މަތީންދާބޯޓު ދަތުރު

ކިޔާފައިވާ ޢަދަދު: 8993
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް    
    
މަތިންދާ ބޯޓުގައި ދަތުރު ކުރުމަކީ ބައެއް މީހުން ވަރަށް ބިރު ގަންނަ ކަމެކެވެ. އެއީ މަތިންދާބޯޓު ވެއްޓިދާނެތީ ގަންނަ ބިރެއް ކަމަށް ބައެއް މީހުން ބުނެއެވެ. ކަނޑު ދަތުރު ނުވަތަ އެއްގަމު ދަތުރު ކުރުމަކީވެސް އެކްސިޑެންޓާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ތާރީޚަށް ބަލާއިރު ގިނައީ އެއްގަމު އުޅަނދުފަހަރުގެ އެކްސިޑެންޓާއި ކަނޑު ދަތުރު ފަތުރުގެ އެކްސިޑެންޓެވެ. މިއީ ގިނަ މީހުން ދަންނަ ޙަޤީޤަތެކެވެ. އެކަމަކު ބޮޑަށް ބިރު ގަންނަނީ ވައިގެ ދަތުރު ފަތުރަށެވެ.

ހެއަރ ރިމޫވަރ އާއި ހެއަރ ޖެލް

ކިޔާފައިވާ ޢަދަދު: 8756
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައިޝަތު ރަޝީދާ، މާފޮޅޭގެ، ހއ.އިހަވަންދޫ
އަލީއަކީ ގުރޭޑު ދިހައެއްގައި ތަޢުލީމް ހާސިލުކުރަމުންދާ ކުއްޖެކެވެ. އޭނާ އަބަދު ވެސް ބޭނުންވަނީ ބޮލުގެ އިސްތަށިގަނޑު ވަރަށް ރީތިކޮށް  ބަހައްޓާށެވެ. ބޮލުގެ އިސްތަށިގަނޑު ދިގުހެން ހީނުވާގޮތަށް ބެހެއްޓުމަށެވެ. އަދި ހަމަ އެފަދައިން ތުނބުޅި މަތިމަސް ވެސް ބާލައި އޮމާންކޮށްފައި ބެހެއްޓުމަށެވެ. ނަމަވެސް އޭނާއަށް މިކަންތައް ކުރާނެގޮތެއް ނުވިސްނުނެވެ.

ވާނުވާ ނޭނގި ގެއްލެނީ…………

ކިޔާފައިވާ ޢަދަދު: 3854
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޔާސިރު، ހއ.އުލިގަން
ކުޑައިރުއްސުރެ، އަހަރެންގެ މާމަޔަކީ ބަރަބޮލަށް ވަރަށް ވަރުހުންނަ މީހެކެވެ. ބަރަބޮލުގެ ތަފާތު ބާވަތްތަކަށެވެ. ބަރަބޮލުގެ ރިހަޔަކީ މާމަޔަށް އެންމެކަމުދާ ރިހަ އެވެ. މަސްހުންޏެއް ކާން ބޭނުންކަމުގައި ވިޔަސް ބަރަބޮލުގެ މަސްހުންޏެއް ނޫން މަސްހުންޏަކަށް ހިތް ހަމަޔެއް ނުޖެހޭނެ އެވެ. ބަރަބޮލުގެ ފުށުގައި ތައްޔާރުކުރާ ހެދިކާގެ ބާވަތްތަކަކީ މާމަގެ މެދުގައި އެންމެ މަޤުބޫލު ކާނާގެ ބާވަތްތަކެވެ.  

ޑިސްކޯ ބުރުގާ

ކިޔާފައިވާ ޢަދަދު: 4226
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޒައިނާ ޢަބްދުލް ޚާލިޤު، އަލިނޫރު، ހއ.އިހަވަންދޫ
އައިޝާ އިނީ އޭނާއަށް އަލަށް ލިބުނު ދޮން ކުލައިގެ ޑިސްކޯއިން ފުރިގެންވާ ބުރުގާ އިސްތިރިކުރާށެވެ. އެއީ އޭނާގެ މަންމަ މާލެއިން ފޮނުވި ކަޅު ބުރުގާއެކެވެ. އިއްތިފާގުން އޭނާގެ އޮފީހުގެ އަހަރީ ދުވަހުގެ ޕާޓީއަށް ފެހި ހެދުމާ ވެސް އެބުރުގާ ވަރަށް ގުޅެ އެވެ. އިސްތިރިކޮށް ނިންމައިލުމަށްފަހު، ދެން އައިޝާ ދިޔައީ އަވަހަށް ފެންވަރާށެވެ. އޭނާއަކީ ފެންވެރުމަށް މަދުވެގެން 30 މިނެޓު ބޭނުންވާ މީހެކެވެ.

އާ ރިފިއްޔެއް ގެނޭށޭ ބުނޫމާ އާ ރިފިއްޔެއްގެ ބަދަލު އާރިފު ސޭޓު ކޯޓަށް

ކިޔާފައިވާ ޢަދަދު: 4314
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ފާޠިމާ އަމްނާ ޢަޒީޒު (2011)

ނޯޓް: މިއީ ތަފާތު ބަހުރުވައިގެ މުއްސަނދިކަން ދައްކައިލުމުގެ ގޮތުން ހައްދުންމަތީ ބަހުރުވައިން އަޅުގަނޑު ލިޔުނު ސަމާސާ އަދަބުގެ ލިޔުމެކެވެ. ހައްދުންމަތީ ކޮންމެ ރަށެއްގައިވެސް ބަހުރުވައިގެ ކުދިކުދި ތަފާތު ހުންނާތީ އެ ނުކުތާއަށް ވިސްނެވުން ހުއްޓެވެ. މި ލިޔުން ބިނާވެފައި ވަނީ މާވަށު މީހުން ވާހަކަދައްކާ ބަހުރުވައިގެ މައްޗަށެވެ.


