ސަރުދާރު ސުވަރަންސިންގ

ކިޔާފައިވާ ޢަދަދު: 449

މި ލިޔުމަކީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ)  މީގެ 42 އަހަރު ކުރީން “އަމާޒު” މަޖައްލާގެ 1 އޮކްޓޯބަރ 1974 ގެ އަދަދުގައި ޝާއިއުކުރައްވާފައިވާ ލިޔުމެކެވެ. ________________________________________________ ދުނިޔޭގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ތެރެއިން އިންޑިޔާގެ ޚާރިޖީ ވަޒީރު ސަރުދާރު ސުވަރަންސިންގ ހިމެނެނީ މީހުން ލެންބުމަށް އެންމެ ކުޅަދާނަ ވަޒީރުންގެ ސަފުގައެވެ. އޭނާއަކީ އުމުރުފުޅުން ދުވަސްވެފައިވާ ބޭފުޅަކަށް ވިޔަސް އޭނާގެ ޝަޚްޞިއްޔަތުގައި ހިތްގައިމު ގޮތެއް ހުންނަކަމަށް ބުނެވެއެވެ. ސުވަރަންސިންގ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ…

ހަމައެކަނި ވިދާޅުވެލެއްވުމަށް:: އާދަމް ސަލީމް

ކިޔާފައިވާ ޢަދަދު: 1349

”ބީރައްޓެހި ރަށެއްގެ ގޮނޑުދޮށުގައި ހުއްޓަސް ޚިޔާލު އާދެއެވެ.” އަޙްމަދު ޒާހިރު “ހިކިކޮށް ދޮން ކޮށް އެއިނީ ކާކު ހެއްޔެވެ؟”  އަޅުގަނޑު ގެ ފަހަތުގައި އިންނެވި ބޭފުޅަކު އަޅުގަނޑުގެ ގައިގައި ކޮށްޓާލައްވައިފައި އެއްސެވި އެވެ. އަޅުގަނޑު ފަހަތް ބަލާލާފައި ދެންނެވީ “ނޭނގެއެވެ. ދުވަހަކުވެސް ނުދެކޭ މީހެކެވެ.” މަތީގައި ދެންނެވި ހާދިސާ ހިނގީ މަހަކު އެއްފަހަރު ނުކުންނަ އަދަބީ މަޖައްލާ “އަމާޒު” އަހަރަކު އެއް ފަހަރު ގެންނަ އަދަބިއްޔާތަށް ލޯބިކުރާ މީހުން ހަދާން ނުނެތޭ 6 ވަނަ ޢީދު މީލާދީ…

އޮނަރަބްލް ޢަބްދުﷲ ޙަމީދުގެ ގަލަންކޮޅުން

ކިޔާފައިވާ ޢަދަދު: 464

ފުން ހިތާމައެއްގެ އަސަރު އޮނަރަބްލް ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ “ފަތްތޫރަ” އިގެ 347 (ފެބުރުަވަރީ 2008) ގެ އަދަދުންނެވެ. މި ހުވަފެނެއްފަދަ ދުނިޔޭގެ ބޭޤަރާރުކަމީ، ބުއްދިވެރިން ބުނެފައިވާ ގޮތުގައި، ދުނިޔެއަށް ހެއްލުންތެރި ނުވުމަށް ބާރުއަޅައިދޭ ކަމެކެވެ. ކޮންމެ އިންސާނަކީވެސް، ދުނިޔޭގެ ޙަޔާތް ވޭތުކުރުމަށް ވަކި މުއްދަތެއް އޮންނަ މީހެކެވެ. އެ މުއްދަތު ހަމަވުމުން، ނުވަތަ އަޖަލު ހަމަވުމުން އިލާހީ ޤާނޫނު ނިޔާކުރާ ގޮތުގެމަތިން، އެމީހަކަށް ޖެހޭނީ، ދުނިޔެއާ…

އޮނަރަބްލް ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) ގެ ހަނދާނީ ސޮފުހާއެއް

