ޝަރަފުވެރި މެހުމާނުގެ ގޮނޑި

ކިޔާފައިވާ ޢަދަދު: 6695
 
ޙަސަން ޝާކިރު މުޙައްމަދު 
ޝަރަފުވެރި މެހުމާނުންނަށް ދިމާވާ ތަފާތު ކަންކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ ރަޙްމަތްތެރި ނަޢީމް ޝަރަފުވެރި މެހުމާނުގެ ފަޓުލޫނުގެ ވާހަކައެއް ލިޔުއްވިއެވެ. އަދި އަޅުގަނޑު އެކުވެރި ސަމީރުވެސް ވަނީ ޝަރަފުވެރި މެހުމާނެއް އިހުމާލުކުރެވުނު ވާހަކައެއްވެސް ލިޔުއްވައިފައެވެ. 

ކަޅު ބިއްލޫރި

ކިޔާފައިވާ ޢަދަދު: 3313
އަލީ އަލީފް، ޙާސިލް، ހއ. އިހަވަންދޫ
ފަތިހު ތެދުވާން އާދަވެފައި ނުވުމާއެކު މިއަދު ވެސް ފަތިހުގެ އަރާމު ނިދިކޮޅު ދޫކޮށްލުން ވީ ވެވޭވަރުގެ ކަމަކަށް ނޫނެވެ. ނަމަވެސް މަންމަގެ ހަޅޭލެވުންތަކަށް މިއަދު ވެސް ކެތްކުރެވޭވަރެއް ނުވި އެވެ. ދެ ލޯ ރަނގަޅަށް ނުހުޅުވި ހުރެ، އެނދުމަތިން ތެދުވެގެން ގޮސް ގިފިއްޔަށް ވަނީމެވެ. ދެން މި ޖެހުނީ ކަންތަކާ އެވެ. ފެން ދާންޏެއް ނަގައި އޭގައި އަތް ޖައްސައިލިއިރު ކަމަކުދާކަށް ނެތެވެ. ފިނިކަމުން ހީވަނީ ގަނޑުފެން ގަނޑެއްހެންނެވެ. ކޮންމެއަކަސް އިތުރު ގޮތެއް ނެތުމާއެކު ބޮލަށް ދާންޏެއް ކޮނޑަށް ދާންޏެއް އަޅައިލުމަށްފަހު ނުކުތީމެވެ. އޭރު ދަތްދޮޅި ހީވަނީ ފަހާފޮށީގެ ދަތްގަނޑު ހެންނެވެ. މިހާލުގައި ހުރެނަމަ ވެސް ކުޑަކޮށް މަތިމަތިން ރީތިވެލައިގެން ނުކުތީމެވެ.
 

ހުސް ކިރުޅިޔަ މަސް

ކިޔާފައިވާ ޢަދަދު: 3107
މަރިޔަމް ޝަހުނާ، ޕިންކްރޯސް، ހއ. އިހަވަންދޫ
ދުވަސްވަރަކީ އިހަވަންދޫއަށް ވަރަށް މަސް ތަދު ދުވަސްވަރެކެވެ. ހުޅަނގު މޫސުންކަމުން މަހަށްދެވޭކަށް ވެސް ނެތެވެ. ރަށުގައި މުޅިން ވެސް ގެންގުޅެނީ ރިޔާ ދޯންޏެވެ. އެހެންކަމުން ގޮނޑުދޮށުން މަސް ބާނަނީ އެވެ. ބައެއް ފަހަރަށް ފަރުމަސް ބާނަން ދެއެވެ. ހަސަންފުޅު ވެސް އަވަހަށް ހޭލައިގެން މަސް ބާނަން ދާން ނުކުތެވެ. އަތުގައި ކަންވާރު ރޯލެއް އޮތެވެ.
 

