ކަންޒު ކަހަނބުގެ ޚުޠުބާ

ކިޔާފައިވާ ޢަދަދު: 5747
އާދަމް ނަޞީރު އިބްރާހީމް
މަދަރުސާއެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންކޮޅެކެވެ.  މައިދާނީ ދަތުރެއްގައި ކުޅިއެއްގެ ކައިރިއަށް ދިޔަ އެވެ. ކުޅީގެ ވެށިން ފެންނަ ތަކެތީގެ އުޅުން ބުޅުން ދެނެގަތުމަށެވެ. އެވެށީގެ ދިރުމާއި ހިރުން އޮޅުން ފިލުވުމަށެވެ.  އެތާނގެ ސަގާފަތާއި ގޮތާ ފޮތާއި ހަމަ ނަހަމަ އުނގެނުމަށެވެ.  

އުޅެއުޅެ ނުގަނެވުނު ބޫޓު!

ކިޔާފައިވާ ޢަދަދު: 9908

އަޙްމަދް ސަމީރު އަލީ
މާ ބޯކޮށް ވާރެވެހުނު ދުވަހަކު އަޅުގަނޑު އަރަން ގެންގުޅުނު ބޫޓު ތެމި ފޯވެއެއްޖެއެވެ. އެއް ކިބައިން ބޮޑުވައި އިނގިލި، އަނެއް ކިބައިން އެންމެ ކުޑަކުޑަ، ކުޑަވައި އިނގިލިވެސް އެއްލޯ ދިިއްކޮށްލާފައި ބޭރު ބަލަން ފަށައިފިއެވެ. މިހާރު ބޫޓު ތަތްކޮށްފައި މިހުންނަނީ، ސިޔާސީ މީހުންގެ ޕޯސްޓަރުތައް ތަތްކުރާކަހަލަ ތެރަހުންކަމަށް ތުހުމަތު ކުރީމަ ގޯސްވާނީ އެހެން ހިތަށް އެރި މީހާ ވިއްޔާއެވެ!

ޖަޕާނު މީހެއްގެ ނަޒަރުގައި ބަށިކުޅުން

ކިޔާފައިވާ ޢަދަދު: 10628


އަޙްމަދް ސަމީރު ޢަލީ

ޖަޕާނު މީހެކޭ ބުނުމުން އަޅުގަނޑުމެންގެ ގިނަ މީހުންގެ ހިތަށް ތަސައްވަރުވެގެން ދާނީ، އެމީހަކީ ވަރަށް މަޑުމައިތިރި، އެހާމެ ވިސްނުންތޫނު އަދި އެހާމެ އަޚްލާގު ރަނގަޅު މީހެއްގެ ގޮތުގައެވެ. ޖަޕާނުގައި ތިން ހަފުތާ ހޭދަކޮށްލުމުގެ ފުރުސަތެއް އަޅުގަނޑަށް ވެސް ލިބިފައިވާތީ އަޅުގަނޑަކީވެސް  ކުރިންދެންނެވުނު ރީތި ސިފަތައް އެމީހުންގެ ކިބައިގައި ހުންނަ ކަމަށް ހެކިބަސްދޭން ޖެހިލުންވާނެ މީހެއްނޫނެވެ.

ޤައުމީ މުޤައްރަރުގެ ހިޔަނި ‘ފަތާފެންގަނޑަށް’

ކިޔާފައިވާ ޢަދަދު: 9664

އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑަކީ ވަގުތު ލިބުނުވަރަކުން، މާލޭގެ ދެކުނުފަރާތުގައި މީހުން ފަތައި ކަސްރަތު ކޮށްލަން ހުސްކޮށްފައި އޮޮންނަ މޫދަށް ވަރަށް ގިނައިން އެރޭ މީހެކެވެ. މިހެން އުޅުމުގެ ތެރޭގައި ދިމާވާކަންކަން ލިޔެ ޝާއިއު ކުރެވޭނެ ގޮތެއްވެސް މިހާރު ހަމަޖެހިފައި އޮތުމުން އަޅުގަނޑަށް ފާހަގަވި ކަމެއް ލިޔެ ތިޔައަރިސްތަކަށް ހުށަހަޅައިލާނަމެވެ.

ތުރުތުރުއެޅުން

ކިޔާފައިވާ ޢަދަދު: 10959
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފަތިހު ހޭލެވުނު އިރުވެސް ޠަބީޢަތް ރަނގަޅެވެ. ފެންވަރައިގެން ފަތިސްނަމާދަށް ގޮސްފައި ގެޔަށް އައީ 6 ޖަހަން ކައިރިވީ ފަހުންނެވެ. ގެޔަށް ވަދެ ބަނޑަށް ކުޑަ ގޮތެއް ހަދައިލައި ނިމުނު އިރު ދަރިފުޅު ހުރީ ސްކޫލަށް ދާން ތައްޔާރުވެގެންނެވެ. ނުހަނު ހަމަޖެހުމާއެކު ސައިކަލުގައި ދަރިފުޅު ގޮވައިގެން މާލޭގެ އަނެއް ފަރާތަށް މިޞްރާބުޖަހައިފީމެވެ.