ކިޔާފައިވާ ޢަދަދު: 511

“މަރުގެ ކޫޒުން ފެންނުބޯ އިންސާނަކީ ފަހެ ކާކުހޭ                         މަރުގޮވައިލީމާ މި އެންމެން އެއްމަގުންތާއޭ ދިޔާ” މީލާދީ ތާރީޚުން މީގެ އެންމެ އެއް އަހަރު ކުރިއެވެ. 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނައަށް ވީ އަންގާރަ ދުވަހެވެ. އެއީ، ދިވެހި ޤައުމުދުށް އަގުހުރި ދިވެހިދަރިއެއް އަޅުގަނޑުމެންނާ ވަކިވެވަޑައިގެން މާތްﷲގެ ތަނަވަސް ރަޙްމަތަށް ދަތުރުފުޅުކުރެއްވި ދުވަހެވެ. އާދެ! އަޅުގަނޑުގެ މި އިޝާރާތްކުރަނީ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާއަށެވެ. އެމަނިކުފާނު…

ރަޝީދުބެ – ނަމޫނާ މުދައްރިސެއް

ކިޔާފައިވާ ޢަދަދު: 478

  އެއީ ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. ސަކަރާތާއި މަޖަލުގެ ތެރެއިން ނަތީޖާ ނެރެން ދެނެލެއްވި ބޭލެކެވެ. ކިޔަވައިދިނުމަކީ އެންމެ އިސްވާޖިބުކަމަށް ދުށް އެދުރެކެވެ. ކުޅިވަރާއި އިޖުތިމާއީ ކަންކަން ގުޅުވައިގެން ތަރައްޤީއަށް މަސައްކަތް ކުރެއްވި ހުނަރުވެރިއެކެވެ. މިއަދުވެސް މ. މުލަކުގެ ތާރީޚުން އެބޭކަލެއްގެ ހަނދާންތައް ފެންނާންހުރި ޢިލްމީ އުސްތާޛެކެވެ. އެހަނދާންތަކާއި ޒިކުރާތައް އާކުރެވޭ ޑަރޯގާއެކެވެ. އަލްމަރުޙޫމް އަބްދުއްރަޝީދު ޙުސައިން، މަޝްހޫރު ނަމުންނަމަ ރަޝީދުބެއަކީ މ. މުލަކުގެ އުދަރެހުން ފާއްދާލި “ރަތްވިލާ” ތަކުގެތެރެއިން އުފަންކުރުވި ފާންތަރިއެކެވެ. އަލްމަރުޙޫމް ޙުސައިން ކަލޭފާނު…

“ސީނީ އަސުރުމަ”ލުގެ ޅެންވެރިޔާ ނުވަތަ ޅެންވެރިކަމުގެ “ސީނީއަސުރުމާ”

ކިޔާފައިވާ ޢަދަދު: 526

މިމަޒުމޫނު ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ޢަދަދުންނެވެ. އެއީ އެ މަޖައްލާގެ 116 ވަނަ ޢަދަދެވެ. “ދަރުސްތައް ގިނަގުނަ މިސާލުން ދައްކަމުންދާ ޢާލަމުން ދަރްސަކަށް ފަހު ދަރްސެކޭ އެނގެމުން އޮޅުން ފިލަމުންދަނީ ހުންނަ ފުރިހަމަ ބަސްތަކުން އަމުނާލެވޭ މާފަތިތަކޭ ހުންނައިރު    މަތިވެރި   މަޤާމެއްގައި ކަރަށް    އުކެމުން ދަނީ އޮއްސެމުންދާއިރު ނަސީބުގެ ވިދަވިދާހުރި ތަރިތަކެއް އޮއްސެމުން ނެތެމުން ހަނދާނުން ކުރި ރަނގަޅު ކަންތައް ދަނީ.” އިސްވެދިޔަ ދެތިން ޅެންބައިތަކީ، ބޭވަފާތެރި ދުނިޔޭގެ…

އަލްފާޟިލުލް މަރްޙޫމް ބަންދު މުޙައްމަދު ކަލޭގެފާނު

ކިޔާފައިވާ ޢަދަދު: 743

އަޙްމަދު ޝަފީޤު              ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އަޙްމަދު ޝަފީޤު (ރަޙިމަހުﷲ) އަކީ، ތާރީޚީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ދިވެހި މަސައްކަތްތެރިކަމާއި ތިމާވެށީގެ ތަފާތު މަޢުލޫމާތުގެ މައްޗަށާއި ރާއްޖޭގެ ހަރުދާ ޝަޚުޞިއްޔަތުންގެ މައްޗަށް ވެސް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.            އަލްފާޟިލް އަޙްމަދު ޝަފީޤަށް ވަނީ، ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (1980 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ. އަދި…

