ހަނދާންތައް ލިޔެ ހާމަކުރުން

ކިޔާފައިވާ ޢަދަދު: 205
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) – ރަޙިމަހުﷲ – ގެ މި މުހިންމު މަޒުމޫނު އަޅުގަނޑުމެން ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 145 (އެޕުރީލު 1991) ވަނަ އަދަދުންނާއި 146 (އެޕުރީލު 1991) ވަނަ ޢަދަދުންނެވެ. _______________________________________ ލިޔުންތެރިކަމުގެ ތަފާތު ފަންނުތަކުގެ ތެރެއިން މުޖްތަމަޢުގެ މެދުގައި އެންމެ މަޤްބޫލުކަން ބޮޑު އެއް ފަންނަކީ ހަނދާންތައް ލިޔެ ހާމަކުރުމުގެ ފަންނެވެ. މިއީ އަޅުގަނޑުމެންގެ ދިވެހިބަހުގެ ލިޔުންތެރިކަމުގެ މައިދާނުންވެސް ހިސާބަކަށް ތަޢާރުފްވެފައިވާ ފަންނެކެވެ. ދިވެހި ދުނިޔެއަށް މިފަންނު ތަޢާރުފްވުމުގައި ސަބަބުވެރިވީ…

މރ. ޖޯޖް ކޯބިން

ކިޔާފައިވާ ޢަދަދު: 243
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ، ރާއްޖޭގެ ޓޫރިޒަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1998 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ޝާއިއުކުރެއްވި “ދިވެހިރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ޓޫރިޒަމް، ތަރައްްޤީގެ 25 އަހަރު” މި ފޮތުން ނަކަލުކޮށްފައިވާ ލިޔުމެކެވެ. …………………………………………………… އިޓަލީވިލާތުގެ ރައްޔިތެއްކަމަށްވަ މރ.ޖޯޖް ކޯބިންއަކީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރި ފަރާތެވެ. ކޯބިންއަކީ، ވަރަށް “އެޑްވެންޗަރަސް” މީހެކެވެ. ޓްރެވަލް އޭޖެންސީއެއް ހިންގާ “އިންޓެންސިވް ޓްއަރޒް” ރާވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޯބިން ދަތުރުކުރިއެވެ. އެއީ އިންސާނުންގެ ހަލަބޮލިކަމުން ސަލާމަތްވެފައިވާ…

ގެއްލިދިޔައީ އިޚްލާޞްތެރި ޚާދިމެކެވެ.

ކިޔާފައިވާ ޢަދަދު: 333
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޢަލީ މި ލިޔުމަކީ، މީގެ 26 އަހަރުކުރީން އާދެ! 1990 ވަނަ އަހަރުގެ އޮކުޓޫބަރު މަހު ނުކުތް “ފަތްތޫރަ”އިގެ 139 ވަނަ އަދަދުގައި ގ. ފީނި، އަލްފާޟިލް މޫސާ ޢަލީ ލިޔުއްވާފައިވާ ލިޔުމެކެވެ. އަލްފާޟިލް މޫސާ ޢަލީއަކީ، ވަރަށް ދިގު މުއްދަތަކަށް ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ، މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު (1990 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ. މި ލިޔުން، މި ޝާއިއު ކުރަނީ، އަލްފާޟިލް ޔޫސުފު…

ހަވީރުގެ ތަރި

ކިޔާފައިވާ ޢަދަދު: 1546
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“އަޅުގަނޑު އިންދި “އޮށުގެ” ސަބަބުން ބަދަލުވެގެން ދިޔައީ ހަމައެކަނި ޗާނދަނީމަގު ގައި ހުރި ފިހާރަތަކުގެ ފާޑެއް ނޫނެވެ. ޗާނދަނީ ބާޒާރު “ސިންގަޕޫރު ބާޒާރަކަށް” ވެސް ބަދަލުވެގެން ދިޔައީއެވެ.” – ޑީ.އަޙްމަދު ދީދީ = “ހަވީރު” ގެ މެނޭޖިންގ އެޑިޓަރ ކޮޕީ މުޙައްމަދު ރަޝީދު = _________________________________________________________________ އިދާރީ ނޯޓެއް: މއ. ކެމީލިޔާ، އަލްފާޟިލް ޑީ. އަޙްމަދު ދީދީ  ނުވަތަ ޑޮކްޓަރ އަހަންމައިދީ (ރަޙިމަހުﷲ) އަކީ، މައްޗަންގޮޅީ އަވަށު މަދަރުސާ ކުރީގެ މަދްރަސަތުލް އަޙްމަދިއްޔާ (މިހާރުގެ އަޙްމަދިއްޔާ އިންޓަރނޭޝަނަލް…

