ރޯދަ ހަދިޔާ – (ހަލީސާ – 21)

ކިޔާފައިވާ ޢަދަދު: 4203
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ޒަމާނީ ކުރެހުންތެރިކަން

ކުރެހުމުގެ މައުރަޒެއް ބަލައިލަން ގޮސް ހުރި މީހެކެވެ. މީނާއަކީ ކުރެހުމުގެ ފަންނާ ބެހޭގޮތުން މަޢުލޫމާތު އެއްކުރާ އެ ފަންނަށް  ޝައުގުވެރިވާ މީހަކަށްވާތީ ކޮންމެ ކުރެހުމެއްވެސް ވަރަށް ގާތުން ބަލައި އެއިން ކޮންމެ ކުރެހުންތެރިއެއްގެ ކުރެހުމުގެ ވައްޓަފާޅިއާއި ހުނަރުވެރިކަމާމެދު ވިސްނައެވެ. ކުރެހުންތައް ބަހައްޓާފައި ހުރި އެކި ހޯލުތަކުގެ ތެރޭގައި ހިނގަމުންގޮސް ޒާތަކަށް ކުރަހާފައި ހުރި ކުރެހުމެއް ފެނިގެން ހިތަށް އެރިއެވެ. “މިއީވެސް ކުރެހުމެއް ހެއްޔެވެ. ކުރެހުމުން ދައްކުވައިދެނީ ކޮން އެއްޗެއްކަމެއް އެނގެނީކީ ނޫނެވެ.” މިހެން ހިތަށް އަރާފައި ހުއްޓައި އެމައުރަޒު އިންތިޒާމުކުރި މީހުންގެ ތެރެއިން މީހަކާ ދިމާވެގެން އެކުރެހުން ދައްކާފައި މަލާމާތުގެ ރާގަކަށް ސުވާލުކޮށްލިއެވެ. “މިއީ ކަލޭމެން ތި ކިޔާ ޒަމާނީ ކުރެހުންތެރިކަމުގެ (މޮޑަރން އާޓް) ފަންނު ދައްކުވައިދޭ ކުރެހުމެއް ދޯ.”

ރޯދަ ހަދިޔާ – (ހަލީސާ – 20)

ކިޔާފައިވާ ޢަދަދު: 4095
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

ސުވިޗަށް ފިތާނީ ކާކު؟

ދިރިއުޅުމަށްޓަކައި އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް މަންމައާއި ބައްޕަ ދިނީމާ ކާލައިގެން، އެ ދެމީހުން ދިނީމާ އުނުއޮރިޔާން ނިވާކޮށްގެން ދިރިއުޅުން ވޭތުކުރަމުންދާ ޒުވާނެކެވެ. މިޒުވާނާގެ މައިންބަފައިންނަކީ ތަނަވަސް ބައެއް ނަމަވެސް އޭނާގެ ކަންތައްތައް ހުންނަ ގޮތުން ވަރަށް ކަންބޮޑުވެއެވެ. އޭނާއާ މެދު ނުވިސްނާ އެންމެ ދުވަހެއްވެސް ނުދެއެވެ. މިހެން ވިސްނުމުގެ ތެރޭގައި އޭނާގެ ބައްޕައަށް ވަރަށް މޮޅު ޚިޔާލެއް ކުރެވިއްޖެއެވެ. އަދި އެޚިޔާލު އެޒުވާނާއާ ހިއްސާކުރިއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 19)

ކިޔާފައިވާ ޢަދަދު: 3908
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

މައިދައިތައަށް ފޮނުވި ސިޓީގެ ހަލުއި ޖަވާބު

އާދައިގެ ދިރިއުޅުމެއް ވޭތުކުރަމުންދާ ދެމަފިރިންނެވެ. ނަމަވެސް ދިރިއުޅުމުގެ ސާދާކަން ކޮންމެ ފަހަރަކުވެސް ގެއްލެންދިމާވަނީ ދެމީހުންކުރެ މީހެއްގެ މަންމަ އެ ދެމީހުން ގާތަށް ޗުއްޓީ ހޭދަކޮށްލަން ނުވަތަ އެނޫންވެސް ބޭނުމަކު އައިސް ހުންނަ ދުވަސްކޮޅުގައެވެ. އެހެންކަމުން މިފަހަރު ޗުއްޓީއާ ދިމާކޮށް ފިރިހެންމީހާ އޭނާގެ މައިދައިތައަށް ސިޓީއެއް ފޮނުވިއެވެ. ސިޓީ ފޮނުވިތާ ހަފްތާއެއް ފަހުން މައިދައިތަ ހުރީ  އެގޭގައެވެ. މިކަމާ ފިރިހެން މީހާ ޙައިރާންވެގެން އޭނާގެ އަންހެނުންނާ ސުވާލުކުރިއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 18)

