“ބޮލަށް ތެޔޮ”

ކިޔާފައިވާ ޢަދަދު: 3268
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ފިރާޤް، ފަހިވާ، ހއ.އިހަވަންދޫ
މިއީ އެއްފަހަރެއްގައި ތަމްރީނު ހަދަން އުޅުނު ސިފައިންގެ ބަޔަކަށް ދިމާވިކަމެކެވެ. އެއީ މުޅިން އަލަށް ސިފައިންގެއަށް ވަން ބަޔަކަށްވުމާއެކު ބޮޑެތި މީހުންގެ ބަސް ވަރަށް ރަނގަޅަށް އަހަ އެވެ. މި ތަމްރީނު ކުރިއަށްދަނީ އެކިއެކި ގުރޫޕްތަކަށް މީހުންތައް ބަހައިލައިގެންނެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ސިފައިންގެ ތަމްރީނޭ ދެންނެވިކަމުގައިވީ ނަމަވެސް އެއީ ވަރަށް އުނދަގޫ އަދި އެހާމެ ބުރަކަމެކެވެ.
 

ވައްކަންކުރުމުން ސަލާމަތްވި ގޮތް

ކިޔާފައިވާ ޢަދަދު: 3186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަމީޙް، ފުނަމާގެ، ހއ.އިހަވަންދޫ
ފަތިހުގެ ހާލާއި ކޮވެލީގެ އަޑު ގަދަވާން ފެށުމުން ކުއްލިއަކަށް އަހަރެންނަށް ހޭލެވިއްޖެ އެވެ. ކަންފަތަށް ހީވަނީ ހޮނު ގުގުރީގެ ތޫފާނެއްގެ އަޑުފައްގަނޑު އިވޭހެންނެވެ. ވަގުތުން ޒައްރެއްގެ މިންވަރު ވެސް ބޭކާރުކޮށްނުލުމަށްޓަކައި ވިދުވަރެއް ފަދައިން ދުވެފައި ގޮސް ފާޚާނާއަށް ވަނީމެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން، ބާރު ހިނގުމުގައި ގޭގެ އޮޅިގަނޑު ގިރާކޮށްލާކަށް މާގިނަ ވަގުތެއް ހޭދައެއް ނުކުރަމެވެ. އަހަރެންނަށް މަގަށް ނުކުމެވުނު އިރު އަހަރެންގެ އެކުވެރިން، ބައިހަދައިފައި އާދެ އެވެ. ފަތިހުގެ މި ވަގުތަކީ އެންމެންގެ ވެސް ޕްރޮގްރާމްތައް ރާވައި ޚިޔާލު ބަދަލުކުރާ ވަގުތުކަމުން އެކުވެރިންނާއެކު އަހަރެން ވެސް ހޮޅުއަށްޓާދިމާއަށް މިސްރާބުޖެހީމެވެ.

ރަފިޔާގައި ހަލުވިދާ ކެއްކުން

ކިޔާފައިވާ ޢަދަދު: 3903
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު އަފްޝާން، މަތަރެސްމާގެ، ހއ. އިހަވަންދޫ
ހއ. ބެރިންމަދޫއަކީ ޒަމާނުންސުރެ މަސައްކަތްތެރި ހުނަރުވެރި ބަޔަކު ދިރިއުޅެމުންދާ ރަށެކެވެ. މި ގޮތުން، ވަޑާން ކުރުމާއި، ގެދޮރު ޢިމާރަތް ކުރުމާއި، ބޭސްވެރިކަމާއި، ފަންޑިތަ ހެދުމާއި، އަދި މީގެ އިތުރުން ކެއްކުމަށް ކުރިއަރައިފައިވާ ރަށެކެވެ. މިހެންކަމުން، މިރަށަށް ކެއްކުމުގެ ދުވަސްވަރެއް އަތުވެއްޖިއްޔާ ރަށުގެ އެންމެހާ އަޚުންނާއި އުޚުތުންގެ އެއްބާރުލުން ލިބެމުންދެ އެވެ. ހަމަ މިއާއެކު، މިކައްކާ ކެއްކުން ވަނީ ރަށަށް އަންނަ ޢީދެއް ގޮތަށެވެ.

