ހެންބެސް

ކިޔާފައިވާ ޢަދަދު: 6285

ޙަސަން ޝާކިރު މުޙައްމަދު

ބިދޭސީން އެމީހެއްގެ ޤައުމުނޫން އެހެން ޤައުމުތަކުގައި ދިރިއުޅެމުން ގެންދާއިރު އެ ދިރިއުޅޭ ޤައުމެއްގެ ބަސް ދަސްވަމުންދާ ވަރަކަށް އެބަހުން ވާހަކަ ދެއްކޭތޯ ބެލުމަކީ، ވަރަށް އާންމުކަމެކެވެ. އަދި ގިނަބަޔަކަށް އެނގޭނީ އިނގިރޭސިބަސް ކަމަށްވާތީ އިނގިރޭސި ބަހެއްވެސް ބޭނުންކުރެވޭތޯ ބަލައެވެ.

ނުޖޫމީ އިލްމުވެރިޔާ

ކިޔާފައިވާ ޢަދަދު: 5871
ޢަބްދުﷲ ޞާދިޤު


ޝާއިޢުކުރި ފަރާތުގެ ނޯޓެއް:
މިއީ އައްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާހުއްދީނުގެ ލިޔުއްވުމެއްގެ މައްޗަށް ބިނާކުރައްވައިގެން އަލްފާޟިލް ޢަބްދުﷲ ޞާދިޤު ލިޔެދެއްވި ލިޔުމެކެވެ.


ނުޖޫމީ އިލްމުވެރިއެކެވެ. ނަކަތް ރާހި ބަލަމުން، ދުނިޔޭގެ އެތަން މިތާނގައި އޭނާގެ މަސައްކަތްތައް ވަރުގަދަ ކުރަމުން މަޝްހޫރުކަން ހޯދަމުން ދިޔަ މީހެކެވެ. މީނާއަށް އެއް ފަހަރަކު އަރަބީންގެ ކުޑަވަރެއްގެ ރަށަކަށް ދެވިއްޖެއެވެ. ރަށުތެރޭގައި ހިނގަމުން ދިޔައިރު، އެކިދިމާއަށް ކަޅިއުކަމުން ދިޔައެވެ.

ސަމާސާ ވާހަކަ

ކިޔާފައިވާ ޢަދަދު: 9183

އަހަރެން ދޮން ފަރަންޖީންގެ ދަށު ވާނެތަ؟

ޢަބްދުﷲ ނަޢީމު އިބްރާހީމް


މިއީ އަޅުގަނޑުގެ އެކުވެރި “މީދޫ ޖުނާ” (މުޙައްމަދު ޖުނައިދު، ދާރުލްޚައިރު، ސ. މީދޫ) ވިދާޅުވެ ދެއްވި ވާހަކަ އެކެވެ.


ދުވަސްވަރަކީ އައްޑު އަތޮޅު ގަމުގައި އިނގިރޭސިން ވައިގެ ބަނދަރު ހަދަމުން ދިޔަ ދުވަސްވަރެވެ. މަސައްކަތު މީހުންގެ ގޮތުގައި ދިވެހިންނާއި، ސިލޯނު މީހުންނާއި، ޕާކިސްތާނު މީހުން އުޅުނެވެ. މަސައްކަތް ކުރުވަން ސަރުދާރުންގެ ގޮތުގައި ދިވެހިންނަށް ދިވެހި ސަރުދާރުން ލާފައި ތިބެއެވެ. އެކަމަކު އިސް މީހުންގެ ގޮތުގައި ތިބެނީ އިނގިރޭސިންނެވެ.

މާޒީގެ ހަނދާނެއް

ކިޔާފައިވާ ޢަދަދު: 3052
ސަމާހާ ސައުދު، ހީނާއާގެ، ހއ. ވަށަފަރު

އަހަރެންނާއި އަހަރެންގެ އެކުވެރި ޖައުދާއަކީ އަބަދުވެސް ކުލާހުގައި ވަރަށް ސަކަރާތްޖަހާ ދެމީހުންނެވެ. ޓީޗަރު ކިޔަވައިދޭ ގަޑީގައި ސަކަރާތްޖެހޭލެއް މަދުކަމުން ކޮންމެ ވެސް އުޒުރެއް ދައްކައިގެން ކްލާހުން ބޭރަށް ނުކުމެވޭތޯ ވެސް ބަލަމެވެ. މީގެތެރެއިން ދުވަހެކެވެ. ކިޔެވުމުގެ އެ ދުވަހުގެ ދަންފަޅި ނިންމައިލުމަށްފަހު ދެމީހުން މިސްރާބުޖެހީ އިސްކޫލުގެ އުތުރުފަރާތު ހިރުނދުގަހާ އިންވެގެންހުރި ލައިބްރަރީއަށެވެ.
 

ރަތްކުރާ ކިރިމި

ކިޔާފައިވާ ޢަދަދު: 3221

ރުޤިއްޔަތު ޝަރޫނާ،  ބޯގަންވިލާ،  ހއ. އިހަވަންދޫ

އުމުރުން 17 އަހަރުގެ އާމިރަކީ ފަޤީރު އާއިލާއަކަށް އުފަން ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ފަޤީރު ނަމަވެސް އާމިރަކީ އާ ގޮތްގޮތަށް، އެހެން ގޮތަކުން ބުނާނަމަ ހުޅަނގުގެ ގޮތްތަކަށް އުޅެން ބޭނުންވާ މީހެކެވެ.