އޭނާ މައްޗަށް “އުފުއްލާލާށެވެ”

ކިޔާފައިވާ ޢަދަދު: 284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތުގެ ނަން: ދެބައިން ބައި ސިންގާ: ވީ.ޕީ ނަރަމްސިންހަ ރާއޮ އިންޑިއާ ބަދަލުކޮށްލެއްވި ގޮތް ފޮތް ލިޔުނީ: ވީނާ ސީތާޕަތީ ފޮތް ޗާޕުކުރީ: ޕެންގުއިން އިންޑިއާ ފޮތުގެ އަގު: -/ 699 އިންޑިއާ ރުފިޔާ މިއީ “އިކޮނޮމިސްޓު” މަޖައްލާގައި ފޮތުގެ މައްޗަށް ބަލައިލައިފައި އޮތް ލިޔުމުގެ ތަރުޖަމާއެވެ.  ލިޔުން ތަރުޖަމާކުރީ: އިބްރާހީމް ހުސެން މަނިކު ………………………………… އިންޑިއާގެ ދިހަ ވަނަ ބޮޑު ވަޒީރު ޕީ.ވީ. ނަރަމްސިންހަ ރާއޮ އެގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އިރު އެއީ ވެއްޓި އިނދަޖެހުމަކާ…

ހަމައެކަނި ވިދާޅުވެލެއްވުމަށް: ހަވީރުގެ ތަރި

ކިޔާފައިވާ ޢަދަދު: 333
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ކާމިޔާބު ހަޔާތެއް ހޯދޭނީ، ތެދުނިޔަތުގައި ހިތްވަރާއެކު އެމީހަކު ކުރާ މަސައްކަތެއް ބަރާބަރަށް ކޮށްގެނެވެ.”                                                                                                                                                       – ޚަދީޖާ ޢަލީ –  ”ހަވީރު” ގެ މެނޭޖިންގ އެޑިޓަރ: ކޮޕީ މުޙައްމަދު ރަޝީދު – މި ފަހަރުގެ “ތަރި”އަކީ އޭނާގެ އެތައް ދުވަހެއްގެ މިންނެއް މަސައްކަތުން ތަނަވަސް އަރާމު ދިރިއުޅުމެއް ހޯދާފައިވާ، ދިވެހި…

އަލްފާޟިލް ޝަބްނަމީ ޙުސައިން މުޙައްމަދު ދީދީ

ކިޔާފައިވާ ޢަދަދު: 286
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތީން، ދުނިޔެއަށް އަންނަ ކޮންމެ މަޚްލޫގެއް ވެސް އެ މަޚްލޫގަކަށް ކަނޑައެޅިފައިވާ ދުނިޔޭގެ ފެންރޯދި ހަމަވުމުން، އަބަދަށް ދިރިދެމި ވޮޑިގެންވާ މާތް ﷲ ގެ ހަޒުރަތަށް ދަތުރުކުރުމަކީ، ބަދަލެއް ވުމެއް ނެތް ގާނޫނެވެ. މި ގާނޫނުން އިސްތިސްނާވާ ހަމަ އެންމެ މަޚްލޫގެއް ވެސް ނުވެއެވެ. މި ގާނޫނުގެ މަތީން އެކި ދުވަހު އެކި މީހުން އަޅުގަނޑުމެންނާ ވަކިވެ ދެމިއޮތުމުގެ ގޮވައްޗަށް ދަތުރު ކުރަމުން މިހިރަގެން ދަނީއެވެ. އާންމުންނާއި ޚާއްސުންނެވެ. އެ ބޭފުޅުންގެ…