އޮބާ މާ

ކިޔާފައިވާ ޢަދަދު: 3299
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާތިމަތު ސަނޫހާ، ދާރުއްސަލާމް، ހދ.ފިނޭ
އިނގިރޭސި ފެންވަރު މަތިކުރުމަށް ނަގައިދޭ ކުލާހެއްގައި މުދައްރިސަކު ކުލާހަށް ދިޔަ ކުދިންނަށް އިނގިރޭސި އެނގޭ މިންވަރު ބަލާލުމަށްޓަކައި ފަހަރަކު ކުއްޖަކާ ސުވާލުކުރަމުން ދިޔަ އެވެ. މިތާނގައި ވަރަށް ލާނެތް ކުއްޖަކު އިނެވެ. ނަމަކީ ކުއްޅަވައް އަލިދީދީ އެވެ. މީނާއަކީ ބަހަށް ލޯބިކުރާ ކުއްޖެކެވެ. މުދައްރިސް މީނާއާ ސުވާލެއް ކޮށްލި އެވެ. “ވަޓު އިޒް ޔުއަރ ނޭމް؟” ޖަވާބުގައި ކުއްޅަވަށްއަލި ދީދީ ބުންޏެވެ. “މައިނޭމް އިޒް މިސްޓޭކު ޔަންގް ރައުންޑް ލައިޓް ގިވްގިވް”
 

ޗައިނާގެ މި ދަރިވަރު މި އުޅެނީ ހާދަހާ ބޮޑު ޒިންމާއެއް ބޮލުގައި އަޅައިގެންނެވެ!

ކިޔާފައިވާ ޢަދަދު: 8792
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ތިރީގައި މި ލިޔެލަނީ ޗައިނާގެ ދަރިވަރަކު އޭނާގެ އެކުވެރިންނަށް ލިޔެފައި ފޮޓޯއެއް ގޮތަށް ފޮނުވި “ ޓްވީޓް ” އެކެވެ. ޗައިނާގައި  ޓްވިޓަރގެ ބަދަލުގައި ބޭނުންކުރަނީ “ސީނޯ ވެއިބޯ” ކިޔާ ޚިދުމަތެކެވެ. މާ ދިގުކޮށް މެސެޖް ނުކުރެވޭތީ އޭނާ މި ލިޔުން އަތުން ލިޔެ، ފޮޓޯއެއްގޮތުގައި މަދު ރަހުމަތްތެރިން ކޮޅަކަށް ފޮނުވުމުން، އެކަކު އަނެކަކަށް ފޮނުވަމުން ގޮސް މުޅި ދުނިޔެއަށް މަޝްހޫރުވީއެވެ! އެ ދަރިވަރުގެ ލިޔުނީ ތiރީގައި އެ ވާ ކަހަލަ ގޮތަކަަށެވެ.

ޅައިމަގު ކަތީބު ބަލައި ޅައިމަގަށް!

ކިޔާފައިވާ ޢަދަދު: 6323
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ކޮންމެ މީހެއްގެވެސް ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރަކީ، މަދަރުސީ ދައުރެވެ. އަޅުގަނޑުގެ މަދަރުސީދައުރަކީ، ވަރަށް ތަފާތު ތަޖުރިބާތަކެއްގެ ކުރެވުނު ދުވަސްވަރެކެވެ. އަޅުގަނޑުގެ ރަސްމީ ތަޢުލީމު ކުރިޔަށް ގެންދިޔުމުގެ ފުރުޞަތު ލިބުނީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގައެވެ. އެއީ 1980ގެ އަހަރުތަކުގެތެރޭގައެވެ.
 

ޝަރަފުވެރި މެހުމާނުގެ ގޮނޑި

ކިޔާފައިވާ ޢަދަދު: 6571
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޙަސަން ޝާކިރު މުޙައްމަދު 
ޝަރަފުވެރި މެހުމާނުންނަށް ދިމާވާ ތަފާތު ކަންކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ ރަޙްމަތްތެރި ނަޢީމް ޝަރަފުވެރި މެހުމާނުގެ ފަޓުލޫނުގެ ވާހަކައެއް ލިޔުއްވިއެވެ. އަދި އަޅުގަނޑު އެކުވެރި ސަމީރުވެސް ވަނީ ޝަރަފުވެރި މެހުމާނެއް އިހުމާލުކުރެވުނު ވާހަކައެއްވެސް ލިޔުއްވައިފައެވެ. 

