ރޯދަ ހަދިޔާ – (ހަލީސާ -3)

ކިޔާފައިވާ ޢަދަދު: 4235
ފާޠިމަތު ޒާރާ

މިއީ ވެސް ގޮތެއް

ޓީވީ ޝޯ ހުށަހަޅައިދޭ ތަންކޮޅެއް ދުވަސްވީ ފަންނާނެއް ހުށަހަޅައިދެމުން ދިޔަ ޝޯ އަހަރުތަކެއް ވަންދެން ދެއްކުމަށްފަހު އެ ޝޯ ދެއްކުން ހުއްޓައިލިއެވެ.

މި ޝޯ ތައްޔާރުކުރި ސްޓޫޑިއޯގެ ރިޕޯޓަރަކާ އެއްދުވަހަކު މި ފަންނާނާ މަގުމަތިން ބައްދަލުވެގެން ރިޕޯޓަރު އަހައިލިއެވެ.

ރޯދަ ހަދިޔާ – (ހަލީސާ -2)

ކިޔާފައިވާ ޢަދަދު: 4261

ފާޠިމަތު ޒާރާ

ވަގުކަލޭގެ އަށް ދެއްކި ބިރު

އަހަރެންގެ މެންދުރު ކެއުމަށް ބޭނުންވާ ކާއެއްޗެހި އަޅާފައި ހުރި ކަރުދާސް ކޮތަޅު އޮފީހުން ކޮންމެވެސް މީހަކު ވަގަށް ނެގުމުން އެކަމުގެ ޝަކުވާ އަހަރެންގެ އަންހެނުންގެ ގާތުގައި އަހަރެން ކުރުމުން، އަނެއް ދުވަހަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށް ދޭނެކަމަށް އަންހެނުން ބުންޏެވެ.

ރޯދަ ހަދިޔާ (ހަލީސާ -1)

ކިޔާފައިވާ ޢަދަދު: 4459

ފާޠިމަތު ޒާރާ

މަންމަގައިގައި ހުންނަނީ ކިތައް މީޓަރުތަ؟

އަހަރެންގެ ފަސް އަހަރުގެ ދަރިފުޅު އަހަންނާއެކު ފާޚާނާއަށް ވަނެވެ. ބަރުދަން ބަލާ ކަށްޓާ މައްޗަށް އަހަރެން އެރުމުން ދެ ލޯ ބޮޑުކޮށްލާފައި އޭނާ އަހަންނާ ސުވާލުކޮށްލިއެވެ.
“މަންމަ ގައިގަ ހުންނަނީ ކިތައް މީޓަރުތަ؟”

ކޮޅުނބުގެ ހަދިޔާ

ކިޔާފައިވާ ޢަދަދު: 6337

 ޝާކިރުގެ..

ކޮޅުނބުގެ ހަދިޔާ

ޙަސަން ޝާކިރު މުޙައްމަދު

ބޭރު ޤައުމަކަށް ނުވަތަ ރަށަކަށް ދެވިއްޖެނަމަ ޢާއިލާގެ މީހުންނަށާއި ގާތްމީހުންނަށް ހަދިޔާއެއް ގެނެސްދިނުމަކީ، ވަރަށް ގިނަބައެއްގެ އާދައެކެވެ.  އެ އާދަކާދައަށް ތަބާނުވާކަށް އަޅުގަނޑުވެސް ނެތީމެވެ.
އެކަމަކު މިފަހަރު މިދެވުނީ ކުޅުދުއްފުއްޓަކަށް ނޫނެވެ. އެހެންވީމާ ހާލުފޮޅިކޮޅެއް ލިބޭ ގޮތެއް ނުވިއެވެ. އަދި މިދެވުނީ، ދިއްގަރަކަށް ވެސް ނޫނެވެ. އެހެންނޫންނަމަ މީރު ރިހާކުރުކޮޅެއް ލިބުނީހެވެ. އަދި ކޮބައިތޯއެވެ. މިދެވުނީ ތޮއްޑޫއަކަށް ވެސް ނޫނެވެ. ވީމާ، ކަރައެއް ވެސް ނުލިބުނެވެ. ހޯނޑެއްދުއަށް ދެވުނު ނަމަ، ކުޅިގަދަ ވިފުކު މިރުސްކޮޅެއް ލިބުނީހެވެ. އައްޑޫ ބޮނޑިއެއްވެސް ލިބުނީހީ އައްޑޫއަށް ދެވުނު ނަމަތާއެވެ. ކުރާނެކަމެއްނެތްތާއެވެ.