ކިޔާފައިވާ ޢަދަދު: 4203
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ދަތުގެ ޑޮކްޓަރު ދަތުގެ މުޢާއިނާ ކުރާނީ ބަލިމީހާގެ އަނގައިގެ ތެރެއަށް އެރިހުރެގެނެއް ނޫނެވެ.

މީހަކު ދަތެއްގައި ރިއްސާތީ ދަތުގެ ޑޮކްޓަރެއްގާތަށް ދިޔައެވެ. އަދި ބުންޏެވެ. “ޑޮކްޓަރ، އިއްޔެއިންސުރެން މިއުޅެނީ ދަތެއްގައި ވަރަށް ރިހޭތީ.” މިހެން ބުނުމުން އޭނާގެ ދަތުގައި ރިއްސަނީ ކީއްވެގެންތޯ ބެލުމަށްޓަކައި އޭނާގެ އަނގަތެރެ ބަލައިލަން ބޭނުންވެގެން އޭނާގެ އަނގަ ހުޅުވުމަށް ޑޮކްޓަރު އެދުނެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 17)

ކިޔާފައިވާ ޢަދަދު: 4103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

ފިރިމީހާއެއްކަމަކު އޭނާގެ އަތުގައި ނެތް އެއްޗެއް ނުހޯދޭނެ

ފިރިމީހާ އޮފީހަށް ދާން ނިކުންނަނިކޮށް އަނބިމީހާ ވަރަށް ލޯބިން ބުނެލިއެވެ. “އޮފީހަށް ދިއުމުގެ ކުރިން އަހަރެންނަށް ސަތޭކަ ރުފިޔާ ދެއްޗޭ. މިތާ ފިހާރައަކުން ވަރަށް ރީތި ހެދުމެއް ފެނިގެން މިއުޅެނީ” ފިރިމީހާ ބުންޏެވެ. “ކަލެއަށް ބޭނުންވަނީ ފައިސާއެއް ނޫން ބުއްދި” މިއަށް ރައްދު ދެމުން އަނބިމީހާ ބުންޏެވެ. “ކަލޭގެ އަތުގައި ނެތް އެއްޗެއް ކަލޭގެ ކިބައިން ހޯދަން އެދިގެން އަހަންނަށް ވާނީ ކޮން ފައިދާއެއް؟”

ރޯދަ ހަދިޔާ – (ހަލީސާ – 16)

ކިޔާފައިވާ ޢަދަދު: 4182
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

މިއަދު ރަނގަޅު ކަމަކަށް ކުރީ ކޮންކަމެއް؟

އެދުރުބެ ދަރިވަރާ ސުވާލު ކުރަނީއެވެ. “ބުނެބަލަ، މިއަދު ކަލޭ ރަނގަޅު ކަމަކަށް ކުރީ ކޮންކަމެއް؟” ޖަވާބުގައި ދަރިވަރު ބުންޏެވެ. “އަހަރެން މިއަދު މުސްކުޅި އަންހެނަކަށް މަގު ހުރަސްކުރުމުގައި އެހީތެރިވެދިނިން.” އެދުރުބެ އަނެއްކާވެސް ސުވާލެއް ކުރިއެވެ. “އެ މުސްކުޅިމީހާއަށް އެހީވެދިނުމުގައި ކަލެއަށް އެއްވެސް އުނދަގުލެއް ދިމާވިތަ؟” ދަރިވަރު ބުންޏެވެ. “އާނ. ވަރަށް އަނދަގޫވި. އެ މީހާ މަގު ހުރަސްކުރާކަށްވެސް ބޭނުމެއް ނުވި. އެހެންވެ އެމީހާ މަގުގެ އަނެއް ފަރާތަށް ގެންދަން ޖެހުނީ ގަދަކަމުން ކަހަލަ ގޮތަކަށް”

ރޯދަ ހަދިޔާ – (ހަލީސާ – 15)