މޮޅުގެ ވެސް މޮޅު

ކިޔާފައިވާ ޢަދަދު: 430

“އިކޮނޮމިސްޓް” މަޖައްލާއިން ތަރުޖަމާކޮށްފައި           ހެވީ ވެއިޓް ބޮކުސިން ތެޅުންތެރިޔާ މުޙައްމަދު ޢަލީ ވަނީ އުމުރުން  74 އަހަރުގައި މިދިޔަ ޖޫން މަހު 3 ވަނަ ދުވަހު ނިޔާވެފައެވެ.         އޭގެ ބޮޑު ބަޔަކީ ހުނަރެވެ. ހުރިގޮތަށް ހުރި ހުނަރެވެ. ހެވީ ވެއިޓް ބޮކުސިން ތަޅާ މީހުންގެ ފުށުން މަދުން ނޫނީ ނުފެންނަ ނާޒުކު އަނިޔާވެރިކަމެވެ. ޖާނުން ބިޔަ ފިޔަވަޅުތައް ލަސް ބޮކުސިންތަޅާ މީހުންގެ ތެރޭގައި އޭނަޔަކީ ރެކެމުން ނެއްޓެމުން ނަށާލައި އުދުހިލައި ހަދާ ކޮކާލެއް ފަދަ…

ކުޑައަންބެ – މުލަކުގެ ފަނޑުވުމެއްނެތް ޢިލްމީ ފަނާރެއް

ކިޔާފައިވާ ޢަދަދު: 452

ހަސަން ޒަހީނު އެއީ މ. މުލަކުގެ ތާރީޚުގައި ތަޢުލީމަށް ޚިދުމަތް ކުރެއްވި އޯގާތެރި މުދައްރިސެކެވެ. އެތަށް ދަރިންނެއް ޢިލްމީގޮތުން ހޭލައްވައިލި ޢިލްމީ އެދުރެކެވެ. އަޚުލާޤާ ސުލޫކު ދަސްކޮށްދެއްވުމުގައި އޭނާގެ މުޅި އުމުރު ހޭދަކޮށްލެއްވި މޭސްތިރިއެކެވެ. އެތަށް ދަރިންނަކަށް ތަޢުލީމު އުނގަންނައިދެއްވި ތަރުބިއްޔަތުގެ ބައްޕައެކެވެ. އޭނާގެ ހޭހަންކުރުންތަކުން އުފަންކުރެއްވި ޢިލްމީ މުޑުވައްތަކުން މިއަދުވެސް ދަނީ ޢިލްމީ ދަނޑުގައި ގަސްތައް ރުވަމުންނެވެ. އޭގެ އަސަރުތައް މިއަދުވެސް ފެންނާން އެހެރީއެވެ. މ. މުލަކު ދެތަނޑިމާގޭ އަލްމަރުޙޫމް އިބްރާހީމް ސުލޭމާނަކީ މުލަކުގެ ތަޢުލީމަށް…

އަޅުގަނޑުގެ ހަނދާނުން ޒާހިރު ނަޞީރު

ކިޔާފައިވާ ޢަދަދު: 1336

މިއަދަކީ ހިތާމަވެރި ދުވަހެކެވެ. ދިވެހިރާއްޖެ ތާއަބަދު އެބޭފުޅެއްގެ ޒިކުރާ އައު ކުރަމުން ގެންދާނޭ ފަޚުރުވެރި ދިވެހި ދަރިއަކު އަޅުގަނޑުމެނާ ވަކިވެގެން ދިޔަ ދުވަހެކެވެ. އަލްއަޚް މުޙައްމަދު ޒާހިރު ނަޞީރު އަވަހާރަވުމަކީ ޤުދުރަތީ ޤާނޫނުގެ ދަށުން ހިނގައިދިޔަ ކަމެއް ކަމަށް ގަބޫލު ކުރި ނަމަވެސް އެ ހިތާމަ ފިލުވައިލުމަކީ ދަތި ކަމަކަށް ވާނެއެވެ. އަލްމަރްޙޫމް ޒާހިރު ނަޞީރަކީ ވަރަށް އާދަޔާ ޚިލާފު ބޭފުޅެކެވެ. އަޅުގަނޑަށް ވަނީ އޭނާގެ އަރިހުގައި މަސައްކަތް ކުރުމުގެ ޝަރަފު ލިބިފައެވެ. އަޅުގަނޑު ސަރުކާރުގައި މަސައްކަތް…