އަށްޑިހަ ދެހާސް މީހުންގެ ތެރެއިން އެންމެ ނުވަ މީހުން

ކިޔާފައިވާ ޢަދަދު: 399
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  ނޯޓު: ސުމުއްވުލް އަމީރު މުޙައްމަދު އަމީނު އަވަހާރަވިތާ އެއްއަހަރު ފުރުނުއިރު ރާއްޖޭގައި ތިބީ 82 ހާސް މީހުންނެވެ. އެމަނިކުފާނު ފަސްދާނުލެވިފައި ވަނީ ވިހަމަނާފުށީގައެވެ. އެއީ ފަޅުރަށެކެވެ. އެމަނިކުފާނު އަވަހާރަވިތާ އެއްއަހަރު ފުރުމާ ގުޅިގެން އެމަނިކުފާނުގެ މަހާނައަށް ޒިޔާރަތްކޮށް ފާތިޙާކީ، 9 މީހުންނެވެ. މިއީ އެ 9 މީހުން ކުރި ތާރީޚީ ދަތުރުގެ ވާހަކަ އެވެ. ________________________ ޖުމާދިލްއައްވަލުމަހު  ތޭރަވިލޭރޭ ނުވައެއްޖަހާ އެހާކަށްހާއިރު ކ. ވިހަމަނާފުށްޓާ (މިހާރު ކުރުނބާ ވިލެޖް ރިސޯޓް) ދިމާއަށް ދުވެފައިދިޔަ ދޯންޏެއްގައި ތިބީ…

ހަނދާނުގެ ތޫނުކަށިތައް: އަޅުގަނޑަށް ކޮޅުނބަށް ދެވުނުގޮތް

ކިޔާފައިވާ ޢަދަދު: 470
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުވަސްވަރަކީ ސިލޯނުގައި ތަޢުލީމު ޙާޞިލުކުރާ ކުދީން ދެވަނަ ބަހެއްގެ ގޮތުގައި، އެކުދީންގެ ބަސް(ދިވެހިބަސް) ކިޔަވަމުން ގެންދިޔަ ދުވަސްވަރެވެ. ހަމަ ދޭތެރެ ދޭތެރެއިން އެކުދިންގެ ޓީޗަރުންގެ ގޮތުގައި، މާލެއިން ކޮންމެވެސް މީހަކަށް އޮންނަނީ ފުރާންޖެހިފައެވެ. އަނެއްކާ ފުރައިގެން މިދަނީވެސް، އަޅުގަނޑުގެ ނުހަނު ގާތް އެކުވެރި ރަޙްމަތްތެރީންނެވެ. ދުވަހަކުވެސް އަޅުގަނޑަކާ ލައްވާލާތަނެއްނައެވެ. އެކަމާ ދެރަވެއެވެ. ހިތާމަވެސް ކުރަންމެއެވެ. ނަމަވެސް އަޅުގަނޑަށް އަޅުގަނޑުގެ މިންވަރު އެނގޭނެނޫންތޯއެވެ. އަޅުގަނޑަކަށް، އަޅުގަނޑުގެ މިންވަރެއް ނޯޅެއެވެ. ނަމަވެސް މައްސަލައަކީ، ސިލޯނަށް ދާހިތް ހަމަ ނުކެނޑުނުކަމެވެ. ހަމަ…

ހަނދާނުގެ އެންމެ ތޫނު ކަށިތައް: އަޅުގަނޑުގެ ފުރަތަމަ މާލެދަތުރު

ކިޔާފައިވާ ޢަދަދު: 422
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުވަސްވަރަކީ، އަޅުގަނޑުގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ. ދިރިއުޅުމުގެ އެއްވެސް ފިކުރެއް ވިސްނުމެއް ނެތް ދުވަސްވަރެވެ. ރެޔާއި ދުވާލުގެ ކަމަކީ، ކުޅިވަރެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި އޭރު އަޅުގަނޑުގެ އުމުރުން ވާނީ، އަށެއްނުވައެއް އަހަރެވެ. މީހުން މާލެ ގޮސްގޮސްފައި އަންނަވާހަކަ ދައްކާވަރުން، އަޅުގަނޑު މާލެދާހިތްވަނީ ވަރަށް ބޮޑަށެވެ. މާލޭން ލިބޭ ރަނގަޅު އެއްޗިއްސާއި، ގެންނަ ރަނގަޅު ހަދިޔާތަކަށްޓަކައެވެ. މިކަމާހުރެ އަޅުގަނޑުގެ ބޭބެ ގާތުގައި ރޮއިރޮއިގެން އާދޭސް ކޮށްކޮށްގެން އެންމެ ފަހުން، މާލެދެވޭގޮތް ވެއްޖެއެވެ. މާލެދާން ދަތުރަށް ހެދުމުގެ…