ހުސްހަށިބައި މީހުންގެ ކުލަބާއި، ތަލަ މީހުންގެ ކުލަބު

ކިޔާފައިވާ ޢަދަދު: 10240
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
ހުޅަނގަކީ ޙައިރާންވާ ކަހަލަ އެތައްކަމެއް ފެންނަ ތަނެކެވެ. އަޅުގަނޑުމެން ތިންވަނަ ދުނިޔޭގެ “ކަޓު”މީހުންނަށް ވިސްނައިނުގަނެވޭ އެތައް ކަމެއް ހުޅަނގުގެ މުޖުތަމަޢުތަކުން ފެންނާން އެބަހުއްޓެވެ. އެމީހުން ދެކޭ ގޮތުގައި އެ ކަންތައްތައް އަޅުގަނޑުމެންނަށް ނުވިސްނެނީ އަޅުގަނޑުމެންގެ ވިސްނުން ކޮށިކަމުންނެވެ.

ޓީޗަރުގެ ގެއްލުނު ފައިވާން

ކިޔާފައިވާ ޢަދަދު: 13873
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަހަރަކީ 1993 ވަނަ އަހަރެވެ. ތަނަކީ ލ. ފޮނަދުއެވެ. އަޅުގަނޑު އޭރު މަސައްކަތްކުރީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭރު ސީދާ ސަރުކާރުން ހިންގަވާ ސްކޫލްތަކުގެ ގޮތުގައި އަތޮޅުތަކުގައި ހުންނަ ސްކޫލްތައް ވަރަށް މަދެވެ. އެހެންކަމުން ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ގިނަ ޙަރަކާތްތައް ހިންގަނީ އަތޮޅުތަޢުލީމީ މަރުކަޒުގައެވެ.

އަޅުގަނޑުގެ ފަޓުލޫނު ފައިކުރި

ކިޔާފައިވާ ޢަދަދު: 8368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު  
ނަވާރަ ސަތޭކަ އަށްޑިހައިގެ ފަހުކޮޅު، ނުވަދިހައިގެ ކުރީކޮޅު، ރާއްޖޭގައި ފަޓުލޫނު ފައިކުރީގެ މައްސަލަ ވަރަށް ބޮޑުވިއެވެ. ވަރަށްބޮޑު “ދީނީ މައްސަލައަކަށް ” ފަޓުލޫނުގެ ފައިކުރި ވެގެން ދިޔައެވެ.  އޭގެ ކުރީން ފަޓުލޫނު ފައިކުރީގެ ވާހަކަ މާބޮޑަށް ދެކެވުނު ކަމަކަށް އެނގިފައެއް ނުވެއެވެ. އޭގެ އެއްސަބަބަކަށް އޭރު ފަޓުލޫނު އެހާ އާންމު ނޫންވީމާކަމަށް ވެސް ވެދާނެ އެވެ.

ގެއްލޭ ކަރުދާސް ދަތިތައް ޖަމާވަނީ ކޮންތާކަށްބާ؟

ކިޔާފައިވާ ޢަދަދު: 10305
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ އޮފީސްތަކުގައްޔާއި ސްކޫލް ތަކުގެ އިތުރުން ގޭގޭގައާއި އަދި އަޅުގަނޑު ހިތުން މިހާރުގެ ކަންނެލި އޮޑިފަހަރުގައިވެސް، ޕޭޕަރކްލިޕްސް މިކިޔާ ކުދިކުދި، ކުލަކުލައިގެ ކަރުދާސް ދަތިތައް ގިނަ އަދަދަކަށް ހުންނާނެއެވެ. ތަފާތު އެތައް ކަމަކަށް ފުދޭތީކަމަށްވެސް ވެދާނެއެވެ. ދެ ކަރުދާސް ކޮޅު ނުވަތަ ދިހަވަރަކަށް ގަނޑު ވަގުތީގޮތުން އެއްކޮށްލުމަށް މި ބޭނުންކުރާހައި ކަރުދާސް ދަތިތައް ފިސާރި އަވަހަށް ގެއްލޭ ކަމީ ފާހަގަ ކުރެވިފައިވާ ކަމެއްތޯއެވެ؟

ވަރި ޑަބިޔާ

ކިޔާފައިވާ ޢަދަދު: 7004
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ބަހުގައި ހިފެހެއްޓުމަކީ ބައެއް މީހުންގައި ހުންނަ ސިފައެކެވެ. ގޮތުގައި ހިފެހެއްޓުމޭ ވެސް ކިޔެއެވެ. ނަމަވެސް މި ދެ ބުނުމުގައި ވަނީ މުޅިން އެއް މާނައެއްބާ އޭ އަޅުގަނޑު ހިތަށް އަރައެވެ.  ބަހުގައި ހިފެހެއްޓުމަކީ ތިމާއަށް އެއްޗެއް ބުނެވުނީތީ، ނުވަތަ އެ އެއްޗެއް ބުނީ ތިމާ ކަމަށްވީތީ އެ ބަހެއްގައި ކޮލުދަތުން ދައިގަނެގެން ހުރުމެވެ. ބުނި ބަހަށް ކުޑަ ވެސް ދުލެއް ނުދިނުމެވެ.