ހަސަނުގެ ހަރު އެތި

ކިޔާފައިވާ ޢަދަދު: 3664
އިބްރާހީމް ޙުސައިން މަނިކު

މިކަމެއް ހިނގިކަމަށްވަނީ، ފައިބެ ޤަރުނުގެ ކުރީކޮޅުގައެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި ދެ ބޮޑުހަނގުރާމަ ދެމެދުގެ އަހަރެއްގެ ތެރޭގައެވެ. އެދުވަސްވަރު މާލޭ ބާޒާރުގައި ރަސްކަންކުރީ ވޯރާ ވިޔަފާރިވެރިންނެވެ. އާންމު ބަހުރުވައިންނަމަ ބުންބާ މީހުންނެވެ.

ފޯނު އެއްލައިލުމަށްފަހު، އާ ފޯނެއް ގަނެވުނު ނަމަ މާ ރަނގަޅުވީހޭ އެބަ ހިތަށްއަރައެވެ.

ކިޔާފައިވާ ޢަދަދު: 8866
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

2012 ވަނަ އަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ތައިލެންޑަށް ދެވުނު ފަހަރަކު ނަސީބު ރަނގަޅުކަމުން ބާ ފޯނާއި މަދު ފައިސާކޮޅެއް ދީފައި މުޅިން އާ، ސަމްސުން (ބައެއް މީހުން ކިޔާ ގޮތުން ނަމަ “ސޭމްސަން”) ގެލެކްސީ ނޯޓެއް ލިބޭ ގޮތްވުމުން ވަރަށް އުފާވި އެވެ. އޭރު ތައިލެންޑްގައި އެ ވައްތަރުގެ ފޯނެއް ލިބެނީ 22 ހާސް ބާތަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ (އެ ދުވަސްވަރު ޑޮލަރުގެ އަގު ހުރި ގޮތުން) ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާއެވެ. އޭގެ ފޯނެއް އޭރު މާލޭގައި ހުރީ ދިވެހި 14 ހާސް ރުފިޔާއަށެވެ.

ފުރަތަމަ ސައިކަލަކަށް އެރި ދުވަސް

ކިޔާފައިވާ ޢަދަދު: 3441
އާދަމް ޝަރީފް މުޙައްމަދު، ރޯޒީ، ށ.ފުނަދޫ

އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރެއް ކަމުގައިވާ ރަޖީވް ގާންދީއަކީ އަޅުގަނޑު ވަރަށް ސަޕޯޓްކުރާ ލީޑަރެކެވެ. އެ މަނިކުފާނު އަވަހާރަކޮށްލެވުނު އިރު އަޅުގަނޑު އުޅުނީ އީޕީއެސް ސްކޫލުގެ ދަރިވަރަކަށެވެ. އޭރުގެ އުޞޫލު އޮންނަ ގޮތުން އަވަށްޓެރި ނުވަތަ އިސްލާމީ ޤައުމެއްގެ ވެރިޔަކު އަވާރަވެއްޖެ ނަމަ ވިދިގެން އަންނަ ދުވަހު ސަރުކާރު ބަންދު ވާނެއެވެ. ރަޖީވްގާންދީ އަވަހާރަ ކޮށްލެވުމުން އެކަމުގެ ހިތާމައިގައި ސަރުކާރު ބަންދުވީ އަޅުގަނޑު ހަނދާންވާ ގޮތުގައި 22 މެއި 1991ވީ ބުދަ ދުވަހުއެވެ. އެ ދުވަހު ހެނދުނު އިސްކޫލަށް ދިއުމަށް ނިކުތީ މި ޚަބަރު ނުލިބި ހުރެއެވެ. ގެއިން ނިކުތް ތަނާ ގޭ ކައިރި ރަޙުމަތްތެރި ދަރިވަރަކު އެދުނީ އޭނާގެ ސައިކަލު ފަހަތަށް އެރުމަށެވެ.