ތޮށިބާ!؟

ކިޔާފައިވާ ޢަދަދު: 3105
ފާޠިމަތު ސަނޫހާ، ދާރުއްސަލާމް، ހދ.ފިނޭ
ގަޑިން ހަވީރު ހަތަރެއް ޖަހަނީ އެވެ. މެންދުރު ނަމާދަށް ނުކުތް ގޮތަށް ގެއަށް ނުގޮސް މި އުޅެނީ އަންހެނުންގެ ޝަކުވާތަކުން ސަލާމަތްވުމަށެވެ. ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ޚުތުބާފަދައިން މިއީ ކޮންމެ ހުކުރު ދުވަހަކު އަހަރެންގެ އަންހެނުން އަދާކުރަންޖެހޭ ފަރުޟެއްފަދަ އެވެ. ހަމަ ކޮންމެ ހުކުރު ދުވަހެއްގެ އާދަ އެވެ.

އެރޭގެ ބިރުވެރިކަން

ކިޔާފައިވާ ޢަދަދު: 3444
އައިމިނަތު ޒިޔާދާ، ނާރެސް، ހއ.އިހަވަންދޫ
އިރުއޮއްސޭ މަންޒަރަކީ ކޮންމެ މީހަކު ވެސް ބަލާލަން ބޭނުންވާނެފަދަ އަދި އެހާމެ ފުރިހަމަ ޤުދުރަތީ މަންޒަރެކެވެ. އެގޮތުން ޝައިންއާއި އަހްޝަމު އަދި ޝިޔާނު މި ރީތި މަންޒަރު ބަލާލަންދާން ނިންމި އެވެ. ތިން މީހުންގެ އެއްބަސްވުމުގެ މަތިން ދާން ހަމަޖެހުނީ ހުކުރުދުވަހު އެވެ. އެއީ އެދުވަހަކީ ތިން މީހުންނަށް ވެސް ޗުއްޓީދުވަހަކަށް ވާތީ އެވެ. 

ލޯރަތްބެއާއި ފޫޅުދިގު ހަންޑި ކޯޓުގައި

ކިޔާފައިވާ ޢަދަދު: 10414
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ބޮޑުވަމުން އައި ދުވަސްވަރު، ނަފްސާނީ ގެއްލުމަކީ ‘ކިރައިގެން ވިއްކާ އެއްޗެއްކަމެއް ނުވަތަ މުށް އަޅައިގެން ވިއްކާއެއްޗެއްކަމެއް’ ނުދެނަހުރީމެވެ! މޫދުން އައިސް ތެތްބާލަނީ ތެތާހުރެ ކައިފިއްޔާ މަންމަ މަރުވެދާނެތީ ބިރުންނެވެ! އިޝާނަމާދަށް ނުދަންޏާ ރޭގަނޑުގެ ކެއުމެއް ނުލިބެއެވެ.

މަންމަ އާއި މައިދައިތަގެ ތަފާތު

ކިޔާފައިވާ ޢަދަދު: 10107
އަޙްމަދް ސަމީރު ޢަލީ
ހަމަ ޔަގީނުން ވެސް، މައިދައިތަ ވާނީ މަންމައަކަށްތާއެވެ. މައިދައިތަ ކިޔާ މީހާގެ މަންމައަކަށް ނުވަނީއެވެ! ހަމަ އެހެންމެ މައިދައިތަ ވެސް އެއްދުވަސްވަރެއްގައި އޭނާގެ މައިދައިތަ ދެކެ ބިރުން ކަންބޮޑުވެގެން އުޅުނު ދުވަސްވަރެއް ވެސް ދެކިފައިވުން ވަރަށް ގާތެވެ.  މަންމަ އާއި މައިދައިތަ (ޚާއްސަކޮށް، ފިރިހެން ދަރީގެ އަންހެނުންގެ) ކުރިމަތީގައި މާ ބޮޑު ތަފާތެއް ހުންނަން ޖެހޭ ކަމަކަށް ބުއްދިއަކަށް ނުފެނެއެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު ކޮންމެވެސް ކަހަލަ އިދިކީލި ކަންތަކެއް ހުރެއެވެ!

