ސަމާސާ އަދަބު:: ދެސޯދިގުގެ ކަސްރަތު

ކިޔާފައިވާ ޢަދަދު: 664
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މާފަންނު ކިރިކެޓް ދަނޑަކީ ދުވާލު ދެއިރު ދަޅަމަތީ ވަރަށް ގިނަ ބަޔަކު ހިނގާ ދުވެ ބަނޑު ހިންދާށާއި އަތްފަޔަށް މަސްއަރުވަން ޒާތްޒާތުގެ ކަސްރަތުތައް ކޮށް އުޅޭ މައިދާނެކެވެ. ތަނަށް އެންމެ ބާރު ބޮޑީ އޮއްސޭ ދަޅައިގައެވެ. އެދަޅައިގައި ބައިބޯކަމުން ތަނަށް އެނބުރޭ އިންސާނުންގެ ރޯޅިއެއް އަރައިގެން އުޅެނީއޭ ހީވާހައިވެއެވެ. ރޯޅީގައި ގިނައީ ކަސްރަތެއް ނުކޮށް ކުޅިވަރެއް ނުމެ ކުޅެ ހަރު އުމުރަށް އަރައިފައި ތިބި އަންހެނުންނާއި ފިރިހެނުންނެވެ. ބޮކެއް ހެން ތިބޭ ބޭކަނބަލުންނާއި ބެރެއްހެން ތިބޭ ބޭކަލުން…

“ސިޔާސީ” ވާހަކަ

ކިޔާފައިވާ ޢަދަދު: 768
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ސިޔާސީ” މި ބަހަކީ މީގެ އަހަރުތަކެއް ކުރިން އާންމުންގެ މެދުގައި އެހައި ފަރިތަ ބަހެކޭ ނުދެންނެވޭނެއެވެ. އެހެނަސް އެ ޒަމާނަކީ ވެސް ސިޔާސީ ކަންތައްތައްކޮށް އުޅުނު ޒަމާނެކެވެ. އެ ޒަމާނުގައި ތިއްބެވި ސިޔާސީ ވެރިންވެސް މަދެއް ނޫނެވެ. ސިޔާސީ ވާހަކަވެސް ދައްކައި އުޅުނެވެ. މިހާރާއި އަޅައިބަލާއިރު ތަފާތަކީ، ސިޔާސީ ވާހަކަ ދައްކާ މިންވަރު މަދުވުން ކަމުގައި ވެދާނެއެވެ. ކޮންމެއަކަސް ދިވެހިރާއްޖެއަށް މިއައި ސިޔާސީ ބަދަލުތަކުގެ ސަބަބުން އެންމެހައި ދިވެހިން އާދަޔާ ޚިލާފަށް ސިޔާސީ ވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން…

ޙުސައިން ޞަލާޙުއްދީނާއި ގިރާވަރު ކަޅު ސޮރު

ކިޔާފައިވާ ޢަދަދު: 585
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޙަކީމް ޙުސައިން މަނިކު
ގިރާވަރު ކަޅުސޮރަކީ އެރަށު އެންމެ އިސްވެރިޔާ އެވެ. ކޮރު ސޮރަކީ ދެން ހުރި އެންމެ ބާރު ގަދަ މީހާ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދެވަނަ އަހަރުން އެއްރެއަކު ބަގީޗާގޭ ތަޅަންމަތީ އުނދޯލީގައި ޞަލާޙުއްދީން އިންނަވަނިކޮށް، ކަޅުސޮރު އައިސް ދޮރުކަނީގައި އަތްއަޅާލައިގެން ހުއްޓިއްޖެއެވެ. މިލިޔާ މިހާ އިނީ އަދަރާދު ގޮނޑިއެއްގެ އުސްމިންހުރި ނިރޮޅު ވަކަރު ގޮނޑިއެއްގައި އުނދޯލިދާންކޮޅު ހެއްލާދޭށެވެ.
ޞަލާޙުއްދީން: މި ފެށިގެން އުޅެނީ ކޮން ހަނގުރާމައެއްތަ؟
ކަޅުސޮރު: މިއީ އަނެއްކާވެސް ޖަރުމަނުން ދުނިޔެއަށް ވެރިވާން ކުރާ ހަނގުރާމައެއް  
ޞަލާޙުއްދީން: ހަނގުރާމައިން ވާނީ ކިހިނެއްތަ؟

