިއެއްގެ ލިޔުންކޮޅެކެވެ. އުފާވެރި އުފަންދުވަހަކަށް އެދިފައި، އަންނާނެ ލާނެތް ޖަވާބު އެނގިގެން ކަހަލަ ގޮތަކަށް މީނާ އިތުރަށް ލިޔެލިއެވެ. “މިހާރު ސަމީރަށް އެވީ ކިތައް އަހަރު ހެއްޔެވެ؟”

ރޯދަ ހަދިޔާ – ހަލީސާ (31)

ކިޔާފައިވާ ޢަދަދު: 4329
ރޯދަ ހަދިޔާ ހަލީސާ (31)

ފާޠިމަތު ޒާރާ

ލޮލުގެ ނޫރު ބޭކާރު ކުރަނީ ކީއްކުރަން؟

ރަށުގައި ހުރި އެންމެ ދަހި މީހާ އެއް ދުވަހަކު ރަށުގެ ބާޒާރުގެ މަގުތައްމަތީގައި ހިނގަމުންދަނީއެވެ. ނަމަވެސް އޭނާ ހިނގަމުންދިޔައިރު އޭނާގެ އެއް ލޯ ހުރީ މެރިފައެވެ. މިކަމާ މަގުމަތިން ދިޔަ މީހަކު ޙައިރާންވެގެން އޭނާއާ ސުވާލުކުރިއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 30)

ކިޔާފައިވާ ޢަދަދު: 3984
ފާޠިމަތު ޒާރާ

ރަތްކުލައިގެ އަސްދޫންޏެއް ދުށީމުތަ؟

ޕްރީ ސްކޫލުގައި ކިޔަވައިދޭ ޓީޗަރަކު އެއްދުވަހަކު އޭނާގެ ކުލާހުގެ ދަރިވަރުންގެ އަތަށް ކަރުދާސް ގަނޑެއް ދީފައި އޭގައިވާ ކުރެހުމުގައި ކުލަ ޖައްސަން ބުންޏެވެ. އެ ކުރެހުމުގައިވަނީ ކުޑައެއް ނަގައިގެން އިން އަސްދޫންޏެކެވެ. އަސްދޫނީގައި ރީނދޫ ކުލަ އަދި ކުޑައިގައި ފެހި ކުލަ ޖައްސަން ހުރިހާ ކުދިން ގާތު ޓީޗަރު ބުންޏެވެ. ނަމަވެސް އެކުލާހުގައި އިންނަ އެންމެ ލާނެތް ކުއްޖާ އަސްދޫނީގައި ގަދަ ރަތް ކުލަ ޖައްސަން އިންދާ ޓީޗަރަށް ފެނުމުން ދިން އިރުޝާދާ އެއްގޮތަށް އޭނާ ޢަމަލު ނުކުރާތީ ޓީޗަރު އޭނާ އާ ސުވާލުކުރިއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 29)

ކިޔާފައިވާ ޢަދަދު: 4215
ފާޠިމަތު ޒާރާ

ބުއްދިއަކީ ފާޑެއްގެ އެއްޗެއް

ޖިމް އާއި މޭރީއަކީ މޮޔައިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ދެމީހުންނެވެ. އެއްދުވަހަކު މި ދެމީހުން ހޮސްޕިޓާ ތެރޭގައި އޮތް ހުސް ބިމުގައި ހިނގާލަން ނިކުތެވެ. އަދި އެތަނުގައި އޮތް ސްވިމިންގ ޕޫލަކާ އަރާ ހަމަވުމާއެކު ކުއްލިއަކަށް ޖިމް އެ ޕޫލަށް ފުންމާލައިފިއެވެ. މޭރީ މިތަން ބަލަން ނުހުރެ ޖިމްގެ ފުރާނަ ސަލާމަތް ކުރަން އޭނާގެ ފަހަތުން ފުންމާލިއެވެ. އަދި ޖިމް އެއްގަމަށް އެރުވިއެވެ.