ރޯދަ ހަދިޔާ – (ހަލީސާ – 15)

ކިޔާފައިވާ ޢަދަދު: 4215
ފާޠިމަތު ޒާރާ

އަސްވެސް މޮޔަހެއްދޭނަމަ މުބާރާތް ކާމިޔާބުކުރީމުސް

ތާސްކުޅެން ތިބި ދެ ރައްޓެހިންނެވެ. އެތަނުން އެކަކު ބުންޏެވެ. “ކަލެއާއެކު ތާސް ކުޅޭއިރު އަހަރެން އަބަދު ދަށްވަނީ ކީއްވެގެންކަމެއް އަހަންނަކަށް ހަމަ އުޅެއުޅެ ނުވިސްނުނު. އެކަމަކު އަސް ދުއްވުމުގެ މުބާރާތުގައި ކަލޭ އަހަރެންގެ އަތުން ދަށްވޭ”
އަނެއް މީހާ ބުންޏެވެ. “އަސްލު ވާގޮތަކީ، އަހަންނަށް އަސް މޮޔަހައްދާނެ ގޮތެއް ނޭނގެނީ”

ރޯދަ ހަދިޔާ – (ހަލީސާ – 14)

ކިޔާފައިވާ ޢަދަދު: 3979
ފާޠިމަތު ޒާރާ

ކިޔެވިނަމަ މިފަހަރުގެ ހުރިހާ މަސައްކަތެއް ވީހީ ބޭކާރު

ދަރިފުޅު ސްކޫލު އިމްތިޙާނުގައި ފެއިލްވުމުން ބައްޕަ ދަރިފުޅާ ވާހަކަ ދައްކަމުން ބުންޏެވެ. “ދެރަނުވޭ ދަރިފުޅާ. މިއީ ތަޤުދީރުގައި ހުރި ގޮތް. ދަރިފުޅުގެ ތަޤުދީރުގައި ލިޔެވިފައިއޮތީ މިއިމްތިޙާނުން ފެއިލްވާން. އެހެންވީމަ ފެއިލްވީ.”
މި އަޑުއަހާފައި ދަރިފުޅު ބުންޏެވެ. “އެހެންވީއިރު ތިޔަވީ ވަރަށް ރަނގަޅަށް. ހަމަ ނަޞީބެއް ބައްޕާ، އަހަރެން މިފަހަރު އިމްތިޙާނުން ފާސްވާން އެހާ މަސައްކަތެއް ނުކުރަން. އެހެންނަމަ ހުރިހާ މަސައްކަތެއް ދިޔައީހީ ފެނަށް.”

ރޯދަ ހަދިޔާ – (ހަލީސާ – 12)

ކިޔާފައިވާ ޢަދަދު: 4082
ފާޠިމަތު ޒާރާ

މުއްސަނދިވީ ގޮތް

މީހަކު އޭނާގެ ރަޙުމަތްތެރިއާކުރެން އެއްސެވެ. “ކަލޭ ތިޔަހާ މުއްސަނދިވީ ކިހިނެއް؟”

ރަޙުމަތްތެރިޔާ ޖަވާބުދިނެވެ. “އަހަރެން މަސައްކަތްކުރީ މިލިއަނަރަކާއެކު. އަހަރެމެން ދެމީހުން މަސައްކަތްކުރީ ދެ ޕާޓްނަރުންގެ ގޮތުގައި. އަހަރެންގެ ކިބައިގައި ތަޖުރިބާހުރި އޭނާ އަތުގައި ފައިސާއާއި މުދާހުރި. މިހާރު އޭނާގެ ކިބައިގައި ތަޖުރިބާ ހުންނާނެ. އަހަރެންގެ އަތުގައި ފައިސާއާއި މުދާ.”

ރޯދަ ހަދިޔާ – (ހަލީސާ – 10)

ކިޔާފައިވާ ޢަދަދު: 4213
ފާޠިމަތު ޒާރާ

އެއް ނަޒަރަކުން ބެލުން

އެއްދުވަހަކު ކުއްޖަކު ކުލާހަށް ދިޔައީ އޭނާގެ އެއް ލޮލުގައި ފޮތިކޮޅެއް އަޅައި ނިވާކޮށްގެންނެވެ.
 
މީނާ ފެނިފައި އުސްތާޛު ސުވާލުކުރިއެވެ. “ބަލަ. އެއް ލޮލުގައި ފޮތިކޮޅެއް އަޅާފައި ތިހިރީ ކީއްވެގެން؟ އަނެއްކާ ލޮލަށް ކަމެއްވީތަ؟”
 

ރޯދަ ހަދިޔާ – (ހަލީސާ -9)

ކިޔާފައިވާ ޢަދަދު: 4240
ފާޠިމަތު ޒާރާ

ސަލާންޖަހާ އޮފީސް

ބާޒާރުކޮށްލަން ނިކުމެ އުޅުނު އަންހެނަކަށް ދުވާރުމަތީ ހުއްޓިހުރެ އެހެންލާފައި ދާ މީހުން ގާތު ސަލާން ޖަހާ މީހަކު ފެނުނެވެ. އޭނާ އެ ދުވާރު މަތިން ހިނގާފައިދާ ކޮންމެ މީހެއް ކުރެން އެހީއެއް ލިބިދާނެތޯ ނޫނީ ފައިސާކޮޅެއް ލިބިދާނެތޯ އާދޭސް ކުރެއެވެ. މިކަމާ ނުރުހުންވެގެން އަންހެން މީހާ އޭނާ އާ ދިމާއަށް ބުންޏެވެ.