ވެޔޮގޭ މަނިއްޕުޅުގެ ފެންކުޅި

ކިޔާފައިވާ ޢަދަދު: 967
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިބުރާހީމް ހުސެން މަނިކު
ފެންކުޅިޔަކީ ވަރަށް އިހުއްސުރެ ރާއްޖޭގައި ކުޅެވެމުން އައި ކުޅިވަރެކެވެ. މިކުޅިވަރު ރާއްޖެ އައީ މުސްކުޅި ދިވެހި ސަޤާފަތުގެ އެހެން ވެސް ވަރަށް ގިނަ ކަންތައްތަކެކޭ އެއް ފަދައިން އުތުރުކަރައިން ކަމަށް ފެނެއެވެ. 

އުތުރުކަރައިގައި ފެންކުޅިއަކީ ހިންދީންގެ ދީނީ އީދެއްކަމުގައވާ ހޯލީ އާ ގުޅިފައިވާ ކުޅިވަރެކެވެ. މިބައި މީހުންގެ މެދުގައި ހޯލީ މަޝްހޫރުވެފައި އޮންނަނީ ކުލަޔާއި ލޯބީގެ އީދުގެ ގޮތުގައެވެ. ކުލަޖެހުމާއި ކުލަފެންޖެހުން އެއީ މިއީދުގެ ކުޅިމަޖާގެ ތެރޭ ހިމެނޭ ކަންކަމެވެ. އުތުރުކަރަ ފިޔަވައި ހިންދީންގެ ސަޤާފީ ނުފޫޒު ފޯރާފައިވާ އެހެން ވެސް ބައްރުތަކުގެ އެހެން ވެސް ބައެއް ބާގަތަކުގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. އިސްލާމް ދީން ރާއްޖެ އައުމަށް ފަހު، ފެންކުޅި ފަދަ އެހެން ވެސް ބައެއް އެވޭލާ ކުޅިވަރު ގިނަ ރަށްރަށުގައި ހިނގަމުން އައީ އީދު ކުޅިވަރެއްގެ ގޮތުގައެވެ.
 

[ހާމަސް ގަންނާނެއްބާ!]

ކިޔާފައިވާ ޢަދަދު: 1238
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ހާލަކީ، (ނުވަތަ ހައުލަކީ) ކުކުޅުގެ ފިރިހެން އެއްޗެވެ. ކިތަންމެ ގިނައިން ހާ ކަތިލައިގެން ރިހަ ކެއްކިޔަސް އެ ރިހަ ބަދަލުވެގެން ދަނީ ކުކުޅު ރިހައަށެވެ. ރިހައިގައި ހުންނަނީވެސް ކުކުޅު މަހެވެ. އެއީ، ކުކުޅުގެ ފިރިސޮރަށް ލިބިފައި އޮންނަ ދަރަޖައެވެ. ނަމަވެސް އަޅުގަނޑު ދަންނަވައިލެވޭތޯ މި އުޅެނީ، ކުކުޅު ހާލުގެ މަހުގެ ވާހަކައެއް ނޫނެވެ. އެކަމަކު ހާމަހުގެ ވާހަކައެވެ.

ޕްރޮފެސަރުގެ ތަޤުރީރު އަޑުއަހާން ވަދެވުނީ އެހެން މާލަމަކަށެވެ.

ކިޔާފައިވާ ޢަދަދު: 1328
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ރާއްޖެ އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޕްރޮފެސަރ ޢުޤައިލްގެ ތަޤުރީރެއް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި ބުރާސްފަތިވިލޭރޭ (އާދެ! 18.11.2015 ވީ  ބުދަދުވަހުގެ ރޭ) 8:15 ގައި އޮންނާނެކަމުގެ މަޢުލޫމާތު އިއްޔެ (18.11.2015 ގައި) ލިބުނެވެ. އެކި ވައިބަރު ގްރޫޕްތަކުން މި ވާހަކަ ވަރަށް ގިނައިން ހަނދާންކޮށްދެމުންއައެވެ. 