ސަރުދާރު ސުވަރަންސިންގ

ކިޔާފައިވާ ޢަދަދު: 321
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މި ލިޔުމަކީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ)  މީގެ 42 އަހަރު ކުރީން “އަމާޒު” މަޖައްލާގެ 1 އޮކްޓޯބަރ 1974 ގެ އަދަދުގައި ޝާއިއުކުރައްވާފައިވާ ލިޔުމެކެވެ. ________________________________________________ ދުނިޔޭގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ތެރެއިން އިންޑިޔާގެ ޚާރިޖީ ވަޒީރު ސަރުދާރު ސުވަރަންސިންގ ހިމެނެނީ މީހުން ލެންބުމަށް އެންމެ ކުޅަދާނަ ވަޒީރުންގެ ސަފުގައެވެ. އޭނާއަކީ އުމުރުފުޅުން ދުވަސްވެފައިވާ ބޭފުޅަކަށް ވިޔަސް އޭނާގެ ޝަޚްޞިއްޔަތުގައި ހިތްގައިމު ގޮތެއް ހުންނަކަމަށް ބުނެވެއެވެ. ސުވަރަންސިންގ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ…

ހަމައެކަނި ވިދާޅުވެލެއްވުމަށް:: އާދަމް ސަލީމް

ކިޔާފައިވާ ޢަދަދު: 852
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

”ބީރައްޓެހި ރަށެއްގެ ގޮނޑުދޮށުގައި ހުއްޓަސް ޚިޔާލު އާދެއެވެ.” އަޙްމަދު ޒާހިރު “ހިކިކޮށް ދޮން ކޮށް އެއިނީ ކާކު ހެއްޔެވެ؟”  އަޅުގަނޑު ގެ ފަހަތުގައި އިންނެވި ބޭފުޅަކު އަޅުގަނޑުގެ ގައިގައި ކޮށްޓާލައްވައިފައި އެއްސެވި އެވެ. އަޅުގަނޑު ފަހަތް ބަލާލާފައި ދެންނެވީ “ނޭނގެއެވެ. ދުވަހަކުވެސް ނުދެކޭ މީހެކެވެ.” މަތީގައި ދެންނެވި ހާދިސާ ހިނގީ މަހަކު އެއްފަހަރު ނުކުންނަ އަދަބީ މަޖައްލާ “އަމާޒު” އަހަރަކު އެއް ފަހަރު ގެންނަ އަދަބިއްޔާތަށް ލޯބިކުރާ މީހުން ހަދާން ނުނެތޭ 6 ވަނަ ޢީދު މީލާދީ…

އޮނަރަބްލް ޢަބްދުﷲ ޙަމީދުގެ ގަލަންކޮޅުން

ކިޔާފައިވާ ޢަދަދު: 330
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފުން ހިތާމައެއްގެ އަސަރު އޮނަރަބްލް ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ “ފަތްތޫރަ” އިގެ 347 (ފެބުރުަވަރީ 2008) ގެ އަދަދުންނެވެ. މި ހުވަފެނެއްފަދަ ދުނިޔޭގެ ބޭޤަރާރުކަމީ، ބުއްދިވެރިން ބުނެފައިވާ ގޮތުގައި، ދުނިޔެއަށް ހެއްލުންތެރި ނުވުމަށް ބާރުއަޅައިދޭ ކަމެކެވެ. ކޮންމެ އިންސާނަކީވެސް، ދުނިޔޭގެ ޙަޔާތް ވޭތުކުރުމަށް ވަކި މުއްދަތެއް އޮންނަ މީހެކެވެ. އެ މުއްދަތު ހަމަވުމުން، ނުވަތަ އަޖަލު ހަމަވުމުން އިލާހީ ޤާނޫނު ނިޔާކުރާ ގޮތުގެމަތިން، އެމީހަކަށް ޖެހޭނީ، ދުނިޔެއާ…