ޗައިނާ ދަތުރު: ބޫޓުގެ ސަބަބުން މުޅި ދަތުރަށް ފޯރުވި އަސަރު

ކިޔާފައިވާ ޢަދަދު: 9762
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
2011 ވަނަ އަހަރު ޖެނުއަރީމަހުގެ ދުވަހެކެވެ. އެތަންމިތާނގައި ތެޅިތެޅިފައި ގެޔަށް އާދެވުނީ ހަވީރު 6 ޖެހިފަހުންނެވެ. މިރޭ ރާއްޖެއިން ބޭރަށް ފުރަން އޮތީ ހަމަޖެހިފައެވެ. އިރުކޮޅަކުން ފޮށިތަންމަތި ބަލައި ދެ “ކުއްޖަކު” އަތުވެއްޖެ އެވެ. ފޮށި ހަވާލުކޮށްފައި ގޭތެރެއަށް ވަދެވުނީ ގޭ ދޮރުން ބޭރުގައި ބޫޓު ބަހައްޓައިފައެވެ. 10:30 އަށް ހުޅުލެޔަށް ދިޔުމަށް ޓަކައި 1 ނަންބަރު ފާލަން ދޮށަށް ދާން ޖެހެ އެވެ.

އަތް ގާޑިޔަލުގައި އޮފީހަށް

ކިޔާފައިވާ ޢަދަދު: 9393
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
އެ ދުވަސްވަރަކީ މާލޭގެ މަގުތައް މިހާރު މި އޮތް ގޮތަށް ހަދައިފައި އޮތް ދުވަސްވަރެއް ނޫނެވެ. ބޯކޮށް ވާރޭވެހިއްޖެއްޔާ ބައެއް މަގުމަގުގައި ކަކުލާ ހިސާބަށް ވެސް ފެންގަނޑު ހެދިފައި އޮވެއެވެ. ދުވަސްވަރަކީ ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އަޅުގަނޑު އެ ދުވަސްވަރު އުޅުނީ ސަރުކާރުގެ ކުޅިވަރާ ބެހޭ އޮފީހުގައެވެ. އެއީ އަށްޑިހައިގެ އަހަރުތަކުގެ ފަހު ކޮޅެވެ.

މިސްކިތުގެ އަޑިން ކުއްލިއަކަށް ޤަބުރު

ކިޔާފައިވާ ޢަދަދު: 7041
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ރާއްޖޭގެ ބައެއް މިސްކިތްތައް ޢިމާރާތްކުރުމަށް ފަހު ނުވަތަ މިސްކިތް ބޮޑުކުރުމަށް ފަހު އެ ތަންތާނގައި ނަމާދުކޮށް އުޅޭތާ އެތައް ދުވަހެއްގެ ފަހުން މިސްކިތުގެ އެތެރޭ އިމުގައި “ކުއްލިއަކަށް” ޤަބުރު ހުރެގެން އެ މިސްކިތެއްގައި ނަމާދުކުރުން އެބަ ހުއްޓާލައެވެ. މިސްކިތް ބަންދުކުރެއެވެ. މިހެންވުމަކީ ޢާއްމުކޮށް އެ މިސްކިތަށް ނަމާދަށް ގޮސް އުޅޭ މީހުންނާއި ދިމާވާ ވަރަށްބޮޑު ދައްޗެކެވެ. 

ކުރަފި ބޮލަކަށް 300 ރުފިޔާ

ކިޔާފައިވާ ޢަދަދު: 6799
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު

އާންމު ގޮތެއްގައި ފައިސާ ޢަދަދުތައް ކަނޑައެޅެނީ މަޝްހޫރު މީސްމީހުންގެތެރެއިން ކޮންމެވެސް ސަބަބަކާހުރެ، ހިފައި ހައްޔަރުކުރަން ބޭނުންވެފައިވާ މީހަކު ނުފެނިގެން އޭނާ ހޯދުމަށްޓަކައެވެ.  ދިރިހުއްޓައި ނުގެނެވިއްޖެނަމަ ބޯކަނޑައިލައިގެން ނަމަވެސް ގެނެސް ދިނުމަށެވެ. އެފަދަ ބޯބޮލަށް ހުށަހެޅޭ ފައިސާގެ އަދަދުތައް ވެސް ހުންނަނީ މިލިޔަނުން ގުނައިލެވޭ މިންވަރުތަކުގައެވެ.

ކަންޒު ކަހަނބުގެ ޚުޠުބާ

ކިޔާފައިވާ ޢަދަދު: 5697
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
މަދަރުސާއެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންކޮޅެކެވެ.  މައިދާނީ ދަތުރެއްގައި ކުޅިއެއްގެ ކައިރިއަށް ދިޔަ އެވެ. ކުޅީގެ ވެށިން ފެންނަ ތަކެތީގެ އުޅުން ބުޅުން ދެނެގަތުމަށެވެ. އެވެށީގެ ދިރުމާއި ހިރުން އޮޅުން ފިލުވުމަށެވެ.  އެތާނގެ ސަގާފަތާއި ގޮތާ ފޮތާއި ހަމަ ނަހަމަ އުނގެނުމަށެވެ.  

އުޅެއުޅެ ނުގަނެވުނު ބޫޓު!