އޭރުގެ ފަތްފުށްތަކުން….(22)

ކިޔާފައިވާ ޢަދަދު: 6453

“ބޯ އެބަހުރި” (1)

ކޮޕީ محمد رشيد


އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ތަމްސީލު ކުޅުންތެރިއެކެވެ. އަދި ރީތިކޮށް ޢަރަބި ތާނަ ލިޔުއްވުމުގެ ހުނަރުވެރިއެކެވެ. އަދި ނޫސްވެރިއެއްވެސް މެއެވެ.

އޭނާގެ މިދެންނެވި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު،ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ލިބިވަޑައިގެންފައިވެއެވެ. އަދި ތާނަ، ޢަރަބި ލިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1988 ވަނަ އަހަރު، ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1984 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން/ޅެންހެދުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2005 ވަނަ އަހަރު، ލިބިވަޑައިގެންފައިވެއެވެ.

ގަދަފަދަ ޝުކުރެއް ތައްޔާރުކޮށްދެއްވުން.

ކިޔާފައިވާ ޢަދަދު: 7285
ޙަސަން ޝާކިރު މުޙައްމަދު
ކުޑައިރު ވެލިކޭ ވާހަކައަކީ، މީހުން ދައްކާހިތްވާ ވާހަކައެއް ނޫނެވެ. އެވާހަކަ ބޮޑުސިއްރެއްގެ ގޮތުގައި ފޮރުވިފައި އޮންނަނީއެވެ. ނުހިނގާ ކަމެއްގެ ގޮތުގައެވެ. މިޒަމާނުގައި މާލޭގައި ދިރިއުޅޭ ކުޑަކުދީންނަށް ވެލިކާކަށް ފުރުސަތެއް ނުލިބޭނެއެވެ. ދިރިއުޅުމުގެ ގޮތްތަކަށް އައިސްފައިވާ “ތަރައްޤީ” ގެ ސަބަބުންނެވެ.

“ފޭސް ޑާރކްނެސް”

ކިޔާފައިވާ ޢަދަދު: 3529

(މިއީ ފައިބެ އަހަރު (2012 ގެ) ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރުން މަޝްހޫރު ރަށެއްގައި ހިނގި ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ސަމާސާ އަދަބެކެވެ.)

ފަތުޙުﷲ އަހްމަދު، ހއ. އިހަވަންދޫ

ޒުވާން ދެމަފިރިންނެވެ. ފިރިހެން މީހާއަކީ މަދަނީ ޚިދުމަތުގައި އަވަދި ނެތި އުޅެމުންދާ ހީވާގި ޒުވާނެކެވެ. އަންހެންމީހާ އަކީ ގެވެހި އަތްނބެކެވެ. ދެމަފިރިންގެ އަލަތު ދަރިފުޅަށް ތިން މަސް ފުރިހަމަ ނުވެ އެވެ. ވިހެއުމާއެކު އަނބިމީހާއަށް ތަފާތު އެކިކަހަލަ ކަންތައްތައް ދިމާވަމުން ދިޔަ އެވެ. ވިހެއުމާ ގުޅިގެން ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުންނެވެ. އެކި ފަހަރު އެކި އުނދަގުލެވެ. ބޯ އެނބުރުމުގެ އުދަނގުލެވެ. މޫނު މައްޗަށް އަނދިރިވުން ފަދަ ކަންކަމެވެ.