އަނދުން ދަޅު

ކިޔާފައިވާ ޢަދަދު: 3550
އައިޝަތު ރަޝީދާ، މާފޮޅޭގެ، ހއ.އިހަވަންދޫ

މައިޝާ މަގުމަތީ ހިނގަމުންދިޔައީ ފިހާރައަށް ދިއުމަށްޓަކައެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން މަގުމަތީގައި މީހުން ހޭލަމޭލައަށް އުޅެމުން ދެއެވެ. މުޅި މަގު ވަނީ ހަލަބޮލިވެފައެވެ. ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނެވެ. ފިހާރައާ ހަމައަށް ދެވުމުން އަވަސްއަވަހަށް ފިހާރައަށް ވަނެވެ. ވަރަށް ބޮޑު ފިހާރައެކެވެ. އެ ވަގުތު ފިހާރައިގައި މީހުން ކޮންމެވެސް ވަރަކަށް މަދެވެ. މައިޝާ ފިހާރައިގެ ތެރޭގައި ހިނގަންފެށި އެވެ. އޭނާ ބޭނުންވާ އެއްޗެހި ހޯދުމަށްޓަކައެވެ. އޭނާ ފިހާރައަށް އައީ ރީތިވާ ސާމާނު ގަތުމަށްޓަކައެވެ.

ފިހާރައިގެ ސޭޓު

ކިޔާފައިވާ ޢަދަދު: 9425

ޢަބްދުﷲ ނަޢީމް އިބްރާހީމް

ބައެއް ފިހާރަތައް ނަމާދު ވަގުތަށް ނުވަތަ އެހެންވެސް ކަމަކު ބަންދު ކޮށްފައި ދެން ހުޅުވާނީ މިވެނި ގަޑިއެއްގައޭ ލިޔެފައި ބޭރަށް ފެންނަ ގޮތަށް ބަހައްޓާފައި ހުރެއެވެ. އެކަމަކު ގިނަ ފިހާރަތަކުގައި ހަމައެކަނި ބަންދު އަޅުވާފައި ހުންނަނީއެވެ. ދެން ހުޅުވާނޭ ވަގުތެއް ނޭނގެއެވެ.

“އެބްކިން ޕްރޯ” …. ގަމީސް އަޅުވަން އެވަރެއް ނެތް!

ކިޔާފައިވާ ޢަދަދު: 9844
އަޙްމަދް ސަމީރު ޢަލީ

މި ޒަމާނުގެ މިންގަނޑުން ނަމަ، އަޅުގަނޑަކީ ތަންކޮޅެއް މާއިރާ ނިދާ މީހަކީމެވެ. މި އާދައިގެ ދެރަ ކަމަކީ ރަހުމަތްތެރިން މަދުކަމެވެ. ރަނގަޅު ކަމަކީ ފަތިހާ ހޭލަން ފަސޭހަކަމެވެ. ނަމަވެސް ކޮންމެވެސް ބައްދަލުވުމެއް ނުވަތަ ދިމާވާ އެނޫން ވެސް ސަބަބަކާ ހުރެ އާންމުކޮށް ނިދާ ގަޑި ފާއިތުވެއްޖެ ނަމަ، ބޮތްކެއް ނިއްވައިލާހައި ފަސޭހައިން އަޅުގަނޑަކަށް ނުނިދެއެވެ. މިހެން ދިމާވާ ރޭރޭ، ޓީވީގެ ޗެނެލްތައް ބަދަލުކުރާއިރު ފެންނަ އެންމެ ހިތްގައިމު އެއް ޕްރޮގްރާމަކީ މަޝަހޫރު “ޓެލެބްރޭންޑް”ގެ އިޝްތިހާރު ތަކެވެ.

ހޯދަން އުނދަގޫވި “ތޮޅި”

ކިޔާފައިވާ ޢަދަދު: 3759
އަޙްމަދު ޝިޔާމް

މިއީ ތޮޅީގެ ވާހަކައެކެވެ. ކަނޑުގައި ލެއްވި މަހުގެ ބާވަތެއް ކަމުގައިވާ ފަރުތޮޅީގެ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެން ކުޑައިރު ކާންބޭނުންކުރި ތަރުކާރީގެ ބާވަތެއް ކަމުގައިވާ ހިމެރި ތޮޅީގެ ވާހަކައެވެ. ހިމެރި ތޮޅިއަށް އެކި ފާޑުގެ ނަން އެކި ރަށްރަށުގައި ކިޔައެވެ. ކުރެހިތޮޅި، ފޯއްވަޅިތޮޅި، ފޯއްފޮތި ތޮޅި، ރިހަތޮޅި މިފަދަ ތަފާތު ނަންނަމުން ކިޔަސް މިއީ އެއްބައްޓަމަކަށް ހުންނަ އެއްރަހައެއްލާ ތޮޅިއެކެވެ.

ހާލު!

ކިޔާފައިވާ ޢަދަދު: 4832
އާދަމް ނަޞީރު އިބްރާހީމް (2013)
އަހަންމަދުބޭ   އަޖައިބުވަނީ  މުހަންމަދުބޭގެ   ސޭކު ކަމުން
        މުހަންމަދުބޭ ހެމުން ދުވަނީ  އަހަންމަދުބޭގެ  ‘ގޮފަޅުކަމުން’

ޚަދީޖާ  މާ ބިރުން  އޭނީ  ވަދީފާ  ހައްދު  ފަހަނަލުމުން
        ވަދީފާ  ޗުސް ކަނޑަން  އޭނީ  ޚަދީޖާ  ޔޫރަޕަށް ވިކުމުން