އަޅުގަނޑުގެ ސައިބަރ މުއްސަނދިކަން

ކިޔާފައިވާ ޢަދަދު: 10144
އަޙްމަދް ސަމީރު ޢަލީ
މި މަޒްމޫނުގައި، ‘މުއްސަނދިކަމަކީ ހިތުގެ ތަނަވަސްކަމޭ’ ނުވަތަ ‘އެމީހަކަށް ލިބޭ އެއްޗަކުން ފުދިގެން އުޅެން ދަސްކުރީމަ އެވީ މުއްސަންޖަކަށޭ’ ނުވަތަ ‘އެކަކަށް ވެސް ދަރާފައި ނެތިއްޔާ އެވީ މުއްސަންޖަކަށޭ’ މިކަހަލަ ވާހަކަ ތަކެއް ނުލިޔާނަމެވެ. ‘މުއްސަނދިކަމަށް އެންމެ މަޝްހޫރުވެގެން ތިޔަ އުޅޭ މީހުންގެ ބަތާނަ ފުށް އެނގޭނީ ބޭންކު ތަކަށޭ’ ވެސް ލިޔާ ހިތެއްނެތެެވެ. ދައްކަން މިއުޅެނީ ފަހަކަށް އައިސް އަޅުގަނޑަށް ލިބެމުން އައި ފައިސާ( ޑޮލަރު)ތަކެއްގެ ވާހަކައެވެ!

ސައިންޓިސްޓުންނަށް ހަމަ ސާބަސް!

ކިޔާފައިވާ ޢަދަދު: 11267

އަހްމަދް ސަމީރު އަލީ
އެމެރިކާގެ އެންމެ އުތުރުން ކެނެޑާއާ އިންވެފައި އޮންނަ  މިނެސޯޓާ އިސްޓޭޓުގެ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ރޮބަރޓް ބެނެންސަން Dr. Robert Benenson  މިދިޔަ ހުކުރު ދުވަހު ޝާއިޢު ކުރެއްވި އިލްމީ ދިރާސާއަކުން އަޅުގަނޑަށް ” ކުއްލި ސިހުމަކާއި ހައިރާންކަން” ލިބިއްޖެއެވެ. މިދެންނެވި ރިޕޯޓުގެ    ” ޕްރައިމަރީ ސޯހޭ ” ޒުވާން ކުދިން މިކިޔާ އަސްލު ލިޔުމެއް އަދި އަޅުގަނޑުގެ އަތަކު ނުޖެހެއެެވެ. ނަމަވެސް އެ ދިރާސާއަށް އިޝާރާތްކުރާ ވަރަށް ގިނަ ލިޔުން ފެނިއްޖެއެވެ.

ފަތިސް ނަމާދު ހާޒިރީ

ކިޔާފައިވާ ޢަދަދު: 11096
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މެލޭޝިއާއަކީ މުސްލިމުގެ އަޣުލަބިއްޔަތު އޮންނަ، އިސްލާމީ ވެރިކަމެއް ހިނގާ ޤައުމެކެވެ. މައިގަނޑު 3 ދަރިކޮޅެއް މަސްހުނިވެގެން ދިރިއުޅޭ ޤައުމެކެވެ. މި ދަންނަވައިލަނީ އެތާނގައި އަޅުގަނޑުމެން އުޅުނު ދުވަސްވަރު ނަމާދު ހާޒިރީ ބަލާ ގޮތެވެ. އަޅުގަނޑުގެ އެކުވެރި ޙަސަން ޝާކިރު މުޙައްމަދުގެ “ފަންވަތުޖެހުން ނުވަތަ ނަމާދު ހާޒިރީ” ކިޔައިލީމާ އެ ހަނދާން އާވާ ގޮތް ވީ އެވެ.

ފުރޭންޏަށް ލިބުނު ޢިއްޒަތް

ކިޔާފައިވާ ޢަދަދު: 10621
އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުމެންގެ ޢާއިލީ ވިޔަފާރީގެ ދަށުން ޗާނަދަނީ މަގުގައި  ދެ ފިހާރަ ހިންގީމެވެ. އެއްފިހާރައިގައި ވިއްކީ ގެއާއި ބަދިގެއަށް ބޭނުންވާ ތަފާތު ތަކެއްޗެވެ. މި ފިހާރައިގެ މަހު ކުލި 400 ރުފިޔާއިން 25 އަކަށް އަހަރުގެ ތެރޭގައި 35000 ރުފިޔާއަށް އެރުމުން، ވިޔަފާރީގެ ނަފާ ހުލިވަމުން ބޮނޑުނިގުލަށް ދާން ފެށުމުން އެފިހާރަ ބަންދު ކުރަން މަޖުބޫރުވީއެވެ.

ޞޯދުބެ އުފެއްދެވި ސުވާލަށް ފަނަރައަހަރުގެ ފަހުން ޖަވާބު

ކިޔާފައިވާ ޢަދަދު: 5255
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ

އަޅުގަނޑުގެ ރައްޓެހި ބޭފުޅަކު ފޯނުކުރައްވައި ވިދާޅުވިއެވެ. “ލިޔުންތެރިންގެ ގުޅުން” ވެބްސައިޓަށް އެއްޗެއް ލިޔަން އުޅެބަލާށެވެ. އެއީ ވަރަށްގިނަ މަޢުލޫމާތު ލިބޭ، ބަހާއި އަދަބުގެ ވެސް ސައިޓެކެވެ.

އަޅުގަނޑު ދެންނެވީމެވެ. ތިޔަ ސައިޓުގެ ނަން އެ ބުނަނީ އެ ސައިޓަކީ އަޅުގަނޑުމެން ކަހަލަ މީހުންގެ ސައިޓެއްނޫނެވެ. އަނެއްކާ ތިޔަ ވިދާޅުވިހެން ބަހާއި އަދަބުގެ ކަންތައް އެހާބޮޑަށް އޭގައި ހުރެއްޖެނަމަ އެޔާ ގާތްވާކަށް ނުކެރޭނެއެވެ.