“ކަލޭ ލަދެއްވެސް ނުގަނޭތަ؟ މަގުމެދުގައި ހުއްޓި ހުރެ ދާހާ މީހެއް ކައިރީ ސަލާން ޖަހަން؟”

ރޯދަ ހަދިޔާ – (ހަލީސާ -8)

ކިޔާފައިވާ ޢަދަދު: 2648
ފާޠިމަތު ޒާރާ

ޤަބުރުސްތާނުގެ ވަށައިފާރު ރާނަނީ ކީއްކުރަން؟

ރަށު އެންމެން އެއްވެ ތިބެ އެ ރަށުގެ ޤަބުރުސްތާނުގެ ވަށައިފާރު ރޭނުމާމެދު މަޝްވަރާ ކުރަމުންދަނީއެވެ. މަޝްވަރާކުރަން ތިބި މީހުންގެ ތެރެއިން އެކަކު ނޫން އެހެން ހުރިހާ އެންމެން އެ މަސައްކަތްކުރަންޖެހޭކަމަށް އެއްބަސްވެ އެކަމަށް ތާއީދު ކުރިއެވެ.
 
އެކަމާ ދެކޮޅުހެދި މީހާ އޭނާ އެކަމާ ދެކޮޅު ހަދާ ސަބަބު ބުނެދިނެވެ.

ރޯދަ ހަދިޔާ – (ހަލީސާ -7)

ކިޔާފައިވާ ޢަދަދު: 4379

ފާޠިމަތު ޒާރާ

ޒިލޭބީ ހެދީ ތާޒާކޮށް

ގާޑިއާ ދޮށަށް ވިޔަފާރިކުރަން ދިޔަ މީހާ އެ ގާޑިޔަލުގައި ވިއްކަންހުރި ޒިލޭބީ ގަނެގެން ރަހަ ބަލާލައިފިއެވެ. އޭގެ ރަހަ އަނގައިގައި ލުމާއެކު ގާޑިޔަލުގެ ވެރިމީހާއާ ސުވާލުކޮށްފިއެވެ. “މިއީ ތާޒާކަންމަތީ ތައްޔާރުކޮށްފައި ހުރީ ޒިލޭބީއޭ ބުނީމެއްނުން. އެކަމަކު މި މިހިރީ ކަރުވެފައި.”

ރޯދަ ހަދިޔާ – (ހަލީސާ -6)

ކިޔާފައިވާ ޢަދަދު: 4139

ފާޠިމަތު ޒާރާ

މި ގެ ކުއްޔަށް ދޭނީ ދަރިއަކު ނެތް މީހަކަށް

ގޭގެ ވެރިމީހާ އޭނާގެ ގެ ކުއްޔަށް ދޭން ބޭނުންވިއެވެ. އަދި ގެ ކުއްޔަށް ހިފާނެ މީހަކު ހޯދަންވެގެން ގޭގެ ބޭރު ދޮރުގައި މަގުމަތިން ދާ މީހުންނަށް ފެންނާނެހެން ލިޔުމެއް ތަތްކުރިއެވެ. އޭގައި ގެ ކުއްޔަށް ދޭ ވާހަކަ ބަޔާންކުރުމަށްފަހު ލިޔެފައިވެއެވެ. “ދަރިން ނެތް މީހުންނަށް އެކަނި.” މާނައަކީ އެ ގެ އޭނާ ކުއްޔަށް ދޭން ބޭނުންވަނީ އެއްވެސް ދަރިއަކު ނެތް މީހަކަށެވެ. ދުވަސްގަނޑަކަށް ފަހު އެ ގެ ކުއްޔަށް ހިފަން ބޭނުންވެގެން ފިރިހެން ކުއްޖަކު އައިސް ގޭގެ ވެރިމީހާއާ ބައްދަލުކުރިއެވެ.
“މި ގެ އަހަންނަށް ކުއްޔަށް ދޭންވީނުން. އަހަރެންގެ ހުންނަނީ ހަމައެކަނި މަންމަ އަކާއި ބައްޕައަކާއި ދައްތައެއް.”
 

ރޯދަ ހަދިޔާ –(ހަލީސާ -5 )

ކިޔާފައިވާ ޢަދަދު: 4206
ފާޠިމަތު ޒާރާ

ކާފަ ނިޔާވިއިރު ދޫކޮށްލީ ކޮންއެއްޗެއް؟

އެއްދުވަހެއްގައި ތިން ރަޙުމަތްތެރިއަކު ދެއްކި ވާހަކައެކެވެ.

ފުރަތަމަ ކުއްޖާ: އަހަރެންގެ ކާފަ ނިޔާވިއިރު ކާފަ ދޫކޮށްލާފައިދިޔަ މުދަލުގެ ތެރޭގައި 10 މިލިއަން ޑޮލަރު ހިމެނެއެވެ.

ރޯދަ ހަދިޔާ – (ހަލީސާ -4 )

ކިޔާފައިވާ ޢަދަދު: 4247
ފާޠިމަތު ޒާރާ

ލޯނު ނުދެއްކުމަކީވެސް ފައިދާއެއް

މީހަކު ބޭންކުން ލޯނެއް ނަގައިގެން ވަރަށް އަގުބޮޑު ކާރެއް ގަތެވެ. ކޮންމެ މަހަކު ލޯނަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންގޮސް ދުވަސްގަނޑަކުން އެކަން ހުއްޓިއްޖެއެވެ. ލޯނުގެ ފައިސާއެއް ނުދައްކައެވެ. އެކަމާ ގުޅިގެން އޭނާ ގަތް ކާރު ބޭންކުން އަތުލިއެވެ. ބޭންކުން ކާރު އަތުލުމުން މިމީހާ ހިތަށް އެރިއެވެ. “މިކަން އެނގުނުނަމަ އަހަރެން ކައިވެނި ކުރީހީވެސް ބޭންކުން ލޯނެއް ނަގައިގެންނެވެ.”