ކިޔާފައިވާ ޢަދަދު: 4113
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

އަސްވެސް މޮޔަހެއްދޭނަމަ މުބާރާތް ކާމިޔާބުކުރީމުސް

ތާސްކުޅެން ތިބި ދެ ރައްޓެހިންނެވެ. އެތަނުން އެކަކު ބުންޏެވެ. “ކަލެއާއެކު ތާސް ކުޅޭއިރު އަހަރެން އަބަދު ދަށްވަނީ ކީއްވެގެންކަމެއް އަހަންނަކަށް ހަމަ އުޅެއުޅެ ނުވިސްނުނު. އެކަމަކު އަސް ދުއްވުމުގެ މުބާރާތުގައި ކަލޭ އަހަރެންގެ އަތުން ދަށްވޭ”
އަނެއް މީހާ ބުންޏެވެ. “އަސްލު ވާގޮތަކީ، އަހަންނަށް އަސް މޮޔަހައްދާނެ ގޮތެއް ނޭނގެނީ”

ރޯދަ ހަދިޔާ – (ހަލީސާ – 14)

ކިޔާފައިވާ ޢަދަދު: 3876
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ކިޔެވިނަމަ މިފަހަރުގެ ހުރިހާ މަސައްކަތެއް ވީހީ ބޭކާރު

ދަރިފުޅު ސްކޫލު އިމްތިޙާނުގައި ފެއިލްވުމުން ބައްޕަ ދަރިފުޅާ ވާހަކަ ދައްކަމުން ބުންޏެވެ. “ދެރަނުވޭ ދަރިފުޅާ. މިއީ ތަޤުދީރުގައި ހުރި ގޮތް. ދަރިފުޅުގެ ތަޤުދީރުގައި ލިޔެވިފައިއޮތީ މިއިމްތިޙާނުން ފެއިލްވާން. އެހެންވީމަ ފެއިލްވީ.”
މި އަޑުއަހާފައި ދަރިފުޅު ބުންޏެވެ. “އެހެންވީއިރު ތިޔަވީ ވަރަށް ރަނގަޅަށް. ހަމަ ނަޞީބެއް ބައްޕާ، އަހަރެން މިފަހަރު އިމްތިޙާނުން ފާސްވާން އެހާ މަސައްކަތެއް ނުކުރަން. އެހެންނަމަ ހުރިހާ މަސައްކަތެއް ދިޔައީހީ ފެނަށް.”

ރޯދަ ހަދިޔާ – (ހަލީސާ – 12)

ކިޔާފައިވާ ޢަދަދު: 4021
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

މުއްސަނދިވީ ގޮތް

މީހަކު އޭނާގެ ރަޙުމަތްތެރިއާކުރެން އެއްސެވެ. “ކަލޭ ތިޔަހާ މުއްސަނދިވީ ކިހިނެއް؟”

ރަޙުމަތްތެރިޔާ ޖަވާބުދިނެވެ. “އަހަރެން މަސައްކަތްކުރީ މިލިއަނަރަކާއެކު. އަހަރެމެން ދެމީހުން މަސައްކަތްކުރީ ދެ ޕާޓްނަރުންގެ ގޮތުގައި. އަހަރެންގެ ކިބައިގައި ތަޖުރިބާހުރި އޭނާ އަތުގައި ފައިސާއާއި މުދާހުރި. މިހާރު އޭނާގެ ކިބައިގައި ތަޖުރިބާ ހުންނާނެ. އަހަރެންގެ އަތުގައި ފައިސާއާއި މުދާ.”

ރޯދަ ހަދިޔާ – (ހަލީސާ – 10)

ކިޔާފައިވާ ޢަދަދު: 4113
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

އެއް ނަޒަރަކުން ބެލުން

އެއްދުވަހަކު ކުއްޖަކު ކުލާހަށް ދިޔައީ އޭނާގެ އެއް ލޮލުގައި ފޮތިކޮޅެއް އަޅައި ނިވާކޮށްގެންނެވެ.
 
މީނާ ފެނިފައި އުސްތާޛު ސުވާލުކުރިއެވެ. “ބަލަ. އެއް ލޮލުގައި ފޮތިކޮޅެއް އަޅާފައި ތިހިރީ ކީއްވެގެން؟ އަނެއްކާ ލޮލަށް ކަމެއްވީތަ؟”