ކަޅު ބިއްލޫރި

ކިޔާފައިވާ ޢަދަދު: 3213
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލީ އަލީފް، ޙާސިލް، ހއ. އިހަވަންދޫ
ފަތިހު ތެދުވާން އާދަވެފައި ނުވުމާއެކު މިއަދު ވެސް ފަތިހުގެ އަރާމު ނިދިކޮޅު ދޫކޮށްލުން ވީ ވެވޭވަރުގެ ކަމަކަށް ނޫނެވެ. ނަމަވެސް މަންމަގެ ހަޅޭލެވުންތަކަށް މިއަދު ވެސް ކެތްކުރެވޭވަރެއް ނުވި އެވެ. ދެ ލޯ ރަނގަޅަށް ނުހުޅުވި ހުރެ، އެނދުމަތިން ތެދުވެގެން ގޮސް ގިފިއްޔަށް ވަނީމެވެ. ދެން މި ޖެހުނީ ކަންތަކާ އެވެ. ފެން ދާންޏެއް ނަގައި އޭގައި އަތް ޖައްސައިލިއިރު ކަމަކުދާކަށް ނެތެވެ. ފިނިކަމުން ހީވަނީ ގަނޑުފެން ގަނޑެއްހެންނެވެ. ކޮންމެއަކަސް އިތުރު ގޮތެއް ނެތުމާއެކު ބޮލަށް ދާންޏެއް ކޮނޑަށް ދާންޏެއް އަޅައިލުމަށްފަހު ނުކުތީމެވެ. އޭރު ދަތްދޮޅި ހީވަނީ ފަހާފޮށީގެ ދަތްގަނޑު ހެންނެވެ. މިހާލުގައި ހުރެނަމަ ވެސް ކުޑަކޮށް މަތިމަތިން ރީތިވެލައިގެން ނުކުތީމެވެ.
 

ހުސް ކިރުޅިޔަ މަސް

ކިޔާފައިވާ ޢަދަދު: 3038
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަރިޔަމް ޝަހުނާ، ޕިންކްރޯސް، ހއ. އިހަވަންދޫ
ދުވަސްވަރަކީ އިހަވަންދޫއަށް ވަރަށް މަސް ތަދު ދުވަސްވަރެކެވެ. ހުޅަނގު މޫސުންކަމުން މަހަށްދެވޭކަށް ވެސް ނެތެވެ. ރަށުގައި މުޅިން ވެސް ގެންގުޅެނީ ރިޔާ ދޯންޏެވެ. އެހެންކަމުން ގޮނޑުދޮށުން މަސް ބާނަނީ އެވެ. ބައެއް ފަހަރަށް ފަރުމަސް ބާނަން ދެއެވެ. ހަސަންފުޅު ވެސް އަވަހަށް ހޭލައިގެން މަސް ބާނަން ދާން ނުކުތެވެ. އަތުގައި ކަންވާރު ރޯލެއް އޮތެވެ.
 

ތޮށިބާ!؟

ކިޔާފައިވާ ޢަދަދު: 2948
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ސަނޫހާ، ދާރުއްސަލާމް، ހދ.ފިނޭ
ގަޑިން ހަވީރު ހަތަރެއް ޖަހަނީ އެވެ. މެންދުރު ނަމާދަށް ނުކުތް ގޮތަށް ގެއަށް ނުގޮސް މި އުޅެނީ އަންހެނުންގެ ޝަކުވާތަކުން ސަލާމަތްވުމަށެވެ. ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ޚުތުބާފަދައިން މިއީ ކޮންމެ ހުކުރު ދުވަހަކު އަހަރެންގެ އަންހެނުން އަދާކުރަންޖެހޭ ފަރުޟެއްފަދަ އެވެ. ހަމަ ކޮންމެ ހުކުރު ދުވަހެއްގެ އާދަ އެވެ.