“ހަނދާން ފޮތުގެ” ހަނދާނެއް

ކިޔާފައިވާ ޢަދަދު: 467
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއަހަރުގެ جمادى الأول މަހު 13ވަނަ ދުވަހު، އަޅުގަނޑަށްވެސް ވިހަމަނާފުއްޓަށް ދިޔުމުގެ ނަސީބު ލިބުނެވެ. އޮނަބަރަލް حميد ދެއްވި دعوت އަކަށެވެ. އެއީ އަޅުނޑުމެންގެ ލޮބުވެތި أمينދީދީގެ مقبرةއަށް ޒިޔާރަތް ކުރުމަށްޓަކައެވެ. އެމަނިކުފާނު ކޮންމެއަހަރަކުވެސް މިލޮބުވެތި ހަނދާން ދިރުއްވަމުން ގެންދަވައެވެ. މ.މ.ދ. [މަޖީދިއްޔާ މުސްކުޅިވަރުންގެ] ޖަމްޢިއްޔާގެ ކޮންމެވެސް ممبرން ކޮޅަކާއެކުގައެވެ. އަޅުގަނޑުމެން އެދުވަހު، އެތާނގައި ހުއްޓިތިބެ فاتحة ކިޔަވަމުން ގެންދިޔައިރު އަޅުގަނޑުގެ ހިތުގައި އާވަމުން ދިޔައީ ވަރަށް ކުރީގެ ހަނދާނެކެވެ. މީގެ 29 އަހަރުކުރީގެ ހަނދާނެކެވެ. سمو…

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު (2)

ކިޔާފައިވާ ޢަދަދު: 792
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ ލިޔުންތެރިކަމުގެ ތެރެއިން ހިމެނޭ ދަތުރުނާމާއެވެ. މިބާވަތުގެ ދަތުރުނާމާގައި ލިޔުމުގެ ރަހަ ރަނގަޅުކޮށް ކިޔާމީހާގެ ޝައުޤުވެރިކަން އަތުލައިގަތުމަށް މަސައްކަތްކުރާނެއެވެ. މިބާވަތުގެ ދަތުރުނާމާތަކުގެ ތެރޭގައި ގަދީމީ ގުރީކުގެ މަޝްހޫރު ޅެންވެރިޔާ ހޯމާރގެ “އޮޑިސީ” އާއި މަޝްހޫރު އިނގިރޭސި އަދީބު ޖޯސެފް ކޮންރާޑް ލިޔުއްވި “ހާޓް އޮފް ޑާރކްނެސް” ފާހަގަކުރެވެއެވެ. ދިވެހިބަހުގެ ލިޔުންވުންތަކުގެ ތެރޭގައި އަލްއަމީރު މުޙައްމަދު އަމީންދީދީ ލިޔުއްވި “ސައްޔާހެއްގެ ޔައުމިއްޔާގެ ގަނޑެއް” އާއި “ކަނޑުން ފިރުކެމުން ވައިން އުދުހެމުން” އާއި ޙުސެން ޞަލާޙުއްދީން ލިޔުއްވި “އައްޑޫ މީދޫ ކަޅިހާރު އޮޑި ބެހިގެން އެފްރިކާއަށް ދިޔަ ވާހަކަ” އާއި މުޙައްމަދު ޖަމީލް ދީދީ ލިޔުއްވި “މާލެދާން ކެލަޔަށް” އާއި ބަނޑޭރި ޙަސަން މަނިކުފާނު ލިޔުއްވި “އަރުމާދު ރައިވަރު” ފަދަ ފޮތްތައް ފާހަގަކޮށްލެވެއެވެ.

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު (1)

ކިޔާފައިވާ ޢަދަދު: 423
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މި ފޮތަކީ އަޅުގަނޑުގެ އެކުވެރި އަލްފާޟިލް އިބްރާހީމް ވަޙީދު މާތޮޑާ(މާތޮޑާ ވަޙީދު) ގެ ދަތުރުނާމާއެއްގެ މައްޗަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. އަލްފާޟިލް އިބްރާހީމް ވަޙީދަކީ ދަތުރުނާމާ ލިޔުއްވުމަށް ވަރަށް ޝައުޤުވެރިވެލައްވާ ބޭކަލެކެވެ. މި ދަތުރުގެ ނޯޓުތައް އޭނާ އެއްކުރައްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އެހެން ކަމުން މި ދަތުރުނާމާ ލިޔުމުގައި އަޅުގަނޑަށް ވަރަށް ފަސޭހަވިއެވެ. މި ދަތުރުނާމާ އަޅުގަނޑު އެއްކޮށްލީ 1974 ވަނަ އަހަރުގެ ތެރޭގައެވެ. މި ދަތުރުނާމާ އަޅުގަނޑު ޝާއިޢުކުރީ 1974 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި މޫންލައިޓްގައެވެ.