އަޅުގަނޑާއި ޑޮކްޓަރ އަފްރާޝީމް ޢަލީ

ކިޔާފައިވާ ޢަދަދު: 1313
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
މީގެ 3 އަހަރު ކުރީން އާދެ! 1 އޮކްޓޯބަރ 2012 ވަނަ ދުވަހުގެރޭ، އޮކްޓޯބަރ 2 އަށް ވީފަހުން އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ ފުން ހިތާމައެކެވެ. މުޅި ދިވެހި ޤައުމު ސިއްސުވައިލި ހިތާމައެކެވެ. ފަހަކަށްއައިސް ރާއްޖޭގައި އުފެދުނު އެންމެ ޚިދުމަތްތެރި ޒުވާން ޢިލްމުވެރިޔާ ރަޙުމުގެ ކަންފުޅެއްވެސް ޤާތިލެއްގެ ލާއިންސާނީ ޙަމަލާއަކުން ޝަހީދުކޮށްލުމުން ފެތުރިގެންދިޔަ އަސަރުން ފުރިގެންވީ ހިތާމައެވެ. އެއީ، މުޅި ދުނިޔެވެސް ޙައިރާން ކުރުވި ހާދިސާއެކެވެ.

އިންޖިނޭރު އާމިރު ބަސްކޮމެޓީގައި

ކިޔާފައިވާ ޢަދަދު: 1109
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެން މަނިކު
 
“އަހަރެމެން ގައުމުގެ ތައުލީމީ ސިޔާސަތު މިހުރިހައި އަހަރަކުވެސް ދަރީން ޖީސީއަށް ތައްޔާރުކުރުމުގެ ދުރަކަށް ހިންގައިލެވިފައި އޮތް ހެނެއް ނުވެއެވެ. ނަމަވެސް އަހަރެމެން މިހާރު މިމަސައްކަތް ކުރަނީ ގައުމުގައި މަސައްކަތްތެރި ޖީލެއް ބިނާކުރާށެވެ.

ކާފަގެ މުޅޯ

ކިޔާފައިވާ ޢަދަދު: 1132
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސައިން މަނިކު
ރީތި ހަވީރެއްގެ ފިނި ހިޔާ ރަށުތެރެޔަށް ފެތުރެމުން އަންނަނީއެވެ. “ތުއްރަވާސް ވައިކިސާފަށް” ގޮސް އެތެރެބަޔަށް ބޯދިއްކޮށްލިއިރު އިންޖިނޭރު އާމިރު އޭނާގެ މަޝްހޫރު ކޮއްޕި ބޮލަށް ފައްތައިގެން ނިތްގަނޑު ފަހަތަށް އަނބުރާލައިގެން މޭޒުދޮށުގައި އިނެވެ. ކައިރީގައި އޭނާގެ އައު މުނީމު ނަވާޒު ހުއްޓެވެ. އަހަރެން ފެނުމާއެކު އަޑުގެ ކޮޅަށް ގޮވައިލައިފިއެވެ.

އިންޖިނޭރު އާމިރު

ކިޔާފައިވާ ޢަދަދު: 1039
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެން މަނިކު

މީ ވަކި މިވެނި މީހަކަށް ނިސްބަތްވާ ވާހަކައެއް ނޫނެވެ. ވާހަކައިގެ އެއް ވެސް ބައެއް ދިރި ހުރި މީހަކާ އެއްގޮތްކަމެއް އޮތް ނަމަ އެއީ ހަމަ އެކަނި އިއްތިފާގެކެވެ. ވާހަކައިގެ މައިގަނޑު ޚިޔާލު ލިބުނީ ލަންކާގައި ނިކުންނަ ދުވަހު ނޫހެއް ކަމުގައިވާ “އައިލެންޑު” ނޫހުގެ ފައިބެ އަހަރުގެ އަދަދަކުންނެވެ. އެ ނޫހަށް ޝުކުރު ހުއްޓެވެ.