ކިޔާފައިވާ ޢަދަދު: 9794
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު އަލީ
މާ ބޯކޮށް ވާރެވެހުނު ދުވަހަކު އަޅުގަނޑު އަރަން ގެންގުޅުނު ބޫޓު ތެމި ފޯވެއެއްޖެއެވެ. އެއް ކިބައިން ބޮޑުވައި އިނގިލި، އަނެއް ކިބައިން އެންމެ ކުޑަކުޑަ، ކުޑަވައި އިނގިލިވެސް އެއްލޯ ދިިއްކޮށްލާފައި ބޭރު ބަލަން ފަށައިފިއެވެ. މިހާރު ބޫޓު ތަތްކޮށްފައި މިހުންނަނީ، ސިޔާސީ މީހުންގެ ޕޯސްޓަރުތައް ތަތްކުރާކަހަލަ ތެރަހުންކަމަށް ތުހުމަތު ކުރީމަ ގޯސްވާނީ އެހެން ހިތަށް އެރި މީހާ ވިއްޔާއެވެ!

ޖަޕާނު މީހެއްގެ ނަޒަރުގައި ބަށިކުޅުން

ކިޔާފައިވާ ޢަދަދު: 10317
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


އަޙްމަދް ސަމީރު ޢަލީ
ޖަޕާނު މީހެކޭ ބުނުމުން އަޅުގަނޑުމެންގެ ގިނަ މީހުންގެ ހިތަށް ތަސައްވަރުވެގެން ދާނީ، އެމީހަކީ ވަރަށް މަޑުމައިތިރި، އެހާމެ ވިސްނުންތޫނު އަދި އެހާމެ އަޚްލާގު ރަނގަޅު މީހެއްގެ ގޮތުގައެވެ. ޖަޕާނުގައި ތިން ހަފުތާ ހޭދަކޮށްލުމުގެ ފުރުސަތެއް އަޅުގަނޑަށް ވެސް ލިބިފައިވާތީ އަޅުގަނޑަކީވެސް  ކުރިންދެންނެވުނު ރީތި ސިފަތައް އެމީހުންގެ ކިބައިގައި ހުންނަ ކަމަށް ހެކިބަސްދޭން ޖެހިލުންވާނެ މީހެއްނޫނެވެ.

ޤައުމީ މުޤައްރަރުގެ ހިޔަނި ‘ފަތާފެންގަނޑަށް’

ކިޔާފައިވާ ޢަދަދު: 9548
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑަކީ ވަގުތު ލިބުނުވަރަކުން، މާލޭގެ ދެކުނުފަރާތުގައި މީހުން ފަތައި ކަސްރަތު ކޮށްލަން ހުސްކޮށްފައި އޮޮންނަ މޫދަށް ވަރަށް ގިނައިން އެރޭ މީހެކެވެ. މިހެން އުޅުމުގެ ތެރޭގައި ދިމާވާކަންކަން ލިޔެ ޝާއިއު ކުރެވޭނެ ގޮތެއްވެސް މިހާރު ހަމަޖެހިފައި އޮތުމުން އަޅުގަނޑަށް ފާހަގަވި ކަމެއް ލިޔެ ތިޔައަރިސްތަކަށް ހުށަހަޅައިލާނަމެވެ.

ތުރުތުރުއެޅުން

ކިޔާފައިވާ ޢަދަދު: 10845
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފަތިހު ހޭލެވުނު އިރުވެސް ޠަބީޢަތް ރަނގަޅެވެ. ފެންވަރައިގެން ފަތިސްނަމާދަށް ގޮސްފައި ގެޔަށް އައީ 6 ޖަހަން ކައިރިވީ ފަހުންނެވެ. ގެޔަށް ވަދެ ބަނޑަށް ކުޑަ ގޮތެއް ހަދައިލައި ނިމުނު އިރު ދަރިފުޅު ހުރީ ސްކޫލަށް ދާން ތައްޔާރުވެގެންނެވެ. ނުހަނު ހަމަޖެހުމާއެކު ސައިކަލުގައި ދަރިފުޅު ގޮވައިގެން މާލޭގެ އަނެއް ފަރާތަށް މިޞްރާބުޖަހައިފީމެވެ.

އަޅުގަނޑުގެ ސައިބަރ މުއްސަނދިކަން

ކިޔާފައިވާ ޢަދަދު: 9947
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މި މަޒްމޫނުގައި، ‘މުއްސަނދިކަމަކީ ހިތުގެ ތަނަވަސްކަމޭ’ ނުވަތަ ‘އެމީހަކަށް ލިބޭ އެއްޗަކުން ފުދިގެން އުޅެން ދަސްކުރީމަ އެވީ މުއްސަންޖަކަށޭ’ ނުވަތަ ‘އެކަކަށް ވެސް ދަރާފައި ނެތިއްޔާ އެވީ މުއްސަންޖަކަށޭ’ މިކަހަލަ ވާހަކަ ތަކެއް ނުލިޔާނަމެވެ. ‘މުއްސަނދިކަމަށް އެންމެ މަޝްހޫރުވެގެން ތިޔަ އުޅޭ މީހުންގެ ބަތާނަ ފުށް އެނގޭނީ ބޭންކު ތަކަށޭ’ ވެސް ލިޔާ ހިތެއްނެތެެވެ. ދައްކަން މިއުޅެނީ ފަހަކަށް އައިސް އަޅުގަނޑަށް ލިބެމުން އައި ފައިސާ( ޑޮލަރު)ތަކެއްގެ ވާހަކައެވެ!