ޖުހާ ވާހަކައިގެ ތެރެއިން: ރަސްގެފާނާއި ޖުހާ އަދި މޫނުބަލާ ލޯގަނޑު

ކިޔާފައިވާ ޢަދަދު: 4220

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް   ގ. މަންޒިލް
ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި ސަމާސާ ގެ ވާހަކަތައް އެކުލެވޭ ‘ސަމާސައިގެ އަދަބު’ ގެ ބައި ހިމެނެއެވެ. މި ބާވަތުގެ ވާހަކަތަކުގެ ބަޠަލަކީ ބައެއް ފަހަރު ހެއްވާ މީހެކެވެ. އަނެއްބައި ފަހަރު ރަސްކަމުގެ ދަރުބާރުގެ މުހައްރިޖު (ކޯޓް ޖެސްޓަރ) އެވެ.  މިބަޠަލު އަބަދު ވެސް އޭނާ ކުރާ ކަންތަކުން ނޫނީ ބުނާ އެއްޗެހިން އޭނާގެ ޖުމްހޫރުން، އޭނާގެ ވާހަކަތައް އަޑުއަހާ މީހުން، (އޯޑިއަންސް) ހެއްވައިލައެވެ.

ޖުހާ ވާހަކައިގެ ތެރެއިން: ރަސްގެފާނާއި ޖުހާ އަދި މޫނުބަލާ ލޯގަނޑު

ކިޔާފައިވާ ޢަދަދު: 270
ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ގ. މަންޒިލް
ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި ސަމާސާ ގެ ވާހަކަތައް އެކުލެވޭ ‘ސަމާސައިގެ އަދަބު’ ގެ ބައި ހިމެނެއެވެ. މި ބާވަތުގެ ވާހަކަތަކުގެ ބަޠަލަކީ ބައެއް ފަހަރު ހެއްވާ މީހެކެވެ. އަނެއްބައި ފަހަރު ރަސްކަމުގެ ދަރުބާރުގެ މުހައްރިޖު (ކޯޓް ޖެސްޓަރ) އެވެ.  މިބަޠަލު އަބަދު ވެސް އޭނާ ކުރާ ކަންތަކުން ނޫނީ ބުނާ އެއްޗެހިން އޭނާގެ ޖުމްހޫރުން، އޭނާގެ ވާހަކަތައް އަޑުއަހާ މީހުން، (އޯޑިއަންސް) ހެއްވައިލައެވެ. ބައެއް ފަހަރު އޭނާ ތާކުންތާކު ނުޖެހޭ ސޭކުކަންތައް ކުރެއެވެ.

އާސްތުގެ ފުރަތަމަ ތަރާވީސް

ކިޔާފައިވާ ޢަދަދު: 3330
ޙައްވާ ރަސްލާ، އިރުޝާދީއާބާދު، ހއ. އިހަވަންދޫ
އަހަރެންނާއި އަހަރެންގެ ބޮޑުދައިތަ ދަރި އާސްތު އާއި ބޮޑުދައިތަގެ މާމަ ދަރިފުޅު އަރީޝާ އާއި އަބަދު ވެސް އުޅެނީ ވަރަށް އެކުގަ އެވެ. ކުޑައިރު ވެސް އެކުގައި ކުޅެކިޔަވާ ހަދަމެވެ. ވެލިން އުނދުން ހަދައި، ނާށި ތެއްޔަށް ހަދައި ކާއްޓެއް ކުޑަދަރިފުޅަށް ހަދައިގެން ބަތްކައްކާ ކުޅެ އުޅުނު ދައުރެވެ. ކުޅެން އުޅޭއިރު އާސްތު ވަރަށް އަހަރުމެންނާއި ރުޅިހަދައިލައިފައި ވަކިވެގަންނާނެ އެވެ.